29 ޖޫން

June 29, 2018 5
ނޭމާ ހުރުމުގެ ފައިދާ ނަގަނީ ކުޓީނިއޯ: ކާލޮސް

ސައޮ ޕައޮލޯ، ބްރެޒިލް (ޖޫން 29) - މި ފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ބްރެޒިލް ކުޅޭ މެޗުތަކުގައި ގިނަ ބަޔަކަށް ތަރިއެއްގެ ގޮތުގައި ފެންނަނީ ނޭމާ ކަމަށާއި އެކަމަކު އޭނާ ހުރުމުން ނަތީޖާ ނެރުމުގައި ތަފާތު ދައްކަނީ ފިލިއްޕޭ ކުޓީނިއޯ ކަމަށް ބްރެޒިލްގެ ކުރީގެ ތަރި ރޮބާޓޯ ކާލޮސް ބުނެފި އެވެ.

20 ޖޫން

June 20, 2018 7
ފަޔަށް ތަދުވެ ނޭމާ އަށް އިއްޔެ ޕްރެކްޓިހެއް ނުކުރެވުނު

ސޯޗީ، ރަޝިއާ (ޖޫން 20) – ބްރެޒިލްގެ ފޯވާޑް ނޭމާ ޕްރެކްޓިހުގައި ހުއްޓާ ކަނާތު ފައިގެ ކުޑަހުޅަށް ތަދުވެ ފަރުވާ ހޯދަން ޖެހިއްޖެ އެވެ.

17 ޖޫން

June 17, 2018 1
ބްރެޒިލް ސަޕޯޓަރުން އުފާކޮށްދޭން ނޭމާ އަމާޒުހިފައިފި

މޮސްކޯ (ޖޫން 17) - އަމިއްލަ ގައުމުގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި ލިބުނު ނާކާމިޔާބީ އިން އަރައިގަތުމުގެ ގޮތުން މި ފަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލްގެ ސަޕޯޓަރުން އުފާކޮށްދޭން ބޭނުންވާ ކަމަށް އެ ޓީމުގެ ތަރި ނޭމާ ބުނެފި އެވެ.

04 ޖޫން

June 04, 2018 2
ނޭމާއާ އެކު ބްރެޒިލަށް މޮޅެއް، ސްޕެއިން އެއްވަރު

ލިވަޕޫލް (ޖޫން 4) - އަނިޔާއިން ރަނގަޅުވެ ކުޅުމުގެ ތެރެއަށް އެނބުރި އައި ބްރެޒިލްގެ ތަރި ނޭމާއާ އެކު އެ ޓީމު 2-0 އިން ކްރޮއޭޝިއާ އަތުން އެކުވެރިކަމުގެ މެޗެއްގައި މޮޅުވިއިރު، ސްޕެއިން ކުޅުނު މެޗުން 1-1 އިން ސްވިޒަލެންޑާ އެއްވަރުވެއްޖެ އެވެ.

25 މެއި

May 25, 2018 9
ނޭމާ ހުރީ އާދަޔާހިލާފު ރޫހެއްގައި: ޓީޓޭ

ސައޮ ޕައޮލޯ، ބްރެޒިލް (މެއި 25) - އަނިޔާއިން ރަނގަޅުވެ ވޯލްޑް ކަޕުގައި ތަފާތު ދައްކަން ބްރެޒިލްގެ ތަރި ނޭމާ ހުރީ އާދަޔާހިލާފު ރޫހެއްގައި ކަމަށް ބްރެޒިލްގެ ކޯޗު ޓީޓޭ ބުނެފި އެވެ.

21 މެއި

May 21, 2018 5
ނޭމާ ވިއްކާލަފާނެ ކަމުގެ އިޝާރާތެއް ޕީއެސްޖީން ދީފި

ޕެރިސް (މެއި 20) - މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ބްރެޒިލްގެ ތަރި ނޭމާ ވިއްކާލަފާނެ ކަމުގެ އިޝާރާތެއް ޕީއެސްޖީން ދީފި އެވެ.

15 މެއި

May 15, 2018
އަނިޔާގައި ހުރި ނޭމާ ގައުމީ ޓީމުގައި ހިމަނައިފި

ސައޮ ޕައޮލޯ، ބްރެޒިލް (މެއި 15) - ޕީއެސްޖީ އަށް ކުޅޭ ބްރެޒިލްގެ ތަރި ނޭމާ އަނިޔާގައި ހުރި ނަމަވެސް އަންނަ މަހު ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށްދާ ބްރެޒިލްގެ ގައުމީ ޓީމުގެ 23 ކުޅުންތެރިންގެ ލިސްޓުގައި ހިމަނައިފި އެވެ.

25 މާޗް

March 25, 2018 1
ނޭމާ މެޑްރިޑަށް ދިއުމަކީ މައްސަލައެއް ނޫން: ޕުޔޯލް

ބާސެލޯނާ (މާޗް 25) – ބާސެލޯނާގެ ކުރީގެ ތަރި ނޭމާ ވާދަވެރި ރެއާލް މެޑްރިޑާ ގުޅިދާނެ ކަމަށާއި އެކަމުގައި އެއްވެސް މައްސަލައެއް ނުފެންނަ ކަމަށް ބާސެލޯނާގެ ކުރީގެ ކެޕްޓަން ކާލްސް ޕުޔޯލް ބުނެފި އެވެ.

16 މާޗް

March 16, 2018
ނޭމާއާ ބައްދަލުކުރަން ޕީއެސްޖީގެ ރައީސް ބްރެޒިލަށް

ރިއޯ ޑި ޖަނޭރޯ، ބްރެޒިލް (މާޗް 16) - އަނިޔާގައި ހުރި ޕީއެސްޖީގެ ބްރެޒިލް ތަރި ނޭމާއާ ބައްދަލުކުރަން ޕީއެސްޖީގެ ރައީސް ނާސިރު އަލް ހެއްލާފީ ބްރެޒިލަށް ވަޑައިގެންފި އެވެ.

14 މާޗް

March 14, 2018 7
ނޭމާ އަލުން ގެންނަން މެސީ ބޭނުންވޭ

ބާސެލޯނާ (މާޗް 14) – ނޭމާ އެނބުރި ބާސެލޯނާ އަށް އައުމަށް ލިއޮނަލް މެސީ އާއި އެ ޓީމުގެ ބައެއް ކުޅުންތެރިން ބޭނުންވާ ކަމަށާއި އެކަމަކު އެކަމާ އެ ކްލަބުގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ ދެކޮޅު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

12 މާޗް

March 12, 2018 14
ނޭމާ މަޑުކުރާނެ ކަމުގެ ޔަގީންކަން ނުދެވޭނެ: ޕީއެސްޖީ

މެޑްރިޑް (މާޗް 12) - އަންނަ ސީޒަނުގައި ޕީއެސްޖީން ނޭމާ ފެންނާނެ ކަމުގެ ޔަގީންކަން ދެވެން ނެތް ކަމަށް ޕީއެސްޖީގެ ޗީފް އެގްޒެކްޓިވް އެންޓެރޯ ހެންރީކޭ ވިދާޅުވެއްޖެ އެވެ.

10 މާޗް

March 10, 2018 9
ނޭމާ އެނބުރި ބާސާ އަށް ދާން ބޭނުންވޭ: ރިޕޯޓް

ބާސެލޯނާ (މާޗް 10) – ޕީއެސްޖީ އަށް ބަދަލުވެވުނު މޮޔަ ނޭމާ އަށް ހީވެއްޖެ ކަމަށާއި އޭނާ އެނބުރި ބާސެލޯނާ އަށް ދެވޭނެ ގޮތްތަކެއް ބަލަމުން އަންނަ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓެއް ބުނެފި އެވެ.

02 މާޗް

March 02, 2018 7
ނޭމާ އަށް ސީޒަން ނިމިއްޖެ، ވޯލްޑް ކަަޕަށް ފިޓްވާނެ

ބެލޯ ހޮރިޒޯންޓޭ، ބްރެޒިލް (މާޗް 2) - ބްރެޒިލްގެ ތަރި ނޭމާ އަށް ދެން މި ސީޒަނުގައި ޕީއެސްޖީ އަށް މެޗެއް ކުޅުމުގެ ފުރުސަތު ނެތް ކަމަށާއި އެކަމަކު ޖޫން މަހު ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް އޭނާ ފިޓްވާނެ ކަމަށް ބްރެޒިލް ޓީމުގެ ޑޮކްޓަރު ރޮޑްރީގޯ ލަސްމާ ބުނެފި އެވެ.

28 ފެބުރުއަރީ

February 28, 2018 8
ނޭމާ އަށް މެޑްރިޑާ ދެކޮޅަށް ނުކުޅެވޭނެ!

ރިއޯ ޑި ޖެނީރޯ (ފެބްރުއަރީ 28) – އަނިޔާވެފައިވާ ޕީއެސްޖީގެ ފޯވާޑް ނޭމާ މަދުވެގެން ހަ ހަފުތާ އަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށާއި އަންނަ ހަފުތާގައި ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް އޭނާ އަށް ނުކުޅޭވޭނެ ކަމަށް ނޭމާގެ ބައްޕަ ބުނެފި އެވެ.

27 ފެބުރުއަރީ

February 27, 2018 5
މެޑްރިޑާ ދެކޮޅަށް ނޭމާ ކުޅުމުގެ ފުރުސަތު ކުޑަވެއްޖެ

ޕެރިސް (ފެބްރުއަރީ 27) – ޕީއެސްޖީގެ ފޯވާޑް ނޭމާގެ ފައިތިލައިގެ ކަށިކޮޅެއްގައި ރެނދުލައި އަދި ކުޑަހުޅު ދުޅަވެފައިވާ ކަމަށް އެ ކްލަބުން ބުނެފި އެވެ.

26 ފެބުރުއަރީ

February 26, 2018 12
ޕީއެސްޖީ މޮޅުވިއިރު ނޭމާ އަށް އަނިޔާވެއްޖެ

ޕެރިސް (ފެބްރުއަރީ 26) – ފްރާންސް ލީގުގައި ރޭ އޮލިމްޕިކް މާސޭ އަތުން 3-0 އިން ޕީއެސްޖީ މޮޅުވި މެޗުގައި އެ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ނޭމާގެ ކުޑަހުޅަށް އަނިޔާވެ ހާސްކަމާ ކުރިމަތިލާން ޖެހިއްޖެ އެވެ.

15 ފެބުރުއަރީ

February 15, 2018
ޕީއެސްޖީއާ މެދު ނޭމާގެ ޝަކުވާއެއް ނެތް

ޕެރިސް (ފެބްރުއަރީ 15) – ޕީއެސްޖީގައި ހުރީ އުފަލުގައި ކަމަށް، ރެއާލް މެޑްރިޑަށް ބަދަލުވާން އުޅޭ ކަމަށް އަޑުއަރާފައިވާ ފޯވާޑް ނޭމާ ބުނެފި އެވެ.

12 ފެބުރުއަރީ

February 12, 2018
ނޭމާ ރެއާލް މެޑްރިޑަށް ކުޅޭނެ: މާސެލޯ

މެޑްރިޑް (ފެބްރުއަރީ 12) – ބާސެލޯނާގެ ކުރީގެ ތަރި ނޭމާ ކޮންމެވެސް ދުވަހަކު ރެއާލް މެޑްރިޑަށް ކުޅޭނެ ކަމަށް އެ ޓީމުގެ ޑިފެންޑަރު މާސެލޯ ބުނެފި އެވެ.

30 ޖެނުއަރީ

January 30, 2018 3
މެސީގެ ހިޔަނިން ނޭމާ އަށް އޮތީ ނުކުންނަން ޖެހިފައި

ޕެރިސް (ޖެނުއަރީ 30) – ލިއޮނަލް މެސީގެ ހިޔަނީގައި ނުހުރެ އަމިއްލަ މަގެއް އިހުތިޔާރުކުރުމަކީ ނޭމާ އަށް މުހިއްމުވެފައި އޮތް ކަމެއް ކަމަށް އޭނާއާ އެކު ޕީއެސްޖީ އާއި ބްރެޒިލަށް ކުޅޭ ޑެނިއަލް އަލްވެސް ބުނެފި އެވެ.

18 ޖެނުއަރީ

January 18, 2018 3
ޕީއެސްޖީ އަށް ލަނޑުގެ އީދެއް

ޕެރިސް (ޖެނުއަރީ 18) – ފްރާންސް ލީގުގައި ރޭ ޑިޔޯން އަތުން 8-0 އިން ޕީއެސްޖީ މޮޅުވި މެޗުގައި ނޭމާ ހަތަރު ލަނޑު ޖަހައިފި އެވެ.