25 ސެޕްޓެމްބަރ

September 25, 2018 81
ރައީސް ޔާމީނާ ދެކެވުނު ވާހަކަ އިބޫ ހިއްސާކުރައްވައިފި

ރިޔާސީ އިންތިޚާބަށް ފަހު، ރައީސް އަބްދުﷲ ޔާމީނާ އެކު އިއްޔެ އޮތް ބައްދަލުވުމުގައި ދެއްކެވުނު ވާހަކަތަކުގެ ތެރެއިން އެންމެ ކަމެއް ފިޔަވައި އެހެން ހުރިހާ ވާހަކަތަކެއް، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)، އިދިކޮޅު ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނާ މިއަދު ހިއްސާ ކުރައްވައިފި އެވެ.

24 ސެޕްޓެމްބަރ

September 24, 2018 38
"ކޯލިޝަން ދެމެހެއްޓުމަށް ކޮންމެ ކަމެއް ވެސް ކުރާނަން"

އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބު އިދިކޮޅު ކޯލިޝަނުން ކާމިޔާބު ކޮށްފައިވާއިރު، އުފައްދާ އެ ކޯލިޝަންގެ ސަރުކާރު ދަމަހައްޓާނެ ގޮތާ ގުޅޭގޮތުން ވަރަށް ގިނަ ސުވާލުތައް ކުރިމަތިވާ ކަމަށާއި އެކަމަކު ސަރުކާރު ދެމެހެއްޓުމަށް، ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށް ކޯލިޝަނުން މިރޭ ބުނެފި އެވެ.

23 ސެޕްޓެމްބަރ

September 23, 2018 17
ފުލުހުން އޮތީ ތައްޔާރަށް، ހަމަނުޖެހުން ނުހިންގާތި: ޝިފާން

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ކުރިއަށްދާ ރިޔާސީ އިންތިޚާބުގެ ވޯޓުލުމާ ދިމާކޮށް އެއްވެސް ހަމަނުޖެހުމެއް ހިންގަން މަސައްކަތް ނުކުރުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފި އެވެ.

22 ސެޕްޓެމްބަރ

September 22, 2018 4
ކެމްޕެއިންކުރީ އުނދަގުލުގައި، ވޯޓުން ކާމިޔާބު ހޯދާނަން

މާދަމާ އޮންނަ ރިޔާސީ އިންތިޚާބަށް އިދިކޮޅު ކޯލިޝަނުން ކެމްޕެއިން ކުރިއަށް ގެންދިޔައީ އުނދަގޫ އަދި ގޮންޖެހުންތަކާ އެކު ކަމަށާއި ނަމަވެސް އެ އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރާނެ...

September 22, 2018 5
އައިޑީކާޑު "ވިއްކި" ކަމަށް ބުނާ މީހުން ދޫކޮށްލައިފި

އައިޑީ ކާޑު "ވިއްކި" ކަމުގެ ތުހުމަތުގައި، ގދ. ރަތަފަންދޫން މިއަދު ހައްޔަރު ކުރި އިދިކޮޅު އެމްޑީޕީގެ ހަތަރު މީހުން ދޫކޮށްލައިފި އެވެ.

21 ސެޕްޓެމްބަރ

September 21, 2018 19
އޯގާތެރި ސަރުކާރެއް ހޯދައިދޭން އިބޫ ވައުދުވެވަޑައިގެންފި

ރާއްޖޭގެ ރައްޔިތުން މިހާރު ތަހައްމަލް ކުރަމުންދާ ހިތްދަތިކަމާއި އަނިޔާވެރިކަމުން މިންޖުވެ، އޯގާތެރި ސަރުކާރެއް ހޯއްދަވައި ދެއްވަން އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރޭ ވައުދުވެވަޑައިގެންފި އެވެ.

September 21, 2018 14
ހައްޔަރު ކުރިއަސް ޖެހިލުމެއް ނުވޭ: ހިޔަލީ

ރައީސް އަބްދުﷲ ޔާމީން ދޫކުރައްވައި، އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ބައިއަތު ހިފުމާ ގުޅިގެން ހިތްހަމަނުޖެހި އޭނާ ހައްޔަރު ކުރިއަސް...

September 21, 2018 17
އުއްމީދާއި ޔަގީންކަމާ އެކު އިބޫ ކެމްޕޭން ނިންމާލައިފި

އިދިކޮޅު ޕާޓީތަކުގެ ވެރިކަމެއްގައި އެކަކު ވެސް އިންސާފުން ބާކީ ނުކުރާނެ ކަމަށް ވައުދުވެ، ރިޔާސީ އިންތިޚާބު ކާމިޔާބުވާނެ ކަމުގެ ޔަގީންކަމާ، އެކު "ޖަޒީރާ ދަތުރު" ކެމްޕޭން މިރޭ...

20 ސެޕްޓެމްބަރ

September 20, 2018 70
އިބޫގެ މެސެޖެއް، ރައީސް ޔާމީނަށް: "ވޯޓާ ނުކުޅުއްވާތި"!

ރިޔާސީ އިންތިޚާބުގެ ވޯޓަކީ ރައްޔިތުންގެ ހައްގެއް ކަމަށް ވިދާޅުވެ، އެ ހައްގު ނިގުޅައިގަތުމަށް "ވޯޓާ ކުޅުއްވަން ނޫޅުއްވާތި" ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީނަށް އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު އިންޒާރެއް ދެއްވައިފި އެވެ.

19 ސެޕްޓެމްބަރ

September 19, 2018 109
މަކަރު ނުހަދާތި، 170,000 ވޯޓު ކަށަވަރު ކޮށްފިން

އަންނަ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި އިދިކޮޅު ކޯލިޝަނުން ވާނީ 170،000 ވޯޓު ކަށަވަރުކޮށްފައި ކަމަށާއި މަކަރު ހެދުމުގެ ފުރުސަތެއް ނުދޭނެ ކަމަށް އެ ކޯލިޝަނުން މިއަދު ބުނެފި އެވެ.

18 ސެޕްޓެމްބަރ

September 18, 2018 15
އިބޫއަށް ހިތްގައިމު ސްޓޭޖް، އެއް ދުވަހުގެ މަސައްކަތް!

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ފ. ފީއައްޔަށް އިއްޔެ ވަޑައިގެން އާންމުންނާ ސަލާމް ކުރެއްވުމަށް ފަހު، އިށީންނަވަން ވަޑައިގަތުމާއެކު، އޭނާ އަށް ބޮޑު ހައިރާންކަމެއް ލިބިވަޑައިގަތީ އެ ރަށުގެ ޖެޓީ ކައިރިން މޫދު ތެރޭގައި ހުރި ސްޓޭޖާއި ޕޯޑިއަމުންނެވެ. ޕޯޑިއަމް ފެނިވަޑައިގަތުމާއެކު،...

September 18, 2018 43
އަލުން ވޯޓަށް އެހުމުގެ ބާރު ރައްޔިތުންނަށް ދޭނަން:އިބޫ

ރައްޔިތުންގެ މަޖިލިހުން ފާސްކުރާ ކަމަކާ މެދު ރައްޔިތުން ހިތްހަމަނުޖެހޭ ނަމަ ވަކި އަދަދަކަށް ސޮއި ހަމަކޮށް ހުށައަޅާ ޕެޓިޝަނަކަށް ބިނާކޮށް، އެ ނިންމުމަކާ މެދު އަލުން ވޯޓަށް އެހޭ ގޮތް...

September 18, 2018 18
ވޯޓުގެ ނަތީޖާ ސަރުކާރުން ގަބޫލެއް ނުކުރާނެ: އިބޫ

އަންނަ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ނުކުންނަ ނަތީޖާއަކީ ސަރުކާރު ގަބޫލު ކުރާ ނަތީޖާއަކަށް ނުވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އަދި އެމްޑީޕީގެ...

17 ސެޕްޓެމްބަރ

September 17, 2018 19
ވޯޓުކަރުދާސް ނުދައްކާ ގުނަން އުޅޭ ކަމަށް ތުހުމަތުކޮށްފި

އާދީއްތަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ވޯޓުލުން ނިންމައި، ވޯޓު ގުނާއިރު، ވޯޓު ކަރުދާސްކޮޅު އޮބްޒާވަރުންނަށް ނުދައްކާ ގުނަން އުޅޭ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ތުހުމަތު ކުރައްވައިފި އެވެ.

16 ސެޕްޓެމްބަރ

September 16, 2018 23
ވ. އަތޮޅުގެ ރަށްރަށުގެ ބިން ހިއްކައި ދޭނަން: އިބޫ

އިދިކޮޅު އިއްތިހާދަށް ވެރިކަން ލިބިއްޖެ ނަމަ ވ. އަތޮޅުގައި ހިމެނޭ ބައެއް ރަށްތަކުގެ ބިން ހިއްކައި ގޯތި ދޫކުރުމަށް އެ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވައުދުވެވަޑައިގެންފި އެވެ.

15 ސެޕްޓެމްބަރ

September 15, 2018 68
"ޅ.އަތޮޅުން ފެނުނީ އެމްޑީޕީ މާޔޫސްވެފައިވާ މަންޒަރު"

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއެކު އޭނާގެ އުފަން ރަށް، ޅ. ހިންނަވަރުގައި ރޭ ބޭއްވި ޖަލްސާއިން ފެނުނީ މުޅި އެ އަތޮޅުން އެމްޑީޕީ ވަރަށް...

September 15, 2018 118
ވޯޓުލާ މީހުންގެ މޫނު ދެނެގަންނަ ސިސްޓަމެއް ބޭނުންކުރަނީ

އަންނަ ހަފުތާގެ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލާ މީހުންގެ މޫނު ދެނެގަނެވޭނެ ސިސްޓަމެއް ބޭނުންކުރަން އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ނިންމައިިފި އެވެ.

14 ސެޕްޓެމްބަރ

September 14, 2018 8
އިބޫގެ ސޮއި ބޭނުންވެފައި ތިބި އެތައް ބައެއް!

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އއ. ބޮޑުފޮޅުދު އަށް ވަޑައިގެން އާންމުންނާ ސަލާމް ކުރައްވަމުން ގެންދަވަނިކޮށް، ސަފުގައި ތިބި ސަޕޯޓަރުން...

September 14, 2018 32
އިބޫގެ އުފަން ރަށުން ލޯތްބާއި ކުލުނުގެ އެއް ގަޑިއިރު

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ އުފަން ރަށް، ޅ. ހިންނަވަރަށް މިއަދު ހަވީރު ވަޑައިގަތުމުން ފެނުނު ތަފާތު މަންޒަރަކީ މިއީ އެވެ؛

13 ސެޕްޓެމްބަރ

September 13, 2018 21
ސުނާމީއާ ގުޅިގެން ދޫކުރި ލޯނުތައް މާފުކުރާނަން: އިބޫ

ސުނާމީ ހާދިސާގައި ރާއްޖެއަށް ލިބުނު ގެއްލުންތައް ފޫބެއްދުމަށް ރައްޔިތުންނަށް ދޫކުރި ލޯނުތައް މާފުކޮށްދެއްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އަދި އެމްޑީޕީ...

September 13, 2018 6
ހައްޔަރުކުރި މީހުންގެ ވަކީލުންނަށް ހޫނު މަރުހަބާއެއް

ގއ. ކޮލަމާފުށިން ހައްޔަރުކޮށްފައިވާ 18 މީހުންގެ ދިފާއީ ވަކީލުންގެ ގޮތުގައި މާލެއިން ބޮޑު ޓީމެއް ދިއުމުން ގއ. ވިލިނގިލިން އެ ވަކީލުންނަށް މިއަދު ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

12 ސެޕްޓެމްބަރ

September 12, 2018 39
އިބޫގެ ތަހުގީގެއް ފެށުމުން ޖަރުމަނުން ކަންބޮޑުވެއްޖެ

އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ކުރާ ތުހުމަތުތަކަކާ އެކު، އޭނާގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފެށުމުން، ޖަރުމަނުން ރާއްޖެ އާއި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޯން ރޯޑް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

11 ސެޕްޓެމްބަރ

September 11, 2018 23
އިބޫއާ ގުޅުވައި ފުލުހުން ބިރުދެއްކުން ހުއްޓާލާ:އިދިކޮޅު

އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ކެމްޕޭނާ ގުޅުވައި ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދައި އިންޒާރު ދިނުމުގެ އަމަލުތަކެއް ފުލުހުން ހިންގަމުންދާ ކަމަށް ބުނެ އެކަން ހުއްޓާލުމަށް އިދިކޮޅު ޕާޓީތަކުން މިއަދު ގޮވާލައިފި އެވެ.

September 11, 2018 20
ރާއްޖެ އޮތީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި: އިބޫ

ރާއްޖޭގެ ބައެއް ރަށްތައް ރިސޯޓުގެ ގޮތުގައި ތަރައްގީ ކުރުމަށް އެކަކަށް ވުރެ، ގިނަ މީހުންނަށް ދީ ރާއްޖެ އޮތީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ...

September 11, 2018 35
ވޯޓު ގުނަން އުޅޭ ގޮތާ މެދު އިދިކޮޅު ހިތްހަމައެއްނުޖެހޭ

ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ފެންމަތިކުރަނީ ސީރިއަސް އެތައް ކަންބޮޑުވުމެކެވެ؛ ފުލުފުލުގައި މައްސަލަތަކެވެ. މި ފަހަރު، ފެންމަތިވީ ވޯޓުލައި ނިމިގެން ވޯޓު ގުނަން އުޅޭ ގޮތާ މެދު...

10 ސެޕްޓެމްބަރ

September 10, 2018 14
އިބޫގެ ރައްދު ރައީސަށް: މިއީ ކޮކްޓެއިލް ކޯލިޝަނެއް

މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އިދިކޮޅުން ހަދާފައިވާ އިއްތިހާދަކީ "ކޮކްޓެއިލް ކޯލިޝަނެއް" ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ވާހަކަފުޅަށް، އެ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ރައްދު ދެއްވައިފި އެވެ.

09 ސެޕްޓެމްބަރ

September 09, 2018 30
އިދިކޮޅު ޖަލްސާއަކަށް ދެން ހުއްދައެއް ނުދޭނެ: އަލީ

އިދިކޮޅު ޕާޓީތަކުން މާލޭގެ އަލިމަސްކާނިވަލުގައި ރޭ ބޭއްވި ޖަލްސާގައި ބައިވެރިވި މީހުންގެ އަދަދު ފެނި، އިތުރު ޖަލްސާއަކަށް ހުއްދަ ދޭން ސަރުކާރަށް ނުކެރޭނެ ކަމަށް އަދާލަތު ޕާޓީގެ...

September 09, 2018 137
"މިނިވަންކަމު"ގެ ހިނދުކޮޅެއް، މުޅި ތަން ފުރާލީ!

އެތައް ބަޔަކު ސިފަކުރި ގޮތުގައި، އެއީ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި، ސިޔާސީ މައިދާނުން ފެނުނު އެންމެ "ބިޔަ މަންޒަރެ"ވެ. އެތައް ހާސް ބައެކެވެ؛ އަލިމަސް ކާނިވަލުގައި، ބަރިބަރިއަށް...

07 ސެޕްޓެމްބަރ

September 07, 2018 13
އިބޫ ހއ. ހުރިހާ ރަށަކަށް: "އުންމީދު އާވެއްޖެ"

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ތިން ދުވަސް ތެރޭގައި ހއ. އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެންފި އެވެ. އަދި މި އަތޮޅުން ކިޔާފައިވާ މަރުހަބާއިން އިންތިހާބާ ދޭތެރޭ ވަރަށް އުންމީދު އާވެއްޖެ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

September 07, 2018 62
މުވައްޒަފުންނަށް އެމްޑީޕީން ބިރުދައްކާ ކަމުގެ ތުހުމަތު!

އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ވެރިކަން ލިބިއްޖެ ނަމަ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ތިބި އޭނާ އަށް ތާއީދު ނުކުރާ މީހުން ވަޒީފާ އިން...

September 07, 2018 21
100 ވަނަ ރަށުން އިބޫއަށް ޕެރޭޑެއް!

މި މަހު 23 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވާ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ކެމްޕެއިންގެ 100 ވަނަ ރަށް ކަމުގައިވާ ހއ....