09 ޖުލައި

July 09, 2019 18
އިދިކޮޅު މެމްބަރުން ބޭނުންވަނީ އިނާޔަތް ބޮޑުކުރަން

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރު ދެމުން އަންނަ އިނާޔަތް ބޮޑު ކުރަން ތާއީދު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އިދިކޮޅު ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

08 ޖުލައި

July 08, 2019 27
ކޮރަޕްޝަނަށް މަގުފަހި ކުރަން ލުތުފީއަށް ދިނީ ފްލެޓެއް

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމުގެ ސަރުކާރުގައި ކޮރަޕްޝަންގެ އަމަލުތަކަށް މަގު ފަހިކުރުމުގެ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީ އަށް ދެއްވީ ހަ ލައްކަ ރުފިޔާގެ ފްލެޓެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޒިޔާދު (ފިއްޓެ) މިއަދު ވިދާޅުވެއްޖެ...

July 08, 2019 32
ޔާމީން ދިން އަނިޔާ އަށް މާފެއް ނެތް: ޖާބިރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރެއްވި އަނިޔާތަކަށް މާފު ނުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު މިއަދު...

July 08, 2019 53
ނަޝީދު އުޅެނީ ރާއްޖެ އާއި ޗައިނާ ޖައްސަން: ޝިޔާމް

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވަނީ ރާއްޖެ އާއި ޗައިނާ ޖައްސަން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު...

05 ޖުލައި

July 05, 2019 70
އެގްރިމެންޓްތައް އެފުށް މިފުށަށް ޖަހާނަން: ޔާމީން

ވެރިކަމުގެ ބާރުލިބޭ ދުވަހަކުން މި ސަރުކާރުން ހަދާފައިވާ އެގްރިމެންޓްތައް އެފުށް މިފުށަށް ޖަހާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

July 05, 2019 29
ޖުޑީޝަރީގެ ބާރުތައް ދިއުމަކީ ހިތްހަމަޖެހޭނެ ކަމެއްނޫން

ޖުޑީޝަރީގެ ބާރުތައް ބީވެގެން ދިއުމަކީ އެއްގޮތަކަށް ވެސް ހިތްހަމަޖައްސައިގެން ތިބެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

04 ޖުލައި

July 04, 2019 16
"ރައްޔިތުންނަށް އޮޅުވާލައި ސަރުކާރު ފެއިލްވެއްޖެ"

މި ސަރުކާރުން ރައްޔިތުންނަށް އޮޅުވާލައި ވަރަށް ބޮޑަށް ފެއިލް ވެފައިވާ ކަމަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މިއަދު ބުނެފި އެވެ

July 04, 2019 46
އެމްޑީޕީން ޔާމީނަށް: ތިއުޅެނީ ހަމަޖެހުން ނަގާލަން!

ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ގައުމަށް ޚިޔާނާތްތެރިވެވަޑައިގެންފައިވާ ބޭފުޅެއް ކަމަށާއި އެމަނިކުފާނު އިސްކޮށް ހުންނަވައިގެން އެއްވުންތައް ބާއްވަން އުޅެނީ ރާއްޖޭގައި އޮތް...

01 ޖުލައި

July 01, 2019 54
ލުތުފީ ގެންނަން 2.7 މިލިއަން ދައްކަންޖެހޭ: ޕީޕީއެމް

ކުށެއް ނެތް އެތައް ދިވެހިންނެއްގެ ލޭ އޮހޮރުވާލައި ޖަލު ހުކުމަށް ފިލައިގެން އުޅުނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ގެނައުމަށް 2.7 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ދައްކަންޖެހޭ...

July 01, 2019 56
"ލުތުފީ ގެންގުޅެނީ އެމްބަސީގެ ވީއައިޕީ ކޮޓަރިއެއްގައި"

ކުށެއް ނެތް އެތައް ދިވެހިންނެއްގެ ލޭ އޮހޮރުވާލައި ޖަލު ހުކުމަށް ފިލައިގެން އުޅުނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ސްރީ ލަންކާގައި ހުންނަ ދިވެހި އެމްބަސީ އަށް ގޮސް ހުރީ ވީއައިޕީ...

28 ޖޫން

June 28, 2019 72
ޕީޕީއެމްގެ ޖަލްސާއަކަށް ކާނިވާ ސަރަހައްދަށް އެދިއްޖެ

އިދިކޮޅު ޕީޕީއެމުން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ އާންމު ޖަލްސާ އަކަށް ކާނިވާ ސަރަހައްދު ދޫކޮށްދިނުމަށް ޕްލޭނިން މިނިސްޓްރީ ގައި އެ ޕާޓީން އިއްޔެ އެދިއްޖެ އެވެ.

11 ޖޫން

June 11, 2019 11
ޕީޕީއެމްގެ ޕީޖީ ލީޑަރަކަށް ސަލީމް ހަމަޖައްސައިފި

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ) ގެ ލީޑަރަކަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ހަމަޖައްސައިފި އެވެ.

10 ޖޫން

June 10, 2019 20
ޕީޕީއެމަށް ފައިސާ ދޫކޮށްދޭން އެދުނީ މިއަދު: ފިނޭންސް

އިދިކޮޅު ޕާޓީ، ޕީޕީއެމަށް ފައިސާ ދޫކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) ން އެދުނީ މިއަދު ކަމަށާއި މި ހަފުތާ ތެރޭގައި ފައިސާ ދޫކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

07 ޖޫން

June 07, 2019 34
މޯދީގެ ދަތުރު ބަލައިގަންނަން: ޕީޕީއެމް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މާދަމާ ރާއްޖެ ވަޑައިގަންނަވަނީ އެ ގައުމުގެ އެކުވެރި ރައްޔިތުން ތަމްސީލު ކުރައްވަން ކަމަށް ވާތީ، އެމަނިކުފާނުގެ ދަތުރުފުޅު ބަލައިގަނެ މަރުހަބާ ކިޔާ ކަމަށް އިދިކޮޅު ޕީޕީއެމުން ބުނެފި އެވެ.

04 ޖޫން

June 04, 2019 42
ކޮމިޓީތަކުގައި އިދިކޮޅުގެ އަޑު އިއްވެން ޖެހޭނެ: ޝިޔާމް

މިދިޔަ ހަފުތާގައި ހުވާކުރި 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީތަކުގައި އިދިކޮޅު މެމްބަރުންގެ އަޑު އިއްވުމުގެ ފުރުސަތު ލިބެން ޖެހޭނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް އިއްޔެ ވިދާޅުވެއްޖެ އެވެ.

24 މެއި

May 24, 2019 44
މޮރިޝަސްއާ ދެކޮޅު ވޯޓަށް މާފަށް އެދެންޖެހޭނެ: ޕީޕީއެމް

ރާއްޖޭގެ ދެކުނުގައި އޮންނަ ޗާގޯޒް އައިލެންޑްސް، މޮރިޝަސްގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމާ ދެކޮޅަށް ރާއްޖެ އިން ވޯޓު ދިން މައްސަލައިގައި ދިވެހި ސަރުކާރުން ރައްޔިތުންގެ ކިބައިން މާފަށް އެދެންޖެހޭނެ ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމުން ރޭ ބުނެފި އެވެ.

23 މެއި

May 23, 2019 23
ރިފްއަަތަށް ކުރާ ތުހުމަތުތައް ސާފުކޮށްދޭން ގޮވާލައިފި

އަމިއްލަ މަސްލަހަތު ހިމާޔަތް ކުރައްވައި، ދައުލަތަށް ގެއްލުންވާ ގޮތަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ލަފާ ދެއްވާ ކަމަށް ކުރާ ތުހުމަތުތަކުގެ ހަގީގަތް ސާފުކޮށްދޭން އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މިރޭ ގޮވާލައިފި އެވެ.

May 23, 2019 42
މުސާރައާ އެކު ވަޒީފާ އިޔާދަކުރަން ޕީއެންސީން ދަފްތަރެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ނުހައްގުން ވަޒީފާ އިން ވަކިކުރާ މީހުންނަށް މުސާރައާ އެކު އެ ވަޒީފާ، ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި އިޔާދަކޮށްދިނުމަށް...

May 23, 2019 19
މަޖިލީހުގެ ރައީސަކަށް، ޕީއެންސީން ތާއީދުކުރަނީ އަފީފަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ހޮވާ ވޯޓުގައި އިދިކޮޅު ޕީއެންސީން ތާއީދުކުރާނީ ކުރީގެ ހޯމް މިނިސްޓަރު އަދި ވިލުފުށީ ދާއިރާގެ އިންތިޚާބީ މެމްބަރު ހަސަން އަފީފަށް ކަމަށް އެ ޕާޓީން...

21 މެއި

May 21, 2019 20
އެމްޑީޕީގެ މެމްބަރުންގެ އަދަދު ބައިލައްކައަށް އަރައިފި

އިލެކްޝަންސް ކޮމިޝަން (އީސީީ) އަށް ހުށަހެޅި ފޯމުތައް ޗެކްކޮށް ނިމުނުއިރު މެމްބަރުން އެންމެ ގިނަ ޕާޓީގެ ރެކޯޑާ އެކު، އެމްޑީޕީގައި ތިބި މީހުންގެ އަދަދު ބައިލައްކަ އަށް އަރައިފި އެވެ.

13 މެއި

May 13, 2019 94
ގާފުރޮޅާނީ ޕްލޭނާ އެކު، މަޝްރޫއުތަކުގެ ސްޕީޑު ބާރުވާނެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭނީ، ވިސްނުންތެރިކަމާއި ރޭވުންތެރިކަމާ އެކުގައި ކަމަށާއި ބާރު ސްޕީޑުގައި ތަރައްގީގެ...

May 13, 2019 160
ސަރުކާރުން ތަރައްގީ އަށް ފުރޮޅި ގާކޮޅެއް ނެތް: ޝިޔާމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް، ރައްޔިތުން ބޭނުންވާ ސްޕީޑުގައި ޚިދުމަތް ނުދެވޭ ކަމަށާއި ތަރައްގީ އަށް މިހާތަނަށް ފުރޮޅި އެންމެ ގާ ކޮޅެއް ވެސް ނެތް ކަމަށް...

12 މެއި

May 12, 2019 24
ފައިސާ ލިބިއްޖެ، ޕީޕީއެމް ދަރަނިން ސަލާމަތްވަނީ

ޕީޕީއެމްގެ މިދިޔަ އަހަރުގެ ޚަރަދުތަކަށް ދައުލަތުގެ ބަޖެޓުގައި ކަނޑައެޅި ފައިސާ މިދިޔަ ހަފުތާގައި ލިބިފައިވާތީ، ވީހާވެސް އަވަހަކަށް ދަރަނި ދައްކައި ޚަލާސްކުރާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

10 މެއި

May 10, 2019 30
ޕީޕީއެމް/ޕީއެންސީގައި އޮތީ މަކަރުވެރި ރޭވުމެއް:ހުސެއިން

ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާނެ ކަމުގެ ޔަގީންކަން ދީ، ޕީޕީއެމްގެ ލީޑަޝިޕަށް ބަދަލުގެނައީ ނަމެއްގައި ކަމަށް ވިދާޅުވެ، ޕީޕީއެމާއި އެ ޕާޓީއާ އެކު ކޯލިޝަން ހަދާފައިވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް، މިރޭ...

09 މެއި

May 09, 2019 22
ޕީޕީއެމް ނިދިން ހޭލައި ޒިންމާއަދާކުރަން ވެއްޖެ: ނިޒާރު

އިދިކޮޅު ޕާޓީގެ ޒިންމާ އަދާނުކޮށް، "ޕީޕީއެމް އަދިވެސް އޮތީ ނިދާފައި" ކަމަށް ވިދާޅުވެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

01 މެއި

May 01, 2019 14
މަސައްކަތްތެރިންގެ ހައްގު އޮތީ ނިގުޅައިގެންފައި:ޕީޕީއެމް

ދިވެހި އެތައް މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގަނެ، ވަޒީފާގެ ފުރުސަތުތައް ހޯދުމުގައި ވަރަށް ބޮޑަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް އިދިކޮޅު ޕީޕީއެމުން މިއަދު ބުނެފި އެވެ.

28 އެޕްރީލް

April 28, 2019 40
ޕީއެންސީ ވަރުގަދަކުރަނީ، ޕީޕީއެމަށް ވާނީ ކިހިނެއް؟

ޕީޕީއެމް ދެ ފަޅިކޮށް، އުފެއްދި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އަމާޒު ހުރީ ވެރިކަން ކުރުމަށެވެ. ރާއްޖޭގެ އެންމެ ވަރުގަދަ އިދިކޮޅު ޕާޓީ އަށް ވުމުގެ މަސައްކަތް ރަސްމީކޮށް ފެށިކަން އެ ޕާޓީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ރޭ އިއުލާން ކުރައްވައިފަ އެވެ. ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ވެސް ސިޔާސީ...

27 އެޕްރީލް

April 27, 2019 66
ރާއްޖޭގައި ދެން ގޮތް ނިންމާނެ ޕާޓީއަކީ ޕީއެންސީ:އަދުރޭ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ކުރިމަގުގައި ވާނީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ގޮތް ނިންމާ ޕާޓީ އަށް ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިރޭ ވިދާޅުވެއްޖެ އެވެ.