06 ޖެނުއަރީ

January 06, 2019 6
ޖަމިއްޔާތަކާ ބެހޭ ކަންކަން ޔޫތު މިނިސްޓްރީގެ ދަށަށް

ޖަމިއްޔާތަކާ ބެހޭ ކަންކަން ބެލެހެއްޓުން ޔޫތު މިނިސްޓްރީގެ ދަށަށް ބަދަލު ކޮށްފި އެވެ.

22 ސެޕްޓެމްބަރ

September 22, 2018 5
"އިންތިޚާބު މިނިވަންވާނެ ކަމަކަށް ނުބެލެވޭ"

މާދަމާ ބާއްވާ ރިޔާސީ އިންތިޚާބު ކަވަރު ކުރާ ބޭރުގެ ބައެއް އޮބްޒާވަރުންނަށް ރާއްޖެ އެތެރެ ނުވެވޭތީ، އިންތިޚާބުގެ މިނިވަން ވާނެ ކަމަށް ނުބެލެވޭ ކަމަށް އިންތިޚާބު އޮބްޒާވްކުރާ ބޭރުގެ ޖަމިއްޔާއެއް ކަމަށްވާ އޭޝިއަން ނެޓްވޯކް ފޯ ފްރީ އިލެކްޝަން (އޭއެންއެފްއާރްއީއެލް) އިން މިއަދު ބުނެފި އެވެ.

21 ސެޕްޓެމްބަރ

September 21, 2018 10
އޮބްޒާވަރުންނަށް ފޯނު ގެންގުޅެވޭނެ ގޮތް ހަދަން އެދެފި

އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލާ މަރުކަޒަށް ފޯނު ވެއްދުމުގެ ފުރުސަތު އޮބްޒާވަރުންނަށް ދިނުމަށް ވިމެން އެންޑް ޑިމޮކްރަސީ އިން އިލެކްޝަންސް ކޮމިޝަންގައި އެދެފި އެވެ.

13 ސެޕްޓެމްބަރ

September 13, 2018
ރޯޑު ރޭހުގައި ޖަމިއްޔާތަކުން ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ކުުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ ޝިޔާރާ އެކު ދިރާގުން ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ދުވުމުގައި، ޖަމިއްޔާތަކުން ބައިވެރިވުމުގެ މުއްދަތު މިއަދު އިތުރުކޮށްފި އެވެ.

30 އޯގަސްޓް

August 30, 2018 4
މިލަންދޫގައި ޕްލާސްޓިކް މަދުކުރަން ޖަމިއްޔާއަކުން ފަށަނީ

ށ. މިލަންދޫގައި ޕްލާސްޓިކް ބޭނުންކުރުން އެއްކޮށް ހުއްޓާލަން އަމިއްލަ ޖަމިއްޔާއަކުން މަސައްކަތް ފަށައިފި އެވެ.

12 ޖުލައި

July 12, 2018 5
ފާރިސް މިނިވަން ކުރަން އެމްނެސްޓީން ގޮވާލައިފި

ހަތަރު މަހުގެ ޖަލު ހުކުމެއްގައި މިހާރު ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މިނިވަން ކުރުމަށާއި އޭނާއާ ދެކޮޅަށް ކުރާ ދައުވާތައް އަނބުރާ ގެންދިއުމަށް އެމްނެސްޓީ އިންޓަނޭޝަނަލުން ދިވެހި ސަރުކާރަށް ގޮވާލައިފި އެވެ.

20 ޖޫން

June 20, 2018 2
އިންތިހާބު އޮބްޒާވްކުރަން ބޭރު ފަރާތްތަކަށް ދައުވަތުދީފި

އަންނަ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބު އޮބްޒާވްކުރަން ބޭރުގެ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން ދައުވަތު ދީފި އެވެ.

26 މާޗް

March 26, 2018 1
"ވަކީލުންގެ ޖަމްއިއްޔާ އަދިވެސް ރަޖިސްޓްރީކޮށެއް ނުދޭ"

ވަކީލުންގެ ޖަމްއިއްޔާއެއް ރަޖިސްޓްރީ ކުރަން ހުށަހެޅިތާ ފަސް މަސް ވީއިރު ވެސް އެ ޖަމްއިއްޔާ ސަރުކާރުން ރަޖިސްޓްރީ ކޮށްދީފައިނުވާ ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.

07 ނޮވެމްބަރ

November 07, 2017 39
ކުޅުދުއްފުށީ ކުޅި ހިއްކުމާ ދެކޮޅަށް 13 ޖަމިއްޔާއެއް

ހދ. ކުޅުދުއްފުށީގައި އެއާޕޯޓު ހެދުމަށް އެ ރަށުގެ ކުޅި ހިއްކާތީ އެކަމާ ދެކޮޅަށް ރާއްޖޭގެ 13 ޖަމިއްޔާއަކުން ކަންބޮޑުވުން ފާޅުކޮށް، އެކަން ހުއްޓާލުމަށް ސަރުކާރަށް މިއަދު ގޮވާލައިފި އެވެ.

05 ނޮވެމްބަރ

November 05, 2017 68
ކުޅި "ގުރުބާން" ކުރުމުން ފާޑުކިޔުންތައް ކައުންސިލަށް

ހދ. ކުޅުދުއްފުށީގައި އެއާޕޯޓު ހެދުމަށް އެ ރަށުގެ ކުޅި ހިއްކަނީ ކުރު ރާސްތާއެއްގެ ތަރައްގީ އަށް ކުޅުދުއްފުށީގެ ކައުންސިލުން ކުޅި "ގުރުބާން" ކުރުމުން ކަމަށް ބުނެ ބައެއް ޖަމިއްޔާތަކުން އެ ކައުންސިލަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

30 ސެޕްޓެމްބަރ

September 30, 2017 32
ކަށުކަމާކެމީގެ ބުރަ ލުއިކޮށްދިން އެއްބައިވަންތަކަން

އާއިލާގެ މީހަކު މަރުވެގެން އުޅޭ ހިތްދަތި އުނދަގޫ ވަގުތު އެ މީހެއްގެ ކަށުކަމާކެމީގެ ކަންކަމާ އުޅުމަކީ ކޮޮންމެ މީހަކަށް އެހާ ފަސޭހަ ކަމަކަށް ނުވާނެ އެވެ. މި ކަމަށް ބޭނުންވާ ސާމާނު ހޯދުމަކީ މާލޭގައި އާންމު މީހަކަށް ބޮޑު ތަކުލީފެކެވެ. އެއް ގެއިން ސަންދޯކެއް، އަނެއް ގެއިން ވެލިކޮޅެއް، އެހެން ދިމާލަކުން ކަފަ އާއި ކަފުނާއި ކުނާ ފަދަ...

26 ފެބުރުއަރީ

February 26, 2017 5
އަލިފުޅު ތުއްތު ފައުންޑޭޝަންގެ އެހީ ހަތް ޖަމިއްޔާއަކަށް

އަލިފުޅު ތުއްތު ފައުންޑޭޝަން (އޭއެފްޓީއެފް)ގެ އެހީ ހަތް ޖަމިއްޔާއަކަށް، މިއަދު ހަވާލުކޮށްދީފި އެވެ.

26 ޑިސެމްބަރ

December 26, 2016 7
ހަލީމާއަށް ދިން ހަމަލާއަކީ އިއާދަނުކުރެވޭނެ ގެއްލުމެއް

ށ. ޅައިމަގު އަންހެނުންގެ ކޮމިޓީގެ ރައީސާ ހަލީމާ އާދަމްގެ މޫނަށް ބަޔަކު ކެމިކަލް ޖެހުމަކީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ފުން އަސަރުކުރާ އަދި އެކަމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު އިއާދަނުކުރެވޭ ވަރުގެ ހަމަލާއެއްކަން ފާހަގަކޮށް ހަތް ޖަމްއިއްޔާއަކުން އިއްޔެ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

14 ޑިސެމްބަރ

December 14, 2016 16
އަންހެނުންގެ ހައްގުގައި "އުތެމަ"، އެހެން ވިސްނުމަކުން

އަންހެނުންނަށް ހައްގުތަކާއި ކުރިއެރުން ހޯދައިދިނުމުގެ މަސައްކަތުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބައެއް މީހުން އެ ކަންކަން ގަބޫލު ނުކުރުމެވެ. ރާއްޖެ އަށް ބަލާ އިރު އެ ވިސްނުން ބަދަލުކުރަން މާ ބޮޑު މަސައްކަތެއް ނުކުރެވެ އެވެ. މިދިޔަ ހަފްތާގައި ތައާރަފްކުރި އަމިއްލަ ޖަމްއިއްޔާ "އުތެމަ" އިން މަސައްކަތްކުރާނީ އެ ހުސްކަން...

25 ސެޕްޓެމްބަރ

September 25, 2016
އެހީތެރިކަން ފޯރުކޮށްދީގެން އޭޓީއެފްއަށް އެވޯޑެއް

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީގޮތުންނާއި ތަކެތީގެ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ އެވޯޑު އަލިފުޅު ތުއްތު ފައުންޑޭޝަނަށް މިއަދު ލިބިއްޖެ އެވެ.

25 އޯގަސްޓް

August 25, 2016 2
އުވާލަން ނިންމާ ޖަމިއްޔާތަކަށް އިތުރު ފުރުސަތު ނުދެނީ

މަސައްކަތް ނުކޮށްގެން އުވާލަން ނިންމާ ޖަމިއްޔާތައް ހިންގަން އިތުރަށް ފުރުސަތު ދެވޭ ގޮތަށް ޖަމިއްޔާތަކުގެ ގަވާއިދުގައި އޮންނަ މާއްދާ އުވާލައިފި އެވެ.

07 ޖުލައި

July 07, 2016 4
ރޯޑް ރޭހުގައި ބައިވެރިވާން ޖަމިއްޔާތަކަށް ހުޅުވާލައިފި

މިއަހަރުގެ ދިރާގު ރޯޑް ރޭހުގައި ބައިވެރިވާން ބޭނުންވާ އަމިއްލަ ޖަމިއްޔާ ޖަމާއަތް (އެންޖީއޯ) ތަކަށް އެ ފުރުސަތު ދިރާގުން ހުޅުވާލައިފި އެވެ.