ޚަބަރު / ޖުޑީޝަލް ސާވިސް ކޮމިޝަން

ސިހުރެއް ބާތިލު ކުރަން ކޯޓެއްގެ ގޯތި ތެރެއަށް ވަނުމުން މެޖިސްޓްރޭޓަކަށް ތަމްރީނު ޕްރޮގްރާމެއް!

ބ. އޭދަފުށި: އެ ރަށުގެ މެޖިސްޓްރޭޓު ކޯޓުގެ ގޯތި ތެރެއަށް ވަދެ ސިހުރެއް ބާތިލު ކުރަން އުޅުނު ބ. ދަރަވަންދޫ މެޖިސްޓްރޭޓު ކޯޓުގެ އިސްމެޖިސްޓްރޭޓަށް ވަނީ ފިޔަވަޅު އަޅާފައި -- ފޮޓޯ: އޭދަފުށި ޓައިމްސް

ބ. އޭދަފުށީ މެޖިސްޓްރޭޓު ކޯޓުގެ ގޯތިތެރޭގައި ހުއްދަ ނުހޯދައި ކޮށްގެން ނުވާނެ ކަމެއް ކުރި ކަމަށް ބުނެ އެ އަތޮޅު ދަރަވަންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓަށް ފިޔަވަޅު އަޅަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދަރަނަވަންދޫ ކޯޓުގެ އިސްމެޖިސްޓްރޭޓު އަހުމަދު ލަތީފު، އޭދަފުށީ މެޖިސްޓްރޭޓު ކޯޓުގެ ގޯތިތެރެއަށް ވަދެވަޑައިގެން، ހުއްދަ ހޯދައިގެން ނޫނީ ކުރައްވައިގެން ނުވާނެ ކަމެއް ކުރައްވާފައިވާތީ ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި، ލަތީފު ވަނީ އޭދަފުށީ މެޖިސްޓްރޭޓު ކޯޓުގެ ގޯތިތެރެއަށް ހުއްދަ ނެތި ވަދެވަޑައިގެން، އެ ތަނަށް ފެން އަޅައިފަ އެވެ. އެކަން ކުރެއްވީ، އޭނާގެ މައްޗަށް ހަދާފައިވާ ކަމަށް ބުނާ ސިހުރެއް ބާތިލު ކުރުމަށް ކަމަށް އެނގިފައި ވެ އެވެ.

އެ މައްސަލަ ޖޭއެސްސީ އަށް ހުށަހެޅުމުން އެކަން ބަލައި، އެ ކޮމިޝަނުން ނިންމާފައި ވަނީ އޭނާ އަށް ނަސޭހަތް ދިނުމާއެކު ތަމްރީނު ޕްރޮގްރާމެއް ހެދުމަށް އެންގުމަށެވެ. އެގޮތަށް ނިންމީ މި މަހުގެ ދެވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގަ އެވެ.

ބ. އަތޮޅު ޖުޑިޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓުކަން ވެސް ކުރެއްވި ލަތީފު ކުރިން މަސައްކަތް ކުރެއްވީ އޭދަފުށީ ކޯޓުގަ އެވެ.

22 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 27%
icon sad icon sad 9%
icon angry icon angry 55%
icon wow icon wow 0%
icon inlove icon inlove 9%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަރުންނ

11 June 2021

އުދުހޭ އަހުގަ ސްޕޭސް އަށް ދިއުން ކަހަލަ ކަންކަން. އަބަދުވެސް ވެޔޯ. ވެޔޯ. ވީކަމެއް ޑޮކިއުމެންޓް ކުރެވި ފޮޓޯ ނެގި ވީޑިއޯ ކުރެވިފައި އެއް ނެތް.

The name is already taken The name is available. Register?

ހށނ

11 June 2021

އިންޖީނުލީ އުޅަދު އުފެއްދި ފަހުން ސިހުރުގެ ބާރުވެސް ބޮޑުތަނުން ދެރަވެއްޖެ. ސިހުރުޖެހުނަސް ނުޖެހުނަސް، އެކަން އެގެނީވެސް ހަމައެކަނި ސިހުރުހަދާކަމަށް ބުނާ މީހުންނަށް. ދެންތިބެނީ އެމީހުން ބުނާއެއްޗެއް ގަބޫލުކުރާބަޔަކާ ނުކުރާ ބައެއް.

The name is already taken The name is available. Register?

ކުމުންޒާނި

11 June 2021

ސިހުރަކީ ގެއްލުންދޭ އެއްޗެއްނަމަ ކީއްވެ އިޒްރައީލް ބަލިނުކޮއްލެވެނީ. ހުސް ފޭކް

The name is already taken The name is available. Register?

އަހެމް

11 June 2021

ތަމްރީނު ޕްރޮގްރާމް ހިންގައިގެން ދެން ދަސްކޮށްދޭނީ ގަސްތަކަށް ފެން ދޭން ބިމަށް ފެން އަޅާނެ ގޮތް

The name is already taken The name is available. Register?

ފުދޭނެ

11 June 2021

ކީރިތި ޤުރުއާނުގެ ބަޤަރާ ސޫރަތުގެ 102 ވަނަ އާޔަތް ތިބޭފުޅުން ބައްލަވާ........

The name is already taken The name is available. Register?

ކަހުރަބުޖިންނި

11 June 2021

ސިހުރު ވޯރކްކުރަންޏާ މުޅިދުނިޏޭގަވެސް ނެތްތަ މޮޅު ސިހުރުވެރިއެއް ކޮވިޑު ނައްތާލެވޭވަރުގެ؟ މިބަލިމަޑުކަމުގަ އުޅޭތާ އަހަރަކަށްވުރެ ގިނަދުވަސްވީ.. ކިރިޔާވެސް އުއްމީދެއް މިލިބެނީ ވެކްސިންއިން. ޤައިމު ސިހުރުވެރިއަކަށް މިކަން ރަނގަޅު ކުރެވޭނަމަ އެމީހަކުވާނެ ދުނިޏޭގަހުރި އެންމެ މޮޅު އެންމެ ބާރުގަ އެންމެ މުއްސަނދިމީހާއަށް އަދި ލެއްވިހާ އެވޯޑެއްވެސް ލިބޭނެ. ކޮސްހީތައް ޤަބޫލުކުރުން ދޫކޮށްލާ!

The name is already taken The name is available. Register?

ކާކުބުނީ

11 June 2021

ކާކު ބުނީ ސިހުރަކީ އެފަދަ ކަންކަން ރަގަޅު ކުރާ ކަމެކޭ؟ ސިހުރަކީ ރަގަޅަށް ހުރި ކަންކަން ނުބައިކުރާ ކަމެއް. ސިހުރަކީ ޖިންނިންނާ ގުޅިގެން ކުރާ ކަމަކަށްވާއިރު ޖިންނިން ކަމެއް ރަގަޅުކޮށްދޭނެ ކަމަށް ހީކުރުމަކީ މޮޔަ ކަމެއް. ޖިންނިންގެ އެހީ ނުހޯދަން އަންގަވާފަވަނީ ކަމެއްވެގެން.

The name is already taken The name is available. Register?

އައްސާހިރު

11 June 2021

ސިހުރު ގަބޫލު ނުކުރާ މީހާއަށް އެ ގަބޫލުނުކުރެވެނީ ކަލާމްފުޅުގެ އާޔަތްތައް. ސިހުރު ހަދާ މީހާއަކީ ފާސިގެއް. ނަމަވެސް ސިހުރު ޖެހޭނީ އެކަލާގެ އިރާދަކުރެއްވުމުން. ސިހުރުން ސަލާމަތްވުމަށް ކުރަންވީ ކަންކަންވެސް އޮތީ އަންގަވާފައި. ސިހުރަކީ ބޭހެއް ނޫން. ފަރުވާއެއް ނޫން. ސިހުރު ހަދައިގެން ބައްޔެއް ފަސޭހައެއް ނުވާނެ. ތިޔަ ކޮމެންޓަކީ ލިޔުނުމީހާގެ ފެންވަރު ހާމަކޮށްދިން ކޮމެންޓެއް.

The name is already taken The name is available. Register?

ބަރުލަމީ

11 June 2021

ސިހިރަކުން މިރަށު ބަނދަރު އަޅާލަ ދީބަލަ.

The name is already taken The name is available. Register?

އައްސާހިރު

11 June 2021

ތިޔަ ލިޔުނު މީހާ ސިހުރަކީ ކޯއްޗެއް ކަމެއް ނުދަނޭ. ސިހުރަކީ ގެއްލުންދެނިވި އެއްޗެއް. ސިހުރަކުން ފައިދާ ހުރި އެއްވެސް ކަމެއް ނުކުރެވޭނެ. ބަނދަރަކީ ފައިދާ ހުރި ފަސޭހަތަކެއް ހޯދުމަށް ކުރާ ކަމެއް.

The name is already taken The name is available. Register?

ބޮޑުބެ ދޮންމަނިކު

11 June 2021

ކޮމެންޓް ކުރި ބައެއް ބޭފުޅުން ވިސްނާލެއްވުމަށް. ސީހަރަކީ އިންސާނުންނަށް ޖެހޭ އެއްޗެއްކަން ސާބިތުކަން ޤުރުއާނުން ސާބިތުވޭ. މިކަން ޤަބޫލުނުކުރާމީހާ ޤުރުއާން ދޮގުކޮށްފިކަން ކަށަވަރު. ސިޙުރަކީ ދެމަލާއިކަތުން މެދުވެރި ކުރައްވާ ﷲ ދުނިޔެއަށް ފޮނުއްވި ޢިލްމެއް. މިޢިލްމު ﷲ ދުނިޔެއިން ގެންދަވާފައެއްނުވޭ. ސިޙުރު ހެދުންﷲ ވަނީ ޙަރާމް ކުރައްވާފައި. ސިޙުރުން ސަލާމަތް ވެވޭނީ ޤުރުއާގެ ފައިދާ ލިބިގަނެގެން. ޑޮކްޓަރަކަށް ޙަކީމީ ބޭހަކުން ސިޙުރު ފިލުވައެއް ނުލެވޭނެ.

The name is already taken The name is available. Register?

ރަޔާން

11 June 2021

ސިހުރު ހެދުން މައްސަލައެއްނޫން ، ސިހުރުން ސަލާމަތްވާން މަސައްކަތް ކުރުން މައްސަލައެއް؟؟؟؟ ކިހިނެއެްތަ މިވަނީ؟ ބޯހަލާކު

The name is already taken The name is available. Register?

ށަވިޔަނި

11 June 2021

ދޭތެރެދޭތެރެއިން މިކަހަލަ ވާހަކަތައް އިވޭ. ސިހުރަކީ ﷲ ގެ އިރާދަފުޅުން ނޫނީ ގެއްލުމެއްލިބޭ އެއްޗެއްނޫން. މިކަންތައް ކުރާމީހުން އެކުރަނީ ޝިރުކުގެ އަމަލެއް. އަދި ސިހުރުގެ އަސަރުކުރަނީ އީމާންތެރިކަން ބަލިކަށި މީހުނަށް. އިންޑިއާ ޕާކިސްތާނު ބަނގްލަދޭޝް ފަދަ ތަންތާގަ ވަރަށް އޮންނަކަމެއް. ސިހުރުގެ ފަރުވާއަކީ ﷲ ފިޔަވައި އެހެންފަރާތަކަށް މީހަކަށް ގެއްލުން ނުދެވޭނެކަން ހިތުން ގަބޫލުކޮށް އީމާންތެރިކަން ވަރުގަދަކޮށް ދުޢާކުރުން.

The name is already taken The name is available. Register?

ހށ

11 June 2021

އަދި ސިހުރުގެ އަސަރުކުރަނީ އީމާންތެރިކަން ބަލިކަށި މީހުނަށް އެކަންޏެއް ނޫން. ރަސޫލާ ﷺ އަށް ވެސް ސިހުރު ޖެހުނު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454