29 އޮކްޓޯބަރ

October 29, 2020 8
ފްރާންސުން އިމްޕޯޓްކުރުން ހުއްޓާލަންޖެހޭ: އާދަމް

ކީރިތީ ރަސޫލާއަށް ފްރާންސުން ޖޯކް ޖަހާފައިވާ ކަމަށާއި އެހެންވެ އެ ގައުމުގެ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރުން ހުއްޓާލަނަ ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުވައްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އިއްޔެ ވިދާޅުވެއްޖެ އެވެ.

20 އޮކްޓޯބަރ

October 20, 2020 7
ވެންޓިލޭޓަރު ކޭސްގައި ޕީޖީން ދައްކަނީ ބަހަނާ: އިދިކޮޅު

ކޮވިޑް-19ގެ ފަރުވާ އަށް ވެންޓިލޭޓަރު ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި އަމަލުކޮށްފައިވާ ގޮތް ތަހުގީގުކޮށް ދައުވާ ކުރުމަށް އޭސީސީން ޕީޖީ އަށް ފޮނުވުމުން، ދައުވާނުކުރަން ނިންމާފައި ވަނީ އެކަމުގައި ހިމެނޭ ބައެއް ފޮރުވުމަށް ކަމަށާއި ޕީޖީ އޮފީހުން ދައްކަނީ ހުސް ބަހަނާ ކަމަށް ބުނެ އިދިކޮޅުން ޕީޖީގެ...

15 އޮކްޓޯބަރ

October 15, 2020 13
ސުލޫކީ މައްސަލަ އަކީ ބިރުދެއްކުމުގެ އުކުޅެއް: އިދިކޮޅު

ފަނޑިޔާރުންގެ ސުލޫކީ މައްސަލަ އަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުންނަށް ބިރުދެއްކުމަށް ބޭނުންކުރާ އުކުޅެއް ކަމަށާއި ޖޭއެސްސީގެ ނުފޫޒުގެ ސަބަބުން މައްސަލަތަކަށް އިންސާފު ނުލިބޭ ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.

19 އޯގަސްޓް

August 19, 2020 10
"ކޮރަޕްޝަން ހުއްޓުވަން މަޖިލިސް އޮތީ ސާބިތުވެ"

ކޮރަޕްޝަން ހުއްޓުވަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބެވީ ވަރަށް ސާބިތުކަމާއެކު ކަމަށާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަރަށް ބުރަކޮށް މަސައްކަތްޕުޅު ކުރައްވާ ކަމަށް މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

13 އޯގަސްޓް

August 13, 2020 12
ފައްޔާޒްގެ ވޯޓަކީ ދެފަޅިން ކުޅޭ ޝޯއެއް: އިދިކޮޅު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކުރަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ކުރައްވާ މަސައްކަތްޕުޅަކީ މި ވެރިކަމުގެ ނާގާބިލުކަން ރައްޔިތުންނަށް ދައްކައި، އޮޅުވައިލަން ބައިބަހައިގެން ކުޅޭ ސިޔާސީ ޑްރާމާއެއްގެ...

11 އޯގަސްޓް

August 11, 2020 28
ޗައިނާ-އިންޑިއާގެ ދުޝްމަނަކަށް ރާއްޖެ ވެދާނެ: އާދަމް

ދުނިޔޭގެ އިގްތިސޯދީ ދެ ބާރު ކަމަށްވާ ޗައިނާ އާއި އިންޑިއާއާ ދެމެދުގައި ރޯވެފައިވާ އަލިފާނަށް، ދަރުއަޅާ ބަޔަކަށް ރާއްޖެ ވެއްޖެ ނަމަ، ދިވެހިންނަކީ އެ ދެ ގައުމުގެ ދުޝްމަނަކަށް ވެދާނެ ކަމަށް، ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

09 އޯގަސްޓް

August 09, 2020 36
ބިލިއަން ހޭދަކޮށް ހިޔާލު ހޯދަނީ ހަނާވުމުން: އިދިކޮޅު

ކޮވިޑް-19ގެ ނަމުގައި ރައްޔިތުންގެ ޓެކްސް ފައިސާ އިން ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ސަރުކާރުން ހޭދަކޮށްފައި ވަނިކޮށް، ބަލިމަޑުކަމުން އަރައިގަތުމަށް ހެލްތު މިނިސްޓްރީން އަމަލުކުރީ އެންމެ ރަނގަޅަށްތޯ ބަލަން ރައްޔިތުންގެ މަޖިލީހުން ހިޔާލު ހޯދަން އުޅެނީ "ރައްޔިތުން ހަނާވުމުން" ކަމަށް ބުނެ އިދިކޮޅުން މިއަދު ފާޑުކިޔައިފި އެވެ.

26 ޖުލައި

July 26, 2020 26
މިނިވަންކަން ގެއްލުމުގެ ބިރު އެބައޮތް: އާދަމް ޝަރީފް

މިނިވަންކަން ގެއްލެނީ އިގްތިސާދު ދަށްވުމުން ކަމަށާއި އެ ބިރު މިހާރު އެބައޮތް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

15 ޖުލައި

July 15, 2020 9
ޔާމީން މިިނިވަންކުރަން ހުށަހެޅި މައްސަލަ ބޭރުކޮށްލައިިފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިނިވަންވުމާ އެކު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތުމަށް މަޖިލީހުން ނިންމައިފި އެވެ.

02 ޖުލައި

July 02, 2020 23
"ބިލުން އޮތީ ޓެކްނިކަލް ގޮތުން ވައްކަން ކޮށްފައި"

މިދިޔަ މަހުގެ ކަރަންޓު ބިލުން ސިފަވަނީ "ޓެކްނިކަލް" ގޮތުން ކޮށްފައި އޮތް ވައްކަމެއްގެ ގޮތުގައި ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.

21 ޖޫން

June 21, 2020 32
ބޮޑު ޚިޔާނާތް އިންސާފުވެރިކޮށް ނުބަލާނެ: އާދަމް ޝަރީފް

ރިޔާސީ ކޮމިޝަނެއް އުފައްދައި މުއައްސަސާތަކާ ގުޅިގެން އެމްއެމްޕީއާރުސީގެ ޚިޔާނާތް ބަލަން ފެށިތާ ދޮޅު އަހަރުވީ އިރު ވެސް ނަތީޖާ ނުނެރެވުނު ކަމަށާއި އިންސާފުވެރިކަމާ އެކު، މި ސަރުކާރުން އެ މައްސަލަ ތަހުގީގު ނުކުރާނެ ކަން ޔަގީން ވެފައިވާ ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިއަދު...

09 ޖޫން

June 09, 2020 30
ނަޝީދު މާފަށް އެދެންޖެހޭ: އާދަމް ޝަރީފް

ގާނޫނުއަސާސީ އިސްލާހު ކުރުމަށް މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ މެންދަމު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ނަން ރިޔާސަތުން އިއްވައި، އޭނާ މަޖިލީހުގެ ތަޅުމުން ނެރުމުގެ ތެރޭގައި ހިންގި މާރާމާރީތަކަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މާފަށް އެދިވަޑައިގަންނަވަން ޖެހޭނެ...

26 މެއި

May 26, 2020 59
އެއް ހައްލަކީ ޕާލަމެންޓަރީނިޒާމުގެ ވޯޓު: އާދަމް ޝަރީފް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ބަލިވެ، އެންމެ ފަހުން އެ ސަރުކާރުގެ ތެރޭގައި ބައިބައިވުން ވެސް އުފެދުމުން ދެން އޮތް ހައްލަކީ ބަރުލަމާނީ ނިޒާމަކަށް ދާން ފެނޭތޯ ބެލުން ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ރޭ ވިދާޅުވެއްޖެ އެވެ.

15 މެއި

May 15, 2020 77
"ބޭރުބަޔަކަށް ރަށްވެހިކަން ދިނުމަކީ ރާއްޖެ ވިއްކާލުން"

ބޭރުގެ ބަޔަކަށް ރާއްޖޭގެ ރަށްވެހިކަން ދިނުމަކީ އެ ބަޔަކަށް ރާއްޖެ ވިއްކައިލުން ކަމަށް، ކުރީގެ ޑިފެންސް މިިނިސްޓަރު އާދަމް ޝަރީފް އުމަރު ރޭ ވިދާޅުވެއްޖެ އެވެ.

01 މެއި

May 01, 2020 49
އެޗްޕީއޭ އަށް ސަރުކާރުން ނުފޫޒު އެބަ ފޯރުވާ: އިދިކޮޅު

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ހާލަތު ގޯސްވެގެން ދިޔައީ ސަރުކާރުގެ ސަބަބުން ކަމަށާއި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ މަސައްކަތްތަކަށް ސަރުކާރުގެ ނުފޫޒު އޮތް ކަމަށް އިދިކޮޅު ކޯލިޝަނުން މިރޭ ތުހުމަތު ކޮށްފި އެވެ.

10 މާޗް

March 10, 2020 55
އިދިކޮޅުގެ ޝަރުތަކީ ޔާމީން މިނިވަންކުރުން

އެކި ގައުމުތަކުގައި މިހާރު ފެތުރޭ ކޮވިޑް-19 އަށް ރާއްޖެ އިން ވެސް ހަ ބިދޭސީއަކު ޕޮޒިޓިވް ވެފައިވާއިރު، އެކަމާ ގުޅިގެން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ލަސްކުރުމަށް ސަރުކާރާ އެކު މަޝްވަރާ އަށް ދިއުމުގެ ޝަރުތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަންކުރުން ކަމަށް އިދިކޮޅުން ކަނޑައަޅައިފި އެވެ.

04 މާޗް

March 04, 2020 31
ކާޑުގެ ބާވަތްތައް ހުސްނުވާ ވަރަށް ގެންނަން ގޮވާލައިފި

ދުނިޔޭގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެ އިން ފެނިއްޖެ ނަމަ ދަތުރުފަތުރު ކުރުން ހުއްޓިދާނެތީ، އެ ފަދަ ހާލަތެއްގައި ރާއްޖޭގެ ރަށްރަށުން ކާޑު ހުސްނުވާ ވަރަށް އެ ބާވަތްތައް ގެންނަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

01 މާޗް

March 01, 2020 54
ހިޓު ޖަލްސާގެ އަސަރު ވަަރަށް ބޮޑަށް ކޮށްފި: އާދަމް

ޕީޕީއެމުން ހުކުރުދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ގިނަ ބަޔަކާ އެކު ބޭއްވި ހިޓު ޖަލްސާގެ އަސަރު ސަރުކާރަށް ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދައިރާގެ މެމްބަރު އާދަމް ޝަރީފް ރޭ ވިދާޅުވެއްޖެ އެވެ.

09 ފެބުރުއަރީ

February 09, 2020 59
ޔާމީން ޖަލަށްލާފައިވާ މައްސަލަ އީޔޫއާ ހިއްސާކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޖަލަށް ލާފައިވާ މައްސަލަ އިދިކޮޅު ފަރާތްތަކުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ މިއަދު ހިއްސާކޮށްފި އެވެ.

05 ފެބުރުއަރީ

February 05, 2020 23
މިއީ ހަމައެކަނި ޝިދާތާގެ އިހުމާލެއް ނޫން: އިދިކޮޅު

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީވާ ކަމަށް މަޝްހޫރު އަހުމަދު ހިޝާންގެ މައްޗަށް ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއް ކުރާކަން އެނގޭއިރު ވެސް އޭނާ އަށް އޮނަރަރީ ޑިސެބިލިޓީ އެމްބެސެޑަރުކަން ދިން މައްސަލައިގައި އޮތީ ހަމައެކަނި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފްގެ އިހުމާލެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު...