ޚިޔާލު

ފަސް މިނެޓް: ޕާޓީގެ ވެރިން ނަޝީދު ފަހަތުން، އާންމުންނަށް އެހެން މަންޒަރެއް!

ކުރީގެ ރައީސް މުހައްމަދު ނަޝީދު (ވ) އެމްޑީޕީގެ ނައިބު ރައީސް ޝިފާޒްއާ ވާހަކަފުޅު ދައްކަވާ އިރު އަނަސް (މ) އަރިހުގައި: ކޯޓަށް ވަޑައިނުގަތުމުން މައްސަލަ ވަނީ ބޭރުކޮށްލާފައި -- ފޮޓޯ: އެމްޑީޕީ

ސިޔާސީ ގޮތުން ވައި ހިނދިފައި އޮތް މި ދުވަސްވަރު ދެއްކެން އޮތް ހަމައެކަނި ވާހަކަ އަކީ، އެޕްރީލް 8ގައި އޮންނަ ލާމަރުކަޒީ އިންތިހާބުގެ ވާހަކަ އެވެ. ލާމަރުކަޒީ ނިޒާމަކީ ރަށާއި އަތޮޅުގެ ތަރައްގީގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް ރައްޔިތުން ބާރުވެރިކުރުމުގެ ނިޒާމެއް ކަމަށް ވިޔަސް، މިހާރު އެއީ މުޅިން ސިޔާސީ ނިޒާމެކެވެ. ވަކި ޕާޓީއަކަށްޓަކައި މުޅި ނިޒާމަށް ލޮޅުން އަރުވާލާފައިވާ އިރު، ވެރިކަންކުރާ މައި ޕާޓީ އާއި ގުޅިފައިވާ ޕާޓީތަކުގެ އަމާޒަކީ ވެސް ކައުންސިލްތަކުގެ ވީހާ ގިނަ ގޮނޑި ކާމިޔާބު ކުރުމެވެ.

އެހެން ވިއްޔާ އިދިކޮޅު ޕާޓީތައް ކޮބައި ހެއްޔެވެ؟ އިދިކޮޅު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން މި މަހުގެ ކުރީ ކޮޅު ބުނެފައިވަނީ ލާމަރުކަޒީ އިންތިޚާބުގައި އެ ޕާޓީގެ ނަމުގައި ވާދަ ނުކުރާނެ ކަމަށެވެ. ނަމަވެސް މައި އިދިކޮޅު ޕާޓީ، އެމްޑީޕީން ޖެނުއަރީ 11، 2017 ގައި ބުނެފައިވަނީ ކައުންސިލް އިންތިހާބަކީ ރައްޔިތުންނަށް ލިބޭ ފުރުސަތަކަށް ވާތީ، ކުޑަ ވެސް ދުލެއް ނުދީ އަދި ފަހަތަށް ޖެހުމެއް ނެތި ލާމަރުކަޒީ އިންތިހާބުގައި ވާދަ ކުރާނެ ކަމަށެވެ.

ރައްޔިތުންނަށް ލިބެން އޮތް ކިތަންމެ ކުޑަ ފުރުސަތެއް ވިޔަސް ދޫކޮށްލާކަށް އެ ޕާޓީ ބޭނުމެއް ނުވާނެ އެވެ. ސަބަބަކީ އެއީ "ދިވެހި ރައްޔިތުންގެ" ޑިމޮކްރެޓިކް ޕާޓީ ކަމަށް ވާތީ އެވެ. އެ ޕާޓީން ބުނެފައިވަނީ "ވަކި ބަޔަކު (ސަރުކާރުން) ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ގެންދިޔަސް އެމްޑީޕީ މި އޮތީ، ދީލާލާ ގޮތަކަށް ނޫން" ކަމަށެވެ. އެހެންކަމުން ވީހާ ގިނަ ރައްޔިތުން ނުކުމެ ލާމަރުކަޒީ އިންތިހާބުގައި ވޯޓުލުން މުހިއްމު ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފަ އެވެ.

ރައްޔިތުންނަށް ހެޔޮ އެދޭނީ އަދި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރެވޭނީ މިހާ ވަރަށް ނޫންތޯ އެވެ! ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކާއި ކޯޓުތަކުން ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް، އެމްޑީޕީ އޮތީ، ފިސާރި ހިތްވަރާ އެކު ނުކުމެ އެ ހުރިހާ ފަރާތްތަކާ ކުރިމަތިލައިގެން ވިޔަސް، ރައްޔިތުންގެ ހައްގުތައް ހޯދައިދޭށެވެ.

ކުރިއަށް އޮތް ލާމަރުކަޒީ އިންތިޚާބާ މެދު ގިނަ ބަޔަކު ފާޑުކިޔަން ފެށީ ވެރިކަން ކުރާ ޕީޕީއެމްގެ އެދުމުގެ މަތިން، ކޯޓުން އެ އިންތިޚާބު އިތުރު ދެ މަސްދުވަހަށް ފަސްކޮށްދިނުމުންނެވެ. ކުރިން ހަމަޖެހިފައި އޮތް ގޮތުން ލާމަރުކަޒީ އިންތިޚާބު އޮންނާނީ ޖެނުއަރީ 14ގަ އެވެ. ނަމަވެސް ކޯޓުގެ އެ ނިންމުމާ ވިދިގެން މިހާރު ހަމަޖައްސާފައި އޮތީ އެޕްރީލް 8 ގައި އިންތިޚާބު ބާއްވާ ގޮތަށެވެ.

ކޯޓު އަމުރުން އިންތިޚާބު ފަސްކުރި އިރު، ކުރިން ހަމަޖެހިފައި އޮތް ގޮތަށް މި މަހު 14ގައި ބާއްވަން އިއުލާން ކުރި އިންތިޚާބަށް އެތައް ބަޔަކު ކުރިމަތިލި އެވެ. އޭގެ ތެރެއިން 900 މީހެއްގެ ކެންޑިޑޭސީ އިލެކްޝަންސް ކޮމިޝަނުން ގަބޫލުކޮށް އެކަމުގެ ލިޔުން ވެސް ދިނެވެ. ނަމަވެސް ޖެނުއަރީ 9ގައި އިލެކްޝަނުން ވަނީ އެ 900 މީހުންގެ ކެންޑިޑޭސީ ބާތިލުކޮށް، އަލުން އިންތިޚާބަށް ކުރިމަތިލާން އިއުލާން ކޮށްފަ އެވެ.

އެމްޑީޕީގެ އިސް މެމްބަރުންނާ އެކު ނަޝީދު ލަންކާގައި ބޭއްވި ބައްދަލުކުރެއްވުމުގައި ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް (ކ) އާއި އެހެން ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: އެމްޑީޕީ

އެމްޑީޕީން ދުށީ މިއީ ބޮޑު މައްސަލައެއްގެ ގޮތުގަ އެވެ. އެހެންކަމުން އެ ކެންޑިޑޭޓުންގެ ހައްގުތައް ހޯދައިދިނުމަށްޓަކައި، އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް، ޖެނުއަރީ 15، 2017 ގައި ހައި ކޯޓަށް މައްސަލަ ހުށަހެޅި އެވެ. އެ ޕާޓީގެ ލީގަލް ޑައިރެކްޓަރު ހިސާން ހުސައިން ވިދާޅުވި ގޮތުގައި އިންތިހާބު ފަސްކުރަން ކޯޓުން ކުރި ހުކުމުގައި، މުޅިން އާ އިންތިހާބެއް ބާއްވަން އިލެކްޝަންސްގެ މައްޗަށް އަމުރު ކޮށްފައެއް ނެތެވެ. އެހެންކަމުން، ކުރިން ކުރިމަތިލި ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލް ކުރެވިގެން ނުވާނެ ކަމަށް އެ ޕާޓީން ދެކެ އެވެ.

އެމްޑީޕީން ގަބޫލުކުރާ ގޮތުގައި ލާމަރުކަޒީ އިންތިހާބަށް އެންމެ ފުރަތަމަ ފުރުސަތު ހުޅުވައިލުމުން ކުރިމަތިލި މީހުންގެ ކެންޑިޑެސީ ގަބޫލުކުރުމަށް ފަހު، އެ ނިންމުން ބާތިލްކޮށް އެޕްރީލް 8 ގައި އޮންނަ އިންތިހާބަށް އަލުން ކުރިމަތިލާން ޖެހޭ ގޮތަށް ނިންމީ، އިންތިޚާބު ފަސްކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމާއި އިންތިހާބާ ބެހޭ ގާނޫނާ ވެސް ހިލާފަށެވެ. އެހެންވެ އެމްޑީޕީން ހައި ކޯޓުގައި އެދުނީ އިލެކްޝަންސްގެ އެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

އެމްޑީޕީގެ އެ ދައުވާ ހައި ކޯޓަށް ބަލައިގަތީ ޖެނުއަރީ 19، 2017ގަ އެވެ. އަދި ޖެނުއަރީ 26، 2017ގައި އެ ދައުވާގެ އަޑުއެހުންތައް ކޯޓުގައި ފެށުމާ އެކު، އިލެކްޝަންސް ކޮމިޝަން ތަމްސީލުކުރާ ބަންޑާރަ ނައިބުގެ އޮފީހުން ބުނެފައި ވަނީ، އިންތިޚާބީ ޝަކުވާގެ މައްސަލަ ހައި ކޯޓަށް ހުށަހެޅޭނީ އެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ފަހު ކޮމިޝަންގެ ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ ކަމަށް އިންތިޚާބާ ބެހޭ އާންމު ގާނޫނުގައި ބުނާ ކަމަށެވެ.

އެމްޑީޕީން ހައި ކޯޓަށް އެ މައްސަލަ ހުށަހެޅީ އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަނާޅައި ކަމަށް ވާތީ އެ މައްސަލަ ބެލުމުގެ އިހްތިސާސް ހައި ކޯޓަށް ނޯންނާނެ ކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ކޯޓުގައި ބުންޏެވެ. އޭގެ އިތުރުން ފަނޑިޔާރުންގެ ބެންޗުން ވެސް ވަނީ އެ މައްސަލަ ހައި ކޯޓަށް ބެލޭނެ ކަމާ މެދު، އެހެން ގާނޫނަކާ ހަވާލާ ދެއްވައި، ސުވާލު އުފައްދަވައިފަ އެވެ.

ސަބަބަކީ އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގެ 21 ވަނަ މާއްދާގެ ބ.ގައި ބުނެފައިވާ ގޮތުން އިންތިޚާބެއްގައި ވާދަކުރާ މީހެއްގެ ކެންޑިޑެސީ ބަލައިނުގަތުމަށް ކޮމިޝަނުން ނިންމި ނިންމުމަކާ މެދު ހިތްހަމަނުޖެހޭ ނަމަ އެ މައްސަލައެއް ހުށަހަޅަން ޖެހޭނީ ސުޕްރީމް ކޯޓަށެވެ. ހައި ކޯޓަށް ހުށަހަޅަން ޖެހޭނީ އެ ނޫން މައްސަލަތަކެވެ.

ސުވާލަކީ ގާނޫނުތަކުގައި މިހާ ސާފުކޮށް އޮތް ކަމެއްގައި، އެ އުސޫލުތައް ގިރާކޮށްފައި އެމްޑީޕީން ހައި ކޯޓަށް މައްސަލަ ހުށަހެޅީ ކީއްކުރަން ހެއްޔެވެ؟ ފުރަތަމަ ކަމަކީ އިންތިޚާބާ ބެހޭ ޝަކުވާތައް ހައި ކޯޓަށް ހުށަހެޅޭނީ އިލެކްޝަންސް ކޮމިޝަނަށް އެ ޝަކުވާއެއް ހުށަހެޅުމުން އެ ކޮމިޝަނުން ނިންމާ ނިންމުމެއް ގަބޫލު ނުކުރާ ނަމަ އެވެ. އިލެކްޝަންސް ކޮމިޝަނަށް އެ ޝަކުވާއެ ހުށަހަޅާފައެއް ނެތެވެ.

ދެ ވަނަ ކަމަކީ އިންތިޚާބެއްގައި ވާދަކުރާ މީހެއްގެ ކެންޑިޑޭސީ ބަލައިނުގެންފި ނަމަ އެ މައްސަލައެއް ހުށަހަޅަން ޖެހޭނީ ސުޕްރީމް ކޯޓަށް ކަމަށް ގާނޫނުގައި ސާފުކޮށް ބުނެފައި އޮއްވައި، ހައި ކޯޓަށް މައްސަލަ ހުށަހެޅުމެވެ. ރައްޔިތުންނަށް ދައްކަން މި އުޅެނީ ކޮން އެއްޗެއް ހެއްޔެވެ؟ ގާނޫނުތަކުގެ އަލިފުބާ ވެސް ނޭނގޭ އާންމު ރައްޔިތުންގެ ކުރިމަތީގައި ނުބައި ވާނީ ކޮމިޝަނާއި ކޯޓުތަކެވެ.

މި ދަންނަވަނީ އިލެކްޝަންސް ކޮމިޝަނާއި ކޯޓުތަކުގެ ނިންމުންތައް އެންމެ ފުރިހަމަ ވާހަކައެއް ނޫނެވެ. ދައުލަތުގެ މުއައްސަސާތަކާއި ޝަރުއީ ކޯޓުތަކުގެ ނިންމުންތަކާ މެދު ބައެއް މީހުންގެ ހިތުގައި ސުވާލު އުފެދޭ މިފަދަ ދުވަސްވަރެއްގައި، އެއިން ދޮރެއްގައި ޓަކި ޖަހަންވާނީ، މައި ދޮރޯށިން ވަދެގެން އައިސް ނޫން ބާވަ އެވެ؟ ދޮރުތަކުން ނުވަދެ ފުޅަށް މަތިން އަރައިގެން އުޅޭކަން ފަޅާ އަރައިފި ނަމަ، އަނެއްކާ ސައްޕެއް ޖަހާފައި ބޭރުކޮށްލާނީ ނޫންބާވަ އެވެ؟

ކެންޑިޑޭސީ ބާތިލު ކުރި މައްސަލަ ހައި ކޯޓަށް ބެލިދާނެ ކަމާ މެދު ދައުލަތުންނާއި ކޯޓުގެ ބެންޗުން އުފެއްދި ސުވާލުތަކަށް ޖަވާބުދާރީވާން އިތުރު ފުރުސަތެއް ބޭނުންވާ ކަމަށް އެމްޑީޕީގެ ވަކީލު އަދި ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު އެ ދުވަހު ކޯޓުގައި ވިދާޅުވި އެވެ. އެ ފުރުސަތު ދިނުމަށް ފަހު، އެމްޑީޕީގެ ޖަވާބަކީ ކޮބައިތޯ ބެލުމަށް ހޯމަދުވަހު އަޑުއެހުމެއް ބާއްވަން ހައި ކޯޓުން ތާވަލުކުރި އެވެ.

ނަމަވެސް ކޯޓުން އެ މައްސަލަ ބޭރުކޮށްލީ އެވެ. ކީއްވެގެން ހެއްޔެވެ؟ އެމްޑީޕީގެ ވަކީލު ކޯޓަށް ހާޒިރު ނުވުމުންނެވެ. އިންތިޚާބަށް ކުރިމަތިލި 900 ކެންޑިޑޭޓުންގެ ހައްގާ ގުޅިފައިވާ މިފަދަ މުހިންމު މައްސަލައެއް ކޯޓުގައި ތާވަލުކޮށްފައި އޮއްވައި، އެމްޑީޕީގެ ވަކީލު ވީ ކޮން ތާކު ހެއްޔެވެ؟

އެ 900 ކެންޑިޑޭޓުންގެ ހައްގަށް ވުރެ، ޕާޓީގެ ވަކީލަށް މުހިންމުވީ، ބޭސްފަރުވާ އަށް ކަމަށް ބުނެ އިނގިރޭސި ވިލާތަށް ވަޑައިގެން، 13 އަހަރުގެ ޖަލު ހުކުމުން ރެކިވަޑައިގަތުމަށް ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އުޅުއްވާ، ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލު ކުރެއްވުމެވެ. އެ މަނިކުފާނު މި ވަގުތު ހުންނެވީ ލަންކާގަ އެވެ. އެހެންކަމުން، މައްސަލަ ކޯޓުގައި ތާވަލު ކޮށްފައި އޮއްވައި އަނަސް ވަޑައިގަތީ ލަންކާ އަށެވެ.

އެމްޑީޕީން ހުށަހެޅި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިއާސަތުގައި އިންނެވި ފަނޑިޔާރު އަލީ ސަމީރު ވިދާޅުވި ގޮތުގައި ޝަރީއަތަށް ހާޒިރު ނުވި ސަބަބެއް ވެސް އެމްޑީޕީން ކޯޓަށް އަންގާފައެއް ނެތެވެ. އެހެންކަމުން އެމްޑީޕީން މައްސަލަ ދޫކޮށްލީ ކަމަށް ހައި ކޯޓުގެ ގަވާއިދުގެ ދަށުން ބަލަން ޖެހޭ ކަމަށް ފަނޑިޔާރު ސަމީރު ވިދާޅުވި އެވެ.

ސުވާލަކީ، މައްސަލަ ކޯޓުގައި ތާވަލު ކޮށްފައި އޮއްވައި، ކޯޓަށް ހާޒިރުނުވުމުން އަދި ހާޒިރުނުވެވޭ ސަބަބެއް ވެސް ކޯޓަށް ނާންގާ ނަމަ، ދެން ކަންތައް ވެގެންދާނެ ގޮތް ވެސް ވަކީލަށް ރަނގަޅަށް އެނގިވަޑައިނުގަންނަވާނެ ހެއްޔެވެ؟ ކިތަންމެ ކުޑަ ފުރުސަތެއް އޮތަސް ދުލެއް ނުދޭނެ ކަމަށް ބުނެ، ލާމަރުކަޒީ އިންތިޚާބުގައި ވާދަކުރަން ނިންމައި، އަދި ކެންޑިޑޭސީ ބާތިލު ކުރި މައްސަލަ ވެސް ކޯޓަށް ވައްދާފައި ކޯޓަށް ހާޒިރު ނުވެ، އާންމު ރައްޔިތުންނަށް ދައްކަން މި އުޅެނީ ކޮން އެއްޗެއް ހެއްޔެވެ؟

44 ކޮމެންޓް, 159 ރިއެކްޝަންސް

icon happy icon happy 42%
icon sad icon sad 9%
icon angry icon angry 48%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބްދުއްލާ

21 May 2018

އެމްޑީޕީން ހުރިހާކަމެއްވެސް ކުރާނީ ގާނޫނާ ހިލާފަށް. ގާނޫނުގެއިމުގެތެރޭ އެއްކަމެއްވެސް ނުކުރާނެ

The name is already taken The name is available. Register?

ޔާ

03 February 2017

ކޯޓުން ނިއްމާނެ ގޮތް ވަރައް ސާފުކޮއް އެއްމެނައްވެސް އިގޭ ނަޝީދަކީ ދިވެހިންގެ ހިއްތަކުގެ ރައީސް

The name is already taken The name is available. Register?

ޖައުފަރު

21 February 2017

ނިންމާ ގޮތެއް ބަލަން ވެސް އެމް.ޑީ.ޕީ އަށް ކޯޓަށް ދެވޭނެ ދޯ އެހެންމަ (ކިތަންމެ ކުޑަ ފުރުސަތެއް އޮތަސް ދުލެއް ނުދޭނަމޭ ކިޔާފަ މޮޅު އަނގަ ނުތަޅާނީ)

The name is already taken The name is available. Register?

ނަޝީދު

28 February 2017

ދިވެހިންގެ މަނޑޭލާ އޭވެސް ކިޔައި އުޅޭ.. ދުނިޔެ ދުއް މަންޑޭލާ އެއީ އުމުރުގެ 1/3 ޖަލުގައި އޮވެފައި ނިކުމެ ވެރިކަން ކުރި ބޭކަލެއް. ބޭސް ފަރުވާއަށޭ ކަިޔާފަ ފިލައިގެނެއް ނުދޭ.. ދެވަނަ ދައުރަކަށް ވެރިކަން ބޭނުމެއް ނޫނޭ ވިދާޅުވެ ވެރިކަމުގެ ބާރާއި އާރާއި ލައްޒަތުން އެއްކިބާވެ ދުރުގައި ހުންނެވި ބޭފުޅެއް. ނަޝީދަކީ ޑިމޮކްރަސީއަށް ހުރި ޖޯކެއް..

The name is already taken The name is available. Register?

ޢަބްދުﷲނާފިޒު

02 February 2017

ބަލަގަ ކުރިން ތިޔަބުނި ދޮރުތަކުގަ ޓަކި ނުޖަހާ، ފުޅަށްމަތިން އަރައިގެންގޮސް މާއެތެރޭގަ ހުރި ދޮރެއްގަ ޓަކި ދިނުމަށް ޤަވާޢިދު ތަން ނުދޭހާލު، ދެން ޖަވާބުދާރީވާން ކޮން އިތުރު ފުރުސަތެއްތޯ ދޭންވީ، ކޮން އަޑުއެހުމެއްތޯ ބާއްވަންވީ، އަޑުއެހުމެއް ބޭއްވީ ކީއްކުރަންތޯ، މުޅިންވެސް ދެކޮޅު ނުޖެހޭ ކަންކަން އުތަ.

The name is already taken The name is available. Register?

އަންދާޤާނޫނު

02 February 2017

އިދުކޮޅުބައެއް އެބައުޅެވޭތަ މިގައުގައި..ރައީސްޔާމިންއަށް ވޯޓަކާނުލާ 100 އަހަރަށް ވެރިކަން ހަވާލުކޮށްފަ ނޫންތަ އޮތީ؟

The name is already taken The name is available. Register?

މަޖުދީ

01 February 2017

ލިޔުންތެރިޔާއަށް ނޭނގުނަސް ރައްޔިތުންނަށް އެނގޭ ތިކޯޓުން މައްސަލަ ނިންމާނެގޮތް. ތިކޯޓްތަކުން އެމް.ޑީ.ޕީ އިން ވައްދާ މައްސަލަތައް ނިންމާނެގޮތް އެނގުނަސް ކޯޓަށް ދަނީ ކިހާވަަރަކަށް ނާއިންސާފުވޭތޯ ބަލަން. އެމް.ޑީ.ޕީ އަދި މުޅިރާއްޖޭ އެންމެނަށް ނަޝީދުވަރުގެ އޯގާތެރި ވެރިއެއް ނުފެނުނީމަ އޭނަކައިރިއަށް އޮޓޯއިން ދެވޭނެ ދެއްތޮ. ލިޔުންތެރިޔާ އެކަމާ ދެރަވާނެކަމެއްނެތް.

The name is already taken The name is available. Register?

މުޙައްމަދު

02 February 2017

މުޅިރާއްޖޭ އެންމެނަށް އޮޓޯއިން ދެވެނީއޭ!!! އެހެންވީމަ މަޖުދީ ތިހުރީ އޮތޯއިން ނަޝީދުކައިރިއަށް ދެވިފަތަ؟؟؟

The name is already taken The name is available. Register?

ހަސަން

01 February 2017

ނަޝީދަކީ ލީޑަރެއްނުން މިރާއްޖޭގެ އިޖްތިމާއީ ފޭރަމް ހަލާކޮއްލިމީހާ.

The name is already taken The name is available. Register?

އަފިހުން ގޮއްޔެ

02 February 2017

ރާއްޖޭގެ ފޭރާން ހާލުކުކޮށް ވީދާ ކުދިކުދި ކުރީ ރައީސް ނަޝީދުކަމަށް ދެކެނީ ހަސަނާ އަދިވެސް ތިކަހަލަ މަދު ބައިގަނޑެއް، ދުނިޔޭގެ އެހެން އެއްވެސް ޤައުމަކުން ތިކަން ތިގޮތަކަށް ބަލައެއް ނުގަނެ ދެއްތޮ، އެހެން ނޫންނަމަ ހަސަނުމެން ތިބުނާފަދަ ބޮޑު ޓެރަރިސްޓެއް ސްރީލަންކާގެ ސަރުކާރުގެ ބާރުގަ އެމީހުންގެ އެހީތެރިކަމާއެކު އެކިއެކި ބައްދަލުވުންތައް އެޤައުމުގަ ކުރިއަކަށް ނުގެންދެވުނީސް ދެއްތޮ، ދެން މިހެން ބުނެގެން ރުންކުރު ވާނީކީނޫން، އޭގެބަދަލުގަ މިކަހަލަކަންތަކާ ވިސްނާނީ.

The name is already taken The name is available. Register?

އަހުމަދުލް

01 February 2017

ބަލަ ފޮލޯވާރސް އަބަދުވެސް ދާނީ ލީޑަރުގެ ފަހަތުން ނޫންތޭ!!! ނަޝީދުއަކީ މިގައުމުދުއް އެންމެ މަގުބޫލް ލީޑަރު، މިކަން ދިވެހިންގެ ހިތަކުން ނުފިލާނެ

The name is already taken The name is available. Register?

އަލީ

01 February 2017

ރައްޔުތުން ހައްގުގައި ވަކާލާތުކުރަން އުޅޭ ލީޑަރުކު ކަންކުރާނެގޮތެއްނޫން.

The name is already taken The name is available. Register?

އަތުލަފި ޑިމޮކުރަސީ

01 February 2017

ދުނިޔޭގަ ލީދަރުން އުފެދެނީ ވަރައް މަދުން އެފަދަ ލީދަރެއް ރާއްޖޭގެ ހަފޮޅުން އެތެރެއަކު އުފަނެއްނުވޭ ،ކެނެރީގޭ ނަށީދު ލީޑަރަކަށް ވެގެން ތިއުޅެނީ އެމްޑީޕީ ރޯނގާގެ ކުދިންނަށް ،ލީޑަރުކަންދައްކަން ލިބުނު ފުރުސަތުގަ އިއްތިހާދުގެ ބައިވެރިން ހޫރާލީ އެހިސާބުން ލީޑަރެއްނޫންކަން ރައްޔަތުންނަށް އެނގި މަގުމައްޗައްނިކުމެ އިންގޮނޑިވެސް ފޭރިގަތީ ، ކޮންވައްތަރު ލީޑަރ ހުންނަނީ،

The name is already taken The name is available. Register?

މުހަންމަދު

01 February 2017

ދުނިޔޭގަ ލީޑަރުން އުފެދެނީ ވަރަށް މަދުން ނަސީދު އަކީ ލީޑަރެއް އެހެން ވީމަ ނަސީދު ފޮލޯކުރާނެ އިންޑިއާގަ މަހާތުމާ ގާދީއުފެދުނެ ދުނިޔެ ދޫކޮއްފަ ވާއިރުވެސް ގާނދީ ގެ ބަސްމަގު ބުނެފަވާކަން ކަން ފޮލޯކުރޭ

The name is already taken The name is available. Register?

އަހުމަދު

01 February 2017

މިރާއްޖޭގެ ނޫސްވެރިން ނަމޫނާއަކަށް ބަލަންވީ އަހުމަދު އަބްދުﷲ ސައީދުމެން ފަދަ ބޭފުޅުންނެވެ. ތިމަންނަ ލިޔާ ލިޔުމަކީ ދެކޮޅުޖެހޭ ލިޔުންތަކަށް ވާންޖެހޭނެއެވެ. ހަގީގަތަކީ ދިވެހިރާއްޖޭގައި ސިޔާސީވެގެން އުޅޭ މީހުންގެ ނިޔަތް ދެދުވެރި ނޫންކަމެވެ. ފެންނަފެނުމަށް ސިޔާސީ ބޭފުޅުންތައް ބައްލަވަނީ މުޅިގައުމަށް ހެޔޮ އެދުމުގެ ބަދަލުގައި އަމިއްލަ ނަފްސަށާއި ޕާޓީއަށް ހެޔޮގޮތް، މޮޅު ގޮތް ވުމަށެވެ. ދެރަކަމަކީ އަޅުގަނޑުމެން ރައްޔިތުންވެސް އެމީހުން، ސިޔާސީ މީހުންތައް ޕޯޑިއަމްތަކުގައި ދައްކާ މޮޅުވާހަކަތައް، ހިތުގެ އަޑިން ގަބޫލު ކުރާތީއެވެ. ދައްކާވާހަކައިގެ ހަގީގަތް ބަލާ ނުލާކަމެވެ. އަޅުގަނޑުމެން ރައްޔިތުންގެ ސިކުނޑިތައް ކޮންޓުރޯލް ކުރަމުންދަނީ މިދެންނެވި ސިޔާސީ މީހުންނެވެ. ނަތީޖާއެއްގެ ގޮތުން ހުރިހާ ފައިސާއަކާއި ރިސޯޓުތަކާއި ފަޅުތަކާއި ފުލެޓުތަކާއި ހުރިހާއެއްޗެއްވެސް އެވެރިންނަށެވެ. އެވެރިން ބާރުވެރި ކުރުވާ ރައްޔިތުން ތިބެން މިޖެހެނީ ހުސްބަނޑާ ވަންނާނެ ތަނެއް ނެތިފައި މަގުމަތީގައެވެ. މިވަރުންވެސް މަގޭ ޕާޓީ މަގޭ ރައީސް ކިޔާ އަތްޖަހާނެއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!