06 މާޗް

March 06, 2018 10
ޝަރީފަކީ ސިޔާސީ ބޭފުޅެއް، މިނިވަނެއް ނުވާނެ: އިދިކޮޅު

އިލެކްޝަންސް ކޮމިޝަނަށް މިއަދު ހަމަޖެއްސި އާ ރައީސް އަހުމަދު ޝަރީފަކީ ސިޔާސީ ބޭފުޅެއް ކަމަށާއި އެ ކޮމިޝަނުން މިނިވަންކަންމަތީ މަސައްކަތް ކުރާނެ ކަމަށް ގަބޫލް ނުކުރާ ކަމަށް...

March 06, 2018 26
އިންތިހާބު މިނިވަންވާނެ ކަމަށް ގަބޫލު ނުކުރަން: ފުއާދު

ކުރިއަށް އޮތް ރިޔާސީ އިންތިހާބު މިނިވަންވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގް މިއަދު، ސްރީ ލަންކާގައި، ވިދާޅުވެއްޖެ އެވެ.

05 މާޗް

March 05, 2018 63
އިލްހާމް ދެއްވި ހޫނު ފެނުގެ އިންޒާރު ތަހުގީގު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރުު އިލްހާމް އަހްމަދު، މަޖިލީހުގެ މެމްބަރުންތަކަކަށް އިންޒާރު ދެއްވި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

March 05, 2018 52
ފުލުހުން ނުފޫޒެއްގެ ތެރޭގައި، ތެދެއްތަ؟

ކޮންމެ ސަރުކާރެއްގައި ވެސް ހަމަ އެ މައްސަލަ އެވެ. ސަލާމަތާއި ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުމުގެ ޒިންމާ ހަވާލުކޮށްފައިވާ ފުލުހުންގެ ނާއިންސާފުގެ ވާހަކަ އެވެ. އޭރަކު...

04 މާޗް

March 04, 2018 47
ރައީސް ޔާމީން ދޫކޮށް، އިދިކޮޅާ ނުގުޅޭނަން: މުބީން

ރައީސް އަބްދުﷲ ޔާމީންގެ ބައެއް ސިޔާސަތުތަކާ ދޭތެރޭގައި ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީން ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށާއި އެހެންވެ، ވަރަށް އަވަހަށް އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގަންނަވާނެ ކަމަށް ދައްކާ ވާހަކަތައް އޭނާ މިއަދު ދޮގު ކުރައްވައިފި އެވެ.

27 ފެބުރުއަރީ

February 27, 2018 11
މެމްބަރުންގެ މައްސަލާގެ ތެރެއަށް ޕާޓީތަކުން ވަންނަނީ

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުން ބާތިލްކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރެއަށް ތަދައްޚުލްވުމަށް އިދިކޮޅު ޕާޓީތަކުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

23 ފެބުރުއަރީ

February 23, 2018 60
މަޖިލީހުގެ މެޖޯރިޓީ އަލުން ހޯދާނަން: ފަލާހް

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ޖަލްސާތައް ފެށުމާއެކު ވެރިކަން ކުރާ މައި ޕާޓީ ޕީޕީއެމުން މަޖިލީހުގެ މެޖޯރިޓީ އަލުން ހޯދާނެ ކަމަށާއި އިދިކޮޅުގައި ތިއްބެވި ބައެއް މެމްބަރުން ވެސް މިހާރު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެ އެވެ.

22 ފެބުރުއަރީ

February 22, 2018 21
ރިޔާސީ ބަޔާން: މިހާރުގެ ހާލަތާ ބެހޭ ވާހަކައެއް ނެތް!

ރާއްޖޭގައި ސިޔާސީ ބޮޑު ހަމަނުޖެހުމެއް އުފެދި ރައްޔިތުންގެ މަސްލަހަތު ހިމެނޭ އެތައް ކަމެއް ހިނގަމުން ދަނިކޮށް ރައީސް އަބްދުﷲ ޔާމީން ރޭ އިއްވެވި ރިޔާސީ ބަޔާނުގައި، ގައުމުގެ ހާލަތާ މެދު އެއްވެސް އެއްޗެއް ވިދާޅުނުވުމުން ފާޑުކިއުން އަމާޒު ވެއްޖެ އެވެ.

21 ފެބުރުއަރީ

February 21, 2018 30
ރިޔާސީ ބަޔާނަށް ދޭންޖެހޭ ރައްދެއް ނޯންނާނެ: އިިދިކޮޅު

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ދެއްވި ރިޔާސީ ބަޔާނަށް އިދިކޮޅު ކޯލިޝަނުން ދޭންޖެހޭ ރައްދެއް އޮތް ކަމަށް ގަބޫލު ނުކުރާ ކަމަށް އެ ކޯލިޝަނުން މިރޭ ބުނެފި އެވެ.

20 ފެބުރުއަރީ

February 20, 2018 75
"އިހުލާސްތެރި މެމްބަރުންނާއެކު އަޣުލަބިއްޔަތު ހޯދާނަން"

އިޚުލާސްތެރި މެމްބަރުންނާއެކު ރައްޔިތުން މަޖިލީހުގެ އަޣުލަބިއްޔަތު އަލުން ސަރުކާރަށް ހޯދާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު މިރޭ ވިދާޅުވެއްޖެ އެވެ.

February 20, 2018 14
ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިތުރުކޮށްފި

ރައީސް އަބްދުﷲ ޔާމީން މި މަހުގެ ފަސް ވަނަ ދުވަހުގެ ރެއިން ފެށިގެން 15 ދުވަހުގެ މުއްދަތަށް އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގައި ހިފަހައްޓާފައިވާ، ރައްޔިތުންގެ މަޖިލީހުގެ...

18 ފެބުރުއަރީ

February 18, 2018 20
ގޮނޑި ނުގެއްލޭކަން މިރޭގެ އަމުރުން ސާފު: އިދިކޮޅު

ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަން މިރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރުން ވެސް ސާފު ކަމަށް އިދިކޮޅު ފަރާތްތަކުން މިރޭ ބުނެފި...

February 18, 2018 7
މެމްބަރުން ނުވެއްދީ ސަރުކާރަށް ގޮތް ހުސްވުމުން

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންނަށް މާދަމާ ބާއްވާ ޚާއްސަ ޖަލްސާގެ ދައުވަތު ފޮނުވައި، ފަހު ވަގުތު އެ މެމްބަރުން...

15 ފެބުރުއަރީ

February 15, 2018 7
އިދިކޮޅު ބައެއް މެމްބަރުންނަށް އަނިޔާވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން މަޖިލީހުގެ އިދާރާ އަށް ވަދެވަޑައިގަންނަވަން އުޅުއްވުމުން ސިފައިންނާއި ފުލުހުން ހުރަސްއެޅުމުން ހިނގި ކުރިމަތިލުމުގައި ބައެއް މެމްބަރުންނަށް އަނިޔާވެއްޖެ އެވެ.

14 ފެބުރުއަރީ

February 14, 2018 23
މަޖިލީހަށް ވަން މެމްބަރުން އުފުލާލައިގެން ނެރެފި

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ޖަލްސާތައް ނުފަށައި ލަސްވާ މައްސަލަ ހުށަހަޅުއްވަން މަޖިލީހުގެ އިދާރާ އަށް މިއަދު ވަޑައިގެންނެވި އިދިކޮޅު މެމްބަރުން އުފުލާލައިގެން ސިފައިން އެތަނުން ނެރެފި އެވެ.

13 ފެބުރުއަރީ

February 13, 2018 6
ޖަލްސާތައް ނުބާއްވާ މައްސަލަ ހުށަހެއް ނޭޅުނު

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ޖަލްސާތައް ނުފަށައި ދިގުލައިގެންދާ މައްސަލަ ހުށަހަޅުއްވަން އިދިކޮޅު މެމްބަރުންތަކެއް މިއަދު މަސައްކަތް ކުރެއްވި ނަމަވެސް ސިފައިންގެ ހުރަސްއެޅުމާ ގުޅިގެން އެކަން ކާމިޔާބުވާ ގޮތެއް ނުވި އެވެ.

February 13, 2018 5
އިދިކޮޅު މެމްބަރުން މަޖިލީހަށް ވަނުމަށް ހުރަސް އަޅައިފި

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުންތަކެއް، މަޖިލީހުގެ އިދާރާ އަށް ވަދެވަޑައިގަތުމަށް ސިފައިން މިއަދު ހުރަސް އަޅައިފި އެވެ.

February 13, 2018 75
ރައީސާ ދެކޮޅު ކޮންމެ ނިންމުމަކީ "ބަޣާވާތެއް"؟

ޝަރުއީ ދާއިރާގެ މިނިވަންކަމާ މެދު ސުވާލު އުފައްދައި އިދިކޮޅު ޕާޓީތަކުން އެތައް ފާޑެއް ކިޔަ އެވެ. ޚާއްސަކޮށް، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ހަތަރު އަހަރުގެ ތެރޭގައި...

11 ފެބުރުއަރީ

February 11, 2018 16
މަޖިލީހުގެ ޖަލްސާތައް ނުފަށާ ސަބަބެއް ނުބުނި

ގަވާއިދުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މި މަހުގެ ފުރަތަމަ ހަފުތާގައި ފަށަން ޖެހުނު ނަމަވެސް، ޖަލްސާތައް ފަށާނެ ދުވަހެއް މެމްބަރުންނަށް ނާންގައި ދިގުލައިގެންދާ ސަބަބެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ނުބުންޏެވެ.

09 ފެބުރުއަރީ

February 09, 2018 16
މެމްބަރު ސިނާން ފުލުހުންނާ އަމިއްލައަށް ހަވާލުވެއްޖެ

ފުލުހުން މިއަދު ހޯދަން އިއުލާންކުރި ދެ ބޭފުޅުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ އެވެ.

08 ފެބުރުއަރީ

February 08, 2018 12
މެމްބަރުންނަށް އިންޒާރު ލިބޭ، ރައްކާތެރިކޮށްދީ: އަމީތު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުންނަށް ނުރައްކާތެރި އިންޒާރު ލިބެމުން ދާ ކަމަށާއި އެ ހުރިހާ ބޭފުޅުންނަށް ރައްކާތެރިކަން ދިނުމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު މިއަދު ގޮވާލައްވައިފި އެވެ.

05 ފެބުރުއަރީ

February 05, 2018 8
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން މިިހާރު ރާއްޖޭގައި ހިނގަމުންދާ ކަންކަމާ ގުޅިގެން މުޅި ރާއްޖޭގައި މިއަދުން ފެށިގެން 15 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު ރައީސް އަބްދުﷲ ޔާމީން މިރޭ އިއުލާން ކުރައްވައިފި އެވެ.

03 ފެބުރުއަރީ

February 03, 2018 12
ސަރުކާރަށް މަޖިލީހުގެ ކޮންޓްރޯލް ގެއްލިއްޖެ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 ބޭފުޅުން އެ މަގާމުން ވަކިނުވާ ކަމަށް، ހުކުރު ވިލޭރޭ ސުޕްރީމް ކޯޓުން...

February 03, 2018 27
12 ބޭފުޅުންނަކީ މަޖިލީހުގެ މެމްބަރުން: އަމީން އާންމު

ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ދާދި ފަހުން ކަނޑައެޅި 12 ބޭފުޅުންނަކީ މިހާރު ރައްޔިތުންގެ މަޖިލީހުގެ ސައްހަ މެމްބަރުން ކަމަށް އަމީން އާންމު އަހުމަދު މުހައްމަދު ގަބޫލު...

02 ފެބުރުއަރީ

February 02, 2018 1
"އަމުރަށް ގޮންޖެހޭނެ މީހަކު ނެތް، ހުރަސްނާޅާތި"

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމި ނިންމުން ބާތިލްކޮށް، ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރަށް ގޮންޖެހޭނެ މީހަކު ނެތް ކަމަށް ވިދާޅުވެ، މަޖިލީހަށް ވެންނެވުމަށް ހުރަސްނޭޅުއްވުމަށް އެ މެމްބަރުން މިރޭ ގޮވާލައްވައިފި އެވެ.