ޚަބަރު / ޖުޑީޝަލް ސާވިސް ކޮމިޝަން

އޮފީސްތައް ބަންދުވިޔަސް ކޯޓުތަކުގެ ޚިދުމަތް މެދުކަނޑައެއްނުލާނެ

ހައި ކޯޓު ހިންގާ އިމާރާތުގެ ކައިރީގައި ބަޔަކު މަޑުކޮށްލައިގެން.

04 މެއި 2021 - 22:33

6 comments

ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، އެ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި، މާލެ ސަރަހައްދުގައި ހިންގާ ސަރުކާރުގެ އޮފީސްތައް މާދަމާ އިން ފެށިގެން 10 ދުވަހަށް ބަންދުކުރި ނަމަވެސް ޝަރުއީ ކޯޓުތަކުގެ ޚިދުމަތް މެދުނުކެނޑި ކުރިއަށް ގެންދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

އެ ކޮމިޝަނުން ބުނީ، މާލެ ސަރަހައްދުގެ ކޯޓުތަކާއި، ކޮވިޑާ ގުޅިގެން އެ ރަށަކަށް ހާއްސަ ކޮށްގެން އެޗްޕީއޭ އިން ފިޔަވަޅު އަޅާފައި ވިޔަސް ކޯޓުތަކުގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށާއި ރައްކާތެރިކަމާއެކު، އެ ތަންތަނުގެ ހިދުމަތްތައް ހުއްޓުމެއް ނެތި ދިނުމަށް މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީން މިގޮތަށް ނިންމާފައި ވާއިރު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަނީ ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކާ އެކު ކޯޓުތަކުގެ ޚިދުމަތް ކުރިއަށް ގެންދިއުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައަޅައި ސާކިއުލާއެއް ނެރެފަ އެވެ. އޭގައި ކަނޑައަޅާފައިވާ ގޮތުން ސުޕްރީމް ކޯޓުގެ "އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާގުޅޭ ހާއްސަ އިރުޝާދު" ގެ ޕްރެކްޓިސް ޑައިރެކްޝަންއާއި އެއްގޮތަށް ޝަރީއަތުގެ މަޖިލީސްތަކާއި އެނޫން ވެސް ޝަރުއީ ކަންކަމާއި ކައިވެނީގެ މަޖިލީސްތައް ހިންގަން ޖެހޭނެ އެވެ. އަދި އޮންލައިންކޮށް ދެވެން ހުރި ހިދުމަތްތައް އޮންލައިންކޮށް ދެމުން ގެންދިއުމާއި ކޯޓުތަކުގެ މުވައްޒަފުންނަށް ގެއިން މަސައްކަތްކުރެވޭނޭ އިންތިޒާމްތައް ހަމަޖެއްސުން ވެސް ޑީޖޭއޭގެ އުސޫލުގައި ހިމެނެ އެވެ.

ޑީޖޭއޭ އިން ކަނޑައަޅާފައިވާ ގޮތަށް މާދަމާ އިން ފެށިގެން އަމަލުކުރަން ޖެހޭނެ އެވެ.

ކޮވިޑުން ރައްކާތެރިވުމަށް އެޗްޕީއޭ އިން މާދަމާ އިން ފެށިގެން އަޅާ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދުގައި ހިންގާ ސަރުކާރުގެ އޮފީސްތައް މި މަހުގެ 15 އާ ހަމައަށް ބަންދުވާނެ އެވެ. އަދި ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް ވެސް ކިޔަވައިދޭން ނިންމާފައި ވަނީ އެ މުއްދަތާ ހަމައަށް އޮންލައިން ކޮށެވެ.

ރާއްޖެ އިން މިދިޔަ ހަފުތާއެއްހާ ދުވަހު ކޮންމެ ދުވަހަކު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 400-500 ގަ އެވެ. މީގެ ކުރިން ދުވަހަކު ވެސް އެެއް ދުވަހެއްގައި އެ އަދަދަށް ރާއްޖޭގައި މީހުން ކޮވިޑަށް ޕޮޒިޓިވްއެއް ނުވެ އެވެ.

6 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 0%
icon angry icon angry 80%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޭކާރުވަގުތުމަދުކުރޭ

05 May 2021

ހިދުމަތް ނަމަކަށް ދިނަކަސް ކަމަކު ނުދާނެ. ޝަރީއަތް ފަށަން އޮންނަ ގަޑިއަށް ފަށަން ޖެހޭ. ފަނޑިޔާރު މަނިކުފާނުވެސް ގަޑިއަށް ސަމާލުވާން ޖެހޭ. މިހާރު ގަޑި ދެ ގަޑިއިރު ކޯޓުގަ ތިބެންޖެހޭ އެބަ ނުފަށައިގެން. އެއްވެސް ޝަރީއަތެއް ގަޑިއަށް ނުފެށޭ ކަމެއް ދިމާވެއްޖިއްޔާ އެ ޝަރީއަތް ކެންސަލް ކޮށްފަ ދެން އޮންނަ ޝަރީއަތް ފަށަން ޖެހޭ

The name is already taken The name is available. Register?

ގދހ

05 May 2021

ކޯއްޗެއް ރަށްޔިތު މީހާ އަށް ބުނެދޭން ތި އުޅެނީ. ސިއްހީ ހިދުމަތް ދެނީތޯ ކޯޓުތަކުން.

The name is already taken The name is available. Register?

މިހާފީ

05 May 2021

މަރުހަބާ-- ކޯޓުތަކުގެ މަަސައްކަތް ހަލުވި ދުވެލީގައި: ކުރިއަށް ކުރިއަށް

The name is already taken The name is available. Register?

ރިހާބް

04 May 2021

އަވަސްކޮން ބަދަލުހޯދައިދޭން ޖެހޭ ގިނަ މައްސަލަތަކެއް ހުރީ ކަމަށް ވާނީ..

The name is already taken The name is available. Register?

ސާބަސްނެގެޓިވްމައިންޑް

05 May 2021

މިމީހުނަށް ހެޔޮއެއްގޮތްވެސް ނޯންނާނެ. ކޯޓުތައް ބަންދޭބުނިނަމަ ބުނާ ތިއޮތީ އިންސާފުފޯރިކޮށްދެވިފައޭ.

The name is already taken The name is available. Register?

މިވަރެއްނެތް

04 May 2021

ތިޔައީ ބަންދުނުކުރިއަސް ކަމެއްކުރާ ތަނެއްނޫންދޯ؟ 12-10 އަހަރު މައްސަލަ ނުނިމި ކުންފުނިތައް ބަގުރޫޓުވެ ދައްކަންޖެހޭ ލޯނާއި ޓެކްސްގެ އިންޓަރަސްޓާއި ޖޫރިމަނާ އޮބިނޮއޮންނަވާއިރުވެސް ހަމަ ކަހަނބު ސްޕީޑުގެ ފަނޑިޔާރުން އުޅެނީ. ފޮނުވާ ސިޓީއަކަށް ހާލަކުންވެސް ޖަވާބެއްނުދޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454