ކައުންސިލް އިންތިޚާބުގެ ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުން ފަސްކޮށްފި

ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރަން ގުރުއަތު ނެގުން މިއަދު ބާއްވަން ހަމަޖައްސާފައި އޮތުމަށް ފަހު އިލެކްޝަންސް ކޮމިޝަނުން އެކަން ފަސްކޮށްފި އެވެ.


ކުރިން ޖެނުއަރީ 14 ގައި ބާއްވަން ހަމަޖެއްސި ލޯކަލް ކައުންސިލް އިންތިޚާބު، ސިވިލް ކޯޓުން މިހާރު ވަނީ ދެ މަސް ދުވަހަށް ފަސްކޮށްފަ އެވެ.

އިންތިހާބަށް ކުރިމަތިލާން ދިން މުއްދަތު ހަމަވީ މި މަހު އެކަކަށެވެ. ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރަން ގުރުއަތު ނެގުން ދެން ބާއްވާނެ ތާރީޚެއް ފަހުން އަންގާނެ ކަމަށް ކޮމިޝަނުން އިއްޔެ ކުރި އިއުލާނެއްގައިވެ އެވެ.

ޕީޕީއެމަށް ތައްޔާރު ނުވެވިގެން ކަމަށް ބުނެ އިންތިޚާބު ފަސްކުރަން ކުރި ހުކުމް އިސްތިއުނާފް ކުރަން އިލެކްޝަންސް ކޮމިޝަނުން ހައި ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ.