09 ފެބުރުއަރީ

February 09, 2017 60
ނަޝީދުގެ ކުށަކީ ހުދުމުހުތާރުވުން: ރައީސް ޔާމީން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކުށަކީ ޑިމޮކްރަސީގެ ޗެމްޕިއަނެއް ކަމަށް ވަކާލާތު ކުރައްވައި ވެރިކަމަށް ވަޑައިގެން ޑިމޮކްރަސީ އާއި ރައްޔިތުންގެ ހައްގުތަކަކީ އޮތް އެއްޗެއް ކަމަށް...

February 09, 2017 35
ރާއްޖޭގެ ކަންކަމަށް އިނގިރޭސިވިލާތުން ހައްލެއް ނުލިބޭނެ

ރާއްޖެ އަށް ދިމާވާ މައްސަލަތަކަށް އިނގިރޭސި ވިލާތުން ހައްލެއް ނުލިބޭނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

08 ފެބުރުއަރީ

February 08, 2017 13
ރިޔާސީ ބަޔާނުގައި ވަނީ ދޮގާއި އޮޅުވައިލުން: އިބޫ

މިދިޔަ ހޯމަދުވަހު ރައީސް އަބްދުﷲ ޔާމީން އިއްވެވި ރިޔާސީ ބަޔާނަކީ، ރައްޔިތުންނަށް އެއްވެސް އުންމީދެއް ނުދެއްވައި، ދޮގުތަކާއި އޮޅުވައިލުމުގެ މައްޗަށް ބިނާކުރައްވާފައިވާ ރިޔާސީ ބަޔާނެއް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، ހިންނަވަރު ދާއިރާގެ އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.

06 ފެބުރުއަރީ

February 06, 2017 61
މަޖިލިހުގެ އަޣުލަބިއްޔަތު ސަރުކާރަށް ގެއްލޭނެ: ނަޝީދު

ރައީސް އަބްދުﷲ ޔާމީން ވެރިކަމުން ދުރުކުރަން އިދިކޮޅު އެންމެން ގުޅިގެން އުފެއްދި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އަށް ކުރެވުނު މާ ބޮޑު ކަމެއް ނެތެވެ؛ އޭގެ ބަދަލުގައި ފެންނަނީ، އެމްޔޫއޯގެ ތެރެއިން ފިކުރު ބައިބަޔަށް އިއްތިހާދުވެގެން އުޅޭ މަންޒަރެވެ. އެކަމަކު އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި، ކުރީގެ ރައީސް...

02 ފެބުރުއަރީ

February 02, 2017 46
ޖަލަށް ލިއަސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ނަޝީދު

ރާއްޖެ އަށް އެނބުރި ވަޑައިގެންފި ނަމަ އަނެއްކާވެސް ޖަލަށް ގެންދާނެ ކަމަށާއި އެހެންވިއަސް ވަގުތު ޖެހުމުން ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ސްރީ...

February 02, 2017 56
ބަނދެފައި ވާދަކުރިއަސް ޕީޕީއެމް ބަލިވާނެ: ނަޝީދު

ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ރައީސް އަބްދުﷲ ޔާމީނަށް ކެރިވަޑައިނުގެން ލަސްކުރައްވަނީ، އެމްޑީޕީގެ ހަތަރެސްފައި ބަނދެފައި ވާދަކުރިއަސް ޕީޕީއެމް ބަލިވާނެ ކަން...

25 ޖެނުއަރީ

January 25, 2017 24
މަންދޫބުންގެ ނަން އދ. އަށް ފޮނުވަން އެދުނު: ނަޝީދު

ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި އިދިކޮޅު އެމްޑީޕީން ބައިވެރިވާނެ މަންދޫބުންގެ ނަންތައް ސީދާ އދ. އަށް ހުށަހަޅަން އެ ޖަމާއަތުން އެދިފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

24 ޖެނުއަރީ

January 24, 2017 82
ރައީސް ޔާމީނާ ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓު ކޮބާ؟

ދެ ވަނަ ދައުރަކަށް ރައީސް އަބްދުﷲ ޔާމީން ހޮވަން، ވެރިކަން ކުރާ ޕީޕީއެމުން ފޯރީގައި ކެމްޕޭން ފަށައިފި އެވެ. ދޮރުން ދޮރަށް ހިނގުމާއި ބައްދަލުވުންތަކާއި އަތޮޅުތަކުގެ ދަތުރުތައް ވެސް ކުރިއަށް އެބަ ދެ އެވެ. އެކަމަކު އެމަނިކުފާނާ ވާދަކުރައްވާނެ އިދިކޮޅު ހަރަކާތްތައް މިވަނީ ފަނޑުވެފަ އެވެ. އިދިކޮޅު އެއްވެސް ހަރަކާތެއް، ކެމްޕޭނެއް އަދި...

12 ޖެނުއަރީ

January 12, 2017 19
ލޯކަލް އިންތިޚާބު ވަކި ޕާޓީއެއްގެ މަސްލަހަތަށްތަ؟

ރާއްޖެ އަށް ލާމަރުކަޒީ ނިޒާމު ތައާރަފް ކުރީ ވެސް، އޭރުގެ ވެރިކަން ކުރި ފަރާތްތަކާއި އިދިކޮޅު ފަރާތްތަކުގެ މެދުގައި ހިނގި ސިޔާސީ ކޯޅުންތަކެއްގެ ތެރެއިން، އެއް ބަޔަކު އަނެއް ބަޔަކަށް ޖެއްސުން ކުރުމުގެ ވިސްނުމެއްގަ އެވެ. ނަތީޖާއަކަށް ވީ، ރާއްޖޭގެ ލާމަރުކަޒީ ނިޒާމު، ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑު އަދި ހިންގަން ވެސް އުނދަގޫ...

02 ޖެނުއަރީ

January 02, 2017 20
"ޖަރީމާ ހިންގައިފި، ބަދަލަކަށް މަސައްކަތް ކުރަންޖެހޭ"

ކޮރަޕްޝަނާއި ވައްކަމާއި ފަސާދަ އާއި ހައްގުތައް ނިގުޅައިގަތުން ފަަދަ ރައްޔިތުންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް މިދިޔަ އަހަރު ދީފައިވާ ކަމަށާއި އިދިކޮޅު ހުރިހާ ފަރާތްތަކުން އެއްބާރު ލައިގެން ބަދަލަކަށް މަސައްކަތްކޮށްފި ނަމަ ރާއްޖެ ނުރައްކަލުން މި އަހަރު ސަލާމަތްކުރެވޭނެ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

22 ނޮވެމްބަރ

November 22, 2016 60
އަސާސީ ހައްގެއް ހަނިކުރުމުގެ އެހެން ބޮޅެއް

ގާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ އިންތިހާބުތަކަށް ކުރިމަތިލުމުގެ ހައްގު އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ލިބިގެންވާ ކަމަށެވެ. އެއީ ގާނޫނުއަސާސީގައި ބަޔާންކުރާ އަސާސީ ހައްގެކެވެ. މިހާ ސާފުކޮށް އޮތް ކަމެއްގައި، މި ހައްގު ނިގުޅައިގަނެވޭ ގޮތަށް، ސިޔާސީ ޕާޓީތަކުގެ ގާނޫނަށް، ސަރުކާރަށް ތާއީދު ކުރައްވާ...

14 ނޮވެމްބަރ

November 14, 2016 15
ވޯޓު ވަގަށް ނެގިޔަ ނުދޭން އެންމެން ވޯޓުލާން ގޮވާލައިފި

އަންނަ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި "ވޯޓު ވަގަށް ނެގުމުގެ ފުރުސަތު" ނުލިބޭނީ އެންމެން ވޯޓުގައި ބައިވެރިވެގެން ކަމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން މިއަދު ބުނެފި އެވެ.

08 ނޮވެމްބަރ

November 08, 2016 48
މައުމޫނާއި ގާސިމް މަސައްކަތް ކުރަނީ ހަމަޖެހުން ނަގާލަން

ޕީޕީއެމް ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މަސައްކަތް ކުރައްވަނީ ގައުމުގެ ހަމަޖެހުން ނަގާލަން ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން މިއަދު ބުނެފި އެވެ.

November 08, 2016 52
އަސްލު ސައިޒް ފެންނަން އަދި ގާތް ވެސް ނުވޭ!

މިދިޔަ ހުކުރު ދުވަހުގެ ރޭ ރައީސް ޔާމީންގެ ޕީޕީއެމް ފެކްޝަނުން، ބޭއްވި ޖަލްސާ އަށް އެތައް ފާޑުކިޔުމެއް އަމާޒުވި އެވެ. އެންމެ ފުރަތަމަ، ސަރުކާރު އޮފީސްތަކުގެ މުވައްޒަފުންނާއި...

November 08, 2016 31
އީސީގެ މިނިވަންކަމާ މެދު ބޮޑެތި ތުހުމަތުތަކެއް؟

ރާއްޖޭގައި އަލަށް، އީ ވޯޓިން ތައާރަފް ކުރަން އުޅުމުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އަމާޒުކުރި ފާޑުކިޔުންތަކަށް ކޮމިޝަނުން ދިން ރައްދަކީ މި އެވެ؛ "ކޮމިޝަން މިނިވަންތޯ ނުވަތަ...

06 ނޮވެމްބަރ

November 06, 2016 25
ފުރުސަތު ދީ، އަސްލު ސައިޒު ދައްކާލާނަން: އެމްޑީޕީ/އަދާލަތު

ރައީސް އަބްދުﷲ ޔާމީން ވެރިކަން ކުރައްވާ ގޮތާ މެދު ރައްޔިތުން ހިތްހަމަނުޖެހި، މާޔޫސްވެފައި ތިބި މިންވަރާއި ސަރުކާރުގެ ސައިޒު، އިދިކޮޅު ފަރާތްތަކަށް ކުޑަ ފުރުސަތެއް ދިނަސް ދައްލާނެ ކަމަށް އެމްޑީޕީ އާއި އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.

05 ނޮވެމްބަރ

November 05, 2016 13
ފެނުނީ ކޮރަޕްޓުވެ ހާލުގައި ޖެހިފައިވާ މަންޒަރު: ޖަމީލް

ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން އަލިމަސްކާނިވަލުގައި ރޭ ބޭއްވި ޖަލްސާ އިން ފެނުނީ އެމަނިކުފާނުގެ ވެރިކަން ކޮރަޕްޓުވެ، ހާލުގައި ޖެހިފައިވާ މަންޒަރު ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

01 ނޮވެމްބަރ

November 01, 2016 46
"ހިޔާނާތް އެކުލެވޭ އެއްބަސްވުންތައް ބާތިލް ކުރާނަން"

ބިޑް ކުރުމަކާ ނުލައި ރާއްޖޭގެ ރަށްތަކާއި ފަޅުތައް އެހެން ބަޔަކަށް މިލްކުކޮށް ވިއްކުމުގައި އަމަލުކޮށްފައިވާ ގޮތް އެމްޑީޕީގެ ސަރުކާރެއްގައި ތަހުގީގުކޮށް، ހިޔާނާތް އެކުލެވިގެން ހަރު...

November 01, 2016 26
ކޮލަމް ފަސް މިނެޓް: ރައްޔިތުން އަދިވެސް ބަލަނީ ފޮޓޯ

ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި ކެމްޕޭންގެ ތެރޭގައި، ޕީޕީއެމާއި އެމްޑީއޭ ގުޅިގެން، އޮގަސްޓް 20، 2013ގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު...

10 އޮކްޓޯބަރ

October 10, 2016 27
ރައީސް ފުވައްމުލަކަށް ވަޑައިގަތުމުން މުޒާހަރާކޮށްފި

ރައީސް އަބްދުﷲ ޔާމީން މިއަދު ފުވައްމުލަކަށް ވަޑައިގަތުމުން އެ ރަށުގެ ބަޔަކު އެ މަނިކުފާނާ ދެކޮޅަށް މުޒާހަރާކޮށްފި އެވެ.

October 10, 2016 17
ޝައިނީ އަށް ރައްދެއް: "މި ޕާޓީގެ ކަންކަމާ ނުބެހޭ"!

ޕީޕީއެމުން ކަންކުރަންވީ ގޮތް ކިޔައިދެއްވުމުގެ ހައިސިއްޔަތެއް އެމްޑީއޭގެ މެމްބަރަކަށް ނޯންނާނެ ކަމަށް ބުނެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އަށް ޕީޕީއެމުން މިއަދު ރައްދު...

October 10, 2016 74
"ނަޝީދާއި އިމްރާން މަޝްވަރާގައި ބައިވެރި ނުކުރެވޭނެ"

ކޮމަންވެލްތުގެ ގޮވާލުމާ އެއްގޮތަށް، ސަރުކާރާއި ސިޔާސީ ޕާޓީތަކުން ފަށަން ނިންމާފައިވާ މަޝްވަރާތަކުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ...

09 އޮކްޓޯބަރ

October 09, 2016 6
މަޝްވަރާތަކާ މެދު އުއްމީދު އާވެއްޖެ: އިނގިރޭސި ސަފީރު

ސަރުކާރާއި ސިޔާސީ ޕާޓީތަކާ މެދު ބާއްވަން މަސައަކަތް ކުރާ މަޝްވަރާތަކާ އުއްމީދު އާވެފައިވާ ކަމަށް އިނގިރޭސިވިލާތުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް މިރޭ...

October 09, 2016 19
ރައީސް ޔާމީން ދަނީ އެކަނިވެރިވަމުން: ޑރ. ޖަމީލް

ވެރިކަމަށް ވަޑައިގެން ރައްޔިތުންނަށް ނިކަމެތިކަން ލިބޭ ގޮތަށް މި ސަރުކާރުން ކަންކަން ކުރުމުގެ ނަތީޖާއެއްގެ ގޮތުން ރައީސް އަބްދުﷲ ޔާމީން އެކަނިވެރިވާ މަންޒަރު ފެންނަމުންދާ ކަމަށް...

07 އޮކްޓޯބަރ

October 07, 2016 22
"ރައްޔިތުން ބަނޑަށް ޖައްސައި ގައުމު ބަނގުރޫޓްކޮށްފި"

އަސާސީ ހިދުމަތްތަކާއި ކާބޯތަކެތީގެ އަގު އިންތިހާ އަށް ބޮޑުކޮށް ރައްޔިތުން ބަނޑަށް ޖައްސައި ގައުމު ދަރަނިވެރިކޮށްފައިވާ ކަމަށް އިދިކޮޅު އިއްތިހާދުން މި ރޭ ކުރިއަށް ގެންދާ މުޒާހަރާގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.

05 އޮކްޓޯބަރ

October 05, 2016 9
"ޕާޓީ ހިންގަންވީ ގޮތް ސަރުކާރުން ކިިޔައިދޭކަށް ނުޖެހޭ"

ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ހިންގުމާ ބެހި، ކަންކަން ކުރަންވީ ގޮތް ސަރުކާރުން ކިޔައިދޭން ނުޖެހޭ ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.

October 05, 2016 23
މަންދޫބުން ބަދަލުކުރަން ޕީޕީއެމުން އެއްބަހެއް ނުވި!

ސަރުކާރާއި ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ބައިވެރިވާނެ މަންދޫބުން ކައުންސިލުން ކަނޑައެޅެން ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީނަށް، ކުރީގެ ރައީސް އަދި...

October 05, 2016 2
އދ. އިން މަޝްވަރާ ކުރިއަށް ގެންގޮސްދޭން އެދިއްޖެ

ސަރުކާރާއި ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި އދ. އިން މެދުވެރިއެއްގެ ރޯލު އަދާކޮށްދިނުމަށް އަދާލަތު ޕާޓީން ހުށަހަޅައިފި އެވެ.

28 ސެޕްޓެމްބަރ

September 28, 2016 21
ކޮމަންވެލްތުން ވަކިވާ އިންޒާރަކީ ދަށު ދަރަޖައިގެ ކަމެއް

ކޮމަންވެލްތު މިނިސްޓްރީއަލް އެކްޝަން ގްރޫޕް (ސީމެގް) އިން ރާއްޖެ އަށް ހުށަހެޅި ކަންކަން އިސްލާހުނުކޮށް އެ ޖަމާއަތުން ވަކިވާން އިންޒާރު ދިނުމަކީ ސަރުކާރުގެ އިސް ބޭފުޅުން ކުރައްވާ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަަމަށް އަދާލަތު ޕާޓީގެ ރައީސް އަލީ ޒާހިރު އިއްޔެ ވިދާޅުވެއްޖެ އެވެ.

27 ސެޕްޓެމްބަރ

September 27, 2016 18
ލީޑަރުން މިނިވަންކުރުމަކީ އެމްޑީޕީ/އަދާލަތުގެ އަމާޒެއް

ސަރުކާރާ އެކު ފަށާ މަޝްވަރާތަކުގައި، ޓެރަރިޒަމްގެ ހުކުމް އިއްވާފައިވާ ސިޔާސީ ލީޑަރުން މިނިވަންކުރަން އަމާޒު ހިފާނެ ކަމަށް އިދިކޮޅު އެމްޑީޕީ އާއި އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.

September 27, 2016 21
ސީމެގްގެ ހުށަހެޅުމާ އެއްގޮތަށް އެމްޑީޕީ މަޝްވަރާ ކުރަނީ

ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގުރޫޕް (ސީމެގް) ގެ ހުށަހެޅުމާ އެއްގޮތަށް މައްސަލަތަކަށް ހައްލު ހޯދަން، ސަރުކާރުން ކަނޑައަޅާ ތާރީހެއްގައި މަޝްވަރާ އަށް ދާނެ ކަމަށް އިދިކޮޅު...