08 މެއި

May 08, 2018 8
އޮޅުންބޮޅުން: ހަރުކަށި ވިސްނުން ހުއްޓުވިދާނެ ބާ؟

ރާއްޖެ މަޑުމަޑުން ދަތުރު ކުރަމުން ދަނީ އިސްލާމީ ގޮތުން ހަރުކަށި ވިސްނުން ގެންގުޅުމާ ދިމާއަށެވެ. މިހެން ވުމުގެ މައިގަނޑު ސަބަބަކީ ސަރުކާރުގައި އިސްލާމީ ކަންކަމާ ބެހޭ ގޮތުން ކުރިއަށް ދާނެ، ސަރުކާރު ގަބޫލުކުރާ ހަރުދަނާ ސިޔާސަތެއް ލިޔެ ކިޔުމުން ފެންނަން ނެތުމެވެ. ސަރުކާރުގެ ސިޔާސަތެއް ކަމަށް އަމަލީ ގޮތުން ފެންނަން އޮންނަނީ...

24 އެޕްރީލް

April 24, 2018 3
އޮޅުންބޮޅުން: ކަރަޕްޝަން ހުއްޓުވުން

ސަރުކާރުގެ އިސް މަގާމުގައި ތިއްބެވި ބައެއް އިސް ބޭފުޅުން، ކަރަޕްޝަން ހުއްޓުވަން ގޮވާލެއްވުމާ މެދު އަޅުގަނޑުމެން ވަރަށް ހިތްހަމަޖެހެ އެވެ. ރާއްޖޭގައި ކަރަޕްޝަން އޮންނަ ކަމަށް ޤަބޫލު ކުރައްވާތީވެ އެވެ. ކަރަޕްޝަނަކީ ގައުމީ މައްސަލައެއްގެ ގޮތުގައި ދެކެވަޑައިގަންނަވާތީވެ އެވެ. ކަރަޕްޝަން ފެތުރިގެން ދާނެ ގޮތް ކުޑަކުރުމަށްޓަކައި...

18 އެޕްރީލް

April 18, 2018 7
އޮޅުންބޮޅުން- މާދަރީބަސް

މި ހަފްތާގައި އަޅުގަނޑުމެން ދުނިޔޭގެ މާދަރީ ބަހުގެ ދުވަސް ފާހަގަ ކޮށްފީމެވެ. އެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އަޅުގަނޑުމެންގެ ރާއްޖޭގައި ވެސް ރަސްމީ ގޮތުން ކަންތައްތަކެއް ކުރެވުނެވެ. ރަސްމީ ގޮތުން ތޯއެވެ؟ ނުވަތަ ރަމްޒީ ގޮތުން ތޯއެވެ؟ މިހެން ދަންނަވާލަން ޖެހެނީ އެއްދުވަހަކު މުންޑެއް އަނދެގެން އިހު ޒަމާނުގައި ފިރިހެނުން ލާ...

10 އެޕްރީލް

April 10, 2018 9
އޮޅުންބޮޅުން- ބަލާނެ މީހަކު ނެތް ބަލި މީހުން

ބަލިވެގެން ހޮސްޕިޓަލްގައި ބާއްވާ ބައެއް ބަލި މީހުން ބަލާނެ މީހަކު ނެތިގެން ނުވަތަ އަޅާލާނެ މީހަކު ނެތިގެން ހޮސްޕިޓަލުން ދޫނުކުރެވިގެން އުޅޭ ވާހަކަ އަކީ ދޭތެރެދޭތެރެ އިން އިވޭ އަޑެކެވެ. ސަރުކާރުގެ ހޮސްޕިޓަލް ތަކުގަ އެވެ. އެ ފަދަ މީހުން ބަލިވެގެން ހޮސްޕިޓަލަށް ގެންދިއުމަށް ފަހު ބަލި ރަނގަޅު ވުމުން ވެސް އެފަދަ މީހުންގެ...

03 އެޕްރީލް

April 03, 2018 11
އޮޅުންބޮޅުން: މާލޭގެ މަގުމަތީގެ ތޮއްޖެހުން

މާލޭގެ މަގުމަތީގެ ތޮއްޖެހުމުގެ ހައްލެއް ހޯދުމަށް ކަމަށް ބުނެ ސަރުކާރުން ދޭތެރެދޭތެރެ އިން ފިޔަވަޅު އަޅަ އެވެ. މައާފް ކުރައްވާށެވެ. އަޅުގަނޑުގެ ނަޒަރުގައި "އަމާ ބުނާތީ ވެ ފަރަށް ދާ އުޞޫލު" ންނެވެ. މަގުމަތީގެ މައްސަލަތައް މީޑިއާގައި އެކި ގޮތްގޮތަށް ހާމަކުރަން ފެށުމުން ކޮންމެވެސް ކަމެއް ކޮށްފާނެ އެވެ. ވަގުތީ ހައްލެއް ކޮންމެވެސް...

13 ފެބުރުއަރީ

February 13, 2018 9
އޮޅުންބޮޅުން: ތަޙްލީލީ ނަޒަރަކުން

ފާއިތުވި ހަފުތާގައި ރާއްޖޭގައި ހިނގައިދިޔަ ކަންތައްތަކަށް ތަޙްލީލީ ނަޒަރަކުން ބަލައިލަމާތޯ އެވެ؟ ހިނގައިދިޔަ ކަންތައްތަކަށް އަޅުގަނޑު މި ބަލާލަނީ ކަންތައްތައް މަޑުމަޑުން ނިއުޅެމުން ދިޔަ ތަރުތީބަކުން ނޫނެވެ. އަޅުގަނޑު މަސައްކަތް ކޮށްފައި ވާނީ ކަންތައްތައް ހިނގައިދިޔަ ގޮތް ކަމަށް ޚަބަރުން ލިބުނު މަޢުލޫމާތުގެ އަލީގައި، ދެ...

08 ފެބުރުއަރީ

February 08, 2018 7
އޮޅުންބޮޅުން: ވިދާޅުވަނީ ކީކޭތޯ؟

ގައުމުގެ އެންމެ އިސް ވެރިއަކަށް ރަސްކަލަކު ހުންނަވާ ގައުމުތަކުގައި ވެސް ރަސްގެފާނަށް ލިބިވަޑައިގަންނަވާފައި އޮންނަ ބާރުތައް ކަނޑައެޅިފައި އޮވެ އެވެ. ތަފާތު ގައުމުތަކުގައި ތަފާތު ކޮށެވެ. މި ޒަމާނުގައި ގިނަ ގައުމުތަކުގައި ރަސްގެފާނަކީ ރަމްޒީ ގޮތުން ގައުމުގެ އެންމެ އިސް ވެރިއަކަށް ހުންނަވާ ބޭފުޅެކެވެ. ބައެއް ގައުމުތަކުގައި...

23 ޖެނުއަރީ

January 23, 2018 16
ފަތުރުވެރިކަމަށް މާލޭ ސަރަހައްދުން އަލަށް ޖާގަ ނުދިނުން

ދިވެހި ރާއްޖެ ފަތުރުވެރިކަމުގެ ޞިނާޢަތުގެ ތެރެއަށް ވަނީ 1972 ވަނަ އަހަރު އެވެ. ފަތުރުވެރި ކަމުގައި، ސަރުކާރުން ކުރިން ގެންގުޅުނު ސިޔާސަތު ބަދަލުވުމާ އެކު 1979 ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތު ފުޅާވާން ފެށި އެވެ. އެންމެ 17 ރިޒޯޓުންނެވެ. އެއްހާސް ތިން ސަތޭކަ ވަރަކަށް އެނދުންނެވެ. ފަތުރުވެރިކަމުގެ ފުރަތަމަ މާސްޓަ ޕްލޭނުގެ...

16 ޖެނުއަރީ

January 16, 2018 9
އޮޅުންބޮޅުން- ވަޒީފާގެ މާރުކޭޓު

ދިވެހިންނަށް ވަޒީފާ އިތުރުވަމުންދާ ވާހަކައިގެ އަޑު ދޭތެރެދޭތެރެއިން އިވެ އެވެ. މި އަޑުފައްގަނޑު ގަދަވެގެން ދަނީ އިންތިޚާބެއް ކައިރިވަމުން ދިޔަ ވަރަކަށެވެ. ޚާއްޞަކޮށް ޢާއްމު އިންތިޚާބެކެވެ. ރިޔާސީ އިންތިޚާބެކެވެ. ކައުންސިލްގެ އިންތިޚާބެކެވެ. ވަޢުދުނާމާއެއްގެ ވާހަކަ ދައްކާ ނަމަ، ވަޢުދާ އެއްގޮތަށް ވަރަށް ގިނަ ވަޒީފާތައް...

09 ޖެނުއަރީ

January 09, 2018 3
އޮޅުންބޮޅުން- ހަމަހަމަކަން

ރާއްޖޭގައި ޢާއްމު ރައްޔިތުންނަށް ކުރިމަތިވާ އެންމެ ބޮޑު އުނދަގުލަކީ ކަންކަން ކުރުމަށް ހެދިފައި އޮންނަ ޤަވައިދު ނުވަތަ ޤާނޫނުގެ ތެރެއިން ކަންތައް ކުރުމަށް ރައްޔިތުންނަށް ކުރިމަތިވާ ދަތިކަމެވެ. ޤާނޫނުތައް ފާސްކޮށްފައި އޮންނަ ގޮތް ވެސް ގިނަ ފަހަރަށް ރަނގަޅެވެ. ޤަވައިދުތައް ހެދިފައި އޮންނަ ގޮތް ވެސް ބަލާލާ ބެލުމަށް ރަނގަޅެވެ. އެ...

02 ޖެނުއަރީ

January 02, 2018 12
އޮޅުންބޮޅުން: ވާ ގޮތް ނޭނގުން

ޕީޕީއެމްގެ ސަރުކާރުން މިހާރު ގެންގުޅޭ ގެދޮރުވެރިކޮށް ދިނުމުގެ ސިޔާސަތަކީ އެންމެނަށް ވެސް ރަނގަޅު ސިޔާސަތެކެވެ. ޚާއްޞަކޮށް ގެދޮރު ނެތް ޢާއިލާތަކަށެވެ. ގެދޮރުވެރިވާން ބޭނުންވާ ފަރުދުންނަށެވެ. ރަނގަޅު ކަންތައްތަކެއް ކޮށްދެވޭ އިރު ވެސް ބައެއް ފަހަރަށް ކަންތައް ވާ ގޮތް އަމިއްލަ ހިތްހަމަޖެހުމަށްޓަކައި ވެސް އޮޅުން ފިލުވާލަން...

27 ޑިސެމްބަރ

December 27, 2017 13
ޕާޓީތަކުގެ ބަސްމަގުން ސީރިއަސް ކަމަށް ބަލަން އުނދަގޫ

ގައުމުގައި ވެރިކަން ހިންގާ ގޮތާ މެދު ސަރުކާރާ ޚިޔާލު ތަފާތުވާ ސިޔާސީ ޕާޓީތަކުން ދައްކާ ވާހަކައިން އެ ޕާޓީތަކުން ދާން ބޭނުންވާ މަގުގައި ކުރިއަށް ދިއުމަށް ސީރިއަސް ބާވައޭ، ބައެއް ފަހަރު ހިތަށްއަރަ އެވެ.

13 ޑިސެމްބަރ

December 13, 2017 15
އޮޅުންބޮޅުން: ރާއްޖޭގެ އިގުތިސާދީ ކުރިއެރުން

ރާއްޖޭގައި އިޤްތިޞާދީ ކުރިއެރުމެއް ނެތް ކަމަށް ބުނަނީ ކާކުތޯ އެވެ؟ ދިވެއްސަކު އެހެން ބުނާ ނަމަ އެ މީހަކީ އިޤްތިޞާދީ ކަންކަން ދެނެގަތުމުގައި ދުރާއި ކައިރި ނުފެންނަ މީހެކެވެ. އިޤްތިޞާދީ ގޮތުން ކުރިނުއަރާ ނަމަ އަޅުގަނޑުމެން މި ކުރާ ބޮޑެތި ޚަރަދުތައް ކުރަން ފައިސާ ހޯދާނީ ކޮން ތާކުންތޯ އެވެ؟ ރާއްޖޭގެ ގައުމީ ނައުގެ ހުންގާނުގައި...

28 ނޮވެމްބަރ

November 28, 2017 55
މާލޭގެ ތޮއްޖެހުން ކުޑަކުރަން އެންމެން މާލެއަށް

ތޮއްޖެހުން މާނަކުރެވޭ ގޮތާ މެދު މިހާރު ވަރަށް ބޮޑަށް އޮޅުންއަރައިފި އެވެ. ސަރުކާރުން ގެދޮރުއެޅުމުގެ ބިޔަ މަޝްރޫޢުތައް މާލޭ ސަރަހައްދުގައި ކުރިޔަށް ގެންދަނީ، މާލޭގެ ރައްޔިތުންގެ ގެދޮރު ނެތިގެން ދިރިއުޅެމުންދާ ދަތި، ތޮއްޖެހިފައިވާ މާޙައުލުން ދުރަށް ގެންދިއުމަށް ކަމަށްވެ އެވެ. މިއީ އަޅުގަނޑު ދައްކާ ވާހަކައެއް ނޫނެވެ. އެ ބޭފުޅުން...

21 ނޮވެމްބަރ

November 21, 2017 11
އުފައްދަން، ނުއުފައްދަން އުޅުނު އެމްޓީޑީސީ

މޯލްޑިވްސް ޓޫރިޒަމް ޑިވަލަޕްމެންޓު ކޯރޕަރޭޝަން (އެމްޓީޑީސީ) ވުޖޫދަށް ގެނެވުނީ ވަރަށް މާތް މަޤްޞަދެއްގައެވެ. ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފަތުރުވެރިކަމުގެ ވިޔަފާރީގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާށެވެ. ފަތުރުވެރިކަމުގެ ކޭކުން ކުޑަ އެތިކޮޅެއް ވެސް ކާން ބޭނުންވާ މީހުންނަށް ކެއުމުގެ ފުރުޞަތު ދިނުމަށެވެ. ފަތުރުވެރިކަމުގެ...

14 ނޮވެމްބަރ

November 14, 2017 8
އޮޅުންބޮޅުން: މައިގަނޑު އުސޫލުތައް

ފާއިތުވި އަހަރުތަކުގައި ރާއްޖޭގައި މިހާރު ހިނގަމުންދާ ސިޔާސީ ޕާޓީތަކުން ވެރިކަމަށް އައުމަށް ރައްޔިތުންގެ ތަރުޙީބު ހޯދުމަށް ރައްޔިތުންނަށް ބަހާ ވަޢުދު ކަރުދާސް ނުވަތަ ވަޢުދުނާމާގައި، މައިގަނޑު އުޞޫލުތަކުގެ ބޮޑު ތަފާތުތަކެއް ނުފެނެ އެވެ. ހުރިހާ ޕާޓީތަކުން ވެސް ބުނަނީ ޑިމޮކްރެޓިކް ވެރިކަމެއް ގާއިމުކުރާނެ ކަމުގަ އެވެ. އިސްލާމީ...

07 ނޮވެމްބަރ

November 07, 2017 4
އޮޅުންބޮޅުން: އޮޅުމެއްގެ ތެރޭގައި

އިންތިޚާބުތައް ވަނީ ބޯމަތިވެފަ އެވެ. ފުރަތަމަ އޮތީ ޤާނޫނުއަސާސީ ތަރުޖަމާކުރުމުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު މެމްބަރުންގެ އިންތިޚާބެވެ. އެއަށް ފަހު ކުރިމަތިލާން ޖެހޭނީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބާ އެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން އެބަޔަކަށް މަންފާވާނެ ގޮތަކަށް ވާހަކަ ދައްކަމުން ގެންދަނީ އެވެ....

10 ޖުލައި

July 10, 2017 4
އޮޅުންބޮޅުން: ރައްޔިތުންގެ މަޖިލީހުގެ ނިންމުން

ތިން ބާރު ވަކިވެފައި އޮންނަ ގައުމުތަކުގައި ވެސް، އަދި ހުރިހާ ބާރެއް އެއްވެފައި އޮންނަ، ޑެމޮކްރެޓިކް ހަމަތަކުގެ މަތިން ވެރިކަން ހިންގާ ގައުމުތަކުގައި ވެސް ޤާނޫނު ހެދުމުގެ އެންމެ ބޮޑު ބާރަކީ ރައްޔިތުންގެ މަޖިލީހެވެ. ޑެމޮކްރެޓިކް ހަމަތަކުން ހިނގާ ކަމަށް ދެއްކެން ބޭނުންވާ ގައުމުތަކުގައި ވެސް ޤާނޫނު ހެދުމުގެ އެންމެ ބޮޑު ބާރެއް...

29 މެއި

May 29, 2017 2
އޮޅުންބޮޅުން- ނޫސްވެރިންގެ މިނިވަންކަން

ފާއިތުވި ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގައި ރާއްޖޭގައި އެއްވެސް ރަސްމިއްޔާތެއް ނުބާއްވަ އެވެ. ނޫސްވެރިކަމުގެ ބެލެނިވެރި ފަރާތުން ވެސް އޮތީ ހިމޭނުންނެވެ. ބަސް ހުއްޓިފަ އެވެ. ރާއްޖޭގެ ނޫސްވެރިންގެ ޙާލަތާ މެދު ސަހަރޯހީވެގެން ކަމަށް ވެސް ވެދާނެ އެވެ. މިނިވަން ނޫސްވެރިކަމަށް، ރައްކާތެރިކަމެއް ނެތް ތަނެއްގައި،...

17 އެޕްރީލް

April 17, 2017 32
އޮޅުންބޮޅުން: ހުޅުމާލޭގެ ގަބުރުސްތާނުގައި ވަޅުލުން

މާލޭގައި މަރުވާ މީހުން ވަޅުލުމަށް، މާލޭގެ ގަބުރުސްތާނުގައި ޖާގަ ނެތުމާ އެކު، ހުޅުމާލޭގެ އާ ގަބުރުސްތާނުގައި ވަޅުލަން ސަރުކާރުން ހަމަޖައްސަވައި ދެއްވިތާ ދުވަސްކޮޅެއް ވެއްޖެ އެވެ. މާލެއޭ ބުނުމުން ޙަޤީޤަތުގައި އަޅުގަނޑުމެން މިވާހަކަ ދައްކަނީ އާބާދީ ބޮޑުވަމުން އަންނަ ތިން ރަށެއްގެ ވާހަކަ އެވެ. ވިލިމާލެ އާއި ހުޅުމާލެ އާއި މާލޭގެ...