12 ސެޕްޓެމްބަރ

September 12, 2019 8
ޤާނޫނު ހެދުމުގެ ދާއިރާ އިން ހިންގުމުގެ ދާއިރާ އަށް!

މިހާރު އޮތް ރައްޔިތުންގެ މަޖިލީހުން ސަރުކާރުގެ ތަފާތު މުއައްސަސާތައް ޖަވާބުދާރީ ކުރުވުމަށް ކުރާ މަސައްކަތާ މެދު އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުންގެ ހިތްހަމަޖެހުން އޮންނަކަން އިވޭ އަޑުތަކުން އެނގެ އެވެ. މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކުގައި ހިނގާ މަސައްކަތްތައް ރައްޔިތުންނަށް އެންގުމަށްޓަކައި ލައިވްކޮށް ފޮނުވަން...

05 ސެޕްޓެމްބަރ

September 05, 2019 4
އޮޅުން ބޮޅުން: ބޭނުންވަނީ ޒިންމާދާރު ނޫސްވެރިކަމެއް

ނޫސްވެރިންނަށް އެ މީހުންގެ ގައުމީ މަސައްކަތައިގެން ކުރިއަށް ދިއުމުގެ މިނިވަންކަން މިހާރު ވަނީ ލިބިފަ އެވެ. ކަންކަމާ މެދު ޚިޔާލު ފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން ވަނީ ލިބިފަ އެވެ. ކަންކަމުގައި ދެކޮޅު އޮންނަ ގޮތް ދެއްކުމުގެ ފުރުސަތު ވަނީ ކުރިއަށް ވުރެ ބޮޑަށް ތަނަވަސް ވެފަ އެވެ. މިނިވަންކަމަކީ ވެސް ވަކި ހުދޫދެއްގެ ތެރޭގައި އޮންނަ...

28 އޯގަސްޓް

August 28, 2019 20
އޮޅުން ބޮޅުން: ވެރިކަން އޮތީ ކޮން ބައެއްގެ އަތުގައި؟

މިހާރު ވެރިކަމުގައި އޮތް ސަރުކާރަކީ ކޮބައިކަން އޮޅުންއަރާ ގޮތަށް ބައެއް ފަރާތްތަކުން ޚިޔާލު ފާޅުކުރާތަން މަދުން ނަމަވެސް ފެނެ އެވެ. އެ ގޮތަށް ބައެއް ފަރާތްތަކަށް ޚިޔާލު ފާޅުކުރެވެނީ ކުރީގައި އޮތް ވެރިކަން ބަދަލު ކުރުމަށް މަސައްކަތް ކުރެވިފައި އޮތް ގޮތުންނެވެ. ކުރިން ވެރިކަމުގައި އޮތް ޚުދުމުޚްތާރު، އަމިއްލަ އެދުމާއި ޚިޔާނާތާއި...

19 އޯގަސްޓް

August 19, 2019 10
އޮޅުން ބޮޅުން: ހަރަކާތްތެރި ރައްޔިތުންގެ މަޖިލިސް

މިހާރު ހިނގަމުން އަންނަ ރައްޔިތުންގެ މަޖިލީހަކީ މިއަދާ ހަމައަށް ރާއްޖޭގެ ތާރީޚުގައި ވެސް ފެނުނު އެންމެ ހަރަކާތްތެރި މަޖިލީހެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެ ބޭފުޅުންގެ ޤާނޫނީ، ގައުމީ އަދި ފަރުދީ ޒިންމާ އަދާކުރެއްވޭތޯ މަސައްކަތް ކުރައްވާތަން ފެންނަ މަޖިލީހެކެވެ. މަޖިލީހުގައި ކުރާ ބަހުސްތަކުގައި މެމްބަރުން...

09 ޖުލައި

July 09, 2019 4
އޮޅުން ބޮޅުން: ހިންގުމުގެ ދޯދިޔާކަން

ސަރުކާރުގެ ތަފާތު މުއައްސަސާތަކުގެ ހިންގުމުގެ ދޯދިޔާކަން މިހާރު ވަރަށް ގިނައިން އަޅުގަނޑުމެންނަށް ފެންނަމުން އެބަ ދެ އެވެ. ނަމަވެސް މި ޒަމާނުގައި ސަރުކާރުގެ އިދާރާތަކުގައި މަސައްކަތް ކުރަނީ ކުރިއާ ޚިލާފަށް މި ޒަމާނުގެ ތަޢުލީމުގެ ތަފާތު ކޯސްތައް ހަދާފައި ތިބި މީހުންނެވެ. އެންމެ ކުޑަމިނުން ޑިޕްލޮމާ ކޯހެއް ފުރިހަމަކޮށްފައި ތިބި...

03 ޖުލައި

July 03, 2019 45
ހަރުކަށި ވިސްނުން ހުއްޓުވުން، ކުރަން ޖެހޭ ކަމެއް

ރާއްޖެ މިހާރު ދަތުރުކުރަނީ ހަރުކަށި ވިސްނުމާ ދިމާއަށް ކަން އަޅުގަނޑުމެންނަށް އެނގެ އެވެ. މިކަން ގިނަ މީހުން ގަބޫލުކުރެ އެވެ. ވަރަށް ފަހަކާ ޖެހެންދެން ސަރުކާރުން މި ކަމަށް އެއްބަހެއް...

July 03, 2019 10
ދައުލަތް އަދި ކުންފުނި، ދެ ލަފުޒު އެކުވުމުގެ ނަތީޖާ

ދައުލަތުގެ ވިޔަފާރި ކުންފުނިތައް އިސްލާހު ކުރުމުގައި ހިނގަން އޮތް މަގާއި، ކުރަން ފެންނަ ކަންތައްތައް ބަޔާން ކުރުމަށް އެކުލަވާލެވޭ މިލިޔުންތައް ބައިކޮށްފައި ވާނީ މައި ހަތަރު...

18 ޖޫން

June 18, 2019 15
އޮޅުންބޮޅުން: ޝަރުއީ ނިޒާމަށް އަވަސް ފަރުވާއެއް ބޭނުން

ރާއްޖޭގެ ޝަރުއީ ނިޒާމަށް އަވަސް ފަރުވާ ބޭނުމެވެ. މިހެން މި ދަންނަވަނީ އެކަން ކުރަން ޖެހޭނެ ކަމަށް މީހަކު ބުނެގެނެއް ނޫނެވެ. ފެންނަން އޮތް ހަގީގަތަށް ބަލައިފަ އެވެ. ޝަރުޢީ ދާއިރާގައި މަޑުމަޑުން ނިއުޅެމުންދާ މަންޒަރުތަކަށް ބަލައިފަ އެވެ. ހަމައެކަނި ކުޅި ބަލަން މިހާރު ނުތިބެވޭނެ އެވެ. އަޅުގަނޑުމެންނަށް މަންޒަރު ފެންނަ ގޮތް ވެސް...

11 ޖޫން

June 11, 2019 36
ކޮންމެ މީހަކު ދިނަސް ދަރަނި ވާނީ ދަރަންޏަށް

ކޮންމެ މީހަކު ދިން ކަމުގައި ވިޔަސް، ނުވަތަ ކޮންމެ ގައުމަކުން ދިން ކަމުގައި ވިޔަސް، ދަރަންޏަށް، ބަޔަކު އެއްޗެއް ދީފި ނަމަ، އެ ވާނީ ދަރަންޏަކަށެވެ. އެ ދަރަންޏަކީ ޗައިނާ ސަރުކާރުން ދިން ދަރަންޏެއް ކަމުގައި ވިޔަސް ނުވަތަ އެމެރިކާގެ ނުފޫޒުގެ ކުޑައިގެ ދަށުން ހިންގާ އޭޖެންސތަކުގެ ތެރެއިން އޭޖެންސީއަކުން ދޫކުރި ދަރަންޏަކަށް ވިޔަސް...

04 ޖޫން

June 04, 2019 18
އޮޅުން ބޮޅުން: ދިވެހި ބަހުގެ އާ ލަފުޒުތައް

ދިވެހި ބަސް މުއްސަނދި ކުރުވުމަށް، ދިވެހި ބަހާ ބެހޭ ކަންތައްތައް ބެލެހެއްޓުމަށް ސަރުކާރުން ހަވާލުކޮށްފައި އޮންނަ ފަރާތުން ކުރާ، އަޅުގަނޑަށް އެންމެ މުހިއްމު، އެއް މަސައްކަތަކީ އާ ބަސް ހެދުމެވެ. ދިވެހި އަދަބިއްޔާތާ ބެހޭ ތަފާތު އިހުގެ ލިއުންތައް ޗާޕްކުރުމާއި، އަލަށް ފޮތް ލިއާ މީހުންނަށް ހިތްވަރު ދިނުމުގެ ގޮތުން ވަކި އުޞޫލެއްގެ...

28 މެއި

May 28, 2019 26
އޮޅުންބޮޅުން- ބިދޭސީންގެ މައްސަލަ ހައްލުކުރެވިދާނެ

ވިސާ ނެތި ބިދޭސިން ރާއްޖޭގައި އުޅުމަކީ އާދައިގެ ކަމެކެވެ. ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ ނެތި ބިދޭސިން މަސައްކަތް ކުރުމަކީ ޢާއްމު ކަމެކެވެ. މިކަން އިމިގްރޭޝަނަށް ވެސް އެނގެ އެވެ. ފުލުހުންނަށް ވެސް އެނގެ އެވެ. ބިދޭސީން ރާއްޖޭގައި މަސައްކަތް ކުރުމަށް ހުއްދަ ދޫކުރާ ފަރާތްތަކަށް ވެސް އެނގެ އެވެ. މިގޮތަށް އުޅޭ ބިދޭސީން އެކި...

22 މެއި

May 22, 2019 27
އޮޅުންބޮޅުން: ބަސް ޑްރައިވަރުންނަށް ކޮފީ ދެމާ!

މާލޭ ގައި ބަސް ދަތުރުތައް ހަމަޖައްސައިދޭ ކުންފުނިން، މާލޭގެ މަގުތައް ބޭނުން ކުރާ މީހުންގެ ރައްކަލަކަށްޓަކައި، ފިޔަވަޅުތަކެއް އަޅައިފި ކަން ޢާއްމުކޮށްފި އެވެ. މާލޭގެ މަގުތަކުގައި ބަސް ދުއްވުމުގެ ނިޒާމް ހަރުދަނާ ކުރުމަށެވެ. މި ފިޔަވަޅު މި އެޅީ މަގުމަތީގައި ހިނގާބިނގާ މީހުން އުޅޭ ސަރަހައްދުން ކަސްރަތަށް ނުކުމެ އުޅުނު މީހަކު ބަސް...

14 މެއި

May 14, 2019 41
މަޖިލިހުގެ ރައީސް ކަމަށް ރަނގަޅު ވާނީ ކޮން ބޭފުޅެއް؟

ވެރިކަން ކުރާ ޕާޓީން، ރައްޔިތުންގެ މަޖިލިހުގެ ގިނަ ގޮނޑިތަކެއް ތާރީޚީ އަދަދަކަށް ކާމިޔާބު ކުރުމަށް ފަހު، އާ މަޖިލީހުގެ ފުރަތަމަ ޖަލްސާ މި މަހުގެ ފަހުކޮޅު ބޭއްވުމަށް ތައްޔާރު ވަނީ އެވެ. އެ ޕާޓީގެ ތެރެއިން ވަރަށް ގިނަ މެމްބަރުން މަޖިލިހުގެ ރައީސްކަން ކުރެއްވުމަށް ޝަޢުޤުވެރިވެ ވަޑައިގަންނަވާކަން ފާޅުކުރައްވާފައި ވެ އެވެ....

07 މެއި

May 07, 2019 7
އޮޅުންބޮޅުން: އާ މަޖިލިހުން އެކަންކަން ބަލަން ޖެހޭނެ!

އަކުރުން އަކުރަށް ހުރިހާ ކަމަކާ ބެހޭ ގޮތުން ހުރިހާ ގަވައިދެއް ލިޔެފައި ބެހެއްޓުމަކީ އެއްވެސް ބަޔަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެންމެ ތަހުޒީބު ކަމަށް ދައުވާކުރާ ގައުމުތަކުގައި ވެސް މިކަން އޮންނަނީ މި ދެންނެވި ގޮތަށެވެ. މިހެން ވުމުގެ ސަބަބުން ޑިމޮކްރަސީގެ އުޞޫލުތަކާ އެއްގޮތަށް ހިނގާ ގައުމުތަކުގައި ވެސް ވަކި ކަމެއް ކުރުމަށް ވަކި...

11 އެޕްރީލް

April 11, 2019 10
އޮޅުންބޮޅުން: ރައްޔިތުންގެ ނިންމުން

އަމާންކަމާއި އޮމާންކަމާ އެކު އާއްމު އިންތިޚާބެއް ނިމިގެން ހިނގައްޖެ އެވެ. ކުރިއަށް އޮތް ފަސް އަހަރު ދުވަހު ރާއްޖޭގައި މައިގަނޑު ސިޔާސަތުތައް ކުރިއަށް ގެންދާނެ ގޮތުގެ ފެހި ސިގްނަލް ދިވެހި ރައްޔިތުން ދީފި އެވެ. ވޯޓުގެ ޒަރީޢާ އިންނެވެ. ކުރި އަށް އޮތް ފަސް އަހަރު ދުވަހު ވެރިކަން ކުރުމަށް ކާމިޔާބު ހޯދި ޕާޓީ އަށެވެ. މި އިންތިޚާބުން...

02 އެޕްރީލް

April 02, 2019 17
އޮޅުންބޮޅުން: ފަތުރުވެރިކަމުގެ ވާހަކަ ފޮރުވިފައި

އާންމު އިންތިޚާބުގައި ރައްޔިތުންގެ ތާއީދު ހޯދުމަށް ކެންޑިޑޭޓުން، ފަތުރުވެރިކަމުގެ ސިނާއަތުގައި އެބޭފުޅުންގެ ތަސައްވަރު ފުރިހަމައަށް ދެއްވާފައެއް ނުވެ އެވެ. އެ ބޭފުޅުންނަށް ތާއީދު ހޯއްދެވުމަށް ވާހަކަ ދައްކަވަމުން ގެންދަވާ ބޭފުޅުން ވެސް ފަތުރުވެރިކަމުގެ ސިނާއަތަށް އެބޭފުޅުން ގެންނަވަން ބޭނުންފުޅުވާ ބަދަލާ ބެހޭ ގޮތުން...

26 މާޗް

March 26, 2019 25
އޮޅުންބޮޅުން: މެމްބަރަކަށް ވާން ބޭނުންވަނީ ކީއްކުރަން؟

މި އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަވެރިންގެ ބަހުސްގައި، ބައެއް ބައިވެރިން އަޅުގަނޑުމެން އިތުރަށް ވިސްނާލަން ޖެހޭ ކަހަލަ މައްސަލަތަކެއް ނަންގަވާފައި ވެއެވެ. ބައެއް ކެންޑިޑޭޓުން ވިދާޅުވެފައި ވަނީ، އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އާދައިގެ މަސައްކަތެއް ކުރާ މީހަކު ރައްޔިތުންގެ މަޖިލީހުގެ...

12 މާޗް

March 12, 2019 19
އޮޅުންބޮޅުން: ބަޣާވާތަކުން ސަރުކާރު ބަދަލުކުރެވިދާނެބާ؟

ރާއްޖޭގެ ފަހުގެ ތާރީޚަށް ބަލައިލާ އިރު ބަޣާވަތަކުން ސަރުކާރު ބަދަލުކޮށްފައި ވަނީ އެންމެ ފަހަރަކު އެވެ. އެއީ 50ގެ އަހަރުތަކުގައި، ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ވެރިކަމުން ދުރުކުރި ފަހަރު އެވެ. އެ އަށް ފަހު ބަޣާވާތަކުން ރާއްޖޭގެ ވެރިކަން ބަދަލުކޮށްފައެއް ނުވެ އެވެ. އެފަހަރު ވެސް...

05 ފެބުރުއަރީ

February 05, 2019 14
ޕާޓީއެއް ރަޖިސްޓުރީ ކުރުމުން ފައިސާ ދޭން ޖެހޭތަ؟

ސިޔާސީ ޕާޓީއެއް ރަޖިސްޓުރީ ކުރުމުން އެ ޕާޓީއެއްގައި މެމްބަރުން ތިބި އަދަދަށް ބެލުމަށް ފަހު ކޮންމެ ޕާޓީއަކަށް ވެސް ވަކި އަދަދަކަށް ސަރުކާރުން ފައިސާ ދޭ ގޮތަށް މިހާރު ހަމަޖެހިފައި އޮވެ އެވެ. ބަޖެޓުން މިކަމަށް ފައިސާ ކަނޑައެޅިފައި އޮވެ އެވެ. ސިޔާސީ ޕާޓީ އުފައްދަނީ ފުދުންތެރިންނެވެ. ބައެއް ނޫސްތަކުން މައުލޫމާތު ލިބޭ ގޮތުގައި ބައެއް...

29 ޖެނުއަރީ

January 29, 2019 17
އޮޅުން ބޮޅުން: އަނެއްކާވެސް ނިޒާމުގެ މައްސަލަ

މިހާރު އަނެއްކާވެސް ވެރިކަމުގެ ނިޒާމް ބަދަލުކުރާ ވާހަކަ ދައްކަން ފެށީ އެވެ. ވެރިކަމުގެ ނިޒާމް ބަދަލު ކުރަން ވެއްޖެ ނަމަ ކަން ކުރަންވީ ގޮތް ޤާނޫނުއަސާސީގައި އޮންނަ ކަމަށް ބައެއް ބޭފުޅުން ވިދާޅުވެ އެވެ. ވެރިކަން ކުރުމުގެ ނިޒާމް ބަދަލުކުރަންވާ ގޮތް ކަމަށް ބުނެ ޤާނޫނުއަސާސީގައި ކަނޑައެޅިގެން އެއްވެސް މާއްދާއެއް ނެތެވެ. އެހެނެއް...

31 ޑިސެމްބަރ

December 31, 2018 46
އޮޅުން ބޮޅުން: ހިލޭ ވުމުން އަގު ވަޒަން ނުކުރެވުން

ވަރަށް ގިނަ ފަހަރަށް ކަންކަން ހިލޭ ވުމުން، ނުވަތަ އެއްޗެތި ހިލޭ ލިބުމުން އެ އެއްޗެއްގެ އަގު ވަޒަން ނުކުރެވެ އެވެ. މިހެންވުމާ އެކު، އެ ޚިދުމަތެއް ދިނުމަށް ޚަރަދެއްކުރަން ޖެހޭ ޚިދުމަތަކުން އެއްވެސް އެއްޗެއް ނުލިބޭ ގޮތަށް، އެ ޚިދުމަތެއް ދިނުމަކީ ބުއްދިވެރި ކަމެއް ނޫނެވެ. ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަމެއް ވެސް ނޫނެވެ.