ޚިޔާލު / ކޮލަމް ށަވިޔަނި

ކޮލަމް ށަވިޔަނި: ފޭސްބުކްގައި ދައްކާ މޫނު

ފޭސްބުކް ބޭނުންކުރާ ގޮތުން ބައެއް މީހުންނަށް ފާޑުކިޔުން އަމާޒުވޭ. މި ކަމުގައި ވަކި އުސޫލެއް ގެންގުޅެން ޖެހޭބާ؟

ރައްޓެއްސަކު ދާދި ފަހުން ސްޓޭޓަސްއެއް ޖަހާލި އެވެ. "ފޭސްބުކް – ސޭމް ޝޓ، ޑިފަރެންޓް ޑޭ". (ފޭސްބުކްގައި ހަމަ އެކައްޗެކެވެ. ތަފާތީ ދުވަހެވެ.) ގާތް މީހަކަށް ވާތީ، "ނުފެންނަތާ ދުވަސްކޮޅެއް ވެއްޖެ" ކަމަށް ކޮމެންޓް ކޮށްލީމެވެ. ޖަވާބު އައީ ހަމަ ހީކުރި ގޮތަށެވެ. އޭނާ ގަސްދުގައި ފޭސްބުކާ ދުރަށް ދިޔައީ އެވެ.

"ފޭސްބުކާ ނުލައި އުޅެވިދާނެތޯ ބަލައިލަން އުޅުނީ. އެހެންވެ ފޯނުން އެޕް ފޮހެލާފައި، ފާޑަކަށް އެކަން ހަނދާން ނެތިފައި ދެ މަހެއްހާ ދުވަސް ހުރެވުނީ. ފޭސްބުކާ ނުލައި އުޅެވޭނެކަން އެނގިއްޖެ. އެއްގޮތަކަށް ވެސް ފޭސްބުކް މިސްއެއް ނުވޭ،" ޒަމާންވީ ރަހުމަތްތެރިޔާ ކިޔައިދިނެވެ.

"ފޭސްބުކްގައި އުޅެންވީ ވަކި ގޮތެއް އެބައޮތް ހެއްޔެވެ؟ ފޭސްބުކް ބޭނުންކުރުމުގެ ވަކި މިންގަނޑެއް އޮންނަން ޖެހޭ ހެއްޔެވެ؟ ނުވަތަ އެ މިންގަނޑަކީ ކޮބާހެއްޔެވެ؟"

ފޭސްބުކާ އެކު އައީ ބޮޑު އިންގިލާބެކެވެ. އޭގެ ފައިދާތަކާ މެދު ދެބަސްވެވޭކަށް ނެތެވެ. ދަންނަ އެންމެންނާ އެއްފަހަރާ ކަމެއް ހިއްސާކޮށްލަން އެއަށް ވުރެ އެކަށޭނަ ވަސީލަތެއް ނެތެވެ. ދޭދޭ ގުޅުންތަކަށް އެކަނި ބަލައިލިޔަސް، ފޭސްބުކްގެ ބޭނުންތެރިކަން ބޮޑެވެ. އާއިލާ އާއި ރައްޓެހިންނާއި ދަންނަ މީހުންގެ ދިރިއުޅުމުގެ ހުރިހާ ކަމެއް އެނގި، އެކަންކަމާ ބެހޭ ގޮތުން ވާހަކަދެކެވެ އެވެ. އެ މީހުންގެ އުފާތަކާއި ހިތާމަތަކުގައި ބައިވެރިވެވެ އެވެ. އެކަމަކު މިހާ ހިސާބުން އަޅުގަނޑުގެ ރަހުމަތްތެރިޔާ އުފައްދާ ސުވާލެއް އެބަ އޮތެވެ؛ މިއިން އެއްވެސް ކަމެއްގައި އަހަރެމެން މި ދައްކަނީ ހަމަ ހަގީގީ މޫނު ހެއްޔެވެ؟ އޭނާ ފޭސްބުކާ ދުރަށް ދާން ބޭނުންވި ސަބަބަކީ އެއީ އެވެ.

"ފޭސްބުކްގައި އުޅެނީ ޚިޔާލީ ރައްޓެހިން،" އުމުރުން 34 އަހަރުގެ ޒުވާނާ ވަޓްސްއެޕުން ޗެޓްކުރަމުން ބުނެލި އެވެ. "އެއްވެސް މީހަކު އަނެކާއާ ދޭތެރޭ ހަގީގީ އަޅާލުމެއް ނުގެންގުޅޭ."

"އެ މީހަކު ބޭނުން ގޮތަކަށް އެހެން މީހުންނާ މުއާމަލާތުކުރުމާއި އެއްގޮތަކަށް ވެސް މުއާމަލާތު ނުކުރުމުގެ އިޚްތިޔާރު ވެސް އެބައޮތެވެ. ފަހަރެއްގައި އަޅުގަނޑުގެ ރަހުމަތްތެރިޔާ އަށް އެކަން ބަލައިނުގަނެވެނީ އެވެ. އޭނާ އެންމެ ކަންބޮޑުވަނީ، ހޭބޯނާރާ ފޭސްބުކްގައި އުޅޭ އިރު، މާނަވީ ގުޅުންތަކެއް ބަދަހިކުރަން މަސައްކަތެއް ނުކުރާތީ އެވެ."

"ފޭސްބުކް ބޭނުންކުރުން ކޮންމެހެން މަޖުބޫރު ކަމަށް ވިސްނެނީ،" އެކުވެރިޔާ އަށް ޖަވާބު ދިނީމެވެ. "ހިނގާ ކޮންމެ ކަމެއް، މީހުންގެ ވިސްނުން، ކަންކަމާ މެދު މީހުން ދެކޭ ގޮތް މިހާރު އެންމެ ފަސޭހައިން މި އެނގެނީ ފޭސްބުކުން."

ހަގީގަތަކީ އެއީ އެވެ. ސަބަބަކީ ދިރިއުޅުމުގެ ހުރިހާ ކަމެއް ފޭސްބުކަށް ގެންނަން މީހުން ބަހައްޓާ ޝައުގުވެރިކަމެވެ. އެހެން ގޮތަކަށް ބުނަންޏާ، ފޭސްބުކަކީ ކެއިންބުއިމާ ދާދި އެއްހަމައެއްގައި ގުނާލެވޭ "އަސާސީ" ބޭނުމަކަށް ވުމެވެ.

ފޭސްބުކް ބޭނުންކުރާ ގޮތާ މެދު އެކި މީހުން ތަފާތު ޚިޔާލުތައް ފާޅުކުރަނީ އެހެންވެގެން ކަމަށް ވެދާނެ އެވެ. ކަމުނުދާ ކަންކަމުގެ ވާހަކަ ބައެއް މީހުން ދައްކަ އެވެ؛ ކޮންމެވެސް މީހަކު މާ ގިނައިން ސެލްފީ ލަނީ އެވެ. ޒާތީ ކަންކަން މާ ބޮޑަށް ހާމަކުރަނީ އެވެ. އެހެން މީހުން އުޅެންވީ ގޮތް ބުނެދެނީ އެވެ. ހަގީގީ ދިރިއުޅުމުގެ މަތިއޮމާންކުރަނީ އެވެ. ދެއްކުންތެރިކަން މާ ބޮޑީ އެވެ.

ފޭސްބުކްގައި އެހެން މީހުން ތިމާއާ ދޭތެރޭ ވަކި ގޮތަކަށް ހިތަން ބޭނުންވުމަކީ ވެސް މިކަހަލަ ކަމެކެވެ. އުފާތަކާއި ހިތާމަތަކުގައި ބައިވެރިވެ ޚިޔާލުތަކަށް ތާއީދުކުރަން އުއްމީދުކުރެވެ އެވެ. ނުވަތަ އެއީ ފޭސްބުކްގެ ރައްޓެހިން، ހާއްސަކޮށް ގާތް މީހުން، ކޮންމެހެން ކުރަން "ޖެހޭ" ކަމެއް ކަމަށް ދެކެވެ އެވެ. ނުކޮށްފިއްޔާ ހިތްހަމަނުޖެހޭ ތަން ވެސް އާދެ އެވެ. އޭގެ ސަބަބުން ހަގީގީ ދިރިއުޅުމަށް ނޭދެވޭ އަސަރު ފޯރާފައި ވެސް ހުރެ އެވެ.

އެހެންވީމާ ފޭސްބުކްގައި އުޅެންވީ ވަކި ގޮތެއް އެބަ އޮތް ހެއްޔެވެ؟ އަދި ފޭސްބުކް ބޭނުންކުރުމުގެ ވަކި މިންގަނޑެއް އޮންނަން ޖެހޭ ހެއްޔެވެ؟ ނުވަތަ އެ މިންގަނޑަކީ ކޮބާ ހެއްޔެވެ؟

ފޭސްބުކް ތެރެއިން ހަތަރު ބާވަތެއްގެ މީހުން ފާހަގަކުރެވެ އެވެ. އެއް ބަޔަކު ސަމާލުކަން ދެނީ އަމިއްލަ ދިރިއުޅުމުގެ ކަންކަން ވީހާ ވެސް ބޮޑަކަށް ހިއްސާކުރާށެވެ. އެމީހުންގެ ފޮޓޯތަކާއި ސެލްފީތައް ގިނަވާނެ އެވެ. އެންމެ ހިނދުކޮޅެއްގެ ދިހަ ވަރަކަށް ފޮޓޯ ވެސް ޝެއާކޮށްފާނެ އެވެ. ދެވަނަ ވައްތަރަކީ "ހަމައެކަނި ރަސްމީ ބޭނުމަށް" ފޭސްބުކް ބޭނުންކުރާ މީހުންނެވެ. އެމީހުން ސްޓޭޓަސް ލިޔާނީ ކުރާ މަސައްކަތް، އުޅޭ ދާއިރާ، ލިބިފައިވާ ތައުލީމާއި ތަޖުރިބާ ނުވަތަ ޝައުގުވެރިވާ ކަންކަމާ ގުޅުވައިގެންނެވެ. ޚިޔާލުފާޅުކުރާނީ އެފަދަ ކަންކަމުގަ އެވެ. ސިޔާސީ އަދި އިޖުތިމާއީ މައްސަލަތަކާ ބެހޭ ގޮތުން އާއްމުކޮށް ވާހަކަދައްކާ އުޅޭނެ އެވެ. ދެން އުޅެނީ އެއްގޮތަކަށް ވެސް އަމިއްލަ ސްޓޭޓަސްތައް ނުލިޔާ މީހުންނެވެ. މިއީ ވަރަށް މަޑުމަޑުން ތިބޭ "ސިއްރުވެރި" ބައެކެވެ. އެހެން މީހުން ޕޯސްޓްކޮށްފައި ހުންނަ މީމް، ނަސޭހަތުގެ ބަސްކޮޅުތައް، އަދި ނޫސްތަކުގެ އާޓިކަލް ފަދަ އެއްޗެހި ޝެއާކޮށް އުޅޭނެ އެވެ. ކޮންމެވެސް ވަރަކަށް އެހެން މީހުންގެ ސްޓޭޓަސްތަކަށް ލައިކްކޮށް ކޮމެންޓްކޮށް ވެސް ހަދާނެ އެވެ. އެކަމަކު އަމިއްލަ ޚިޔާލާއި ވިސްނުމާއި އަމިއްލަ ދިރިއުޅުމުގެ ކަންކަން ވަރަށް ހާމަނުކުރާނެ އެވެ. މިއީ ހަމައެކަނި "ކަން ބަލަން" ފޭސްބުކަށް ވަދެ އުޅޭ ބައެކޭ ވެސް ބުނެވިދާނެ އެވެ. ހަތަރު ވަނަ ބާވަތަކީ ފުރަތަމަ ތިން ކެޓެގަރީ އަށް ވެސް ފެތޭ މީހުންނެވެ. މިއީ "މެދު މިނުގެ" މީހުންނޭ ވެސް ބުނެވިދާނެ އެވެ. އަމިއްލަ ދިރިއުޅުމާއި ކުރާ މަސައްކަތުގެ ކޮންމެވެސް މިންވަރެއް އާދަވެގެން ހިއްސާކޮށް އުޅޭ އިރު އެކި ކަހަލަ ލިންކުތައް ވެސް ޝެއާކޮށް އުޅެ އެވެ.

މިފަދަ މިޒާޖުތަކުން އެނގެނީ މީހުންގެ ތަފާތުކަމެވެ. ފޭސްބުކްގައި އެންމެނަށް ވެސް ހުރީ އެއް ފުރުސަތުތަކެކެވެ. އެކަމަކު އެކި މީހުން އޭގެ ބޭނުންހިފާ ގޮތް ވަރަށް ތަފާތެވެ. އެއް ވަސީލަތަކުން މި ހާސިލްކުރަނީ އެކި މަގްސަދުތަކެވެ. ކުރުކޮށް ބުނަންޏާ، ފޭސްބުކްގެ ދިރިއުޅުން ވެސް އެ މީހަކަށް ފެނުނު ގޮތަކަށް ބައްޓަންކުރެވެން އެބަ އޮތެވެ. އެކަމަކު ހައްދެއް ގެންގުޅުން ކިހިނެއްވާނެ ހެއްޔެވެ؟

ސައިކޮލޮޖީ މައުލޫމާތު ފޯރުކޮށްދޭ ޕޭޖެއްގެ ސްޓޭޓަސްއެއް މީހަކު ޝެއާކުރި އިރު އޭގައި އޮތެވެ؛ ސޯޝަލް މީޑިއާ އަށް ލާ ސެލްފީތައް ގިނަކުރާ ވަރަކަށް މީހުން އެމީހަކު ދެކެ ފޫހިވާނެ އެވެ. އެގޮތަށް ނިންމީ ފަހުގެ ދިރާސާއެއްގެ އަލީގަ އެވެ. އެ ވާހަކަ އަށް ތާއީދުކުރާތީ އަޅުގަނޑު ވެސް އެ ސްޓޭޓަސް ޝެއާކޮށްލީމެވެ. އެކަމަކު އެކަކުގެ ކޮމެންޓަކަށްވީ، ކުރާ ކޮންމެ ކަމަކުން ގޯސް ނަތީޖާއެއް ނުކުންނަކަން ކަށަވަރުކޮށްދޭ އެތައް ދިރާސާއެއް ހަދަމުންދާ ޒަމާނެއްގައި މިކަހަލަ ވާހަކަތައް ގަބޫލުކުރަންޏާ ދިރިއުޅުން ވަރަށް ބަނަވާނެ ކަމެވެ. ފަހަރެއްގައި އޭނާ އެ ބުނަނީ، އެ މީހަކު ބޭނުން ވަރަކަށް ސެލްފީ ލިޔަސް މައްސަލައެއް ނެތް ކަމަށެވެ.

ހަމަ އެ ފަދައިން އެ މީހަކު ބޭނުން ގޮތަކަށް އެހެން މީހުންނާ މުއާމަލާތުކުރުމާއި އެއްގޮތަކަށް ވެސް މުއާމަލާތު ނުކުރުމުގެ އިޚްތިޔާރު ވެސް އެބަ އޮތެވެ. ފަހަރެއްގައި އަޅުގަނޑުގެ ރަހުމަތްތެރިޔާ އަށް އެކަން ބަލައިނުގަނެވެނީ އެވެ. އޭނާ އެންމެ ކަންބޮޑުވަނީ، ހޭބޯނާރާ ފޭސްބުކްގައި އުޅޭ އިރު، މާނަވީ ގުޅުންތަކެއް ބަދަހިކުރަން މަސައްކަތެއް ނުކުރާތީ އެވެ. އޭނާ ބުނާ ގޮތުން، ފޭސްބުކްގެ ނިއުސްފީޑަށް އަންނަ އެއްޗަކަށް ލައިކުކޮށްލާ، ކޮމެންޓެއް ކޮށްލީމާ އެ ނިމުނީ އެވެ. މީހަކާ ވާހަކަދައްކާލައި ހާލުއަހުވާލު އޮޅުންފިލުވާލައި ހެދުމެއް ނެތެވެ. ބައްދަލުވެ އުޅުމުގެ ވިސްނުމެއް އަމުދުން ނުގެންގުޅެވެ އެވެ.

"ފޭސްބުކްގައި އުޅޭ އިރު ހިތަށް އަރާފާނެ، ތިމަންނަ މީ އެހެން މީހުންނަށް ވަރަށް މުހިއްމު މީހެކޭ، ތިމަންނަ ދެކޭ ގޮތް ވެސް އެހެން މީހުންނަށް ވަރަށް މުހިއްމޭ. އެކަމަކު އެއީ ކުށް ހީއެއް. ހިތި ހަގީގަތަކީ މިއީ،" ރަހުމަތްތެރިޔާ ބުންޏެވެ.

8 ކޮމެންޓް, 25 ރިއެކްޝަންސް

icon happy icon happy 72%
icon sad icon sad 16%
icon angry icon angry 12%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުހަންމަދު

06 August 2016

ފޮޓޯގްރަފީއަށް ޝައުގުވެރިވާ މީހުންންށާ އެހެނިހެން އާޓިސްޓުންނަށް ފޭސްބުކަކީ ވަރަށް މުހިންމު ޕްލެޓްފޯމެއް.

The name is already taken The name is available. Register?

ނަންނެތް

10 August 2016

ތާއީދު

The name is already taken The name is available. Register?

ކިޔުންތެރިޔާ767

06 August 2016

ކޮންމެ ނެޓުވޯކެއްގައި އުޅުނުކަމުގައިވިޔަސް ބޭނުންވީމަ ބޭނުން ކަމެއް ކުރަނީ. އެހެން ނަމަވެސް އާއްމުކޮށް ވާހަކަ ދައްކާ ރައްޓެހިނާއި ވާހަކަ ނުދައްކާ ގިނަދުވަސް ވުމުން ގުޅުން ކެނޑޭ ނުވަތަ ދުރުވޭ. ލައިކު ދޭނަމަ ބަދަލުގައި ގިނަފަހަރު ލައިކު ލިބޭނެ. ވިޔަފާރި ކުރުމާއި، ސިޔާސީ، މިނޫންވެސް ދާއިރާތައް ޕުރޮމޯޓު ކުރުމާއި، ޖެއްސުންކުރުމާއި، މަކަރު ހެދުމާއި އޯޅުވާލުންވެސް ތިތާ ހިނގާ. ނަމަވެސް ފޭސްބުކުގައިވެސް އިނދޭ ޕޮލިސީއެއް. ކޮންމެ ހިދުމަތެއްގައިވެސް ޓަރމުސް އެންޑު ކޮންޑިޝަން އިންނާނެ. މަނާ ކަންކަންވެސް ހުރޭ. ބުލީކުރުމާއި، ހެރޭސްމެންޓު، ފޭކު އައިޑީހަދައިގެން އުޅުން. ޓަރމުތައް ނުކިޔާނެ ގިނަ މީހުނެއް. ކުރީގައި ފޭސްބުކުގައި ރައްޓެހިން ހޯދުމާއި ކަންކަން ކުރަން ވަރަށް ހިތްހަމަ ޖެހުނަސް މިހާރު ފޭސްބުކަކީ ބޮލުގަ ރިހުމެއް. މޫޑު އަވަހަށް ބަދަލުވެ ނަފުސާނީ ކަންތައްގަނޑެއް ކަހަލަ އެއްޗެއް. ހަގީގީ އެކުވެރިކަން މާ ހިތް ފަސޭހަ.

The name is already taken The name is available. Register?

ފޭސްބުކު

06 August 2016

ފޭސްބުކު ސްޓޭޓަސް އަޕްނުކޮށް އެއްޗެހި ސެޢާނުކޮށް ފޭސްބުކަށް ވައްނަ މީހުންނަކީ ކޮންމެހެން ކަން ބަލަން ވަންނަ މީހުނެއް ނޫން އެމީހުން ބޭނުންނުވަނީ މާ ފޭސްބުކުވެގެން އުޅެން

The name is already taken The name is available. Register?

ޔޭސް

10 August 2016

އަދި ބައެއްފަހަރަށް ވަރަށް ބޮޑަށް ފޯހިވާގަޑީގައި ނޫސްތަކާއި މަޖައްލާތަށް ހާވާލާ އުސޫލުން....ކޮންމެހެން "އެފް،ބީ" އަށް އެޑިކްޓްނުވިޔަކަސް،،،

The name is already taken The name is available. Register?

ޔާމީން

06 August 2016

ފޭސްބުކް އެއީ ދުނިޔޭގެ ހަލާކު.

The name is already taken The name is available. Register?

ޒަންޖަބީލު

06 August 2016

ފޭސްބުކްގައި ކޮންމެ މީހަކަށްވެސް އިޚްތިޔާރު ލިބިގެންވޭ އެމީހަކު ބޭނުންވާ މޫނެއް ބޭނުންވާ ބަޔަކަށް ދެއްކުމުގެ.. ދެން ތިބޭނީ އެކަން ބަލައިގަންނަން އިގޭމީ ހުންނާއި ނޭގޭ މީހުން.. ހަޖަމްވާ މީހުންނާއި ނުވާ މީހުން.. ތިމާއަށް ގަބޫލު ނުކުރެވޭ ފޮޓޯއެއް ސްޓޭޓަސްއެއް މީހަކު ޝެއާކުރީމަ އެމީހަކައާ އަޅައިގަތުމަކީ ނުވަތަ އެކަމަކާއި ބެހުމަކީ ނާތަހުޒީބު ކަމެއް.. ފޭސްބުކްގަވިޔަަސް އަސްލު ދިރިއުޅުމުގައި ވިޔަސް ތިމާޔާ ނުބެހޭ ކަންކަމާއި ނުބެހި އުޅުނީމަ ވަރަށް ގިނަ މައްސަލަ މަދުވާނެ.. ކޮންމެ މީހަކީވެސް އަމިއްލަ އިޚްތިޔާރު ލިބިގެންވާ މީހެއްކަމާއި އެމީހަކު އުޅޭނީ އެމީހަކު ހިތް އެދޭ ގޮތަކަށް ކަމާއި އަދި ފޭސްބުކްގައި ޝެއާ ކުރާނީ އެމީހަކު ބޭނުން މިންވަރަކަށް ކަން ދަނެގެން ޕްލީސް ލިވް ޔުއަރ ލައިފް އެން ލެޓް އަދާސް ލިވް ދެއަރ ލައިފް.

The name is already taken The name is available. Register?

ހުމްމްމްްމް

10 August 2016

ގުޑްޕޮއިންޓް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!