07 އެޕްރީލް

April 07, 2018 13
ހައްޔަރުކުރި ފުލުހުންނަށް ގިނަ ތުހުމަތުތަކެއް

އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު މިނިވަންކުރުމަށް ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަށް ފުލުހެއްގެ މައްޗަށް ގިނަ ތުހުމަތުތަކެއްކޮށްފި އެވެ.

01 އެޕްރީލް

April 01, 2018 16
ހައްޔަރު ކުރި އަށް ފުލުހަކު ވަޒީފާ އިން ވަކިކޮށްފި

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި އަށް ފުލުހަކު ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް އެ ފުލުހުންގެ ދިފާއީ ވަކީލު މިރޭ...

April 01, 2018 15
މުޒާހަރާތަކަށް ފަހު އޮތީ ކޮން މިސްރާބެއް؟

ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ 1 ގައި ނެރުނު އަމުރާ އެކު، އިދިކޮޅު ފަރާތްތަކުގެ އެންމެ ބޮޑު އަމާޒަކަށް ވެފައި އޮތީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރުމެވެ. ވެރިކަން...

27 މާޗް

March 27, 2018 25
މައުމޫން، ޖަލުގައި 50: "ނާތަހުޒީބު އަމަލެއް؟"

ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލުގައި ހުންނަވާތާ މިއަދަށް 50 ދުވަސް ވީ އެވެ.

25 މާޗް

March 25, 2018 29
ހައްލެއް ފެނޭތޯ ޔޫއެންގެ ވަފުދެއް ރާއްޖޭގައި

ރާއްޖޭގެ ސިޔާސީ މަސްރަހުގައި އުފެދިފައިވާ ހަމަނުޖެހުންތަކަށް ހައްލެއް ލިބޭތޯ އދ.ގެ ޕޮލިޓިކަލް އެފެއާޒްގެ ޓީމެއް ރާއްޖެ އަތުވެއްޖެ އެވެ.

24 މާޗް

March 24, 2018 33
އިދިކޮޅަށް ކާމިޔާބު ނުލިބެނީ މިސްރާބެއް ނެތީމަ: ސައީދު

އިދިކޮޅު ފަރާތްތަކުގެ މިސްރާބެއް ނެތް ކަމަށާއި އެމީހުންނަށް ކާމިޔާބު ނުލިބޭ ސަބަބަކީ އެއީ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެެވެ.

22 މާޗް

March 22, 2018 29
ރާއްޖެއަށް ގެންނަން އުޅެނީ އެހެން ހާލަތެއް: ނަޝީދު

މިދިޔަ މަހުގެ 5 ގައި ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް ފަހު، ރާއްޖެ އަށް ގެންނަން އުޅެނީ އެހެން ހާލަތެއް ކަމަށާއި ނަމަވެސް ރައްޔިތުން...

March 22, 2018 1
މިފަހަރުގެ އެސްއޯއީ: އެންމެ ހައިޖާނު ބޮޑުވި ހާާލަތު

ކުއްލި ނުރައްކަލުގެ ހާލަތު ނުވަތަ ސްޓޭޓް އޮފް އިމަޖެންސީ (އެސްއޯއީ)އަކީ ރާއްޖޭގައި އާ ކަމެއް ނޫނެވެ؛ ސަރުކާރުތަކުގެ ދިފާއުގައި، މީގެ ކުރިން ވެސް މި ހާލަތުގެ ބޭނުންކޮށްފައިވެ އެވެ....

20 މާޗް

March 20, 2018 61
އަމުރު ނެރުނީ ވެރިކަން ވައްޓާލުމުގެ ބޭނުމުގައި: ޕީޖީ

ސިޔާސީ އިދިކޮޅު ބޭފުޅުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 1 ގައި ނެރުނު އަމުރަކީ ސަރުކާރު ވައްޓާލުމުގެ ބޭނުމުގައި ދުރާލައި ރާވައިގެން ނެރުނު...

March 20, 2018 43
"އިންޑިއާ އާއި އެމެރިކާ، ރާއްޖެ ސަލާމަތް ކޮށްދޭނެ"

ރާއްޖޭގައި ޑިމޮކްރަސީ ގާއިމުކޮށް، އާންމު ހާލަތު ރަނގަޅު ކުރުމަށް އިންޑިއާ އާއި އެމެރިކާ އިން މުހިންމު ދައުރެއް އަދާކުރަން ޖެހިފައިވާ ކަމަށާއި މި ކަމުގައި އެ ދެ ގައުމު ރާއްޖެ...

18 މާޗް

March 18, 2018 14
އެސްއޯއީ ހަމަވާތީ، ބަންދުގެ މުއްދަތު އިތުރުކުރަނީ

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށް ދޫނިދޫގައި ބަންދުކޮށްފައި ތިއްބެވި ސިޔާސީ ބޭފުޅުންނާއި އާއްމުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ޖަހަން ފަށައިފި އެވެ.

17 މާޗް

March 17, 2018 37
ސިފައިންނާއި ފުލުހުން އިދިކޮޅަކާ ނުގުޅޭނެ:އަބްދުއްރަހީމް

ދިވެހި ސިފައިންނާއި ފުލުހުން އިދިކޮޅު ފަރާތްތަކާ ނުގުޅޭނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

16 މާޗް

March 16, 2018 56
ސަރުކާރުގެ މަޑުމައިތިރިކަމަކީ ބަލިކަށިވުމެއް ނޫން:އާޒިމާ

ސަރުކާރުގެ މަޑުމައިތިރި ކަމަކީ ބަލިކަށިވުން ނޫން ކަމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު މިރޭ ވިދާޅުވެއްޖެ އެވެ.

15 މާޗް

March 15, 2018 15
މަޝްވަރާ އަށް މަގުފަހިކުރަން އިދިކޮޅުން ޔޫއެންގައި

ސަރުކާރާއި ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ފަށަން މަގުފަހިވާނެ ހައްލެއް ހޯދުމަށް، އިދިކޮޅު ޕާޓީތަކުން އދ.ގެ ޕޮލިޓިކަލް އެފެއާޒްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް މިރޯސްލަވް ޖެންކާއާ އިއްޔެ ބައްދަލުކޮށްފި އެވެ.

March 15, 2018 8
މުޒާހަރާއާ ގުޅިގެން 15 މީހަކު ހައްޔަރު ކުރި

އިދިކޮޅު ފަރާތްތަކުން ރޭ މާލޭގައި ކުރި މުޒާހަރާއާ ގުޅިގެން 15 މީހަކު ހައްޔަރުކުރި އިރު، މިހާތަނަށް އެއްވެސް މީހަކު ދޫކޮށްލާފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

March 15, 2018 38
ސަރުކާރަށް އިންޒާރުތަކެއް؛ އެއީ ފުލުހުންތޯ ޔަގީންކުރަނީ

ގާނޫނާ ޚިލާފަށް ސަރުކާރުން ކުރަމުންދާ ކަންކަން ހުއްޓާލަން، ފުލުހުންގެ ޔުނިފޯމުގައި ތިބި ބަޔަކު ވަރުގަދަ އިންޒާރުތަކެއް ދޭ ވީޑިއޯއެއް ރޭ އާއްމުވެއްޖެ އެވެ. ޔޫޓިއުބްގައި...

13 މާޗް

March 13, 2018 75
"ވެރިކަން ދަމަހައްޓަން ގާނޫނު އިސްލާހުކުރަން ތައްޔާރު"

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ދެމެހެއްޓުމަށް ޓަކައި ކޮންމެ ގާނޫނެއް ވެސް އިސްލާހުކުރަން ތައްޔާރަށް ހުންނެވި ކަމަށް ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

12 މާޗް

March 12, 2018 5
އެއްވެސް ކަމެއް ކުރާނީ ޕާޓީތަކަށް އެނގިގެން: ނަޝީދު

އެމްޑީޕީ އާއި އެ މަނިކުފާނު އެއްވެސް ކަމެއް ކުރައްވާ ނަމަ، އެކަމެއް ކުރައްވަނީ ގުޅިފައިވާ ޕާޓީތަކަށް އެނގިގެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

March 12, 2018 144
ސަރުކާރުން ނަޝީދާ އެކު ސިއްރު މަޝްވަރާތަކެއް ކޮށްފި

ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ފެށުމާ ގުޅޭ ގޮތުން ސަރުކާރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު ސިއްރު މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ...

10 މާޗް

March 10, 2018 80
ފިޔަވަޅު އެޅުމުގެ ކުރިން މަޝްވަރާ ފަށަން އެދިއްޖެ

ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ކައުންސިލުން ފާސްކޮށްފައިވާ ގަރާރާ އެއްގޮތަށް ރާއްޖެ އަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ކުރިން، މަޝްވަރާތައް ފަށަން ދޫދިނުމަށް، އިދިކޮޅު ޕާޓީތަކުން ސަރުކާރުގައި އެދިއްޖެ އެވެ.

08 މާޗް

March 08, 2018 37
ބަޑި ޖަހާކަށް މި ސަރުކާރުން ނާންގާނެ: ޕީޕީއެމް

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރައްޔިތުންގެ ގަޔަށް ބަޑި ޖަހަން ނާންގާނެ ކަމަށް ވެރިކަން ކުރާ ޕީޕީއެމްގެ ނައިބު ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ...

March 08, 2018 23
"މޮޔައަކަށް ވުރެ ހުދުމުހުތާރު ވެރިޔަކު ވެސް ރަނގަޅު"

ޑިމޮކްރަސީގެ ހަމަތަކުގެ ތެރެއިން އިންތިހާބު ކުރާ "މޮޔައަކަށް ވުރެ" ބައެއް ފަހަރު ޚުދުމުހުތާރު ވެރިޔަކު ވެސް ރަނގަޅު ކަމަށް ވިދާޅުވެ، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރަށް،...

07 މާޗް

March 07, 2018 42
އެންޓި ޑިފެކްޝަން ބިލަށް އައްޑޫ ޝަރީފް ތާއީދުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިޚާބުވާ ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތް ހަދަން ސަރުކާރުން ހުށަހެޅި އެންޓި ޑިފެކްޝަން ބިލަށް މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) މިއަދު ތާއީދު ކުރައްވައިފި އެވެ.

05 މާޗް

March 05, 2018 52
ފުލުހުން ނުފޫޒެއްގެ ތެރޭގައި، ތެދެއްތަ؟

ކޮންމެ ސަރުކާރެއްގައި ވެސް ހަމަ އެ މައްސަލަ އެވެ. ސަލާމަތާއި ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުމުގެ ޒިންމާ ހަވާލުކޮށްފައިވާ ފުލުހުންގެ ނާއިންސާފުގެ ވާހަކަ އެވެ. އޭރަކު އޮންނަ ސަރުކާރެއް ބުނާހާ ގޮތެއް ހަދާ ކަމުގެ ޝަކުވާ އެވެ. ތަހުގީގުތަކުން ފެށިގެންގޮސް މީހުން ހައްޔަރުކުރުމާ ހަމައަށް ވެސް ސިޔާސީ ނުފޫޒު ފޯރުވާކަމުގެ...

01 މާޗް

March 01, 2018 15
ތެޔޮ ބޯޓުގެ މުއާމަލާތް އިދިކޮޅުގެ ބޮލުގައި އަޅުވައިފި!

އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކާ އެކު މަނާ މުއާމަލާތްތަކެއް ހިންގި ކަމަށް ޖަޕާނުގެ ފޮރިން މިނިސްޓްރީން ބުނާ ރާއްޖޭގެ ތެޔޮ ޓޭންކަރަކީ ސިޔާސީ އިދިކޮޅު ފަރާތްތަކުގެ ރޭވުމެއް ކަމަށް ޕީޕީއެމުން މިއަދު ތުހުމަތުކޮށްފި އެވެ.

27 ފެބުރުއަރީ

February 27, 2018 24
އީޔޫގެ އިންޒާރުން ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިވެއްޖެ

ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލައި، ސިޔާސީ ބޭފުޅުން މިނިވަން ނުކޮށްފި ނަމަ ރާއްޖެއާ މެދު ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދިނުމާއެކު ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިވެފައިވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

February 27, 2018 49
އީޔޫ ގަރާރާ ގުޅިގެން މަޝްވަރާއަށް ގޮވާލައިފި

ރާއްޖޭގެ ހާލަތު ރަނގަޅު ކުރުމަށާއި އެހެން ނޫން ނަމަ ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރުދީ، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިއްޔެ ފާސްކުރި ގަރާރާ ގުޅިގެން މަޝްވަރާ ކުރުމަށް،...

February 27, 2018 65
އީޔޫގެ ވަރުގަދަ އިންޒާރު: މިއީ ކުޑަ ކަމެއް ނޫން!

އިދިކޮޅު ސިޔާސީ ޕާޓީތަކުން ބޭނުންވި ގޮތަށް، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ސަރުކާރުގެ އިސް ވެރިން ނުވަތަ ރާއްޖެއާ މެދު ފިޔަވަޅެއް ނޭޅި އެވެ. އެހެންކަމުން، ސަރުކާރަށް އެއްވެސް...