07 މާޗް

March 07, 2018 42
އެންޓި ޑިފެކްޝަން ބިލަށް އައްޑޫ ޝަރީފް ތާއީދުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިޚާބުވާ ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތް ހަދަން ސަރުކާރުން ހުށަހެޅި އެންޓި ޑިފެކްޝަން ބިލަށް މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) މިއަދު ތާއީދު ކުރައްވައިފި އެވެ.

05 މާޗް

March 05, 2018 52
ފުލުހުން ނުފޫޒެއްގެ ތެރޭގައި، ތެދެއްތަ؟

ކޮންމެ ސަރުކާރެއްގައި ވެސް ހަމަ އެ މައްސަލަ އެވެ. ސަލާމަތާއި ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުމުގެ ޒިންމާ ހަވާލުކޮށްފައިވާ ފުލުހުންގެ ނާއިންސާފުގެ ވާހަކަ އެވެ. އޭރަކު އޮންނަ ސަރުކާރެއް ބުނާހާ ގޮތެއް ހަދާ ކަމުގެ ޝަކުވާ އެވެ. ތަހުގީގުތަކުން ފެށިގެންގޮސް މީހުން ހައްޔަރުކުރުމާ ހަމައަށް ވެސް ސިޔާސީ ނުފޫޒު ފޯރުވާކަމުގެ...

01 މާޗް

March 01, 2018 15
ތެޔޮ ބޯޓުގެ މުއާމަލާތް އިދިކޮޅުގެ ބޮލުގައި އަޅުވައިފި!

އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކާ އެކު މަނާ މުއާމަލާތްތަކެއް ހިންގި ކަމަށް ޖަޕާނުގެ ފޮރިން މިނިސްޓްރީން ބުނާ ރާއްޖޭގެ ތެޔޮ ޓޭންކަރަކީ ސިޔާސީ އިދިކޮޅު ފަރާތްތަކުގެ ރޭވުމެއް ކަމަށް ޕީޕީއެމުން މިއަދު ތުހުމަތުކޮށްފި އެވެ.

27 ފެބުރުއަރީ

February 27, 2018 24
އީޔޫގެ އިންޒާރުން ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިވެއްޖެ

ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލައި، ސިޔާސީ ބޭފުޅުން މިނިވަން ނުކޮށްފި ނަމަ ރާއްޖެއާ މެދު ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދިނުމާއެކު ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިވެފައިވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

February 27, 2018 49
އީޔޫ ގަރާރާ ގުޅިގެން މަޝްވަރާއަށް ގޮވާލައިފި

ރާއްޖޭގެ ހާލަތު ރަނގަޅު ކުރުމަށާއި އެހެން ނޫން ނަމަ ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރުދީ، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިއްޔެ ފާސްކުރި ގަރާރާ ގުޅިގެން މަޝްވަރާ ކުރުމަށް،...

February 27, 2018 65
އީޔޫގެ ވަރުގަދަ އިންޒާރު: މިއީ ކުޑަ ކަމެއް ނޫން!

އިދިކޮޅު ސިޔާސީ ޕާޓީތަކުން ބޭނުންވި ގޮތަށް، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ސަރުކާރުގެ އިސް ވެރިން ނުވަތަ ރާއްޖެއާ މެދު ފިޔަވަޅެއް ނޭޅި އެވެ. އެހެންކަމުން، ސަރުކާރަށް އެއްވެސް...

26 ފެބުރުއަރީ

February 26, 2018 16
ޕާޓީތަކުގެ ލީގަލް އެޑްވައިޒަރަކަށް ބެން އެމާސަން

އދ. އިން މެދުވެރިއެއްގެ ރޯލު އަދާކުރާ ގޮތަށް ސަރުކާރާ އެކު ކުރާ މަޝްވަރާތަކުގައި އިދިކޮޅު ޕާޓީތަކުގެ ލީގަލް އެޑްވައިޒަރަކަށް އިނގިރޭސި ވިލާތުގެ ގާނޫނީ ވަކީލް ބެން އެމާސަން ހަމަޖައްސައިފި އެވެ.

25 ފެބުރުއަރީ

February 25, 2018 26
ޕީޕީއެމުން މަގުމަތީގައި ހަރަކާތެއް ނުބާއްވަން: ނިހާން

ވެރިކަން ކުރާ ޕީޕީއެމް އާއި ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްގެ އޮފީހުން (މެޑަމް އޮފީސް) މަގުމައްޗަށް ނުކުމެ، ރައްޔިތުންނަށް ޖެއްސުން ކުރުމުގެ ނިޔަތުގައި ހަރަކާތްތައް ނުބާއްވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު މިއަދު ވިދާޅުވެއްޖެ އެވެ.

February 25, 2018 29
ގާސިމްގެ ވާހަކައަކީ ވެރިކަން ވައްޓާލުމުގެ އިއުތިރާފެއް

ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ގާސިމް އިބްރާހިމް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެވުނު ބަސްފުޅަކީ، ރާއްޖޭގެ ވެރިކަން ވައްޓާލަން އަމިއްލައަށް...

February 25, 2018 11
ޒިންމާ އަދާކުރަނިކޮށް ވަޒީފާއިން ގެއްލުމުން ބަދަލު ދޭނެ

ގާނޫނު އަސާސީން މަތިކޮށްފައިވާ ޒިންމާ އަދާކުރަމުން ދަނިކޮށް މި ސަރުކާރުން ވަޒީފާއިން ވަކިކުރާ މީހުންނަށް އިދިކޮޅު ފަރާތްތަކުގެ ސަރުކާރެއްގައި ބަދަލުދޭނެ ކަމަށް އިދިކޮޅު...

23 ފެބުރުއަރީ

February 23, 2018 60
މަޖިލީހުގެ މެޖޯރިޓީ އަލުން ހޯދާނަން: ފަލާހް

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ޖަލްސާތައް ފެށުމާއެކު ވެރިކަން ކުރާ މައި ޕާޓީ ޕީޕީއެމުން މަޖިލީހުގެ މެޖޯރިޓީ އަލުން ހޯދާނެ ކަމަށާއި އިދިކޮޅުގައި ތިއްބެވި ބައެއް މެމްބަރުން ވެސް މިހާރު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެ އެވެ.

21 ފެބުރުއަރީ

February 21, 2018 11
ސުޕްރީމް ކޯޓުގައި އޮތީ ސިފައިންގެ ބާރު: ސައުދު

ސުޕްރީމް ކޯޓު އޮތީ ސިފައިންގެ ބާރުގެ ދަށުގައި ކަމަށާއި އެ ކޯޓު މެދުވެރިކޮށް ސަރުކާރަށް އިތުރު ބާރުތަކެއް ނަގަން މަސައްކަތް ކުރަމުން އަންނަ ކަމަށް، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.

20 ފެބުރުއަރީ

February 20, 2018 35
"މިލިއަނުން ޑޮލަރު ހުށަހެޅިޔަސް ނުގުޑާނެ: އަމީތު

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުންނަށް ސަރުކާރުން މިލިއަނުން ޑޮލަރު ހުށަހެޅިޔަސް، އެކަމަށް ނުގުޑާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު މިއަދު ވިދާޅުވެއްޖެ އެވެ.

February 20, 2018 7
ގަރާރު ފާސްކުރި ކޮމެޓީ ސައްހައެއް ނޫން: އިބޫ

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ނެރުނު ގަރާރު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީން ފާސް ކުރަން ނިންމި ނިންމުން، ސައްހަ ނުވާނެ ކަމަށް އެމްޑީޕީ ޕާލަމެންޓްރީ...

February 20, 2018 39
އަދަދު ހަމައެއް ނުވި، މިއީ "ބާތިލް" ހާލަތެއް؟!

ރައްޔިތުންގެ މަޖިލީހަށް ރައީސް އަބްދުﷲ ޔާމީން ހުށަހެޅުއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރާ ގުޅޭ ގޮތުން ޕީޕީއެމްގެ މެމްބަރުން އެއް ކަމަކަށް އެއްބަސްވެވަޑައިގަންނަވަ އެވެ؛...

19 ފެބުރުއަރީ

February 19, 2018 75
"ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގަރާރު ފާސްކުރާނަން"

މިއަދު ހެނދުނު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާ އަށް ހުށަހެޅި، ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ސަރުކާރުން ބޭނުންވާ ގޮތަށް، މަޖިލީހުގެ ތަޅުމުން ފާސްކުރާނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވެއްޖެ އެވެ.

17 ފެބުރުއަރީ

February 17, 2018 60
އދ. އިން ލީޑަރުންނާ މަޝްވަރާ ކުރަން ނިންމައިފި

އިދިކޮޅު ފަރާތްތަކުން ގޮވާލި ގޮވާލުމަށް އިޖާބަދީ، ރާއްޖޭގެ ސިޔާސީ މަސްރަހު ހައްލުކުރުމަށް އދ. އިން ސިޔާސީ ލީޑަރުންނާ ބައްދަލުކޮށް، މަޝްވަރާ ކުރުމަށް ނިންމައިފި އެވެ.

16 ފެބުރުއަރީ

February 16, 2018 60
ޚުތުބާ އިސްލާމީ ޝަރީއަތާ ހިލާފެއް ނުވާނެ: ޒިޔާދު

މިއަދުގެ ހުކުރު ޚުތުބާ އިސްލާމީ ޝަރީއަތާ ޚިލާފު ނުވާނެ ކަމަށާއި އޭގައި ބަޔާން ކޮށްފައި ވާނީ ހަދަހަދައިގެން ދައްކާފައި ހުރި ވާހަކަތަކެއް ނޫން ކަމަށް ވިދާޅުވެ، އިސްލާމިކް އެފެއާޒް...

February 16, 2018 54
"ޚުތުބާ ސިޔާސީވެ ދީން ހަތިޔާރަކަށް ހަދާތީ ކަންބޮޑުވޭ"

ހުކުރު ޚުތުބާ އިންތިހާ އަށް ސިޔާސީކޮށް، އިސްލާމް ދީން ސިޔާސީ ހަތިޔާރަކަށް ސަރުކާރުން ހަދަމުންދާ ކަމަށް ބުނެ އިދިކޮޅު ޕާޓީތަކުން މިއަދު ކަންބޮޑުވުންފާޅުކޮށްފި އެވެ.

15 ފެބުރުއަރީ

February 15, 2018 40
މަޝްވަރާ ނުފަށަނީސް އިދިކޮޅާއި ޕީޕީއެމުން ޖެހިއްޖެ

ރާއްޖޭގައި ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކާ ގުޅިގެން އިިދިކޮޅު ޕާޓީތަކާ އެކު މަޝްވަރާ ކުރަން ސަރުކާރުން ދިން ދައުވަތާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ބޮޑެތި ޝަރުތުތަކެއް ކުރިމަތިކުރުމާ އެކު ޕީޕީއެމުން އެ ޝަރުތުތައް ގަބޫލު ނުކުރާނެ ކަމަށް ބުނެފި އެވެ.

14 ފެބުރުއަރީ

February 14, 2018 24
އިމްރާން ދޫކޮށްލަން އދ.ގެ ވޯކިން ގުރޫޕުން ގޮވާލައިފި

ޓެރަރިޒަމްގެ ކުށުގައި ޖަލުގައި 12 އަހަރުގެ ހުކުމެއް ތަންފީޒު ކުރަމުން އަންނަ، އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ވަގުތުން ދޫކޮށްލުމަށް، އދ.ގެ ވޯކިން ގުރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން މިއަދު ސަރުކާރަށް ގޮވާލައިފި އެވެ.

13 ފެބުރުއަރީ

February 13, 2018 75
ރައީސާ ދެކޮޅު ކޮންމެ ނިންމުމަކީ "ބަޣާވާތެއް"؟

ޝަރުއީ ދާއިރާގެ މިނިވަންކަމާ މެދު ސުވާލު އުފައްދައި އިދިކޮޅު ޕާޓީތަކުން އެތައް ފާޑެއް ކިޔަ އެވެ. ޚާއްސަކޮށް، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ހަތަރު އަހަރުގެ ތެރޭގައި ކޯޓުތަކުން، އިދިކޮޅު ގިނަ ލީޑަރުންތަކެއް "ކަސްތޮޅު" އެޅުވި ގޮތުންނެވެ. ގާނޫނުއަސާސީއާ ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލުވާލި...

12 ފެބުރުއަރީ

February 12, 2018 12
ތުހުމަތެއް ނެތި ބަންދުކުރާތީ ފުލުހުންނަށް ފާޑުކިއުން

އެއްވެސް ތުހުމަތަކާ ނުލައި މީހުން ހައްޔަރުކުރުމާއި ބަންދުކުރުން އަދި ފުލުސް އޮފީހަށް ހާޒިރުކުރުމަކީ ފުލުހުން ހިންގާ ގާނޫނާ ޚިލާފު، ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް ބުނެ ފާޑުކިއުން އަމާޒުވެއްޖެ އެވެ.

11 ފެބުރުއަރީ

February 11, 2018 10
އަބްދުއްރަހީމްގެ އަބުރެއް ނެތް: ސަމީރު

ޕީޕީއެމްގެ ނައިބު ރައީސް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އަކީ އަބުރު ގެއްލިފައިވާ ބޭފުޅެއް ކަމަށާއި ގާނޫނީ އިމުގެ ތެރެއިން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި...

February 11, 2018 73
"ބަޣާވާތު"ގެ އަޑީގައި ހުރީ ގާސިމް: އަބްދުއްރަހީމް

ސުޕްރީމު ކޯޓުން އަމުރެއް ނެރެގެން ވެރިކަން ބަދަލު ކުރުމަށް ގެންނަން އުޅުނު "ބަޣާވާތު"ގެ އެންމެ އަޑީގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް ކަމަށް ވިދާޅުވެ،...

10 ފެބުރުއަރީ

February 10, 2018 16
މަންދޫބުންނަށް ގައުމުތަކުން ދިނީ ފުރަގަސް: އިދިކޮޅު

ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން މައުލޫމާތު ދޭން ތިން ގައުމަކަށް ސަރުކާރުން ފޮނުވި މަންދޫބުންނަށް އެ ގައުމުތަކުން ފުރަގަސް ދީފައިވާ ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.

February 10, 2018 67
އަޅުގަނޑަކީ ގޮތް ދޫކުރާ މީހެއް ނޫން: ރައީސް ޔާމީން

އެމަނިކުފާނަކީ ފަސޭހައިން ގޮތް ދޫކުރައްވާ ބޭފުޅެއް ނޫން ކަން އަރިހުގައި މަސައްކަތް ކުރެއްވި ބޭފުޅުން ގަބޫލު ކުރައްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

February 10, 2018 48
މިއީ ގެންނަން އުޅުނު އެންމެ ނުރައްކާތެރި ބަޣާވާތް

ސުޕްރީމް ކޯޓުން ކުރިން ނެރުނު އަމުރަކީ މިހާތަނަށް ރާއްޖެ ގެންނަން އުޅުނު އެންމެ ނުރައްކާތެރި ބަޣާވާތް ކަމަށާއި އެ އަމުރާ ދެކޮޅަށް ނިކުތުމަކީ ފަސޭހަ ކަމަކަށް ނުވި ކަމަށް ރައީސް...