03 އެޕްރީލް

April 03, 2017 28
އޮޅުންބޮޅުން: ފަހަތަށް އެއް ފިޔަވަޅު

ޓެލެވިޒަން މޯލްޑިވްސް (ޓީވީއެމް) އަށް 39 އަހަރު ފުރުނީ އެވެ. ފާއިތުވި 39 އަހަރުގެ ތެރޭގައި އެ ސްޓޭޝަނުން ވަނީ ރައްޔިތުންނަށް ޚަބަރު ގެނެސްދިނުމުގައްޔާއި މުނިފޫހިފިލުވައިދިނުމުގެ ގޮތުން ބަލައިގެނެވޭ ފަދަ މަސައްކަތްތަކެއް ކޮށްދީފަ އެވެ. ސަރުކާރުން ކުރާ ތަރައްޤީގެ މަސައްކަތްތަކުގެ ޚަބަރު ވަރަށް ރަނގަޅަށް ގެނެސްދީފައިވެ އެވެ....

20 މާޗް

March 20, 2017 29
މައްސަލައަކީ ކޮބައިތޯ؟

ފާއިތުވި ދުވަސްތަކުގައި، ސިޔާސީ މައިދާނުގައި އެންމެ ގިނައިން އިވުނު އަޑަކީ ފ. އަތޮޅު ވިއްކާލަން އުޅޭ ވާހަކައިގެ އަޑެވެ. ސަރުކާރުން އެ ވާހަކަ ދޮގުކުރައްވާ އިރު ވެސް އެ އަޑު މަޑެއްނުވެއެވެ. ސަރުކާރުގެ އެންމެ އިސްފަރާތްތަކުން ފެށިގެން އަޅުގަނޑުމެންނަށް އަބަދުވެސް ހެޔޮ އެދޭ އަޅުގަނޑުމެންގެ ޙައްޤުތަކަށް އިޚްލާޞްތެރިކަމާއި އެކު...

20 ފެބުރުއަރީ

February 20, 2017 8
އޮޅުންބޮޅުން: ފަތުރުވެރިކަމުގެ ކުދި ވިޔަފާރި

ފަތުރުވެރިކަމުގެ ކުދި ވިޔަފާރިއޭ އަޅުގަނޑު މިދަންނަވަނީ ފަތުރުވެރިކަމުގެ ބޮޑު ޞިނާޢަތަށް ބަލާއިރު ނިސްބަތުން ކުދި ވިޔަފާރީގެ ވާހަކަ އެވެ. މިޒަމާނުގައި ފަތުރުވެރިކަމަށް ރަށެއް ތައްޔާރުކުރުމަށް ޚަރަދުކުރާ ނަމަ ޑޮލަރު މިލިއަނަރަކަށް ވާން ޖެހެ އެވެ. ނުވަތަ ޑޮލަރު މިލިއަނަރުން ފަހަތުގައި އެހީވެދޭން ތައްޔާރަށް ތިބެން ޖެހެ އެވެ....

06 ފެބުރުއަރީ

February 06, 2017 16
އޮޅުންބޮޅުން: ހަރުކަށި ވިސްނުން

އަޅުގަނޑު މިދަންނަވާ އެއްޗަކާ އެއްބަސްވެވަޑައި ނުގެންފާނެ އެވެ. އެއީ މައްސަލައެއް ނޫނެވެ. މި ޚިޔާލާ އިދިކޮޅަށް އެއްޗެއް ވިދާޅުވެފާނެ އެވެ. ނުވަތަ ތިޔަ ވިދާޅުވަނީ އެވެ. އެއީ ވެސް މައްސަލައެއް ނޫނެވެ. އަޅުގަނޑު ފާހަގަކުރަން ބޭނުމީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި ބޮޑުވަމުންދާ މައްސަލައެއްގެ ވާހަކަ އެވެ. މިއީ މައްސަލައެއް ކަމަށް ވެސް...

30 ޖެނުއަރީ

January 30, 2017 10
އޮޅުންބޮޅުން: ސަރުކާރުގެ މުއައްޒަފުންނަށް ފުލެޓް ދިނުން

ފަހަކަށް އައިސް ވަރަށް ގިނައިން އިވޭ އަޑެކެވެ. ސަރުކާރުގެ މުއައްޒަފުންނަށް ސަރުކާރުން ތަފާތު ލުއިތައް ދެއްވުމުގެ ގޮތުން އެކިއެކި ކަންތައް ކުރައްވާ ވާހަކައެވެ. ޢާއްމު ގޮތެއްގައި ތަަފާތު އޮފީސްތަކުން ތަފާތު ޚިދުމަތް ދޭ ވާހަކައިގެ އަޑެވެ. ބައެއް އޮފީސްތަކުން އެތަނުގައި މަސައްކަތްކުރާ މުއައްޒަފުންނަށް ހައްޖަށް ދެވޭ ގޮތަށް...

24 ޖެނުއަރީ

January 24, 2017 4
އޮޅުންބޮޅުން: ފަތުރުވެރިންގެ ރައްކާތެރިކަން

މުނިފޫހިފިލުވުމުގެ ބޭނުމުގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ރައްކާތެރިކަމާ މެދު މިހާރު ސުއާލު އުފެދެން ފަށައިފިއެވެ. ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންނާ ކުރިމަތިވާ ކަނޑުގެ ހިތާމަވެރި ހާދިސާތަކުގައި ފުރާނަ ގެއްލޭ މީހުން ގިނަކަމުންނެވެ. ބައެއް ފަހަރު އިސްކޮޅުކާ ހިސާބުގައި މޫދަށް އެރިގެން އުޅެނިކޮށް ވެސް ބައެއް...

16 ޖެނުއަރީ

January 16, 2017 7
އޮޅުންބޮޅުން: ދުވަސްވި ރައްޔިތުން

ވަރަށް ޢިލްމީ ބޭފުޅުންކޮޅެކެވެ. ތަފާތު ފަންނުގައި މަސައްކަތްކުރައްވާފައި ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުންކޮޅެކެވެ. އެބޭފުޅުންގެ ރަސްމީ ޚިދުމަތުގެ ބާބު ވަނީ ނިންމަވާލައްވާފައެވެ. ބުރަ މަސައްކަތަކަށް ފަހުގައެވެ. ޤުރުބާނީތަކަކަށް ފަހުގައެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުން މިހާރު އުޅުއްވަނީ ސިޔާސީ ކުލަތަކާ ވަރަށް ދުރުގައެވެ....

02 ޖެނުއަރީ

January 02, 2017 6
އޮޅުންބޮޅުން: ލިބޭ އާމްދަނީގެ ފަރަގު ކުޑަކުރުން

ސަރުކާރުގެ މާލީ ސިޔާސަތު އެކަށައަޅުއްވާ ބައެއް ފަރާތްތަކުން ވިދާޅުވާ ގޮތުގައި ދިވެހިންގެ މެދުގައި އޮތް އާމްދަނީގެ ފަރަގު ކުޑަކުރެވޭނީ ލިބޭ އާމްދަނީން ޓެކްސް ނަގައިގެންނެވެ. އެހެން ގޮތަކަށް ދަންނަވަނީ ނަމަ އިންކަމް ޓެކްސް ނަގައިގެންނެވެ. ކޮންމެވެސް ދުވަހަކުން ރާއްޖޭގައި ވެސް އިންކަމް ޓެކްސް ނަގަން ޖެހޭނެ ކަމާ މެދު އެއްވެސް...

26 ޑިސެމްބަރ

December 26, 2016 6
އޮޅުންބޮޅުން: އުމުރުން 84 އަހަރު

ރާއްޖޭގެ ޤާނޫނީ ޙަޔާތަށް މިހާރު 84 އަހަރު ފުރިއްޖެ އެވެ. ރާއްޖެއަކީ މި ސަރަހައްދުގައި ލިޔެފައި އޮތް ޤާނޫނުއަސާސީއަކަށް އެންމެ ފުރަތަމަ އަމަލުކުރަން ފެށި ގައުމެވެ. އެއީ ޑިސެމްބަރު 22، 1932 އެވެ. އޭރު ރާއްޖޭގެ އެންމެ އިސް ވެރިޔަކީ ރަސްގެފާނެވެ. ސަރުކާރު ހިންގުމުގެ އެންމެ އިސް ވެރިޔަކީ ބޮޑުވަޒީރެވެ.

19 ޑިސެމްބަރ

December 19, 2016 5
އޮޅުންބޮޅުން: ކޮރަޕްޝަންގެ އަމަލްތައް ހުއްޓުވުން

ކަރަޕްޝަން ހުއްޓުވުމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތުން ވަރަށް މަސައްކަތްކުރައްވަ އެވެ. ލަފާކުރެވޭ ގޮތުގައި ނަޒާޙަތްތެރިކަމާ ބެހޭ އެއްބަސްވުމުގައި ވެސް ވަރަށް ގިނަ އޮފީސްތަކާއި އެހެން ފަރާތްތަކުން ވެސް ސޮއިކޮށްފައިވާނެ އެވެ. މީޑިއާ ގެންގޮސްގެން ކުލަގަދަ ރަސްމިއްޔާތުތަކުގެ ތެރޭގަ އެވެ. ދާދި ފަހުން ކަރަޕްޝަން ހުއްޓުވުމާ ބެހޭ...

12 ޑިސެމްބަރ

December 12, 2016 16
އޮޅުންބޮޅުން: ދެން ހަދާނީ ކިހިނެއްތޯ؟

ބިދޭސިން ރާއްޖެ އައުމާ ބެހޭ ގޮތުން ދާދި ފަހުން ބަސްދީގަތުމެއް ދެއްވި ކަމާ ބެހޭ އޮފީހެއްގެ ވެރިޔަކު ވިދާޅުވި ގޮތުގައި ގަވައިދާ ޚިލާފަށް އެއްވެސް ބިދޭސީއަކަށް ރާއްޖޭގެ އެއްވެސް ބަނދަރަކުން އެތެރެވުމުގެ ކުޑަ ވެސް ފުރުޞަތެއް ނުއޮންނާނެ އެވެ. އެމަނިކުފާނު ވާހަކަދެއްކެވީ ވަރަށް ޔަޤީންކަމާ އެކުގަ އެވެ. އެދެއްކެވީ ރަނގަޅު ވާހަކައަކަށް...

28 ނޮވެމްބަރ

November 28, 2016 6
އޮޅުންބޮޅުން: އުސޫލީ މައްސަލަތަކުގައި ކޯޓަށް ދިއުން

އަޅުގަނޑުމެންގެ ރާއްޖޭގައި ވެސް އެކިއެކި ކަންކަމާ މެދު ދެބަސްވުން އައުމުން ނުވަތަ އެއްބަސްވުންތަކާ ޚިލާފްވުމުން ކޯޓަށް ދިއުމުގެ ސަގާފަތު އަންނަނީ މަޑުމަޑުން އަށަގަންނަމުންނެވެ. އަދި ބައެއް ފަހަރު ވަރަށް ކުދި ކަންތައްތަކާ ވެސް ކޯޓަށް ދިއުން ދަނީ ދުވަހެއް ދުވަހަކަށް ގިނަވަމުންނެވެ. ހުށައެޅޭ މައްސަލައަކީ ޢާއްމު ނަޒަރަކުން...

07 ނޮވެމްބަރ

November 07, 2016 40
ކޮލަމް އޮޅުންބޮޅުން: ފޭދޫފިނޮޅު ވިއްކާލުން

ޤަބޫލުކުރެވުނަސް ނުވަތަ ނުކުރެވުނަސް ދިވެހިންނަކީ ޗުއްޓީ ދުވަސްދުވަހު ވަރަށް ދަތުރު ދިޔަ ބަޔެކެވެ. ޚާއްޞަކޮށް މާލޭގައި ދިރިއުޅޭ މީހުންނެވެ. އެ ޒަމާނުގައި މާލޭގައި ދިރިއުޅުނު މީހުން ދަތުރު ގޮސް އުޅުނީ މާލެއާ ކައިރި ރަށްރަށަށެވެ. ވިހަމަނާފުށި، ފަރުކޮޅުފުށި، އާރަށް، އިހުރު، ވައްބިންފަރު، ބަނޑޮސް، ކުޑަ ބަނޑޮސް ފަދަ ރަށްރަށެވެ. އެ...

31 އޮކްޓޯބަރ

October 31, 2016 15
ކޮލަމް އޮޅުންބޮޅުން: ދިވެހި ޑެމޮކްރަސީ

ވާހަކަ ފެށުނީ މި ހިސާބުންނެވެ. ރާއްޖޭގެ މިހާރުގެ ޑެމޮކްރަސީގެ ވާހަކަ އެވެ.

25 އޮކްޓޯބަރ

October 25, 2016 2
އޮޅުންބޮޅުން: ޕާޓީތަކުގެ އެތެރޭގެ ހަމަނުޖެހުން

ރާއްޖޭގައި މިހާރު އަމަލުކުރަމުން އަންނަ ޤާނޫނުއަސާސީ ވުޖޫދަށް އައުމާ އެކު ސިޔާސީ ޕާޓީތައް ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމުގެ މާހައުލަކަށް މަގު ތަނަވަސްވިއެވެ. ޕާޓީގެ ޓިކެޓްގައި، ޕާޓީ ވެރިކަމަށް އައުމަށް ގަދައަށް މަސައްކަތް ފެށުމާ އެކު ޕާޓީ ހިންގުމުގައި ޕާޓީގެ ތެރޭގައި މައްސަލަތައް އޮންނަކަން ފެންމަތިވާން ފެށި އެވެ. ޕާޓީ...

10 އޮކްޓޯބަރ

October 10, 2016 7
އޮޅުންބޮޅުން: ފުއްދާއެހީ ކަނޑާލުން

ޒަމާނުއްސުރެ ކާޑުގެ އަގު ރައްޔިތުންގެ އަތްފޯރާ ހިސާބުގައި ބެހެއްޓުމަށް ސަރުކާރުން ތަފާތު ފިޔަވަޅުތައް އަޅުއްވަމުން ގެންދެވި އެވެ. ކާޑު ދޫކުރުމުގައި ގެންގުޅޭ އުސޫލުތައް ހަރުދަނާކޮށްގެންނެވެ. އަދި ވަކި އަގަކަށް ވުރެ ބޮޑު އަގުގައި ކާޑުގެ ބާވަތްތައް ވިއްކުން މަނާކޮށްގެންނެވެ. ހިލޭ އެހީ އާއި އެހެނިހެން ގޮތްގޮތަށް ލިބޭ ކާޑުގެ...

03 އޮކްޓޯބަރ

October 03, 2016 24
އޮޅުންބޮޅުން: ބިދޭސީންގެ ފައިސާއިން ޓެކްސް ނެގުން

ކޮންމެ ދިމާލަކަށް ބަލައިލިއަސް ފެންނަނީ މީހުންނެވެ. މީހުންނެވެ. ހުރިހާ ތަނެއްގައި ވެސް މީހުންނެވެ. އެހެންނަމަވެސް މަސައްކަތެއް ކުރާނެ ދިވެއްސަކު ނުލިބެ އެވެ. ދިވެހިންގެ އާބާދީ ހަތަރު ލައްކައާ ކައިރިކުރާ ކަމަށްވެ އެވެ. މި އާބާދީގެ ތެރެއިން މަސައްކަތުފުރާގެ އާބާދީގެ ގިނަ މީހުން ބޭނުންވަނީ ވަކި ވައްތަރެއްގެ ވަޒީފާ އެވެ. ސަރުކާރުގެ...

27 ސެޕްޓެމްބަރ

September 27, 2016 6
ކޮލަމް އޮޅުންބޮޅުން: ފަތުރުވެރިކަން

މިއަދަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހެވެ. ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތެއް އޮންނަތާ މިހާރު 44 އަހަރު ފުރެނީ އެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖެ ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ކުރި ހޯދާފަ އެވެ. އެންމެ މަޝްހޫރު، އެންމެ ރީތި އަދި އެންމެ އަގުބޮޑު އެއް މަންޒިލަކަށް ވެފަ އެވެ. ރާއްޖޭގައި ފަތުރުވެރިކަމުގެ ވިޔަފާރި...