ޚިޔާލު / ޓެކްސީ އަގު

އޮޅުންބޮޅުން: ޓެކްސީ ދުއްވުމުގެ ނިޒާމް ހަމައަކަށް އެޅުވުން

ސިނަމާލެ ބްރިޖުގައި ޓެކްސީއެެއް ދުއްވާފައި ދަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އަހުމަދު އަބްދުﷲ

15 ޖެނުއަރީ 2019 - 10:27

34 comments

އާއްމު ރައްޔިތުންނާ ގުޅުން ހުރި އެންމެ އުނދަގޫ، އެންމެ ގިނަ މައްސަލަތައް ހައްލު ކުރަން ޖެހިފައި އޮތް އެއް މިނިސްޓުރީ އަކީ ޓުރާންސްޕޯޓު މިނިސްޓުރީ އެވެ. އެ ތަނުން ކޮންމެ ގޮތަކަށް ކަމެއް ނިންމި އަސް ފާޑުކިއުން ނުއަންނާނެ ގޮތެއް ނުއޮންނާނެ އެވެ. އެ މިނިސްޓުރީއާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅަކީ، މި ސަރުކާރުގައި ހިންގުމުގެ ތަޖުރިބާއެއް ނެތް، އެ ފެންވަރުގެ ހަމައެކަނި ވެރިޔާ އެވެ. މިހާތަނަށް އޭނާ ކުރައްވާފައި އޮތް މަސައްކަތަށް ބަލާފައި، އެ މަސައްކަތުގެ މައްޗަށް ބިނާކޮށް އެއްޗެއް ދަންނަވާ ނަމަ ދެންނެވޭނީ ހިންގުމުގެ ތަޖުރިބާ ނެތް ބޭފުޅުންގެ މަސައްކަތް ހަލުވި ވެފައި، ނަތީޖާ ނެރުން އަވަސް ކަމަށެވެ. މިނިސްޓްރީން ގަބޫލުކުރާ އުސޫލު ތަންފީޒު ކުރުމަށް ކެރިގެން ކުރިމަތިލާ ކަމެވެ.

ޓުރާންސްޕޯޓު މިނިސްޓުރީން ގިނަ ކަންތައް އާއްމުންގެ ލަފަޔާ އެކު ނިންމެވުމަކީ ވެސް ޑިމޮކްރަސީގެ ނަޒަރަކުން ބަލާއިރު ހެޔޮ ފާލެކެވެ. ކަމެއް ނިންމުމުގެ ކުރިން އެ މަސައްކަތެއް ކުރާ ބައެއް ދައްކާ ވާހަކައިގެ އަޑު އެހުމަކީ ރަނގަޅު ކަމެކެވެ. އެއިރުން އެ ބައެއްގެ ދަތިތަކާއި ގޮންޖެހުންތަކާއި އުނދަގޫތައް ސާފުވެގެން ދާނެތީ ވެ އެވެ. ނަމަވެސް އެ ގޮތަށް ބައްދަލުކުރާ ބަޔަކު އެދޭ ގޮތަށް ހުރިހާ ކަމެއް ނިންމުމަކީ ލާޒިމް ކަމެއް ނޫނެވެ.

މާލޭގައި ޓެކްސީގެ މައްސަލަ އަކީ ބޮޑު މައްސަލައެކެވެ. ޓެކްސީ ނުލިބެނީ އެވެ. ބޭރުގެ ގިނަ ގައުމުތަކުގައި ޓެކްސީ ބޭނުން ވަގުތަކު ލިބޭނެ ގޮތައް އޮންނަ އުޞޫލަށް މާލޭގައި ޓެކްސީ ލިބެން އޮންނަ ނަމަ، އަމިއްލަ ކާރު ގެންގުޅެން ބޭނުން ނުވާ ވަރަށް ގިނަ މީހުންނާ އަޅުގަނޑާ ދިމާވެ އެވެ. އެ މީހުން ކާރެއް ގެންގުޅެނީ އެހެން ގޮތެއް ނެތިގެން ކަމަށް ބުނެ އެވެ. ޢާއިލާގެ ގިނަ ބަޔަކު އެކީގައި ތަނަކަށް ދާން ވެއްޖެ ނަމަ ގޮތް ހުސްވެ އެވެ. ވާރޭ ވެހެންޏާ ޓެކްސީއެއް ނުލިބެ އެވެ. ގިނަ ޓެކްސީ ސެންޓަރުތަކާ ނުވެސް ގުޅެ އެވެ. ގުޅައިލުމުން އިވެނީ ފޯނު އެންގޭޖް ވެފައި ހުންނަ އަޑެވެ. ވާރޭ ވެހޭ ދުވަސް ދުވަހާއި މާލޭގައި މީހުން ގިނައިން ދާ ކަހަލަ ކަންތައްތައް އޮންނަ ދުވަސް ދުވަހު ޓެކްސީ ސެންޓަރުން ހަލުވިކޮށް ޚިދުމަތް ލިބިގަތުމަކީ އުނދަގޫ ކަމެކެވެ. "މި ވަގުތު ހުސް ކާރެއް ނެތް" ޖަވާބަކީ ވަރަށް ގިނައިން އަޅުގަނޑު އަޑުއަހާ ޖަވާބެކެވެ. މިއީ ހަމަ އިއްތިފާގަކަށް ވެސް ވެދާނެ އެވެ.

މާލޭގައި ދުއްވާ ޓެކްސީތަކުން ދަތުރުކޮށްދޭނެ އަގު ކަނޑައެޅުމަށް އާންމުންނާއި ޓެކްސީ ޑްރައިވަރުންގެ ހިޔާލު ހޯދުމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިދިޔަ ހަފުތާގައި ބޭއްވި ބައްދަލުވުމުގައި މީހަކު ވާހަކަ ދައްކަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އަމިއްލަ ދިރިއުޅުމުގެ ޒިއްމާ އުފުލާ ކޮންމެ މީހަކު ކަރަންޓު ބިލް ދައްކަން ޖެހޭނެ އެވެ. ފެން ބިލް ދައްކަން ޖެހޭނެ އެވެ. ކުނި އުކައިލުމުގެ ބިލް ދައްކަން ޖެހޭނެ އެވެ. ފޯނާއި އިންޓަނެޓްގެ ބިލް ދައްކަން ޖެހޭނެ އެވެ. ކޭބަލް ޓީވީގެ ބިލް ދައްކަން ޖެހޭނެ އެވެ. ތިމާގެ އަމިއްލަ ގެދޮރު ނެތް ކަމަށް ވާ ނަމަ ކުއްޔަށް ތަނެއް ހިފަން ޖެހޭނެ އެވެ. ދިރިއުޅުމުގެ ފެންވަރު އާދައިގެ މީހަކު އަތްފޯރާ ފަށަށް ވުރެ ތަންކޮޅެއް މަތީގައި އޮންނަ މާލޭގައި ކޮންމެ މީހަކު ވެސް އެ ޒަރޫރީ ޚަރަދު ދިރި ހުރިހާ ދުވަހަކު ކުރަން ޖެހޭނެ އެވެ. އަދި ބަލިވެއްޖެ ނަމަ ބޭސްފަރުވާ އަށް ވެސް ޚަރަދު ކުރަން ޖެހޭނެ އެވެ. މި ދެންނެވި ޚަރަދުތަކަކީ ވަކި މަސައްކަތެއް ކުރާ ބަޔަކު އެކަނި ކުރާ ޚަރަދެއް ނޫނެވެ. މާލޭގައި ދިރި އުޅޭ އެންމެން ކުރަން ޖެހޭ ޚަރަދެކެވެ. ތިމާ ޚިދުމަތް ދޭ މީހާގެ އަތުން އެ ޚަރަދު ހޯދާ ކަމަށް ވާ ނަމަ މާލޭގައި ޚިދުމަތް ދޭ ހުރިހާ މީހުން، އެ މީހުން ދޭ ޚިދުމަތެއްގެ އަގު މައްޗަށް ޖައްސަންވީ އެވެ. އެކަމަކު އެއީ އެފަދަ ކަންތައް ކުރާ ގޮތެއް ނޫނެވެ.

މާލެ އާއި ހުޅުމާލޭގައި ދުއްވާ ޓެކްސީގެ އަގާ ބެހޭ ގޮތުން އާއްމުންގެ ޚިޔާލު ހޯދުމަކީ ރަނގަޅު ކަމެކެވެ. ޓެކްސީ ޑުރައިވަރުންގެ ޚިޔާލު ހޯދުމަކީ ވެސް ރަނގަޅު ކަމެކެވެ. ޑެމޮކްރެޓިކް ނިންމެވުމެކެވެ. އެހެން ނަމަވެސް މި ދެ ފަރާތުން ވެސް ޖަޒްބާތީ ޚިޔާލު އައުމަކީ ކައިރި ކަމެކެވެ. މި ފަދަ ކަންތައް ނިންމަން ވާނީ ޓެކްނިކަލް ހޯދުންތަކުގެ އަލީގަ އެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ ކުރެވޭ ޚަރަދަށް ބަލައިފަ އެވެ. އެއިރުން ކުރެވޭ ޚަރަދުގެ ތެރެ އަށް މަސައްކަތް ދެމެހެއްޓޭ ވަރުގެ ފައިދާއެއް ލުމަށް ފަހު އެއީ ސިޔާސީ ގޮތުން "ވިއްކާލެވޭނެ" އަގެއްތޯ ބަލައި، ކަމާ ބެހޭ ފަރާތަށް ގޮތެއް ނިންމުމަށް ފަސޭހަވާނެ އެވެ.

އެއާޕޯޓުން މާލެ އަށް އަންނަ ބަސް ހުއްޓާ ތަނުން މާލޭގެ އެތެރޭގައި ދުއްވާ ޓެކްސީ ފަސޭހަ އިން ލިބޭނެ ނިޒާމެއް ވެސް ގާއިމު ކުރެވިފައި އޮންނަން ބޭނުން ވެ އެވެ. އެއިރުން އެއާޕޯޓުން ފޮށިތަންމަތި ހިފައިގެން އަންނަ ދަތުރުވެރިންނަށް އެ މީހުން ދާން ބޭނުންވާ ތަނަކަށް ދިއުމަށް ފަސޭހައިން ދިއުމުގެ މަގު ތަނަވަސް ވެފައި އޮންނާނެ އެވެ.

ފާލަން ހުރަސްކޮށް ހުޅުމާލެ އަށް ދިއުމަށް ސަތޭކަ ރުފިޔާ މާ ބޮޑެވެ. މި ކަމުގައި "ޕުލަސް ޕުލަސް" ވިސްނުމެއް ގެންގުޅެވިދާނެ އެވެ. ޓެކްސީ ދަތުރުކުރަން ވާނީ މީޓަރުގަ އެވެ. ފާލަމުގައި ދަތުރުކުރުމަށް މިހާރު ވެސް ނެގުން ލަސްވެފައި އޮތް ފީ ނަގަން ފެށުމުން އެ ފީއެއް ދަތުރުކުރާ ފަސިންޖަރުން އަތުން ނެގިދާނެ އެވެ. އަދި ކަނޑު ހުރަސްކޮށް އެހެން ރަށަކަށް ދާތީވެ އިތުރު ކުޑަ ފީއެއް ނެގިދާނެ އެވެ. މިއީ މީޓަރުން ދައްކާ އެއްޗެއްގެ ތެރެއަށް އިތުރުވާނެ އެއްޗެކެވެ.

ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ޓެކްސީ ޑުރައިވަރު އެހެން މީހެއްގެ ކާރެއްގައި ޓެކްސީ ކުރާ ނަމަ ކާރުގެ ވެރިފަރާތަށް ދުވާލަކަށް ވަކިވަރަކަށް ފައިސާ ދޭން ޖެހެ އެވެ. މެލޭޝިއާ ކަހަލަ ބައެއް ގައުމުތަކުގައި ވަރަށް ފަހާ ޖެހެންދެން ޓެކްސީ ދުއްވުމުގެ ހުއްދަ ދެނީ ވަކި ފަރާތަކަށް ނުވަތަ ކުންފުންޏަކަށެވެ. އެ ގޮތަށް ހުއްދަ ހޯދާ ފަރާތް ވަނީ ވަރަށް ބާރު ގަދަ ނުފޫޒު ގަދަ ފަރާތަކަށެވެ. ޓެކްސީ ދުއްވާ މީހުން ކާރު ހޯދަން ޖެހެނީ އެ ފަރާތުންނެވެ. އަޅުގަނޑަށް މަޢުލޫމާތު ލިބުނު އިރު ވެރިފަރާތަށް ދޭން ޖެހެނީ ދުވާލަކަށް ފަންސާހަކަށް ރިންގިޓެވެ. ކާރުގެ ހުރިހާ ކަމެއް ބަލަހައްޓަން ޖެހެނީ ކާރު ދުއްވާ މީހާ އެވެ. ވަކި މުއްދަތަކަށް ފަހު ޓެކްސީ ދުއްވާ މީހާ ބޭނުންވެއްޖެ ހިނދެއްގައި އޭނާ އަށް ކުޑަ އަގަކަށް އެ ކާރު ގަތުމުގެ ފުރުޞަތު ދެ އެވެ. ޓެކްސީ ކުރުމުގެ ފުރުސަތެއް ނޫނެވެ.

ރާއްޖޭގައި ބައެއް ޓެކްސީ ޑުރައިވަރުން ދޭން ޖެހެނީ ދުވާލަކަށް ބޮޑުވެގެން 150 ރުފިޔާ ކަމަށް ބުނާތީވެ އިވެ އެވެ. ގިނަގިނަ އިން ޓެކްސީ މަރާމާތު ކުރަން ޖެހެނީ ޓެކްސީ ކުރަން ނުވާ ވަރުގެ ކާރު ޓެކްސީގެ ގޮތުގައި ދުއްވާތީ ވެ އެވެ. މިއީ ވެސް ހަމައަކަށް އަޅުވަން ޖެހޭ ކަމެކެވެ. "އަޑު ގަދަ މީހާގެ ރުއް ގިނަ" ވި ޒަމާން މިހާރު ހިނގައްޖެ އެވެ. މިހާރު ކަންތައް ކުރެވެން ވާނީ ކޮންމެވެސް ހަމައެއްގެ މައްޗަށް ބެލެވިގެންނެވެ.

ސިނަމާލެ ބްރިޖުގައި ދުއްވާފައި ދާ ބައެއްގެ ފަހަތުން އެމްޕީއެލްގެ ބަސް ދަތުރުކޮށްފައި ދަނީ: ބަސް ދަތުރުތައް އެމްޓީސީސީއާ ހަވާލުކުރަން ސަރުކާރުން ވަނީ ނިންމާފައި --ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ހުޅުމާލެ އަށް ބަސް ދަތުރު ކުރުމުގެ ކަންތައް އެމްޓީސީސީއާ ހަވާލުކުރުމަކީ ވަރަށް ރަނގަޅު ނިންމުމެކެވެ. ޕޯޓުސް އޮތޯރިޓީން އެކަން ކުރަން ވި ސަބަބެއް އަޅުގަނޑަށް ނުވިސްނުނެވެ. އެހެން ނަމަވެސް މަގު ހެދުމާއި ކާނު ސާފު ކުރުން ފަދަ ކަންތައްތައް ހައުސިން މިނިސްޓުރީން ކުރި ސަރުކާރެއްގައި އެއީ ނުވާނެ ކަމަކަށް ބެލެވިގެން ނުވާނެ އެވެ. ސަރުކާރުން މި ގެނައި ބަދަލުން ހުޅުމާލެ އަށް ދަތުރުކުރާ ޓެކްސީތަކުން އަންނަ ހޫނު ވައި ތަންކޮޅެއް ފިނި ވެދާނެ އެވެ. އެއާޕޯޓަށް ދަތުރަށް ދާ މީހުންނަށް ޚާއްސަ ބަހެއް ބޭއްވިދާނެ އެވެ. އެ މީހުން ބޭނުންވާ ތަކެތި ވެސް ގެންދެވޭ ގޮތަށެވެ. ހުޅުމާލެ އަށް ދާން ބޭނުންވާ މީހުންނަށް ދަތުރުކުރުމަށް ތަފާތު ގޮތްގޮތް އޮތުމަކީ ރަނގަޅު ގޮތެކެވެ. އެއިރުން އެމީހެއްގެ ޖީބަށް ލުއިވާ ގޮތަކަށް ދަތުރު ރޭވުމުގެ ފުރުސަތު އޮންނާނެ އެވެ. އެއްގަމު މަގުން ދަތުރުކުރަން ބޭނުން ވާ މީހުން އެއްގަމު މަގުން ދަތުރު ކުރާށެވެ. ކަނޑު މަގުން ދަތުރުކުރާ މީހުން ކަނޑުމަގުން ދަތުރު ކުރާށެވެ. އެއާޕޯޓުން މާލެ އަށް އަންނަ ބަސް ހުއްޓާ ތަނުން މާލޭގެ އެތެރޭގައި ދުއްވާ ޓެކްސީ ފަސޭހަ އިން ލިބޭނެ ނިޒާމެއް ވެސް ގާއިމު ކުރެވިފައި އޮންނަން ބޭނުން ވެ އެވެ. އެއިރުން އެއާޕޯޓުން ފޮށިތަންމަތި ހިފައިގެން އަންނަ ދަތުރުވެރިންނަށް އެ މީހުން ދާން ބޭނުންވާ ތަނަކަށް ދިއުމަށް ފަސޭހައިން ދިއުމުގެ މަގު ތަނަވަސް ވެފައި އޮންނާނެ އެވެ.

ކުރިން ދެންނެވި ޚިދުމަތްތައް ލިބެން ހުންނަ ކަމަށް ވާ ނަމަ 100 ރުފިޔާ ދެއްވައިގެން ޓެކްސީގައި ހުޅުމާލެ އަށް ވަޑައިގަންނަވާނަންތޯ އެވެ؟ ޓެކްސީ ޑުރައިވަރަށް 500 ރުފިޔާގެ ޓިޕްސް ދެއްވާ ބޭފުޅުން ވަޑައިގެންފާނެ އެވެ.

34 ކޮމެންޓް, 26 ރިއެކްޝަންސް

icon happy icon happy 85%
icon sad icon sad 4%
icon angry icon angry 12%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދިރާށާ

13 May 2019

މި ލިޔުމައް ދިރާސީ ހިޔާލެއް ދެން ހެއްޔެވެ. މި މާލޭގައި ޓެކްސީ ހޯދަން ދަތިވާ އެންމެ ބޮޑު ސަބަބަކި ބޮޑު އާބާދީ އެއް އޮތުމެވެ. މިސާލަކައް 20000 މީހުންނައް 1500 އެއްހާ ކާރުން ހިދުމަތްދެވިދާނެ ތޯއެވެ

The name is already taken The name is available. Register?

ނަން

16 January 2019

ތިކަން ހައްލުކުރެވެން އޮތީ އެންމެ ގޮތަކުން. އެއީ ކުންފުނިތަކުން ޓެކްސީ ކުރުން. ވަކިވަކި މީހުން އަމިއްލައަށް ޓެކްސީ ކުރާހާ ހިނދަކު ތިކަމެއް ލާހިކެއްނޫން ހައްލު ކުރާކަށް.

The name is already taken The name is available. Register?

ބުލޭ

15 January 2019

މިލިޔުން ލިޔުނު މީހާ އަށް އިނގޭ ބާ މިޙާރު ޓެކްސީ ދުވަހު ކުއްޔަށް ދޭ ރޭޓް ތަންކޮޅެއް ބަލާލާ ފަ އެއްޗެހި ލިޔަން ފެނޭ

The name is already taken The name is available. Register?

މަރޭމިތުރާ

15 January 2019

ރައްޔިތުންނަށް ދަތުރުގެ ހިދުމަތް މިފެންވަރަށް ގޮސްފައިވަނީ ސަރުކާރުތަކުގެ ދޯހަޅިކަމުގެ ސަބަބުން.ރަނގަޅު ޕަބްލިކްޓުރާސްޕޯރޓަކީ ކޮންމެ ގައުމަކަށް ބޭނުންވާނެ އެއްޗެއް. ހަމައެކަނި ޓެކްސީތަކަށް ބަރޯސާވެގެން ތިބެން ސަރުކާރުތަކުން ރައްޔިތުންނަށް ދަސްކޮށްދީފައި އޮތީ އިނގޭތޯ.

The name is already taken The name is available. Register?

މަރޭމިތުރާ

15 January 2019

ޓެކްސީއަށް މީހުން އިތުރައްއެރީމާ ހަމަ އެކަނި މައްސަލަޖައްސައި ފޯނުކުރަނީ ކަސްޓަމަރުކާރީ ނާއަހައި ކާރުހުއްޓާލައި އެހެންފަސެންޖަރު އަރާތީ![އޭނާއެރިޔަސް އޯކޭހޭ]ބުނެފިއްޔާ އޭނަ އެމީހަކު އަރުވަން އޯކޭވެސްދޭ! އެކަމަކު އެއަރާވަގުތަކު ކާރުގައި އެވަގުތު އިންނަ ފަސެންޖަރުވެސް އެއްޗެއް ގިނަފަހަރަށްނުބުނޭ. ސބަބަކީ އޭނަޔަށް އެވަގުތު ވިސްނެނީ އޭނަޔަށް ކާރުލިބުނީވެސް އެތައްއިރެއްގެ ފަހުންކަމުން.

The name is already taken The name is available. Register?

ރާވެރިބެ

15 January 2019

މާރޭމިތުރާ ... ރަނގަޅުވީހެއްނު އާޓިކަލްއެއް ލިޔެ ފޮނުވިނަމަ ...

The name is already taken The name is available. Register?

މަރޭމިތުރާ

15 January 2019

ކަސްޓަމަރުންނެއް ޓެކްސީތަކަށް އަރަނީތޯ ނުވަތަ އަރުވަނީތޯ؟ މީވެސް މިހާރު ކިރާލަންވެއްޖެ ބަހެއް! އަޅުގަނޑު ގަބޫލެއްނުކުރަން ފަސިންޖަރުން އަރުވަނީކަމަކަށް އަޅުގަނޑު ދަންނަވާނީ އިތުރައް އަރަނީއޭ އިނގޭތޯ! ކޮންމެ ކޮންމެ ފަހަރަކު ހާދަގިނަމީހުން ޓެކްސީތަކަށް އަރުވާގެން ޑުރައިވަރުން ދެއޭބުނާބުނުން އެއީ ހަގީގަތެއްނޫން.

The name is already taken The name is available. Register?

ތުނިޔަ

15 January 2019

ހަމަ ގަދަކަމުން އަރަނީތޯ؟ އަނެއްކާ ޑްރައިވަރަށް އެނގިގެންބާ އަރަނީ؟

The name is already taken The name is available. Register?

މަރޭމިތުރާ

15 January 2019

ޕާރކިންގ ކަންތައް ހައްލުކުރަން އަޅުގަނޑުގެ ވިސްނުން؛......... ގަލޮޅުދަނޑު އެހެން ތަނަކަށް ބަދަލުކޮށް އެތަނުގައި ޕޭޕާރކިންގ އަކަށްހެދުން3 ބުރިއަށް. މަތީގައި ޝޮޕިންގ މޯލެއް ހުއްޓަސް އޯކޭ. މަޖީދީމަގުގެ އެކީޕާރކިންނަގައި ދެފަރާތުންދުއްވޭގޮތައްހެދުން. އާއްމުކޮށް ޝޮޕިންގ އަށްދާމީހުންނަށް އެންމެ ތިރިންދޭނީ . މިޕާރކިނގުގަ ޕާރކުކުރާ އުޅަނދު ރޭގަނޑު10.00 އިން ގެންދަންޖެހޭގޮތައް.އަދި އެތަން ބެލުމަށް ސެކިއުރިޓީ ގާޑުން ހަމަޖައްސައި ލިޔެ ނޯޓުކުރެވޭގޮތައް.

The name is already taken The name is available. Register?

މަރޭމިތުރާ

15 January 2019

ވެރިންނަށް ޑުރައިވަރުން ފައިސާ މިގޮތައްދޭއިރު ކާރުގެ މައްސަލަޖެހިފައި ނުދުއްވާދުވަސްތަކަށްވެސް ގިނަވެރިން ޑުރައިވަރުއަތުން އެދުވަހެއްގެ ފައިސާނަގާ އިނގޭތޯ. ރޯދަމަހަކަސް މަދު ވެރިއަކު ނޫނިއްޔާ އިނާޔަތެއްގެ ގޮތުން ޑުރައިވަރަށް ލުޔެއްވެސްނުދޭ! އެކަމަކު ބައެއް ވެރިން ރޯދަމަހަކީ އަޅުކަމުގެ މައްސަރުކަމަށްވާތީ ރޯދަމަހު ވެރިމީހާއަށް ދޭންޖެހޭ އަގުގެ ސަތޭކަރުފިޔާ، އަނެއްބައިމީހުން 50ރ ކަނދައިދޭ!

The name is already taken The name is available. Register?

ދާދޭ

15 January 2019

ގިނަ ޑްރައިވަރުން ކާރުގެ ވެރިމީހާއަށް ފައިސާ ނުދީ ބުނަނީ މަރާމާތު ކުރީއޭ ކިޔާފައި ފޭކު ބިލެއް ވެރިމީހާއަށް ދަކާ މައްސަލައަށްވެސް ހައްލެއް އެބައަންނަން ޖެހެއެވެ. ގަރާޖުތަކުގެ ލިޔެކިއުންތައް މީރާއިން ޗެކްކުރަން އެބަޖެހެއެވެ. ވަރަށް ބޮޑެތި އޮޅުވާލުންތައް ޓެކްސީތަކުގެ ވެރިންނަށް ޑްރައިވަރުން އެބައޮޅިވާލައެވެ.

The name is already taken The name is available. Register?

މަރޭމިތުރާ

15 January 2019

ދާދޭއަސް. އެއްވެސް ގަރާޖަކުން ކޯޓޭޝަންއެއް މިހާރަކު ނުދޭނެ މަރާމާތުނުކުރަންޏާ! އަނެއްކާ ވެރިމީހާއަސް އެޖެހޭ މައްސަލަތައް ޑުރައިވަރުން އަންގާނެ އޭނާ ބަލަންވެސް އަންނާނެ. އޮޅުވާލުމެއްއޮޅުވާލެވެން ނޯންނާނެ. އަނެއްކާ ދުވަހުން ދުވަހަށް ފައިސާދޭންޖެހޭއިރު މަރާމާތްވެސް ޑުރައިވަރުކުރާނީ އިނގޭ.އެންމެ ދުވަހަކު ފައިސާދިނުން ލަސްވިޔަސް ވެރިން ޑުރައިވަރުބަދަލުކުރޭ!

The name is already taken The name is available. Register?

މަރޭމިތުރާ

15 January 2019

ސެންޓަރުން އާއްމުކޮށް ޑުރައިވަރުކުށެއް ކޮށްފިއްޔާ އެމީހަކަށް ދަތުރު ދިނުން މަދުކަނޑާލާނެ! އެކަމަކު މިހާރުވާގޮތަކީ ދަތުރުތައް ގިނަކަމުން އެއަދަބު އަދަބަކަށްވެސްނުވޭ! އަޅުގަނޑުމެންވެސް އެދެނީ އާއްމުންނަށް މިހިދުމަތް މިއަށްވުރެ ފުޅާވުން. ބަސްދަތުރުވެސް ދިނުން. އެކަމަކު ޕެޓްރޯލަކީ ދުނިޔޭގައި ވަރަށް ބަދަލުވާ އެއްޗަކަށްވާތީ މިހާރު ގައުމުތަކުން އެލްޕީޖީއަށް ބަދަލުކުރަނީ އިނގޭތޯ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454