އެސްޓީއޯގެ ޗެއާމަން އެމްޓީސީސީ އަށް، އެމްޓީސީސީގެ ޗެއާމަން އެސްޓީއޯ އަށް

އެސްޓީއޯ އާއި އެމްޓީސީސީގެ ޗެއާމަނުން އެއް ކުންފުނިން އަނެއް ކުންފުންޏަށް އިއްޔެ ބަދަލުކޮށްފި އެވެ.


އެސްޓީއޯގެ ޗެއާމަންގެ މަގާމުގައި ހުންނެވި އަހުމަދު ނިޔާޒް، އެމްޓީސީސީގެ ޗެއާމަން ކަމަށް ޕްރައިވެޓައިޒޭޝަން ބޯޑުން ހަމަޖައްސިއިރު، އެމްޓީސީސީގެ ޗެއާމަން ހުސެއިން ސާލިމް ބަދަލުކުރީ އެސްޓީއޯގެ ޗެއާމަން ކަމަށެވެ. މީގެ ތެރެއިން ސާލިމް އަކީ ސަރުކާރުގެ ކޯލިޝަން ޕާޓްނަރު އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ ކޮއްކޮ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޗެއާމަނުން ދޭތެރެދޭތެރެއިން ޕްރައިވެޓައިޒޭޝަން ބޯޑުން ބަދަލުކުރެ އެވެ. އެ ބަދަލު ގެންނަނީ ރައީސް އަބްދުﷲ ޔާމީން ހުށަހެޅުއްވުމުންނެވެ.