10 ޖޫން

June 10, 2020 30
އިމްތިޔާޒްގެ ރޮނގު ދަމާލެވޭނީ ކިހާ ހިސާބަކަށް؟

މަޖިލިސް ތެރޭގައި ހަމަނުޖެހުން ހިންގުމާއި މަޖިލީހުގެ މުދަލާއި ތަކެއްޗަށް ގެއްލުން ދިނުމަކީ ރާއްޖޭގައި އާ ކަމެއް ނޫނެވެ. ސިޔާސީ ބޮޑެތި ކަންކަމުގައި އުފެދޭ ދެބަސްވުންތައް ހަމަނުޖެހުންތަކަށް ބަދަލުވެ، މަޖިލީހުގެ ތަޅުމާއި މަޖިލިސް އިދާރާ އާއި ކޮމެޓީތަކުގައި ވެސް އެފަދަ އެތައް ކަމެއް މީގެ ކުރިން ހިިނގި އެވެ. އަދި ސަލާމަތީ ބާރުތައް...

11 ޑިސެމްބަރ

December 11, 2019 84
ނަޝީދުގެ ފޮޓޯއާ ހެދި އާޒިމާއި ޖަމީލްގެ ކުރިމަތިލުމެއް!

އިންޑިއާގެ މިނިވަންކަމުގެ ބާނީ މަހާތުމާ ގާންދީގެ މަގްބަރާގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު، ދުއާގައި އަތް ނަގާ ގޮތަށް، ދެ އަތްޕުޅު އުފުއްލަވައިގެން ހުންނެވި ފޮޓޯއާ ހެދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމްއާ ދެމެދު ހޫނު ޒުވާބެއް އުފެދިއްޖެ އެވެ.

10 ޑިސެމްބަރ

December 10, 2019 29
އިދިކޮޅު މެމްބަރުން އިންޑިއާއަށް ނުދިޔައީ ޔާމީނަށްޓަކައި

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާ އެކު އެ މަޖިލިހުގެ ބޮޑު ވަފުދެއް އިންޑިއާ އަށް މިހާރު ކުރަމުން ދާ ދަތުރުގައި އިދިކޮޅުގެ އެއްވެސް މެމްބަރަކު ބައިވެރިވެވަޑައިނުގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި އޮންނެވުމުން ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

03 ޑިސެމްބަރ

December 03, 2019 24
މަޖިލިހުގައި ހަޅޭކާއި ނިޒާމީ މައްސަލަ އާއި އަރާރުން!

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ދިއްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ވަހީދު ބަހުސް ކުރައްވަން ފެއްޓެވުމާ އެކު، ރައްޔިތުންގެ މަޖިލިހުގެ ތަޅުމުން ފުރަތަމަ އިވުނީ ކަށިގަނޑު ފުމޭ އަޑެވެ. މެމްބަރުންގެ ސަމާލުކަން، ކަށިގަނޑު ފުމުނު މެމްބަރަށް އަމާޒުވި އެވެ. އެކަމަކު، ޓީވީތަކުން މަޖިލިހުގެ ޖަލްސާ ލައިވް ކުރަމުން ދިޔަ އިރު،...

02 ޑިސެމްބަރ

December 02, 2019 26
ޔާމީން މިނިވަންކުރަން މަޖިލިހުގައި އިހްތިޖާޖު ކުރަނީ

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލައި ރައްޔިތުންގެ މަޖިލިހުގައި އިދިކޮޅު މެމްބަރުން އިހުތިޖާޖުކުރަން ފަށައިފި އެވެ.

06 ނޮވެމްބަރ

November 06, 2019 109
މަޖިލީހުގެ ރައީސް ޖޯކަރަކަށް ވީމާ ކަމަކު ނުދޭ: ތޯރިގް

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު، "ޖޯކަރަކަށް" ވީމާ ކަމުނުދާ ކަމަށް މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް މިއަދު ވިދާޅުވެއްޖެ އެވެ.

05 ނޮވެމްބަރ

November 05, 2019 56
ދެން އޮތީ މެންބަރު ތޯރިގް "ނީލް ޑައުން" ކުރުން؟

ރައްޔިތުންގެ މަޖިލިހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) މަޖިލީހުގައި ކަށިގަނޑު ފުމޭތީ ރިޔާސަތުން އިއްޔެ އެންގެވީ އެކަން ނުކުރާނެ ކަމަށް 100 ފަހަރު...

November 05, 2019 24
އިދިކޮޅު ބައެއް މެމްބަރުންގެ ނަން އިއްވައިފި

ރައްޔިތުންގެ މަޖިލިހުގެ އިދިކޮޅު ހަތަރު މެމްބަރެއްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން މިއަދު ބޭރުކޮށްލައިފި އެވެ.

04 ނޮވެމްބަރ

November 04, 2019 5
"ޖުޑިޝަރީ އިސްލާހު ކުރުމުގެ ނަމުގައި ހިންގަނީ ޖަރީމާ"

ސަރުކާރުން ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ނަމުގައި މިހާރު ހިންގަނީ ވަރަށް ބޮޑު ޖަރީމާއެއް ކަމަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މިރޭ ތުހުމަތުކޮށްފި އެވެ.

November 04, 2019 69
ނަޝީދު ތޯރިގަށް: ކަށިގަނޑު ނުފުމެން 100ފަހަރު ލިޔޭ

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި "ކަށިގަނޑު ނުފުމޭނެ" ކަމަށް 100 ފަހަރު ލިޔުއްވުމަށް މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގަށް މިއަދު...

23 އޮކްޓޯބަރ

October 23, 2019 29
ޚިޔާނާތުގެ ލިސްޓްގައި ގިނަވާނީ އެމްޑީޕީ މީހުން: ޝިޔާމް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރުސީ) ގެ ތިން ބިލިއަން ރުފިޔާގެ ބޮޑު ޚިޔާނާތުގެ "ހަގީގީ ތަހުގީގެއް" ކުރާ ނަމަ، ޚިޔާނާތުގެ ލިސްޓަށް އެންމެ ގިނަ އިން އަރާނީ އެމްޑީޕީގެ ބޭފުޅުން ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

16 އޮކްޓޯބަރ

October 16, 2019 6
އިދިކޮޅު ލީޑަރުންނަށް އަމާޒުވި އިސްލާހު ބާތިލުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް އޭރު މަސައްކަތްކުރެއްވި ސިޔާސީ ލީޑަރުންނަށް ރިޔާސީ އިންތިހާބަށް ކުރިމަތިނުލެއްވޭ ގޮތަށް ޕީޕީއެމް ކޯލިޝަނުން، ރިޔާސީ އިންތިހާބުގެ ގާނޫނަށް މިދިއަ އަހަރު ގެނައި އިސްލާހު ރައްޔިތުންގެ މަޖިލިހުން ބާތިލްކުރަން މިއަދު ފާސްކޮށްފި އެވެ.

09 އޮކްޓޯބަރ

October 09, 2019 157
"ރާއްޖެތެރެ، މާލެ" ބަހުސްގެ ފޯރި މަޖިލިހުގައި!

މާލޭގެ ރައްޔިތުންނަށް ހުޅުމާލެ އިން ގޯތި ދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވުމާ ގުޅިގެން މާލެ އާއި ރާއްޖެތެރޭގެ ބަހުސް މަޖިލިހުގެ...

October 09, 2019 12
ރާއްޖެ ވާންވީ ޖަޒީރާއަކަށް ނޫން، ނިއު ޔޯކަށް: ޖާބިރު

ރާއްޖެ ވާންވީ ޖަޒީރާ ރާއްޖެ އަށް ނޫން ކަމަށާއި މި ގައުމު ބަދަލުވާންވީ އެމެރިކާގެ ނިއު ޔޯކާއި ވޮޝިންޓަނާއި ސިންގަޕޫރަށް ކަމަށް ރައްޔިތުން މަޖިލިހުގެ ކާށިދޫ ދާއިރާގެ މެންބަރު...

08 އޮކްޓޯބަރ

October 08, 2019 105
ފެބްރުއަރީ 7 ގެ މައްސަލަ މަޖިލިހުގެ ކޮމިޓީން ބަލަނީ!

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ހާދިސާގައި އިސްކޮށް ތިއްބެވި ބޭފުޅުންގެ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއަކުން މިއަދު އެޖެންޑާކޮށްފި އެވެ.

07 އޮކްޓޯބަރ

October 07, 2019 25
ބަޣާވާތް ކުރަން ދެވަނަ ފުރުސަތެއް ނެތް: ހަސަން ލަތީފް

އިސްލާމް ދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން ބަޣާވާތް ކުރަން އިތުރު ފުރުސަތެއް އެއްވެސް ބަޔަކަށް ނުލިބޭނެ...

October 07, 2019 50
ޒުވާބު ހޫނުވެ، ނަޝީދާއި ޔާމީން އަމާޒު ފަތްގަނޑަކަށް!

އިސްލާމް ދީނަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގެ މިސްރާބު...

26 އޯގަސްޓް

August 26, 2019 10
އަންހެން ފަނޑިޔާރުން ގެންނަން ގިނަ މެންބަރުން ތާއީދު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަންހެން ދެ ބޭފުޅަކު އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައި، އެކަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ލަފާދެއްވުމާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ ގިނަ މެމްބަރުން އެމަނިކުފާނަށް ތައުރީފް ކުރައްވައިފި އެވެ.

06 އޯގަސްޓް

August 06, 2019 3
އިމްރާންގެ ވާހަކަތަކާ ގުޅިގެން ކުއްލި މައްސަލައެއް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީ އަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ދެއްވި ކަމަށް ބުނާ އިންޒާރާ ގުޅިގެން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިގަނެ، މެމްބަރުންގެ މެދުގައި މިރޭ ބަހުސް ފަށައިފި އެވެ.

24 ޖުލައި

July 24, 2019 46
ސަރުކާރު ހިންގަނީ މަޖިލިހުން ކަމަށް ބުނެ ފާޑުކިޔައިފި!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ހިންގަނީ ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ކަމަށާއި އެކަން ހުއްޓާލެއްވުމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ފެލިދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު މިއަދު ގޮވާލައްވައިފި އެވެ.

22 ޖުލައި

July 22, 2019 15
ސައިޓުތަކުގެ މައްސަލަ އަށް ބަހުސްކުރަން ބޭނުމެއް ނުވި

މާލޭގައި ތަންތަން އިމާރާތް ކުރަމުންދާ ކޮންސްޓްރަކްޝަން ސައިޓުތަކުގައި ހިނގާ ނުރައްކާތެރި ހާދިސާތަކުގެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ކާށިދޫ ދާއިރާގެ އަމިއްލަ މެމްބަރު އަދި ވިޔާފަރިވެރިޔާ އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލިހުން ބޭރުކޮށްލައިފި އެވެ.

09 ޖުލައި

July 09, 2019 18
އިދިކޮޅު މެމްބަރުން ބޭނުންވަނީ އިނާޔަތް ބޮޑުކުރަން

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރު ދެމުން އަންނަ އިނާޔަތް ބޮޑު ކުރަން ތާއީދު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އިދިކޮޅު ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

08 ޖުލައި

July 08, 2019 54
ނަޝީދު އުޅެނީ ރާއްޖެ އާއި ޗައިނާ ޖައްސަން: ޝިޔާމް

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވަނީ ރާއްޖެ އާއި ޗައިނާ ޖައްސަން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

04 ޖުލައި

July 04, 2019 46
އެމްޑީޕީން ޔާމީނަށް: ތިއުޅެނީ ހަމަޖެހުން ނަގާލަން!

ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ގައުމަށް ޚިޔާނާތްތެރިވެވަޑައިގެންފައިވާ ބޭފުޅެއް ކަމަށާއި އެމަނިކުފާނު އިސްކޮށް ހުންނަވައިގެން އެއްވުންތައް ބާއްވަން އުޅެނީ ރާއްޖޭގައި އޮތް ސުލްހަމަސަލަސްކަން ނަގާލަން ކަމަށް ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.