މިޝްކާ
07 ޖޫން 2021 - 00:24
ކޮވިޑްގައި ހާލު ބޮޑުވެ، ނިޔާވި އުމުރުން 10 އަހަރުގެ މިޝްކާ މުހައްމަދުގެ މަރާ ގުޅިގެން ސައްހަ ނޫން މައުލޫމާތު ސޯޝަލް މީޑިއާގައި ފަތުރަމުން ދާ ކަމަށާއި އެގޮތަށް އެކަން ނުކުރުމަށް އާއިލާ އިން އެދިއްޖެ އެވެ.
އާއިލާގެ ފަރާތުން ނެރުނު ބަޔާނެއްގައި ވަނީ ސޯޝަލް މީޑިއާ އާއި ނޫސްތަކުގައި ވެސް ސައްހަ ނޫން މައުލޫމާތު ފަތުރަމުންދާތީ އެކަން ކުށްވެރިކޮށްފަ އެވެ. އަދި މިވަގުތު އާއިލާއިން ގާނޫނީ ލަފާ ހޯދަމުން އަންނަ ކަމަށާއި އެއްވެސް ވަކީލެއް ނުވަތަ ލޯފާމެއް ހަމަޖައްސާފައި ނުވާ ކަމަށް އާއިލާ އިން ބުނެ އެވެ.
"މިއީ އާއިލާއަށް ފޫނުބެއްދޭވަރުގެ ހިތާމައެއް ކުރިމަތިވެފައިވާ ވަގުތެއްކަން ގަބޫލުކޮށް އާއިލާއަށް އިތުރު ހިތްދަތިކަމާ ތުރާލަކަށްވާ ފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް ވަރަށް އަދަބުވެރިކަމާ އެކު އެދެމެވެ،" އާއިލާގެ ބަޔާނުގައިވެ އެވެ.
މި މަހުގެ ދެވަނަ ދުވަހުގެ ރޭ މިޝްކާ ނިޔާވުމުގައި އިހުމާލު އޮތް ކަމަށް އާއިލާ އިން ކުރާ ތުހުމަތުތަކާއެކު، އެ މައްސަލަ ހެލްތު މިނިސްޓްރީން ބެލުމަށް ފަހު، އާންމުކުރި ރިޕޯޓުން ވެސް އެއީ ހަގީގަތެއްކަން އެނގެ އެވެ.
އެ ކުއްޖާ ނިޔާވުމުގެ ކުރިން ހޮސްޕިޓަލަށް ގެންދަން ބޭނުންވެގެން، ބެލެނިވެރިން ކޯލް ސެންޓަރަށް އެތައް ފަހަރަކު ގުޅި ކަމަށާއި ހާލު ބޮޑުވެގެން އެ ވާހަކަ ބުނުމުން، އެމްބިއުލާންސް ދާނެ ކަމަށް ބުނެ މައުލޫމާތު ދީފައި ވިޔަސް އޭރު ވެސް އެމްބިއުލާންސް އެކްޓިވޭޓްކޮށްފައި ނުވާ ކަމަށް އެ ރިޕޯޓްގައިވެ އެވެ.
އިމަޖެންސީ ކޭސްއެއްގެ ގޮތުގައި ރިޕޯޓްކުރި ހިސާބުން ފެށިގެން އެމްބިއުލާންސް ޓްރިގާކުރެވުނީ ދެ ގަޑިއިރާއި 26 މިނެޓު ފަހުންކަން ވަނީ ހާމަވެފަ އެވެ. މިއީ އިމަޖެންސީއަކަށް ވިޔަސް ކުއްޖާގެ ހާލަތުގެ ސީރިއަސްކަމާއި އެހީއަށް ބޭނުންވެފައިވާ އަވަސް މިންވަރު ކޯލް ސެންޓަރަށް ބެލިފައި ނުވާކަން ކޯލް ލޮގްތަކުން އެނގޭ ކަމަށާއި އަދި މައުލޫމާތު ހިއްސާކުރަންޖެހޭ ފަރާތްތަކަށް އެ މައުލޫމާތު ދިން ނަމަވެސް އެމްބިއުލާންސް ފޮނުވަން އަންގާފައި ނުވާކަން ރިޕޯޓްގައިވެ އެވެ. އެ މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވެސް ބަލަމުން އަންނައިރު މިއަދު މެންދުރު ހެލްތު މިނިސްޓްރީ އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)، އެ ކޮމެޓީއަށް ހާޒިރުކުރަން ނިންމާފައިވެ އެވެ.
Copyright © 2022 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޯބިވާ
07 June 2021
ވަރަށް އުއްމީދުކުރަން މިހާދިސާ ހިނގާދިޔަގޮތް ވަކީލަކު މެދުވެރިކޮށްވެސް އާއިލާގެ ފަރާތުން ރައްޔިތުންނާ ހިއްސާކޮށްދިނުން. އަމިއްލަ ދަރިއެއް ނޫންވިޔަސް ކޮންމެ ކުޑަކުއްޖަކީވެސް އަދި އެހެން މީހަކީވެސް އަޚެއް ނޫނީ އުޚުތެއް. މިހެން ހިނގާ ހާދިސާތަކުގެ ތަފްސީލް ހޯދުމަށް ބޭނުންވަނީ ހިންގުމުގައި ހުރި މައްސަލަތައް ރައްޔިތުންނަށް ތިލަވެ މިފަދަ އެހެން މައްސަލައެއް ދިމާނުވާނޭގޮތަށް ކަންތައް ރޭވުމަށް ރައްޔިތުންގެ ފަރާތުން ބަސްބުނުން.
ނިރު
07 June 2021
އަމިއްލަފަރާތަކުން ސޯސަލް މީޑިޔާގަ ޕިކަޕްތަކުގަ ބަލިމީހުން އުފުލާދޭނެ ކަމަށް ގުޅޭނެ ނަންބަރު ޖެހުމަކީ ސަރުކާރަށް ކުރޭ އިތުބާކުޑަވުމުގެ ހެއްކެތް ... އެޗްޕީއޭގެ ވެރިން އަދިވެސް ޒިންމާ ނުނަގާ މަގާމުގެ ދަހިވެތި ކަމުގަ އެތިބީ *** މައިމޫނާ އާ ކެރަފާ ނަޝީމް ޒިންމާ އަދާ ނުކެރެވު ކަމަށް ބަލާ ރީތި ގޮތުގަ އިސްތިއުފާ ދީ
ޝާހިދު އަލީ
07 June 2021
ވާހަކަ ނުދައްކަވެސް ވާކަންނެތް....ވާހަކަ ދައްކައިގެންވެސް ވާކަންނެތް...
ތިއްތި
07 June 2021
ވަރަށްވެސް ހިތާމަ ހުރިކަމެކެވެ.ވައިރަހުގެ ނުރައްކާތެރިކަން އިތުރުވުމާ ސިއްހީ ނިޒާމަށް ބާރުބޮޑުވެފައިވާ ކަން އެބަ އެގެއެވެ. އެކުއްޖާފުޅުގެ ނަންބޭނުންކޮށްގެން ނުބައިމަގަށް، އެބަހީ ފިތުނަފަސާދައަށް ތަންދޭކަށް ނުވާނެއެވެ. ލޮބުވެތި މިޝްކޮ އަހަރެމެންނާ ވަކިވެގެން ދިޔައީ އެވެ. މައުސޫމް ފުރާނައަށް ރަހްމަތްލައްވާ އާއިލާ އަށް ހެޔޮގޮތް މިންވަރު ކުރައްވާށިއެވެ.
ޑޮކްޓާރ. ބަނާނާ
07 June 2021
ކުޑަ ކުއްޖަކު ސިއްހީ އެހީތެރިކްނަ ފޯރުވާ ނުދީ މަރުވުމުން ކަލޭމެނަށް ރަގަޅު މައުލޫމާތު ވަގުތުން ދެވުނުނަމަ ދޮގުމައުލޫމާތު ނުފެތުރޭނޭ! މިހާރު މީހުންގެ އަގަމަތީގައި ޓޭޕް އަޅަން ނޫޅޭ.
ނޭމް
07 June 2021
ދޮގު މައުލޫމާތު ފެތުރުމަކީ ވަރަށް ދެރަ ކަމެއް. ކޮންމެ މީހަކުވެސް ވިސްނާލުން މުހިއްމު ތިމާއަށް އެފަދަ ހިތާމަވެރި ދެރަ ވަގުތެއްގަ އެހެން މީހުން އެފަދަ ދޮގު މައުލޫމާތު ފެތުރުމުން ވާނެ ގޮތް. ތިމާއަށް ވާން ބޭނުންނުވާ ގޮތެއް އަނެކާއަށްވެސް ވާން ނޭދުމުން ފަހަށް ރަގަޅުވާނީ. ތިމާ ކިތަންމެ ރުޅި އަންނަ ފަރާތަކަށްވެސް ދެރަ ގޮތެއް އަނިޔާއެއް ވާން ނޭދޭނަމަ ތިމާގެ ނަފްސު އިސްލާހުވާނީ. ނަފްރަތުކޮށް ނުބައި ކަންކަމަށް ވިސްނުން ގެންދިއުމަކީ ތިމާއަށް ލިބޭ ހަލާކެއް
އެޑްމުންޑޯ
07 June 2021
ސޯޝަލް މީޑިޔާ އަކީ އޭގައި އެތެއްކަމެއް އެކްލެވިގެންވާ އެއްޗެއް ، ދޮގުވެސް ހިމެނޭނެ ، ހަގީގަތްވެސް ހިމެނޭނެ ، ހަޖަމް ކުރަން ދަސްކުރަންވީ ، ހިތްރުހޭ ކޮމެންޓައި ނުރުހޭ ކޮމެންޓް ތައް ފެންނާނެ ، ވަރަށް ސަލާން
ޢަހު
07 June 2021
މީޑިއާގަ ބަޔަކަށް އެއްޗެއް ލިޔެވޭނީ އާއިލާގެ ބަސް ލިބިގެން އާއިލާގެ ބަސް މަގު ހުރިގޮތް އިނގޭނެ ނޫސް ތަށް ބަލާލީމަ
އުދުހޭ
07 June 2021
މިވާހަކަ ދައްކާތީ އެކަން ހުއްޓުވަން މިބުނަނީ ދޮގުވާހަކަ ނުފަތުރާށޯ. ލާދީނީއޭ ކިޔާތީވެސް ބުނަނީ މުސްލިމުންނާ ދިމާލަށް ކާފަރެކޭ ނުކިޔާށޯ. މިހުންނަނީ އޮޅުވާލާވަރު.
ބަޑީ
07 June 2021
"ދޮގު" ވާހަކަ ފެތުރުމަކީ ވަރަށްބޮޑު ގޯހެއް އަދިހަމަ "ކަލޭމެން" ހިތަށްއެރީމަ ހިތަށް އެރިމީހަކާ ދިމާލަށް ލާދީނީ ކިޔުމަކީވެސް ރަގަޅުކަމެއްބާ؟ ކަލޭމެން އަމިއްލައަށް ކަންކަން ނިންމަންޏާ، އެހެންމީހުންވެސް އަމިއްލައަށް ނިންމާނެ، އޭރަށް، ގަދަމީހާ ގަދަވާނީ، އިސްލާމީ ދުނިޔެ ވެއްޓިފާވާ ހާލަތުބަލާ.
ސޯޝަލްމީޑިޔާ
07 June 2021
ހިތާމަހުރިކަމެއް.ކޮންމެމިހަކުވެސް ސޯޝަލްމީޑިޔާ ބެނުންކުރަނީ އަމިއްލަ ހިޔާލު އަދި އަމިއްލަޔަށް ތަސައްވަރުވާގޮތް އެހެންމީހުނަށް ކިޔާދޭން.އެހެންމީހުންގެ ހިޔާލު ފާޅުކުރާނެކަން ވެސް އެނގެހުރެ.އެކަމު ތަފާތު ހިޔާލެއްގެ ބަޔަކު ކޮމެންޓޮ ކުރަންފަށައިފިނަމަ ހަޖަމުނުވަނީ.ސޯޝަލްމީޑިޔާއަކީ ޑަބަލް އެޑްޖްޑް ސްވޯރޑް އެއް.