01 އެޕްރީލް

April 01, 2018 14
ރައީސްގެ އަމާޒަކީ އިދިކޮޅު ފުނޑާލުން: ޕާޓީތައް

ރައްޔިތުންގެ މަޖިލިހުގެ އިދިކޮޅު މެމްބަރުންނާ ދެކޮޅަށް ދައުވާކޮށްގެން ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވަނީ އިދިކޮޅު ފަރާތްތައް ފުނޑާލުން ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެފި އެވެ.

29 މާޗް

March 29, 2018 6
ދައުލަތް އޮތީ ލަދުގަންނަން ޖެހޭ ހާލަތުގައި: އަމީތު

ރައްޔިތުންގެ މަޖިލީހުގައި އޭނާ ތަމްސީލްކުރައްވާ ދާއިރާގެ ރައްޔިތުންގެ ހައްގުތައް ނިގުޅައިގެންފައި އޮންނަތާ އަހަރެއް ފާއިތުވުމަކީ ދައުލަތް ލަދުގަންނަން ޖެހޭނެ ކަމެއް ކަމަށާއި ހައްގު ހޯދަން ކުރާ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު މިއަދު ވިދާޅުވެއްޖެ އެވެ.

28 މާޗް

March 28, 2018 21
12 މެމްބަރުން ޖަލްސާތަކުގައި ބައިވެރިކުރަން ޖެހޭނެ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންނަށް މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވޭނެ ގޮތް ވީ އެންމެ އަވަހަކަށް ހަމަޖައްސަން ޖެހޭނެ ކަމަށް އިންޓަ ޕާލަމެންޓްރީ ޔުނިއަން (އައިޕީޔޫ) އިން މިއަދު ބުނެފި އެވެ.

27 މާޗް

March 27, 2018 50
އަމުރު ނެރުނީ ފަނޑިޔާރުންނަށް އޮޅުވާލައިގެން: ދައުލަތް

އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 1 ގައި އަމުރު ނެރުނީ އެ ކޯޓުގައި ތިއްބެވި ފަނޑިޔާރުންތަކަކަށް އޮޅުވާލައިގެން ކަމަށް ދައުލަތުން ބުނެފި އެވެ.

March 27, 2018 9
މެމްބަރުންގެ ގޮނޑީގެ މައްސަލަ މިއަދު ސުޕްރީމް ކޯޓުގައި

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނިންމި ނިންމުން ބާތިލް ކުރަން ދައުލަތުން ހުށަހެޅި...

March 27, 2018 66
އިބޫ ޖަލުގައި: ހިކުމަތްތެރި ލީޑަރު ގުޑުވައެއް ނުލެވޭނެ

ސިޔާސީ މަސައްކަތުގައި ގައުމަށް ނަމޫނާއެކެވެ. އަބަދުވެސް އިސްކަން ދެއްވަނީ ގައުމީ މަސްލަހަތަށެވެ. ތަފާތު ފިކުރުތަކާ އެކު މަސައްކަތް ކުރެއްވުމުގެ ގާބިލްކަން ހުންނެވި ވިސްނުން ތޫނު...

26 މާޗް

March 26, 2018 13
މަޖިލީހުގެ ތަޅުން ހުހަށް، މަސައްކަތްތައް ހުއްޓިފައި!

ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް މިދިޔަ މަހު ފެށުނު ފަހުން، މަޖިލީހުގެ ތަޅުން ފެންނަނީ މަސައްކަތް ހުއްޓިފައި އޮތް "ފަޅު" ތަނެއްގެ ގޮތުގަ އެވެ. ގިނަ ބިލުތަކެއް މަޖިލީހުގެ ކޮމިޓީތަކަށް ހުށަހަޅާފައި ހުއްޓަސް، ކޮމިޓީތަކުގެ ބައްދަލުވުންތައް ނުބާއްވާތީ ބިލުތައް ދިރާސާ ކުރުމުގެ މަސައްކަތެއް ވެސް ނުހިނގަ އެވެ.

21 މާޗް

March 21, 2018 16
ބަންދުގައި ތިބި މެމްބަރުން މަޖިލިހަށް ގެންދަން ޖެހޭތަ؟

ރައްޔިތުން އިންތިޚާބު ކޮށްފައި ތިބޭ މަންދޫބުން ކަމަށް ވާތީ، ރައްޔިތުން މަޖިލިހުގެ މެމްބަރުންނަށް ޚާއްސަ ރައްކާތެރިކަން ނުވަތަ ޚާއްސަ އިމްތިޔާޒްތަކެއް އޮވެ އެވެ. މެމްބަރަކު މަޖިލީހުގައި ދައްކާ ވާހަކައަކާ ގުޅިގެން ނުވަތަ ވޯޓު ދޭ ގޮތަކާ ގުޅިގެން ދައުވާއެއް ނުކުރެވޭނެ އެވެ. ކުށެއް ކުރަނިކޮށް ފެންނަ ހާލަތުގައި ނޫނީ މެމްބަރަކު...

20 މާޗް

March 20, 2018 4
އަޑުއެހުންތައް ނިންމާލީ ބަހުގެ ހޫނު ހަމަލަތަކަށްފަހު!

ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ބިލް، ގާނޫނަކަށް ހެދި މައްސަލައިގައި ދައުލަތާއި މައްސަލަ ހުށަހެޅި ފަރާތާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ސުޕްރީމް ކޯޓުގައި މިއަދު ބަދަލުކޮށްފި އެވެ.

18 މާޗް

March 18, 2018 39
އެންޓި ޑިފެކްޝަން ގާނޫނުގެ މައްސަލަ އަށް ހޫނު ރައްދެއް

ރައްޔިތުންގެ މަޖިލީހުން ފާސް ކުރި އެންޓި ޑިފެކްޝަން ބިލު ގާނޫނަކަށްވެފައިވާ އިރު، އެއީ ގާނޫނުއަސާސީއާ ހިލާފު ގާނޫނެއް ކަމަށް ބުނެ، ދައްކަމުން އަންނަ ވާހަކަތަކަށް ދައުލަތުން...

March 18, 2018 45
ފަނޑިޔާރުންގެ ގާނޫނުގެ ސައްހަކާ މެދު ކޯޓުގައި ބަހުސެއް

ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެއްޖެ ނަމަ އޮޓަމެޓިކުން ފަނޑިޔާރުކަމުގެ މަގާމުން ވަކިވާ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހަށް ވޯޓަށް އެހުމުގައި 43 މެމްބަރުން...

14 މާޗް

March 14, 2018 76
ބިލް ތަސްދީގުކޮށްފި، އަނެއްކާވެސް ބޮޑު ބަހުސަކަށް!

ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި އެންޓި ޑިފެކްޝަން ބިލް ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރެއްވުމާ އެކު، އަނެއްކާވެސް ސިޔާސީ ދާއިރާގައި ބޮޑު ބަހުސެއް އުފެދިއްޖެ އެވެ.

13 މާޗް

March 13, 2018 40
ދެ ބިލް ބާތިލް ކުރަން އިދިކޮޅުން ސުޕްރީމް ކޯޓަށް

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ފާސްކުރި ބިލާއި ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެއްޖެ ނަމަ މަގާމުން ވަކިވާ ގޮތަށް މިއަދު ފާސްކުރި ދެ ބިލް ބާތިލް ކުރުމަށް އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

12 މާޗް

March 12, 2018 98
12 މެމްބަރުން ވަކިވާ ގޮތަށް ބިލް އިސްލާހުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ބިލް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން މިރޭ ފާސްކޮށްފި އެވެ.

March 12, 2018 44
ދައުލަތުން ހުށަހެޅި މެމްބަރު ފާރިސްއާ އެއްކޮޅަށް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ފަރާތުން ރިޝްވަތުގެ އެއްވެސް ފައިސާއެއް ލިބިފައިނުވާ ކަމަށް ބުނެ، ރިޝްވަތު ލިބުނު ކަމަށް ބުނާ...

11 މާޗް

March 11, 2018 19
މެމްބަރުންގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުމެއް މާދަމާ

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް މިދިޔަ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނިންމި ނިންމުން ބާތިލްކުރަން އެޓާނީ ޖެނެރަލްގެ ފަރާތުން...

March 11, 2018 22
އެންޓި ޑިފެކްޝަން ބިލަށް މާދަމާ ބަހުސްކުރަން ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިޚާބުވާ ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތް ހަދަން ސަރުކާރުގެ ފަރާތުން ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު...

10 މާޗް

March 10, 2018 21
ފްލޯ ކްރޮސިންގެ ބިލް މަޖިލީހުގައި ކުރިއަށް ނުގެންދެވޭނެ

ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައި ވަނިކޮށް، އެ މައްސަލައާ ގުޅޭ އެއްވެސް ކަމެއް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ކޮށްގެން ނުވާނެ ކަމަށް އަމުރުކޮށްފައި ވަނިކޮށް، އެންޓި ޑިފެކްޝަން ބިލެއް މަޖިލީހަށް ހުށަހަޅައި ކުރިޔަށް ނުގެންދެވޭނެ ކަމަށް ގާނޫނީ ވަކީލު އިބްރާހިމް ރިފްއަތު މިރޭ ވިދާޅުވެެއްޖެ އެވެ.

08 މާޗް

March 08, 2018 13
"ބިލުގެ ބޭނުމަކީ މެމްބަރުންގެ ފައިގައި ބިޑި އެޅުވުން"

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިޚާބުވާ ޕާޓީން ވަކިވެއްޖެ ނަމަ މަޖިީހުގެ މެމްބަރުކަމުން ވަކިވާ ގޮތް ހަދަން ސަރުކާރުން ހުށަހެޅި، އެންޓި ޑިފެކްޝަން ބިލަކީ މެމްބަރުންގެ ހަތަރެސްފައިގައި ބިޑި އަޅުވަން ކުރާ ކަމެއް ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.

07 މާޗް

March 07, 2018 42
އެންޓި ޑިފެކްޝަން ބިލަށް އައްޑޫ ޝަރީފް ތާއީދުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިޚާބުވާ ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތް ހަދަން ސަރުކާރުން ހުށަހެޅި އެންޓި ޑިފެކްޝަން ބިލަށް މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) މިއަދު ތާއީދު ކުރައްވައިފި އެވެ.

06 މާޗް

March 06, 2018 10
ޝަރީފަކީ ސިޔާސީ ބޭފުޅެއް، މިނިވަނެއް ނުވާނެ: އިދިކޮޅު

އިލެކްޝަންސް ކޮމިޝަނަށް މިއަދު ހަމަޖެއްސި އާ ރައީސް އަހުމަދު ޝަރީފަކީ ސިޔާސީ ބޭފުޅެއް ކަމަށާއި އެ ކޮމިޝަނުން މިނިވަންކަންމަތީ މަސައްކަތް ކުރާނެ ކަމަށް ގަބޫލް ނުކުރާ ކަމަށް...

March 06, 2018 26
އިންތިހާބު މިނިވަންވާނެ ކަމަށް ގަބޫލު ނުކުރަން: ފުއާދު

ކުރިއަށް އޮތް ރިޔާސީ އިންތިހާބު މިނިވަންވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގް މިއަދު، ސްރީ ލަންކާގައި، ވިދާޅުވެއްޖެ އެވެ.

05 މާޗް

March 05, 2018 63
އިލްހާމް ދެއްވި ހޫނު ފެނުގެ އިންޒާރު ތަހުގީގު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރުު އިލްހާމް އަހްމަދު، މަޖިލީހުގެ މެމްބަރުންތަކަކަށް އިންޒާރު ދެއްވި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

March 05, 2018 52
ފުލުހުން ނުފޫޒެއްގެ ތެރޭގައި، ތެދެއްތަ؟

ކޮންމެ ސަރުކާރެއްގައި ވެސް ހަމަ އެ މައްސަލަ އެވެ. ސަލާމަތާއި ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުމުގެ ޒިންމާ ހަވާލުކޮށްފައިވާ ފުލުހުންގެ ނާއިންސާފުގެ ވާހަކަ އެވެ. އޭރަކު...

04 މާޗް

March 04, 2018 47
ރައީސް ޔާމީން ދޫކޮށް، އިދިކޮޅާ ނުގުޅޭނަން: މުބީން

ރައީސް އަބްދުﷲ ޔާމީންގެ ބައެއް ސިޔާސަތުތަކާ ދޭތެރޭގައި ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީން ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށާއި އެހެންވެ، ވަރަށް އަވަހަށް އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގަންނަވާނެ ކަމަށް ދައްކާ ވާހަކަތައް އޭނާ މިއަދު ދޮގު ކުރައްވައިފި އެވެ.

27 ފެބުރުއަރީ

February 27, 2018 11
މެމްބަރުންގެ މައްސަލާގެ ތެރެއަށް ޕާޓީތަކުން ވަންނަނީ

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުން ބާތިލްކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރެއަށް ތަދައްޚުލްވުމަށް އިދިކޮޅު ޕާޓީތަކުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.