ޚަބަރު / ޕްރޮސެކިއުޓާ ޖެނެރަލް

ދައުލަތަށް ހޯދަން އެދުނު 29 މިލިއަން ރުފިޔާގެ ތެރެއިން ލިބުނީ އެންމެ 11،000ރ.

އޭސީސީގެ ރައީސް ޝިއުނާ އާއި މެމްބަރުން މަޖިލީހުގެ ކޮމިޓީއެއްގައި ވާހަކަ ދައްކަވަނީ. --ފައިލް ފޮޓޯ: މިހާރު

22 ސެޕްޓެމްބަރ 2021 - 15:46

19 comments

ދައުލަތަށް އަނބުރާ ހޯދުމަށް މިދިޔަ އަހަރު އެދުނު 29 މިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ލިބުނީ 11،000ރ. ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އަހަރީ ރިޕޯޓުން ދައްކައިފި އެވެ.

އެ ކޮމިޝަނުން މިއަދު އާއްމުކުރި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު ދައްކާގޮތުން، އަށް މައްސަލައެއްގައި ދައުލަތަށް 29،158،155ރ. ލިބެންޖެހެ އެވެ. އެކަމަކު އޭގެ ތެރެއިން އަނބުރާ ހޯދިފައިވަނީ 11،000ރ. އެވެ.

އޭގެ އިތުރުން، ފައިސާގެ މުއާމަލާތް ހިމެނޭ ހަތް މައްސަލައެއްގައި ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވި އެވެ. އެ މައްސަލަތަކުގައި ހިމެނެނީ 197،527،046ރ. އެވެ. އޭގެ ތެރެއިން ދައުލަތަށް އަނބުރާ ލިބެންޖެހޭ ފައިސާގެ އަދަދަކީ 485،193ރ. އަށް ވިޔަސް ޝަރީއަތް މެދުވެރިކޮށް ދައުލަތަށް އެއްވެސް ފައިސާއެއް ހޯދިފައިނުވާ ކަމަށް ރިޕޯޓުގައިވެ އެވެ.

ރިޕޯޓުގައި ބުނީ މިދިޔަ އަހަރު 938 މައްސަލައެއް އޭސީސީގައި ރަޖިސްޓްރީކުރި ކަމަށެވެ. އޭގެ ތެރެއިން ޕީޖީ އޮފީހަށް ފޮނުވަން ނިންމީ އެންމެ 10 މައްސަލަ އެވެ. އެކަމަކު، 15 މައްސަލައެއްގައި ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވިއިރު، 15 މައްސަލައެއް ވަނީ އަނބުރާ އޭސީސީއަށް ފޮނުވާލައިފަ އެވެ.

އެ މައްސަަތަކުގެ ތެރެއިން އެންމެ ގިނަ މައްސަލަ ރައްދުވަނީ ރަށްރަށުގެ ކައުންސިލްތަކަށެވެ. އެ ކައުންސިލްތަކާ ގުޅޭ 243 މައްސަލައެއް ހުށަހެޅިއިރު، ދެ ވަނައަށް އެންމެ ގިނައީ ސަރުކާރު ކުންފުނިތަކާ ދެކޮޅަށް ހުށަހެޅި މައްސަލަތަކެވެ. އެފަދަ 204 މައްސަލައެއް ހުށަހަޅާފައިވެ އެވެ. ތިން ވަނަ އަށް އެންމެ ގިނައިން ރިޕޯޓުކުރީ ހެލްތު މިނިސްޓްރީއަށް ރައްދުވާ މައްސަލަތަކެވެ.

ފާއިތުވި ފަސް އަހަރަށް ބަލާއިރު، އޭސީސީއަށް އެންމެ ގިނަ މައްސަލަ ހުށަހެޅީ 2019 އަހަރެވެ. އެ އަހަރު 1،397 މައްސަލަ ރަޖިސްޓްރީކުރިއިރު 710 މައްސަލައެއް ވަނީ ތަހުގީގުކޮށް ނިންމައިފަ އެވެ. ދެ ވަނައަށް އެންމެ ގިނަ މައްސަލަ ހުށަހެޅި 2016 ވަނަ އަހަރު 958 މައްސަލަ ހުށަހެޅި އެވެ. އޭގެ ކުރީ އަހަރުތަކުގައި ހުށަހެޅި މައްސަލަތަކާ އެކު އެ އަހަރު 2،278 މައްސަލައެއް ނިންމާފައިވެ އެވެ.

އެހެން އިދާރާތަކާ ގުޅިގެން އޭސީސީން 106 މައްސަލައެއްގެ ޖޮއިންޓު ތަހުގީގުކުރާއިރު އޭގެ ތެރެއިން ހަތަރު މައްސަލައެއް ވަނީ ތަހުގީގުކޮށް ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ.

19 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 0%
icon angry icon angry 88%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢިލްޔާސް

23 September 2021

މިގައުމަށް އިންވެސްޓާ ކޮންފިޑެންސްވެސް ނޯންނަނީ އަބުރާ ފައިސާހޯދަން އުދަގޫކަމުން. ކޯޓްތަކުން މިކަންތަން ތަންފީޒް ކުރަން ތަންކޮޅެއް ހަރުދަނާވާންވެއްޖެ.

The name is already taken The name is available. Register?

ސިޓިޒަން އޮފް މާލެ

23 September 2021

ނަތީޖާ ނުނެރެވޭ މުއައްސަސާއެއް!

The name is already taken The name is available. Register?

ޑޮނާޑު

23 September 2021

ރައްޔިތުންގެއަތުން ޓެކުސްނަގައިގެން ދަޢުލަތައްހޯދާ ފައިސާ ދިހަބާރަމީހަކައް ކާލައިގެންހިރުވާތަން ކަހާަވެސްނުލާ ހުރެވެންޏާ މީއަޖައިބެއްނޫންތޯއެވެ.ސަރީއަތެއްނުހިގާ,އަބުރާދައްކާކައްނުޖެހޭ,ލިބޭ އަދަބެއްނޯވޭ ތަޙުގީގެއްކޮއްފިނަމަ ދަޢުވާކުރާކައް ޕުރޮސެކިއުޓަރ އަކައްދަޢުވާކުރާކައްނުފެނޭ ދަޢުވާކޮއްފިނަމަ ޙުކުމެއްކުުރާކައް ފަޑިޔާރުންނަކައްނުފެނޭ.މިއިންކޮންމެތާކުންވެސްްބަލަނީ ކުއްވެރިޔާއައް ދެމިގަނެވޭނެލޫޕުހޯލެއްހޯދާފަ އެތަނުންކުއްވެރިޔާބޭރުކޮއްލާފައޭނާގެމައްޗައް ދަޢުވާކުރެވޭނެތަނެއްނެއްކަމައްޙުކުމްކުރީމަނިމުނީ.ކުރާމީހާކުރުމައްފަހު,ދެންހިގާހުރިހާކަމެއްހިގަނީ ބައިއެޅިގެންނެވެ.ނޫންނަމަކޮންމެސްއެއްދިމާލަކުން ފިޔަވަޅުއަޅާނެ!

The name is already taken The name is available. Register?

ގައުމީ މިއެކުވެރި ވަގުންނައް ނަސްރު ލިބޭނެ

23 September 2021

ކަރަންޓު މަސައްކަތް ކުރާމީހާ ބަލާނީ ކަރަންޓުގެ ކަންކަން ރަގަޅު ކުރަން. އެގޮތުން ގައުމެއްގެ ސިޔާސީ މީހުންގެ މަސައްކަތަކީ ގައުމު ކުރިމަގު ރަގަޅައް ފަރުމާކޮއް އެކަންކަން ތަމްފީޒް ކުރުން. އެހެނަސް މިގައުމުގަ ސިޔާސީ ވަޒީފާ އައް ވަންނަންވެގެން މީހުން ހޭބޯނާރާ އެއުޅޭ ސަބަބަކީ، އެކަމުން ގައުމު ފެލާލާފަ ބެޗޭނެ ހުރިހާގޮތެއް ތަނަވަސް ކޮއްދީ އަދި އެކަމައް ބާރު އަޅާ، މަކަރުވެރިން ގިނަ ވީމަ! ކުޑަކުދިންނައްވެސް ދަސްވަނީ ވައްކަންކޮއްފަ ފިލާނެ ހުރިހާ ގޮތެއް!

The name is already taken The name is available. Register?

ޔާމަނީލޯންޑަރ

23 September 2021

ކޮބާ ވެންޓިލޭޓަރު މައްސަލަ. ޢޭރުވެސް އެނގޭ މިކަންވާނީ ޖަމަލު ފޮޑިއަށްކަން. މިހާރު މީ ނުދައްކާވާހަކައެއް. 0 ޓޮލަރެންސް. މިކަން ކުރިމީހުން ބޮޑުން ރާއްޖޭން ބޭރުން ވަޒީފާ. 1000 ރުފިޔާގެ ބޭންކް ލޯނެއް ނަގާ ނިކަމެތި މީހާ ފަހަތުންދުވެ ލޯނު ފެލައިލާނެ. ޜިހާކުރި ފުޅި ނެގިމީހާ 5 އަހަރު ކުޑަގޮޅީގައި. ދަރިންނަށް ކިޔަވައިދޭން 150 ޕަސެންޓް އަގުހުރި މުދަލެއް ދޭންޖެހޭ. ޜާއްޖޭގެ ކޮންމެ ނިކަމެއްޗެއްގެ އަތުގައި 10 ބުރީގެ ގެއެއް އެބަހުރި. ޙުރިހާކުދިންމިހާރުކިޔަވަނީ.

The name is already taken The name is available. Register?

ޕީޖީ

23 September 2021

ޜަނގަޅަށް ތަހްގީގު ނުހިންގަންޏާ އަނބުރައި ފައިސާ ނުހޯދޭނެ. ތިޔަ ތަން ސިއުނާ އަސްރަފް އަނޫލާ ސަކީލް އަކައް ނުހިންގޭ

The name is already taken The name is available. Register?

ބޮޑުމީހާ

22 September 2021

އޭސީސީގެ މެމްބަރުންގެ ލިވިންގ އެލަވަންސްއަށްވެސް މަހަކަށް 15000 ޚަރަދުކުރޭ.

The name is already taken The name is available. Register?

ބަޑިތަކުރު

23 September 2021

ވީމާ، އެކޮމިޝަނުން އެކުރާ ފޫނެއްފަޔަށް ފެންފުރުމުގެ މަސައްކަތް ހުއްޓާލާފައި ކޮމިޝަން އުވާލީމާ ދައުލަތަށް ވާނެ ފައިދާ މާބޮޑުތާ.

The name is already taken The name is available. Register?

ކޮރަޕްޝަން

22 September 2021

ރައްޔިތުންނާއި ސިޔާސީ މީހުންނަށް އިގެންޖެހޭކަމަކީ ފައިސާ ހޯދުމަކީ އޭ.ސީ.ސީގެ ޒިންމާއެއް ނޫންކަން. އޭ.ސީ.ސީއިން އެންގުމުން ފައިސާ ހޯދުމަކީ އެހެން އިދާރާތަކުގެ ޒިންމާއެއް

The name is already taken The name is available. Register?

މުހައްމަދު ބިން

22 September 2021

ކޮމެޓީގެ މެންބަރުން މަދުވުމުން ދިމާވިގޮތް...މެންބަރުންނަށް ހާޑްކޯ ޕާޓީކުދިންކޮޅެއް އިރުރުކޯށްލާ އަދި މުސާރަވެސް ބޮޑުކޮށް ލަނިކޮށް ހަބޭސް ވެދާނެ.

The name is already taken The name is available. Register?

ލޮލް.

22 September 2021

ލޮލް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454