29 ފެބުރުއަރީ

February 29, 2020 35
ރަައްޔިތުންނަށް ދެއްކި ހުވަފެން ބިލާހަކަށް ވެއްޖެ:އަދުރޭ

މި ސަރުކާރު ވެރިކަމަށް އައުމަށްޓަކައި ވަރަށް ގިނަ ހުވަފެންތައް ރައްޔިތުންނަށް ދެއްކި ކަމަށާއި އެކަމަކު މިހާރު އެ ހުވަފެންތައް ބިލާހަކަށް ވެއްޖެ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިރޭ ވިދާޅުވެއްޖެ އެވެ.

19 ފެބުރުއަރީ

February 19, 2020 28
އަދުރޭގެ ތުހުމަތު: އެމްއޭސީއެލަށް ބޭރުގެ ސީއީއޯއެއް!

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ފަދަ ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގަން ރާއްޖެ އިން ބޭރުން މީހުން ހޯދައި އެ މީހުންގެ ކޮންޓްރޯލަށް، އެ ތަންތަން ދޫކޮށްލަން އުޅެނީ ވަކި މަގްސަދެއް އޮވެގެން ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ވިދާޅުވެއްޖެ އެވެ.

26 ޖެނުއަރީ

January 26, 2020 46
ޔާމީން ވެއްދީ ޔުނިޓުގެ ފެންވަރު ރަނގަޅުކޮށްފައި

މަނީ ލޯންޑްރިންގެ ކުށް ސާބިތުވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުކުމް ތަންފީޒު ކުރައްވާ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓަށް އެމަނިކުފާނު ވެއްދީ ކުރިއަށް ވުރެ އެތަނުގެ ފެންވަރު ރަނގަޅު ކޮށްފައި ކަމަށް ވިދާޅުވެ، ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް (އަދުރޭ)ގެ ތުހުމަތުތައް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ދޮގު ކުރައްވައިފި...

11 ޖެނުއަރީ

January 11, 2020 30
ޔާމީނަށް ކަފާލާތު ނުދެނީ އިންތިޚާބު ގާތްވުމުން:އިދިކޮޅު

ކުރީގެ ރައީސް އަބްދުﷲ ޔާމީން، ކަފާލާތުގެ ދަށުން މިނިވަން ނުކޮށް އުޅެނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ގާތްވެފައި އޮތުމުން ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.

31 ޑިސެމްބަރ

December 31, 2019 22
މި ތިބީ ބާޒުތަކަށް ފުރުސަތު ދޭކަށް ނޫން: އަދުރޭ

އިދިކޮޅު ޕީޕީއެމް ހަރުދަނާ ކުރުމަށް އެ ޕާޓީ އަށް ބާޒެއް ނުވަތަ ސިންގާއެއް ބޭނުންވާ ކަމަށް ވިދާޅުވެ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ދެއްކެވި ވާހަކަތަކަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ރައްދު ދެއްވައިފި އެވެ.

27 ޑިސެމްބަރ

December 27, 2019 44
ޔާމީން ނޫން ބޭފުޅަކަށް ޓިކެޓް ނުލިބޭނެ: އަބްދުއްރަހީމް

އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ބައިބައިކޮށް، 2023 ގެ ރިޔާސީ ކެންޑިޑޭޓް ކަން ހޯދަން ބަޔަކު ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެ ފުރުސަތު ކުރީގެ ރައީސް އަބްދުﷲ ޔާމީން ނޫން ބޭފުޅަކަށް ނޯންނާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

24 ޑިސެމްބަރ

December 24, 2019 16
ސެކިއުރިޓީ ވަރުގަދަކުރި ސަބަބު ހާމަކޮށްދޭން ގޮވާލައިފި

މުޅި ރާއްޖޭގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، ހަތިޔާރާ އެކު ސިފައިން ހަރަކާތްތެރިވާން ފެށި ސަބަބު ހާމަކޮށްދޭން އިދިކޮޅު، ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ)ން މިރޭ ގޮވާލައިފި...

December 24, 2019 21
ހަރަކާތްތައް "ވަނދު" ކަމަށް ބުނާތީ އަދުރޭގެ ރައްދު!

މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރަށް ޖަލަށްލި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލައި އިދިކޮޅު ފަރާތްތަކުން ފަހަކަށް އައިސް ބާއްވާ ހަރަކާތްތައް "ވަނދު" ކަމަށް...

14 ޑިސެމްބަރ

December 14, 2019 40
އިއްޒަތްތެރި ގޮޅިއަކީ ޔާމީންގެ މަގާމެއް ނޫން: އަދުރޭ

މަނީ ލޯންޑްރިންގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކިތަންމެ "އިއްޒަތްތެރި ގޮޅިއެއްގައި" އޮތަސް އެއީ އެމަނިކުފާނަށް ހައްގުވާ މަގާމެއް ނޫން ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

01 ޑިސެމްބަރ

December 01, 2019 14
އަބްދުއްރަހީމްއާ ސުވާލުކޮށް ބަޔާން ނަގައިފި

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް އިންޒާރު ދިން މައްސަލައިގައި އިދިކޮޅު ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާ ފުލުހުން ރޭ ސުވާލުކޮށް ބަޔާން ނަގައިފި އެވެ.

12 ނޮވެމްބަރ

November 12, 2019 51
ވެރިކަން ނުހިފެހެއްޓޭނެ، ފެބްރުއަރީގައި ނިމޭނެ: ތޯރިގް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމެން އުޅޭ ކަމުގެ ހުރިހާ މަންޒަރެއް ފެންނަމުންދާ ކަމަށާއި އަންނަ އަހަރުގެ ޖެނުއަރީ ނުވަތަ ފެބްރުއަރީ މަހުގެ ތެރޭގައި ވެރިކަން ނިމޭނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ރޭ ވިދާޅުވެއްޖެ އެވެ.

11 ނޮވެމްބަރ

November 11, 2019 28
ޔާމީންގެ މައްސަލަ ބެންޗަކުން ބަލަން އަނެއްކާވެސް އެދެފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ފަނޑިޔާރުންގެ ބެންޗަކުން ކުރިއަށް ގެންދަން އަނެއްކާވެސް އެދިފައިވާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

04 ނޮވެމްބަރ

November 04, 2019 33
ހައިލަމްގެ އަބުރު ކަތިލީ ބަލާލުމެއް ނެތި:އަބްދުއްރަހީމް

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމްގެ އަބުރު، އެމްޑީޕީން ކަތިލީ އެއްވެސް ބަލައިލުމެއް ނެތި ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ...

November 04, 2019 18
އިދިކޮޅުން ބުނަނީ ދައުވާއިން ޔާމީން ސަލާމަތްވާނެ ކަމަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުކުރެވިދާނެ ކަމަކަށް ގަބޫލުނުކުރެވޭ ކަަމަށް އިދިކޮޅު ޕީޕީއެމާއި...

11 އޮކްޓޯބަރ

October 11, 2019 9
އެއީ ފިޔަވަޅެއް ނޫން، އެމްޑީއެން އުވާލާ: އިދިކޮޅު

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ސަސްޕެންޑް ކުރުމަކީ އެކަށީގެންވާ ފިޔަވަޅެއް ނޫން ކަމަށާއި ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.

10 އޮކްޓޯބަރ

October 10, 2019 23
ދީނަށް ފުރައްސާކުރި މީހުން ހައްޔަރުކުރަންޖެހޭ: އިދިކޮޅު

ވެރިކަމުގައި އޮތީ ޕީޕީއެމް ނަމަ، އިސްލާމްދީނަށް ފުރައްސާރަކުރި މީހުން މިހާރު ތިބޭނީ ޖަލުގައި ކަމަށް ބުނެ ލަސްނުކޮށް އެ މީހުންނާ މެދު ފިޔަވަޅު އަޅަން އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މިއަދު ގޮވާލައިފި އެވެ.

21 ޖުލައި

July 21, 2019 51
ޝަރީއަތުން އެނގުނީ ޔާމީންގެ ސާބިތުކަން: އިދިކޮޅު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއާ ގުޅިގެން ބޭއްވި ޝަރީއަތުގެ މަޖިލިހުގައި އެމަނިކުފާނަކީ ވަރަށް ކެރޭ ސާބިތުކަން މަތީގައި ވަކާލާތު ކުރައްވާ ލީޑަރެއްކަން ހާމަވެފައިވާ އިދިކޮޅު އެންމެ ބޮޑު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ބުނެފި އެވެ.

28 އެޕްރީލް

April 28, 2019 40
ޕީއެންސީ ވަރުގަދަކުރަނީ، ޕީޕީއެމަށް ވާނީ ކިހިނެއް؟

ޕީޕީއެމް ދެ ފަޅިކޮށް، އުފެއްދި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އަމާޒު ހުރީ ވެރިކަން ކުރުމަށެވެ. ރާއްޖޭގެ އެންމެ ވަރުގަދަ އިދިކޮޅު ޕާޓީ އަށް ވުމުގެ މަސައްކަތް ރަސްމީކޮށް ފެށިކަން އެ ޕާޓީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ރޭ އިއުލާން ކުރައްވައިފަ އެވެ. ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ވެސް ސިޔާސީ...

27 އެޕްރީލް

April 27, 2019 66
ރާއްޖޭގައި ދެން ގޮތް ނިންމާނެ ޕާޓީއަކީ ޕީއެންސީ:އަދުރޭ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ކުރިމަގުގައި ވާނީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ގޮތް ނިންމާ ޕާޓީ އަށް ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިރޭ ވިދާޅުވެއްޖެ އެވެ.

26 އެޕްރީލް

April 26, 2019 22
ޕީއެންސީގެ ރައީސަކީ އަދުރޭ، 4 ނައިބުން ހޮވައިފި

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސަކަށް އެ ޕާޓީގެ ވަގުތީ ރައީސްކަން ވެސް ކުރެއްވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އައްޔަންކޮށް، ޕާޓީގެ ނައިބުންގެ ގޮތުގައި ހަތަރު...

April 26, 2019 7
މަގާމު އިތުރުކުރުމާ މެދު ގޮތް ނިންމާނީ ކޮންގްރެސް އިން

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސްގެ މަގާމަށް ހަތަރު ބޭފުޅަކު އައްޔަން ކުރުމަށް އެ ޕާޓީގެ އަސާސީ ގަވާއިދު އިސްލާހު ކުރަން ހުށަހަޅަން ކައުންސިލުން ނިންމާފައިވީ...

24 މާޗް

March 24, 2019 95
އެމްޑީޕީ ބަލިކުރެވޭނެ ކޮންމެ މީހަކަށް ތާއީދު: އުމަރު

އަންނަ މަހު ބާއްވާ އާންމު އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުން ބަލިކުރެއްވޭނެ ކޮންމެ ކެންޑިޑޭޓަކަށް ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ ވިދާޅުވެއްޖެ އެވެ.

07 މާޗް

March 07, 2019 43
ޔާމީނާ މެދު އަމަލުކުރަނީ އިހާނެތިކޮށް: އަބްދުއްރަހީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ މެދު ޖަލުގައި އަމަލުކުރަނީ ވަރަށް އިހާނެތިކޮށް ކަމަށާއި އެމަނިކުފާނު ވީ އެންމެ އަވަހަށް ގެއަށް ބަދަލުކޮށްދިނުމަށް އިދިކޮޅު ކޮންގްރެސްގެ ވަގުތީ ލީޑަރު، އަދި ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ގޮވާލައްވައިފި އެވެ.