25 މާޗް

March 25, 2020 37
އިގްތިސާދީ ޕެކޭޖުގެ ތަފްސީލަށް ސައީދު އެދިވަޑައިގެންފި

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮރޯނާވައިރަސް ހަލުވިކަމާ އެކު ފެތުރޭތީ ފަރުދުންނާއި ވިޔަފާރިތަކަށް ކުރިމަތިވެފައިވާ އިިގުތިސާދީ ދަތިކަމަށް ލުޔެއް ހޯދައިދޭން ސަރުކާރުން ތައާރަފްކުރާ އިގްތިސާދީ ޕެކޭޖްތަކުގެ ތަފްސީލް، ރައްޔިތުންގެ މަޖިލީހަށް ހޯދައިދޭން މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު...

10 މާޗް

March 10, 2020 21
އިންތިހާބު ލަސްކުރުމަކީ ސިޔާސީ ކަމަކަށް ވެގެން ނުވާނެ

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު، ކޮވިޑް-19 ގެ ނުރައްކަލާ ގުޅިގެން ފަސްކުރުމަކީ ސިޔާސީ ކަމަކަށް ވެގެން ނުވާނެ ކަމަށް ވިލިމާލެ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު އުޝާމް މިރޭ ވިދާޅުވެއްޖެ އެވެ.

March 10, 2020 55
އިދިކޮޅުގެ ޝަރުތަކީ ޔާމީން މިނިވަންކުރުން

އެކި ގައުމުތަކުގައި މިހާރު ފެތުރޭ ކޮވިޑް-19 އަށް ރާއްޖެ އިން ވެސް ހަ ބިދޭސީއަކު ޕޮޒިޓިވް ވެފައިވާއިރު، އެކަމާ ގުޅިގެން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ލަސްކުރުމަށް ސަރުކާރާ އެކު...

March 10, 2020 40
އެމްޑީޕީން އުޅެނީ ކޮވިޑަކީ ސީރިއަސްނޫން ކަމަކަށް ހަދަން

އެމްޑީޕީން މަސައްކަތް ކުރަނީ އެކި ގައުމުތަކުގައި ފެތުރެމުންދާ އަދި މިހާތަނަށް ފަރުވާއެއް ވެސް ހޯދިފައި ނެތް ކޮވިޑް-19 އަކީ ސީރިއަސް ނޫން ކަމަކަށް ހަދަން ކަމަށް ވިދާޅުވެ،...

05 މާޗް

March 05, 2020 12
އިދިކޮޅު އަޑަށް މަޖިލީހުގައި ފުރުސަތެއް ނުދޭ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ މަދު އަދަދެއްގެ އިދިކޮޅު މެމްބަރުންނާއި މިނިވަން މެމްބަރުންނަށް އެ ބޭފުޅުންގެ ކަންބޮޑުވުންތައް އިއްވަން ރިޔާސަތުން ފުރުސަތު ނުދޭ ކަމަށް ތުހުމަތު ކުރައްވައި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

04 މާޗް

March 04, 2020 67
"ދީނާ ދެކޮޅު ޖަމިއްޔާއާ ގުޅުވީ ނަފްރަތު އުފައްދަން"

ރާއްޖެ އަށް އެމަނިކުފާނުގެ އެހީތެރިކަމާ އެކު، ދީނާ ދެކޮޅު ޖަމިއްޔާއެއް ގެނެސް ވޯކްޝޮޕްތައް ބޭއްވި ކަމަށް ވިދާޅުވެ ހަގީގަތެއް ނެތް ވާހަކަތަކެއް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޚަލީލް ދެއްކެވީ ފިތުނަ އުފައްދަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ...

03 މާޗް

March 03, 2020 115
މިނިމަމްވޭޖަށް 10،000ރ. ކަނޑައަޅަން ހުށަހަޅައިފި

އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 10،000ރ. ކަނޑައެޅުމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހުގެ އިގުތިސޯދީ ކޮމިޓީ...

March 03, 2020 91
"ދީނާ ގުޅޭ ވާހަކައެއް މަޖިލީހުގައި މިހާރަކު ނުދެއްކޭ"

ރައްޔިތުންގެ މަޖިލީހުގައި، އިސްލާމް ދީނާ ގުޅޭ އެއްވެސް ވާހަކައެއް މިހާރަކު ނުދެއްކޭ ކަމަށް މާވަށު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ރޭ...

19 ފެބުރުއަރީ

February 19, 2020 9
ހޯމަ ދުވަހަކީ މައިނޯރިޓީ ލީޑަރުގެ ދުވަސް: ނަޝީދު

ރައްޔިތުންގެ މަޖިލިސް ހުޅުވި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްވެވި ރިޔާސީ ބަޔާނަށް އަންނަ ހޯމަ ދުވަހު ޖަވާބު ދެއްވަން، މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އެދިވަޑައިގެންފައިވާ ކަމަށާއި އެއީ "މައިނޯރިޓީ ލީޑަރުގެ ދުވަސް" ކަަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު...

10 ފެބުރުއަރީ

February 10, 2020 14
މަޖިލީހުގައި މައިނޯރިޓީ ލީޑަރަކަށް ސަލީމް

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ އޭދަފުށީ ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕް (ޕީޖީ) ގެ ލީޑަރު އަހުމަދު ސަލީމް (ރެޑްވޭވް) ކަަމަށް މަޖިލީހުގެ ރިޔާސަތުން މިއަދު އިއުލާންކޮށްފި އެވެ.

05 ފެބުރުއަރީ

February 05, 2020 23
މިއީ ހަމައެކަނި ޝިދާތާގެ އިހުމާލެއް ނޫން: އިދިކޮޅު

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީވާ ކަމަށް މަޝްހޫރު އަހުމަދު ހިޝާންގެ މައްޗަށް ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއް ކުރާކަން އެނގޭއިރު ވެސް އޭނާ އަށް އޮނަރަރީ ޑިސެބިލިޓީ އެމްބެސެޑަރުކަން ދިން މައްސަލައިގައި އޮތީ ހަމައެކަނި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފްގެ އިހުމާލެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު...

03 ފެބުރުއަރީ

February 03, 2020 44
ދައުލަތް އޮޅުންބޮޅުންވެ، ކޮތަރުކޮށި ރަނަށް: އިދިކޮޅު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިއްވި ރިޔާސީ ބަޔާނުން އެނގުނީ މުޅި ދައުލަތް އޮތީ އޮޅުންބޮޅުންވެފައި އޮތް މިންވަރު ކަމަށާއި ކުރިން ކޮތަރު ކޮށިތަކެއްގެ ގޮތުގައި ސިފަކުރި ފްލެޓްތައް ވެސް މިހާރު ރަނަށް ވެއްޖެ ކަމަށް ބުނެ އިދިކޮޅުން މިއަދު ފާޑުކިޔައިފި އެވެ.

February 03, 2020 16
ރިޔާސީ ބަޔާނުގައި އުއްމީދެއް ނެތް: އިދިކޮޅު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހުގައި ދެއްވީ އުއްމީދެއް ނެތް ބަޔާނެއް ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް މިއަދު ވިދާޅުވެއްޖެ އެވެ.

February 03, 2020 51
ޖަވާބު ދެވޭނީ އިދިކޮޅު ލީޑަރު އެނގިގެން: ނަޝީދު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އިއްވެވި ރިޔާސީ ބަޔާނަށް މަޖިލީހުން ޖަވާބުދާރީ ވެވޭނީ އިދިކޮޅު މެމްބަރުންގެ ލީޑަރަކީ ކޮން ބޭފުޅެއްކަން ސާވުމުން ކަމަށް ރައްޔިތުންގެ...

11 ޑިސެމްބަރ

December 11, 2019 84
ނަޝީދުގެ ފޮޓޯއާ ހެދި އާޒިމާއި ޖަމީލްގެ ކުރިމަތިލުމެއް!

އިންޑިއާގެ މިނިވަންކަމުގެ ބާނީ މަހާތުމާ ގާންދީގެ މަގްބަރާގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު، ދުއާގައި އަތް ނަގާ ގޮތަށް، ދެ އަތްޕުޅު އުފުއްލަވައިގެން ހުންނެވި ފޮޓޯއާ ހެދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމްއާ ދެމެދު ހޫނު ޒުވާބެއް އުފެދިއްޖެ އެވެ.

10 ޑިސެމްބަރ

December 10, 2019 29
އިދިކޮޅު މެމްބަރުން އިންޑިއާއަށް ނުދިޔައީ ޔާމީނަށްޓަކައި

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާ އެކު އެ މަޖިލިހުގެ ބޮޑު ވަފުދެއް އިންޑިއާ އަށް މިހާރު ކުރަމުން ދާ ދަތުރުގައި އިދިކޮޅުގެ އެއްވެސް މެމްބަރަކު ބައިވެރިވެވަޑައިނުގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި އޮންނެވުމުން ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

05 ޑިސެމްބަރ

December 05, 2019 1
ކައުންސިލަރުން މުށުތެރެއަށް ލާން އެބައުޅޭ: ތޯރިގް

ކައުންސިލްތަކުގެ މޭޔަރުންނާއި ރައީސުންނާއި މެންބަރުން ރައްޔިތުންގެ މަޖިލިހަށް ވަކިކުރެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަނީ މަޖިލިހުގެ މުށުތެރެ އަށް ކައުންސިލަރުން ލާން ކަމަށް މަޖިލީހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) މިއަދު ވިދާޅުވެއްޖެ އެވެ.

03 ޑިސެމްބަރ

December 03, 2019 24
މަޖިލިހުގައި ހަޅޭކާއި ނިޒާމީ މައްސަލަ އާއި އަރާރުން!

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ދިއްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ވަހީދު ބަހުސް ކުރައްވަން ފެއްޓެވުމާ އެކު، ރައްޔިތުންގެ މަޖިލިހުގެ ތަޅުމުން ފުރަތަމަ އިވުނީ ކަށިގަނޑު ފުމޭ އަޑެވެ. މެމްބަރުންގެ ސަމާލުކަން، ކަށިގަނޑު ފުމުނު މެމްބަރަށް އަމާޒުވި އެވެ. އެކަމަކު، ޓީވީތަކުން މަޖިލިހުގެ ޖަލްސާ ލައިވް ކުރަމުން ދިޔަ އިރު،...

02 ޑިސެމްބަރ

December 02, 2019 26
ޔާމީން މިނިވަންކުރަން މަޖިލިހުގައި އިހްތިޖާޖު ކުރަނީ

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލައި ރައްޔިތުންގެ މަޖިލިހުގައި އިދިކޮޅު މެމްބަރުން އިހުތިޖާޖުކުރަން ފަށައިފި އެވެ.

22 ނޮވެމްބަރ

November 22, 2019 26
ހުސައިން މުހައްމަދު ލަތީފް އަނެއްކާ ވެސް ޕީޕީއެމަށް

ރައްޔިތުންގެ މަޖިލީހުގައި އަމިއްލަ މެމްބަރެއްގެ ގޮތުގައި ހުންނެވި، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް މިރޭ އަލުން އިދިކޮޅު ޕީޕީއެމާ ގުޅިވަޑައިގެންފި އެވެ.

21 ނޮވެމްބަރ

November 21, 2019 62
241 ކޮމިޓީ ހޫނުވެ ބޮޑު ޒުވާބަކަށް

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީން ފާސްކުރި ރިޕޯޓުގެ މައްސަލާގައި އެ ކޮމެޓީގެ މިރޭ ބައްދަލުވުން ހޫނުވެ،...

November 21, 2019 19
ސަބް ކޮމިޓީގެ ދިރާސާގައި އިދިކޮޅުގެ ބައިވެރިވުމެއް ނެތް

އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝިމް އަލީ އަވަހާރަކޮށްލި މައްސަލައިގައި ރިޔާސީ ކޮމިޝަނުން އެކުލަވައިލި ރިޕޯޓް ދިރާސާކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ...

20 ނޮވެމްބަރ

November 20, 2019 37
ސަލަފް ޖަމިއްޔާ އުވާނުލާން އިދިކޮޅުން ގޮވާލައިފި

ޖަމިއްޔަތުލް ސަލަފަށް ޓެރަރިޒަމްގެ ތުހުމަތުކޮށް، އެ ޖަމިއްޔާ އުވާލަން ކުރަމުން އަންނަ މަސައްކަތާ މެދު އިދިކޮޅު ކޯލިޝަން ޕީޕީއެމް އާއި ޕީއެންސީ އިން މިރޭ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

18 ނޮވެމްބަރ

November 18, 2019 58
އިދިކޮޅުގެ ރުޅި ޖޭއެސްސީއަށް: ނިޒާމް ފުނޑާލައިފި!

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވި މައްސަލާގައި، ސަރުކާރާ އިދިކޮޅު މެމްބަރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

06 ނޮވެމްބަރ

November 06, 2019 109
މަޖިލީހުގެ ރައީސް ޖޯކަރަކަށް ވީމާ ކަމަކު ނުދޭ: ތޯރިގް

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު، "ޖޯކަރަކަށް" ވީމާ ކަމުނުދާ ކަމަށް މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް މިއަދު ވިދާޅުވެއްޖެ އެވެ.

05 ނޮވެމްބަރ

November 05, 2019 24
އިދިކޮޅު ބައެއް މެމްބަރުންގެ ނަން އިއްވައިފި

ރައްޔިތުންގެ މަޖިލިހުގެ އިދިކޮޅު ހަތަރު މެމްބަރެއްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން މިއަދު ބޭރުކޮށްލައިފި އެވެ.