31 ޖުލައި

July 31, 2017 2
ފާރިސް ހާޒިރު ނުކުރުމުން ފިޔަވަޅު އަޅަން އެދެފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުކޮށް ނުދިން މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލަށާއި ކަރެކްޝަނަލް ސާވިސްއާ...

July 31, 2017 79
އީވާގެ ސުވާލުތަކަށް އަސްމާގެ ފިނި ރައްދު!

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އެންމެ ހަލަބޮލިވި ވަގުތެވެ. ރިޔާސަތުގައި މަޖިލިހުގެ އަބްދުﷲ މަސީހު އިންނެވުމަށް ހުރަސްއަޅުއްވަން އިދިކޮޅު މެމްބަރުންނަށް ކުރެއްވުނު...

30 ޖުލައި

July 30, 2017 20
ސަލާމަތީ ބާރުތަކުން ގާނޫނާ ހިލާފުވި މައްސަލަ މަޖިލީހަށް

ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އިދިކޮޅު މެމްބަރުން، މިދިޔަ ހޯމަ ދުވަހު މަޖިލީހަށް ވަޑައިގަތުމަށް ފުލުހުންނާއި ސިފައިން ހުރަސް އެޅުމަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކުރި ކަމެއް ކަމަށް ވިދާޅުވެ، އެ މައްސަލަ ބަލައިދިނުމަށް އެދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

29 ޖުލައި

July 29, 2017 27
"ސުޕްރީމްކޯޓަށް ހުށަހެޅި މައްސަލަ ލަސްވާތީ ކަންބޮޑުވޭ"

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމާ މެދު ގޮތެއް ކަނޑައަޅައިދޭން ސުޕްރީމް ކޯޓަށް އެ މެމްބަރުން ހުށަހެޅުއްވި މައްސަލަ ނުނިމި ދިގުލައިގެންދާތީ އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ރޭ ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.

28 ޖުލައި

July 28, 2017 14
ސައުދުގެ ބަންދަށް ވެސް 15 ދުވަސް ޖަހައިފި

ފުލުުހުން ހައްޔަރު ކޮށްފައިވާ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން މިރޭ 15 ދުވަސް ޖަހައިފި އެވެ.

July 28, 2017 7
އަޅުގަނޑެއް ނުފިލާނަން، ގެއްލުވައެއް ނުލެވޭނެ: ސައުދު

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ހޯދުމަށް ފުލުހުން އާންމުކޮށް މިރޭ އިއުލާން ކުރި ނަމަވެސް އޭނާ ހުންނެވީ...

27 ޖުލައި

July 27, 2017 23
އިންސާފުވެރިކަމާ އެކު މައްސަލަ ތަހުގީގުކޮށްދީ: އިބޫ

ފުލުހުން ކުރަމުން އަންނަ ތަހުގީގުތައް ވަކި ފަރާތަކަށް ނުޖެހި، އިންސާފުވެރިކަމާ އެކު ކޮށްދިނުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ގޮވާލައްވައިފި އެވެ.

26 ޖުލައި

July 26, 2017 11
އަނިލްގެ އިތުބާރު ނެތްކަމަށް އަލުން ހުށަހަޅަނީ

އެޓާނީ ޖެނެރަލް މުހައްމަދު އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

July 26, 2017 6
ރިޔާޒާއި ފަލާހް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ފަލާހް ފުލުސް އޮފީހަށް ހާޒިރުވާން...

July 26, 2017 21
ހަމަނުޖެހުންތަކުގައި ނޫސްވެރިޔަކަށް ވީ މަހުލޫފް

ސަޕޯޓަރުންނަށް އަހުމަދު މަހުލޫފްގެ ހިތްވަރު އެންމެ ފުރަތަމަ ސާބިތުވީ ދާދި ފަހުން ޖަލުގައި 10 މަހަށް ވުރެ ގިނަ ދުވަސް ހޭދަކުރެއްވި އިރު އެވެ. އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ދޮޅު މަސް...

25 ޖުލައި

July 25, 2017 32
މެމްބަރު ސައުދު ހައްޔަރުކޮށްފި

ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ދެންމެ ހައްޔަރުކޮށްފި އެވެ.

July 25, 2017 10
ވަހީދުގެ ބަންދަށް 15 ދުވަސް ޖަހައިފި

ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ގެ ބަންދުގެ މުއްދަތަށް 15 ދުވަސް ކްރިމިނަލް ކޯޓުން ދެންމެ ޖަހައިފި އެވެ.

24 ޖުލައި

July 24, 2017 23
ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވީ މަޖިލީހުގެ އެދުމަށް

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މަޖިލީހަށް ވަނުމަށް ސިފައިން ހުރަސް އަޅައި، މަޖިލީހަށް ވަތް މެމްބަރުން އެ ތަނުން ގަދަކަމުން ނެރުނީ މަޖިލީހުގެ އިދާރާގެ އެދުމުގެ މަތިން...

July 24, 2017 56
ވަކިކުރާ ކޮންމެ މީހެއްގެ ގޮނޑި ނުގެއްލޭނެ: ނަޝީދު

ޕާޓީން މެންބަރަކު ވަކި ކުރިޔަސް، އެ މެމްބަރެއްގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނަށް ނުނިންމޭނެ ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޕީޕީއެމް މެމްބަރު...

23 ޖުލައި

July 23, 2017 11
މަޖިލީހުގެ ޖަލްސާ މާދަމާ އޮންނާނެ: އިބޫ

ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަޖިލީހުގެ ޖަލްސާ މާދަމާ ބާއްވައި، އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތަށް ކާމިޔާބު ލިބޭނެ ކަމަށް އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

July 23, 2017 18
މެމްބަރުން ވެސް ހިމާޔަތްކުރަން ޖެހޭނެ: އިބްރާހިމް ދީދީ

ފުލުހުންނާއި ސިފައިން ރައީސް އަބްދުﷲ ޔާމީން ހިމާޔަތްކުރާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހިމާޔަތް ކުރަން ޖެހޭނެ ކަމަށް ކުރިން ސިފައިންގެ ހިދުމަތުގައި ގިނަ ދުވަސްތަކެއް...

July 23, 2017 10
އިދިކޮޅު މެމްބަރުން ރުޅިވެރިކަން ފާޅުކުރައްވައިފި

ގާނޫނުއަސާސީ އަށް ހިތުހުރިހާ ގޮތެއް ހަދައި، އިދިކޮޅު މެމްބަރުންގެ މައްޗަށް ނުހައްގު ތުހުމަތުކޮށް، ގޮނޑި ގެއްލުވާލައި، މަޖިލީހުގެ ޖަލްސާތައް ހުއްޓުވާލާފައިވާ މައްސަލާގައި...

22 ޖުލައި

July 22, 2017 34
ބޮޑު އެއްވުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލައިފި

ރާއްޖޭގެ އެކި ރަށްރަށުގައި ތިބި ރައްޔިތުން މާލެ އަރައި، އަންނަ ހޯމަ ދުވަހު ސަރުކާރާ ދެކޮޅަށް އަޑު އުފުލުމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން މިރޭ ގޮވާލައިފި އެވެ.

21 ޖުލައި

July 21, 2017 81
ހުސްވި ގޮނޑިތަކަށް ޕީޕީއެމުން ކެމްޕޭން ފަށައިފި

ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަކިކޮށް ބައި އިލެކްޝަނެއް ބާއްވަން ޖެހިފައިވަނިކޮށް، ކެމްޕޭންކުރަން ޕީޕީއެމްގެ ޓީމްތަކެއް އެކި އަތޮޅުތަކަށް ފުރައިފި އެވެ.

20 ޖުލައި

July 20, 2017 66
އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް

ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލިހަށް މިއަދު ވައްދައިފި އެވެ.

July 20, 2017 17
އިލެކްޝަންސްގެ އަމަލުތައް ވަނީ ޖޯކަކަށް: ހަސަން ލަތީފް

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އަމަލުތައް ބޮޑު ޖޯކަކަށް ވެފައިވާ ކަމަށް ވިދާޅުވެ އެ ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާނަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މިއަދު ފާޑު...

July 20, 2017 24
"ގޭމްޕްލޭން ބަދަލުކޮށްގެން ވެސް މަސައްކަތް ކުރެވިދާނެ"

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް ނިންމައި، ގާނޫނުއަސާސީއާ ޚިލާފަށް ރައީސް އަބްދުﷲ ޔާމީން އަމަލު ކުރެއްވި ނަމަވެސް، އިދިކޮޅު ފަރާތްތަކުގެ "ގޭމް...

19 ޖުލައި

July 19, 2017 28
މަޖިލިހުގެ ގޮނޑި ގެއްލުނު މެމްބަރުން ސުޕްރީމް ކޯޓަށް

ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލަ އެ މެމްބަރުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ.

July 19, 2017 26
29 މެމްބަރުންގެ ސޮޔާއެކު ޖަލްސާ ބާއްވަން ހުށަހަޅަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވައިދިނުމަށް އެދި 29 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހަޅާނެ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.

July 19, 2017 98
މަސީހު ވަކިކުރުމުގެ ޖަލްސާ ނުބާއްވާނެކަން ޔަގީންވެއްޖެ

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ޖަލްސާ އަންނަ ހަފުތާގެ ހޯމަ ދުވަހު ނުބާއްވާނެކަން ޔަގީންވެއްޖެ އެވެ.

18 ޖުލައި

July 18, 2017 13
މަސީހް ވަކިކުރުމުގެ މައްސަލަ ހޯމަ ދުވަހު

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ޖަލްސާ އަށް އެޖެންޑާކޮށްފައިވާ ކަން ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން އެ ޕާޓީގެ މަޖިލިސް މެމްބަރުންނަށް މިއަދު އަންގަވައިފި އެވެ.

16 ޖުލައި

July 16, 2017 26
"ޕީޕީއެމުން ވަކިވި މެމްބަރުން ގޮނޑި ނުގެއްލޭނެ"

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން، ޕީޕީއެމުން މިހާރު ވަކިވާން އެދިފައި ތިބި އަދި ކުރިން ވަކިކޮށްފައިވާ އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭނެ ކަމަށް އިދިކޮޅު ކޯލިޝަނުން ރޭ ބުނެފި އެވެ.

15 ޖުލައި

July 15, 2017 61
ސުޕްރީމް ކޯޓުގެ ހުކުމް ރިވިއު ކޮށްދިނުމަށް ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފި ނުވަތަ ޕާޓީން ވަކިވެއްޖެ ނުވަތަ ވަކިކޮށްފި ނަމަ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން...

July 15, 2017 58
ރޮޒައިނާގެ ބަހުގެ ހަމަލާތަކެއް އާޒިމާ އަށް

ގާނޫނީ ގޮތުން ފުންނާބު އުސްކަމަށް ހެއްދެވިގެން އުޅުއްވިޔަސް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި އޮތް އެއްޗެއް އޭނާ އަށް ވުރެ ބޮޑަށް އާޒިމާ ޝަކޫރަށް އެނގިވަޑައިނުގަންނަވާނެ ކަމަށް...

14 ޖުލައި

July 14, 2017 45
ގާނޫނުއަސާސީން އުފެއްދި އެއްޗެއް އެއަށްވުރެ މަތިނުވެވޭނެ

ގާނޫނުއަސާސީން އުފެއްދި އެއްޗެއް، އެއަށްވުރެ މަތި ނުވެވޭނެ ކަމަށް ރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.

July 14, 2017 21
ފަހަތަށް ނުޖެހޭނަން، ގޮނޑި ގެއްލުނަސް ހެޔޮ: އަބްދުﷲ

ގައުމު އިސްލާހު ކުރަން ކުރާ މަސައްކަތުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވަކި ކުރަން ވޯޓު ދެއްވައިގެން ގޮނޑި ގެއްލުނަސް...

July 14, 2017 21
"ގޮނޑި ގެއްލުމުގެ ބިރު އޮތަސް ދުލެއް ނުދެއްވާނެ"

ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމުން އިސްލާހަށް މަސައްކަތް ކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް، ބިރު ދައްކާފައި އޮތް ނަމަވެސް އެފަދަ ފިއްތުންތަކަށް މެމްބަރުން ދޫ...

12 ޖުލައި

July 12, 2017 14
ޕީޕީއެމުން ވަކިކުރި މެމްބަރުންގެ މައްސަލަތައް ބަލަނީ

ވެރިކަން ކުރާ ޕީޕީއެމުން އެކި ސަބަބުތަކާ ހުރެ ވަކިކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ މައްސަލަތައް އަލުން ބެލުމަށްޓަކައި އެ ޕާޓީގެ އިސްތިއުނާފް ކޮމެޓީއަށް...

July 12, 2017 64
އަޅުގަނޑުމެން "ހައިޖެކެއް" ނުކުރެވޭނެ: މެމްބަރުން

ވެރިކަން ކުރާ ޕީޕީއެމުން ވަކިކޮށްދިނުމަށް، ރައްޔިތުންގެ މަޖިލިހުގައި އެ ޕާޓީ ތަމްސީލުކުރި 10 މެމްބަރަކު އެދުމުން އެކަމާ ދެކޮޅު ހަދައި އެ މެމްބަރުން ޕީޕީއެމްގައި "ހައިޖެކް" ކުރަނީ...