15 އޮކްޓޯބަރ

October 15, 2020 13
ސުލޫކީ މައްސަލަ އަކީ ބިރުދެއްކުމުގެ އުކުޅެއް: އިދިކޮޅު

ފަނޑިޔާރުންގެ ސުލޫކީ މައްސަލަ އަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުންނަށް ބިރުދެއްކުމަށް ބޭނުންކުރާ އުކުޅެއް ކަމަށާއި ޖޭއެސްސީގެ ނުފޫޒުގެ ސަބަބުން މައްސަލަތަކަށް އިންސާފު ނުލިބޭ ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.

07 އޮކްޓޯބަރ

October 07, 2020 16
އިންޑިއާގެ އެއްބަސްވުންތަކާ ބެހޭ މައްސަލަ ބޭރުކޮށްލައިފި

ރާއްޖޭން އިންޑިއާއާ އެކު ސޮއިކޮށްފައިވާ އެއްބަސްވުންތަކުގެ މައުލޫމާތު ހާމަކުރަން ސަރުކާރަށް ގޮވާލައި އިދިކޮޅުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

13 ސެޕްޓެމްބަރ

September 13, 2020 200
"އިންޑިއާ އައުޓް އަކީ ހަރުކަށި މީހުންގެ ކަމެއް"

"އިންޑިއާ އައުޓް"ގެ ނަމުގައި މިހާރު ހިންގަމުން އަންނަ ހަަރަކާތަކީ ހަރުކަށި ފިކުރުގެ މީހުން އަޑީގައި ތިބެގެން ހިންގާ ކަމެއް ކަމަށާއި އިދިކޮޅު ޕީޕީއެމުން އެ ޖާގަ ދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ތުހުމަތުކުރައްވައިފި އެވެ.

01 ސެޕްޓެމްބަރ

September 01, 2020 31
އެމްޑީޕީން މާފަށް އެދެންޖެހޭ: ޑރ. ޖަމީލް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތްކުރި، ޒަމާނީ ފެންވަރުގެ އާ ޕޮލިސް ސްޓޭޝަން މިއަދު ހުޅުވުމާ ގުޅިގެން، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު، ޔާމީނަށް ތައުރީފު ކުރައްވައި، އެކަމަކު އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

31 އޯގަސްޓް

August 31, 2020 107
މީޑިއާ ކުރިމަތީ އަބްދުއްރަހީމް އަވަގުރާނަ ގޮވައިފި

ރާއްޖޭގެ ތާރީހާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި "ދެ ރަދުން" ފޮތާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު މީޑިއާގެ ކުރިމަތީގައި އަވަގުރާނަ ގޮވައިފި އެވެ.

21 އޯގަސްޓް

August 21, 2020 39
ވައްކަމުގެ ތުހުމަތުތަކަށް ނަޝީދުގެ ދިފާއަކީ މަޖިލިސް

މި ސަރުކާރުގެ ތެރޭގައި ވެސް ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތައް އިތުރުވާތީ، އިދިިކޮޅު ފަރާތްތަކުން ކިޔާ ފާޑުކިޔުންތަކަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ރައްދު ދެއްވައިފި އެވެ.

19 އޯގަސްޓް

August 19, 2020 9
ޔާމީނަށް ވަކީލުންނާ ބައްދަލުނުވާ މައްސަލަ މަޖިލިހަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަކީލުންނާ ބައްދަލުކުރެއްވުމުގެ ފުރުސަތު ނުދޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުން ކޮމިޓީން ބަލައިދިނުމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އިއްޔެ ހުށަހަޅުއްވައިފި އެވެ.

26 ޖުލައި

July 26, 2020 20
ޑިމޮކްރަސީގެ ފުރިހަމަކަމަށް ވާދަވެރިން މުހިއްމު: ނަޝީދު

ރާއްޖޭގައި ފުރިހަމަ ޑިިމޮކްރަޓިކް ނިޒާމެއް ގެނައުމަށް ސިޔާސީ ވާދަވެރިންގެ ފާޑުކިޔުން މުހިންމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

19 ޖުލައި

July 19, 2020 93
"ވިސާ މައްސަލާގައި ނަޝީދުގެ އަމަލު ގަވާއިދާ ޚިލާފު"

ބިދޭސީންނަށް ފަސޭހަ އިން ރެސިޑެންސް ވިސާ ލިބޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީން އަލުން ވިސްނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ގޮތާ މެދު ކަންބޮޑުވުން ފާޅުކުރައްވާ ބައެއް މެމްބަރުން އެކަމުގައި އެ މަނިކުފާނު އެހެން ގޯހެއް ވެސް...

18 ޖުލައި

July 18, 2020 70
ރެސިޑެންސް ވިސާގެ އިސްލާހު އަނބުރާ ގެންދޭ:އިދިކޮޅު

ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެޒިޑެންޓް ވިސާ ދޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ ހުށަހެޅުން އަނބުރާ ގެންދަން އިދިކޮޅު ޕީޕީއެމް/ ޕީއެންސީން މިއަދު ގޮވައިލައިފި އެވެ.

04 ޖުލައި

July 04, 2020 42
ނަޝީދަކީ ޑިމޮކްރަސީއާ ބީރައްޓެހި ބޭފުޅެއް: އިދިކޮޅު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ވަރަށް ހުދުމުހުތާރު، ޑިމޮކްރަސީއާ ބީރައްޓެހި ބޭފުޅެއް ކަމަށާއި އެހެންވެ އެކަން އިސްލާހު ކުރެއްވުމަށް އެދި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެ މަނިކުފާނަށް މިއަދު ސިޓީއެއް ފޮނުވައިފި އެވެ.

01 ޖުލައި

July 01, 2020 18
މެމްބަރު ޝިޔާމްގެ މައްސަލަ އައިޕީޔޫއިން ބަލަނީ

ގާނޫނުއަސާސީ އިސްލާހު ކުރުމަށް މިދިޔަ މަހު އެއްވަނަ ދުވަހުގެ ރޭ މެންދަމު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ހޫނުވެ، އެމްޑީޕީގެ މެމްބަރުންގެ އެހީތެރިކަމާ އެކު، ނައިފަރު ދާއިރާގެ އިދިކޮޅު މެމްބަރު އަހުމަދު ޝިޔާމް، ގަދަކަމުން ތަޅުމުން ބޭރުކުރި މައްސަލަ ބަލައިގަނެ އެކަން ބަލަން ފަށާފައިވާ ކަމަށް އިންޓަ ޕާލިމެންޓްރީ ޔޫނިއަން...

24 ޖޫން

June 24, 2020 46
"ތެޔޮ ވިޔަފާރީގެ ވާހަކަ ދައްކަނީ ވަހީދު ދެކެ ބިރުން"

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތު ކުރާ 800 މިލިއަން ޑޮލަރުގެ ވަގު ވިޔަފާރީގެ މައްސަލަ އެމްޑީޕީން އަނެއްކާ ވެސް ފެންމަތިކޮށްގެން އުޅެނީ ކުރީގެ ރައީސް މުހައްމަދު ވަހީދު އިދިކޮޅު ސިޔާސީ މަސައްކަތާ ގުޅިވަޑައިގަތުމުން ބިރުން ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.

22 ޖޫން

June 22, 2020 68
ވެރިކަން ބަދަލުވިގޮތާ މެދު އުފާކުރާކަށް ނުޖެހޭ: ވަހީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތާ މެދު އުފާކުރަން ނުޖެހޭ ކަމަށާއި ވެރިކަން ބަދަލުވި ގޮތް އަލުން ބަލާ ނަމަ އެކަމުގައި އެއްބާރުލުން ދެއްވާނެ ކަމަށް ނަޝީދުގެ...

June 22, 2020 22
ނަތީޖާ ނުނެރެވި މަރު ކޮމިޝަން މަރުވެއްޖެ؟!

އާއިލާތަކަށް އިންސާފު ހޯދައިދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި މަރު ކޮމިޝަނުން ނަތީޖާ ނުނެރެވި ކޮމިޝަން "މަރުވެފައިވާ" ކަމުގެ ކަންބޮޑުވުންތަކާ އެކު ސަރުކާރަށް...

21 ޖޫން

June 21, 2020 18
ރައްކާތެރިކަމުގެ ޔަގީންކަން މަޖިލީހުން ނުލިބޭ: އިދިކޮޅު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރި ނުވަނީ މެމްބަރުންގެ ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމުގެ ޔަގީންކަން މަޖިލީހުން އަދިވެސް ނުލިބޭތީ ކަމަށް އިދިކޮޅު ޕީއެންސީން މިއަދު ބުނެފި އެވެ.

16 ޖޫން

June 16, 2020 9
ޝިޔާމަށް އަނިޔާކުރި މައްސަލައަށް ސަބް ކޮމެޓީއެއް

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހުގެ ތަޅުމުން ނެރުމުގައި ހަމަނުޖެހުން ހިންގައި، ޝިޔާމަށް އަނިޔާކުރި މައްސަލާގައި ބަޔާންތައް ނަގައި، ހޯދުންތައް ހޯދުމަށް މަޖިލީހުގެ އިމްތިޔާޒާއި ސުލޫކާ ބެހޭ ކޮމެޓީގެ ސަބް ކޮމެޓީއެއް މިއަދު އެކުލަވާލައިފި އެވެ.

15 ޖޫން

June 15, 2020 35
މަޖިލީހަށް ސިފައިން ވައްދާކަށް ނޭދެން: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މެމްބަރަކު ނެރުން ފަދަ ކަމަކަށް ސިފައިން ވަޑަައިގަންނަަވަން އެދިވަޑައިނުގަންނަވާ ކަމަށާއި މަޖިލީހުގެ ކަންތައްތައް ނިންމަން ވާނީ މަޖިލީހުން އަމިއްލަ އަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

08 ޖޫން

June 08, 2020 58
ނަޝީދަށް ދައުވާ ކޮށްދިނުމަށް އިދިކޮޅުން އެދިއްޖެ

މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ މެންދަމު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމަށް އެމްޑީޕީގެ އެހެން މެމްބަރުންތަކެއް އަނިޔާކުރި ކަމަށް ބުނާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެކަމުގައި ބައިވެރިވި އެހެން މީހުންގެ މައްޗަށް ދައުވާ...

07 ޖޫން

June 07, 2020 59
ހަމަނުޖެހުންތަކާ ގުޅިގެން އިދިކޮޅުން ޖަލްސާ ބޮއިކޮޓް!

ރައްޔިތުންގެ މަޖިލީހުގައި އެންމެ ފަހުން ބޭއްވި ޖަލްސާގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމްގެ ނަން އިއްވެވުމުން އޭނާ މަޖިލީހުން ނެރުމަށް...

June 07, 2020 57
ހަރަދުތަކާ އެކު ފްލެޓު 5،600ރ.އަށް ދެވޭނެ

ހުޅުމާލޭގައި ޕީޕީއެމް ސަރުކާރުން އިމާރާތް ކުރަން ފެށި 7،000 ފްލެޓަށް ދިޔަ ހަރަދާ އެކު، މަހެއްގެ މައްޗަށް 5،600ރ. އަށް ކުއްޔަށް ދެވޭނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު...