ދަރުމަވަންތަ ހޮސްޕިޓަލް-- މިހާރު ފައިލް ފޮޓޯ
06 ޖޫން 2021 - 20:56
ކޮވިޑް-19 ގައި ހާލު އެންމެ ބޮޑުވާ ބަލި މީހުންނަށް ފަރުވާދިނުމަށް ހާއްސަކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލް (ޑީއެޗް) ގެ 11 ވަނަ ފްލޯގެ ޖާގަ ފުރިއްޖެ އެވެ.
ހެލްތު މިނިސްޓްރީގެ އޮފިޝަލަކު މިރޭ ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފްލޯގައި ހާއްސަކޮށްފައިވާ ނުވަ އެނދުގެ އައިސީޔޫ ފުރިފައިވާ ކަމަށެވެ.
ޑީއެޗް 11 ފުރުނުއިރު، އެތަނުގައި ފަރުވާ ދޭން ޖެހޭ، ވަރަށް ކްރިޓިކަލް ހާލުގައި އޮތް ބަލި މީހަކު މިހާރު އޮތީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގަ އެވެ. އަދި ޑީއެޗް 11 އަށް ބަދަލުކޮށް ނުދީގެން އާއިލާ އިން ވަނީ ޝަކުވާކޮށްފަ އެވެ.
އާއިލާގެ ފަރާތުން ކުރި ޓްވީޓަށް ޖަވާބު ދެއްވަމުން އައިޖީއެމްއެޗްގެ ޑޮކްޓަރު މުހަންމަދު އަލީ ވިދާޅުވި ގޮތުގައި ޑީއެޗް11 ފުރިފައިވީ ނަމަވެސް ޑޮކްޓަރުން ވާހަކަ ދައްކައިގެން ބަލި މީހާ ބަދަލުކުރުމަށް އިތުރު ގޮތެއް ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ބަލި މީހާގެ ދަރިފުޅަކު ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި ޑީއެޗް 11 ފުރިފައިވާ ކަމަށް މީގެ ތިން ދުވަސް ކުރިން ވެސް ވަނީ ބުނެފަ އެވެ. އަދި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ދެވެން ނެތް އިތުރު ފަރުވާ ބަލި މީހާ އަށް ދެވޭނެ ގޮތެއް އޮންނަން ޖެހޭ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
ޑީއެޗް 11 އިން ޖާގަ ނުލިބިގެން ފެސިލިޓީގައި ބާއްވައިފައި އޮތީ، މީގެ އަހަރުތަކެއް ކުރިން ކިޑްނީ ޓްރާންސްޕްލާންޓް ކޮށްފައިވާ އުމުރުން 83 އަހަރުގެ މީހެކެވެ. އެ ފިރިހެން މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. ނޭވާލާން އުނދަގޫވެގެން އެ މީހާ ހުޅުމާލޭ މެޑިކަލް ފެސިލިޓީ އަށް ގެންދިޔައީ މިދިޔަ ބުދަ ދުވަހު އެވެ.
އޭނާގެ ދަރިފުޅަކު "މިހާރު" އަށް ބުނި ގޮތުގައި ފެސިލިޓީ އަށް ގެންދިޔަ ދުވަހު ބައްޕަގެ ހާލު އެހާ ގޯސް ނޫން ނަމަވެސް، އެމްބިއުލާންސް އައީ ގަޑިއެއްހާއިރު ފަހުންނެވެ.
"ސެލްފް ކަރަންޓީނުގައި ގޭގަައި ފަރުވާދެމުން އައީ. ކުޑަކޮށް ސަކަރާތް ވެގެން އެމްބިއުލާންސަށް ގުޅައިގެން އެމްބިއުލާންސް ވެސް އެ ދުވަހު އައީ އެއް ގަޑިއިރު ފަހުން. އެއީ މިޝްކާ ނިޔާވުމުގެ އެއް ދުވަސްކުރިން ކަންނޭނގެ. އޭރު ބައްޕަ އެހާ ކްރިޓިކަލެއް ނޫން. އެކަމަކު އޭރު ވެސް ބްރީތު ކުރަން އުނދަގޫވި،" އޭނާ ބުންޏެވެ.
ހުޅުމާލޭ ފެސިލިޓީގައި އެޑްމިޓްކުރުމަށް ފަހު އޭނާ އައިސީޔޫ އަށް ބަދަލުކުރީ ނޭވާލާން އުނދަގޫވެގެންނެވެ.
އޭނާ ބުނި ގޮތުގައި މިހާރު ބައްޕަގެ ހާލު ގޯސްވެގެން އުޅެނީ ކޮވިޑްގެ ސަބަބުން ފުއްޕާމޭގައި އިންފެކްޝަން އުފެދިގެންނެވެ. އަދި މިއަދު ބައްޕަގެ ފުއްޕާމޭގެ ބްލޮކެއް ވެގެން ހާލު އިތުރަށް ގޯސްވެފައިވާ ކަމަށް އޭނާ ބުންޏެވެ.
"ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ނެތް ލަންގްގައި ހުންނަ އިންފެކްޝަންތައް ނެގުމާއި ހޮޅިލައިގެން އެ ކުރަންޖެހޭ ޕްރޮސެސް އެއް ކުރެވޭކަށް. މިއަދު ހެނދުނުއްސުރެ އެ އޮންނަނީ ފަރުވާ ނުދެވި. އެކަމަކު ބައްޕަގެ ކިޑްނީ ވަރަށް ބޮޑަށް ސަކަރާތްވެފައި ހުރީ. ފަހަރެއްގައި އަޅުގަނޑު ބައްޕަ ޑައިލަސިސް ވެސް ހަދަން ޖެހިދާނެ. އެކޮޅަށް [ޑީއެޗް 11 އަށް] ދިޔައިމަ އިނގޭނީ ދެން،" އެ މީހާ ދަރި ބުންޏެވެ.
"މިހާރު ފެސިލިޓީގެ އައިސީޔޫގައި އޮންނަތާ ދެ ދުވަސް. މިއަދު މެންދުރު ވެސް އަޅުގަނޑު މިކިޔަނީ އެކޮޅަށް ގެންގޮސް އެޓެންޑްވާށޭ. ވަރަށް ހެލްޕްލެސް ސިޓުއޭޝަނެއް އިނގޭތޯ. އަޅުގަނޑު ދެވަނަ ފަހަރަށް ވީޑިއޯ މި ޓްވީޓް ކުރީ ފޮޓޯ އިން ވެސް ވޯކްނުކުރީމަ."
Copyright © 2022 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަކުރު
07 June 2021
150 މިލިއަން ޑޮލަރުން އެޅި އިމާރާތުގެ ރޫމްތަށް ވެސް ފުރި ބާރުވީތޯ ؟ އަދި ވެސް 100 ބުރީގެ ބޮޑެތި ޕުރޮޖެކްޓްގެ ނަމުގައި އިމާރާތް ހަދާފައި ތަރައްގީއޭ ކިޔައިގެން ރައްޔިތުންގެ ލާރިތަށް ހުސްކުރާށެވެ. ކެވެން އޮތް ގޮތަކަށް ކާށެވެ. މި ގައުމަށް މުޅީން ވެސް މިއަންނަނީ ނަމުން ވެރީން ކަމުން ވަގުން ނޫންތޯ ؟ އެކަމަކު ކޮފީ ފުޅި ވަގަންނެގި މީހާއަށް އަދިބު ދީފައި ރައްޔިތުންގެ މާލިއްޔަތު ދަވާލާ މީހުންނަ " ލައްބަ ސަރ، އޯކޭ ސަރ ، ކީމާ ނިމުނީއެވެ.
ހަކުރު
07 June 2021
އިމާރާތް އެޅި މީހާދޯ ނުބައިވީ. އެތަނުގެ ބޭނުން ކުރަން ނޭނގި ބޭނުންނުކޮށް ބަހައްޓާ މީހުންގެ މައްސަލައެއްނޫންދޯ ފެނުނީ.
ޑޮކްޓާރ. ބަނާނާ
07 June 2021
ކެރަފާ ނަސީމް އިންޓިވިއު ގައި ބުނީ އެގިފައިވާގޮތުގައި އޮތީ 5 އެމްބިއުލާސް އޭއޮތީ. އެއްބިއުލާންސް ނެތްނަމަ ހުޅުމާލޭ ހޮސްޕިޓަލް އަދި ކަލޭމެން ސިޔާސީ މީހުންގެ ބޭނުމަށް "ޖީ" އަކުރު ޖަހައިގެން ދުއްވާ ސާރުކާރުގެ އަގުބޮޑު އުޅަދުތައް ނުނެރުނީ ކީއްވެބާ ! ރައްޔިތުން ފުރާނަ ސަލާމަތް ކުރަން އެގޮތުން ނުވާނަމަ މާލޭ ޕިކަޕް ސެންޓަރު ތަކާއި ބަލިމީހުން ޓްރާންސްޕޯޓް ކުރުމަށް ހަވާލު ނުކރީ ކީއްވެތޯ ؟ ވަޒީފާ ގައި ދެމިތިބޭ އިރު ލަދުކޮބާ؟
ވަހުތާން
07 June 2021
ރޯޔަލް ފެމެލީއަށް ޚާއްޞަ ތަނެއް ނޫންތޯ؟ އެތަން ހުންނާނީ އަބަދު ފުރިފަ! އައިޖީ އެމް އެޗް ހަސްފަތާލުން ރޫމުވެސް އާދައިގެ މީހަކަށް ލިބޭނީ 7 ދުވަސް ފަހުން، ރޯޔަލް ފެމެލީތަކަށް ރިޒާވް.
މަސްދަރު
07 June 2021
މި ގައުމުގަ ސިޔާސީ ގުޅުން ހުރި މީހުންނައް ޑީއެޗް 11. އެނޫން މީހުންނައް މިއޮތީ “އެމް އެސް 6” މާލެ-ސަހަރާ 6 ފޫޓް ބިމު އަޑިއައް.
މައިން
07 June 2021
ޑީ.އެޗް. ގެ 15 ފަންގިފިލާ ހުރީ ހުހަށް ބަހައްޓާފައި. އެއިން ތަނަކަށް ލާންވީނުން.
ރާއްޖެ
07 June 2021
ސަޕްރައިޒް ވާ ވަރަށް ވޯސްޓް ކޭސް ސިނާރިއޯއަށް ތައްޔާރު ވީމާ މިކަހަލަ ސަޕްރައިޒްތައް ދިމާވެދާނެ. އެކަމަކު އަހަރެން އަދި ފެއިލް އެއް ނުވޭ. އެކަމަކު ވެންޓިލޭޓަރާ އޮކްސިޖަނާ ހަކުރުން ވައްކަން ކުރެވުނު. 3 ބިލިޔަން ނަމެއްގަ ޚަރަދު ކުރެވިއްޖެ.
ބޮޑުމީހާ
06 June 2021
ހޮސްޕިޓަލާއި ފްލެޓާއި އަޅާދީފަ ހިދުމަތްދޭށޭ ބުނީމަވެސް ނުވި. ޔާމީނަށް ދެންވެސް ވާނީ
ނާބް
06 June 2021
އަމިއްލައަށް ގެންދެވެން ހުރިފަރާތްތަކަށް އެހުއްދަ ނުދެވެންވީ ކީއްވެ؟ އެންބިލާންސްގެ އިތުބާރެއްނެތް.
ނނނނނ
06 June 2021
މަނަލީތަ އެހެން ފްލޯ ބޭނުން ކުރުން؟ ނޫނީ މީހަކު މަރުވަންދެންތަ އެސް އޯ ޕީ ލިޔަން ތި ތިބީ؟
ޣާރީ ސޯރ
06 June 2021
ކަޑަ އެޅިގެން ދޮގެއް ޑީ އެޗް އައް އެވަރެއް ނުވެ