ޚަބަރު / މުހައްމަދު އަބުދުﷲ (މުހައްމާ)

މުހަންމާ މާފަށް އެދި އަލުން ޕީޕީއެމަށް

ޕީޕީއެމާ އަލުން ސޮއިކުރެއްވުމަށްފަހު އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމާ މިރޭ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޕީޕީއެމުން ވަކިވެ، އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތުމުން މާފަށް އެދިވަޑައިގެން، އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އަލުން ޕީޕީއެމަށް ރޭ ސޮއިކުރައްވައިފި އެވެ.

އޭނާގެ އިތުރުން، އެ ޕާޓީ އަށް ސޮއިކުރި އެހެން ބައެއް މީހުންގެ ފޯމުތައް ހަވާލުކުރީ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، އިދިކޮޅު ކޯލިޝަން ހިންގުމުގައި މި ވަގުތު އިސްކޮށް ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ އެވެ.

އެ ރަސްމިއްޔާތުގައި މުހައްމާ ވިދާޅުވީ ޕީޕީއެމާ އަލުން ގުޅިވަޑައިގަންނަން ޖެހުނީ ވަރަށް ގިނަ ސަބަބުތަކާ ހެދި ކަމަށެވެ. އެހެން ވިސްނުމަކުން، ޔާމީނާ ވަކިވެ، އެ މަނިކުފާނާ ދެކޮޅަށް މަސައްކަތްކުރަން ވިސްނި ވިސްނުން ބައެއް މީހުން ސިފަކުރަނީ ހެދުނު ގޯހެއްގެ ގޮތުގައި ކަމަށާއި އެކަމަށްޓަކައި، އިހަވަންދޫ ދާއިރާގެ ރައްޔިތުންނާއި ޔާމީންގެ އަރިހުން އޭނާ މައާފަށް އެދިވަޑައިގެންފައި ވެ އެވެ.

"އަދިވެސް އަޅުގަނޑަށް ގޯސް ހެދުނީތީ ހިތާމަކުރަން. ރައީސް ޔާމީނާ ވަކިވެވުނީތީ އަޅުގަނޑު ހަމަގައިމު ވެސް ހިތާމަކުރަން،" މަޖިލީހުގެ ގޮނޑި ގެއްލުނު 12 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މުހައްމާ ވިދާޅުވި އެވެ.

ޕީޕީއެމާ އަލުން ގުޅުނު މެމްބަރުންގެ ފޯމު ހަވާލުކުރަން މިރޭ ބޭއްވި ރަސްމިއްޔާތުގައި، މާފަންނު މެދު ދާއިރާގެ ކުރީގެ މެމްބަރު އަސްމާ އަދި މާވަށު ދާއިރާގެ މެމްބަރު ސައީދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ކޯލިޝަންގެ ޕޯޑިއަމްގެ ކުރިމަތީގައި ހުއްޓެން މިހާރު ވެސް މާ ލަސްވެއްޖެ އެވެ. އެކަމަކު، ކުރިއަށް އޮތް ތަނުގައި އުޅުއްވާނީ ޔާމީން ވެރިކަމަށް ގެންނަން މަސައްކަތްކުރުމަށް ކަމަށް މުހައްމާ ވިދާޅުވި އެވެ.

ފަހި ވައިގައި ދަތުރުކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެ ވައިގައި އަބަދު ދަތުރުކުރަން ތިއްބައި ފަރަކަށް އަރައިފިނަމަ ދެން ރާއްޖެ އަތު ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ދޯނީގައި ކުޅިވަރާއި މަޖަލުގައި މީހުން ތިބިއިރު، އޮޑި ދަތުރުކުރަމުން ދަނީ މާލިމީ ބޭނުން ގޮތަކަށް، ހިތުހުރި ގޮތަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމާ އަލުން ގުޅުނު މީހެއްގެ ފޯމު، އިދިކޮޅު ކޯލިޝަން ހިންގުމުގައި އިސްކޮށް ހުންނެވި އަބްދުއްރަހީމް (ކ)އާ ފޯމު ހަވާލުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ރައްޔިތުން ނުކުމެ ކޮށްލަންވީ ހަމަ ކުޑަކުޑަ ކަމެއް. އޭގައި ތިބި ފަޅުވެރިން ވެސް ތިބީ އެކަން ކުރުމުގެ ވިސްނުމުގައި ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ވައިޖެހޭ މިސްރާބު ބަދަލުކުރުމަކީ އެއްވެސް ރައްޔިތަކަށް ކުރެވޭނެ ކަމެއް ނޫން. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ދޯނި ދާ މިސްރާބު ބަދަލުކޮށްލުމަކީ ހަމަ ވަރަށް ފަސޭހަކަމެއް. ދޯނީގެ ރިޔާ މާތްﷲ އިރާދަކުރެއްވިއްޔާ ބަދަލުކުރާނަން،" މުހައްމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދޯނީގެ މިސްރާބު ބަދަލުކޮށް ވެރިކަން ޔާމީނާ ހަވާލުކޮށްފައި ނޫނީ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ. ތަރައްގީގެ ފިކުރަކީ އެއީ ކަމަށް އޭނާ ވިދާޅުވި އެވެ.

34 ކޮމެންޓް, 42 ރިއެކްޝަންސް

icon happy icon happy 12%
icon sad icon sad 5%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބުރަމަލް ހިމާ

11 August 2021

މިފަދަ ޖޯކަރުންނަށް ވޯޓް ދޭތީ މައްސަލައަކީ، މުހައްމާ އަކީ ގައުމުގެ މެންބަރަކަށް ހަދަން ކާކު ތަ އަޅޭ.

The name is already taken The name is available. Register?

ޖާބެ

04 August 2021

އިންކޮމްޕީޓަންޓް މީހުންނައް ޔާމީންވެސް ފުރުސަތު ނުދިނުން ބުއްދިވެރި.. މިކަހަލަ މީހުން ދިޔާމަ އަސްލު ޤާބިލް މީހުން ބޭނުމެއް ނުވާނެ ވެރިން ކައިރީގަ މަސައްކަތް ކުރާކައް

The name is already taken The name is available. Register?

ހިތަދޫ ހުސެން

07 August 2021

ހުރިހާ އެންމެނަށް ވާމް ވެލަކަމް ދޭން ޔާމީން. ފެން ދީފަ ކަތިލާން އޮންނަނީ!

The name is already taken The name is available. Register?

އަވަސްކުރޭ

31 July 2021

ތިފާޑުގެބައިގަޑުއުޅޭނީތިގޮތައްޖީބައްލާންލިބޭވަރުމަދުވެދާނެހެންހީވީމައަނެއްކާވެސްޖަހާނީއުބައް؛ތިފާޑުމީހުންނެކޭ.ރަންޑިއަންހެނެކޭއެއްގޮތްއެމީހުންވެސްލާރިގިނަހެންހީވައްޏާއެމީހާގާތައްދާނީ

The name is already taken The name is available. Register?

2023‫

30 July 2021

ޑ‫ީލުން ފުރިގެންވާ އިންތިހާބެއް

The name is already taken The name is available. Register?

ހުސެންް

30 July 2021

ދެފުށްކެހެރިންގެ ޓުރާންސްފަރ މޫސުން ފެށިއްޖެ. މިގައުމުގަ އެބަޖެހޭ އެއްއޮޑިން އަނެއް އޮޑިޔަށް ފުންމަމުން ދުވަފުން ދާމީހުން އެކަހެރިކުރަން. ސިޔާސީ ކަންކަމުގައި މިންގަޑުތަކާއި އުސޫލުތަށް ހިފަހައްޓަން ދަސްކޮށްދޭން އެބަޖެހޭ. ތިކަހަލަ މީހުން އަޔަސް ވައްދާނެ ކަމެއްނެތް.

The name is already taken The name is available. Register?

އެމެރިކާ

30 July 2021

މާފެއް ނުކުރެވޭނެ ޕިޕީއެމްގަ ފަނި އަޅުވަނީ

The name is already taken The name is available. Register?

ގުދުގުދުލީބެއްޔާގެ ތެދުބަސް

30 July 2021

އަބަދުވެސް ނަންވާނީ މުއިއްޒުމެންރަށުމީހުން.

The name is already taken The name is available. Register?

ހުސްނުހީނާ

30 July 2021

ތިއީ ހުސް ލަނޑާ. ލަނޑަޔާއި ވާނީ ލަނޑަޔާއި!

The name is already taken The name is available. Register?

ހށނ

30 July 2021

ސުރުހީގަ ޖަހަންވީ "މުހައްމާކިލޯ ބިކަވެ ގޮތްހުސްވެ ޔާމީނުގެ ފައިބުޑައް އަނެއްކާވެސް ވެއްޓިއްޖެ".

The name is already taken The name is available. Register?

ވއކަންނޯ

30 July 2021

ކަލޭމެން ލަދުކޮބާ؟ ވެރިޔަކަށް ހުރިމީހަކު ރައްޔިތުންގެ ބައިތުލްމާލު އަމިއްލަ އެކައުންޓްތަކަށް ކަހާލީމަވެސް ކަލޭމެނަށް ހަމަ އޯކޭދޯ؟ ތިކަން ދިވެހިން ބަލާގަންނަންޏާ، އެމީހަކާ ޖެހުނު އެއްޗެއް އެމީހަކު ކާލަންވީ، ގަދަމީހާ ގަދަވެގެން އުޅެންވީ. މަމެންނަށް ގޯސްވާނީ ހަމަގޯހަށް، އެއީ އިބޫ އަންނި ޔާމީނު ނޫނީ މަގޭ މައިންބަފައިން ކުރިޔަސް ގޯސްވާނީ ގޯހަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454