04 އޯގަސްޓް

August 04, 2017 52
ހަމީދު ޒަކަރިއްޔާ އަށް ދައުވާ ކުރަންޖެހޭ: ހަސަން

ރައްޔިތުންގެ މަޖިލިހުގެ އަމީން އާންމުގެ ނައިބު އަދި މަޖިލިހުގެ އިދާރާގެ ފޮރިން ޑިޕާޓްމަންޓުގެ އެންމެ އިސްވެރިޔާ އަބްދުލްހަމީދު ޒަކަރިއްޔާ، މަޖިލިހުގެ މެމްބަރުންނާ ގުޅޭ ގޮތުން އަމަލު ކުރެއްވި މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ކުރަންޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.

August 04, 2017 43
ރައީސް ޔާމީނަށް ލިބުނު ވަގުތު ފާއިތުވެއްޖެ: މަހްލޫފު

ގައުމުގެ ކަންކަން އިސްލާހު ކުރައްވަން ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގެންނެވި ރަނުގެ ފުރުސަތު މިހާރު ފާއިތުވެެއްޖެ ކަމަށާއި އެންމެ ރަނގަޅު ގޮތަކީ އިސްތިއުފާ ދެއްވުން ކަމަށް...

August 04, 2017 79
މިއީ ވެރިކަމާ ނޫޅެ، މައްސަލަތައް ހައްލުކުރަންވީ ވަގުތު

މިއީ ސިޔާސީ ނުތަނަވަސް ކަމާއެކު ވެރިކަމާ ތަޅާފޮޅަންވީ ވަގުތު ނޫން ކަމަށާއި އޭގެ ބަދަލުގައި މިއީ ގައުމަށް ދިމާވެފައިވާ ހަގީގީ މައްސަލަތަކާ މެދު މަޝްވަރާކުރަންވީ ވަގުތު ކަމަށް...

03 އޯގަސްޓް

August 03, 2017 32
ބޮޑު މުޒާހަރާއަކަށް ހުވަދު އަތޮޅު ތައްޔާރުވެއްޖެ

ފުލުހުންގެ ސަފުތައް ފަޅާލައި ރައްޔިތުންގެ މަޖިލީހަށް ވަދެވަޑައިގަތް ކަމަށް ބުނެ ހައްޔަރު ކުރި މަޖިލިހުގެ މެމްބަރުން ދޫކޮށްލުމަށް ގޮވާލައި ގއ. އަތޮޅާއި ގދ. އަތޮޅުގެ ބައެއް...

August 03, 2017 9
ސިފައިން މަޖިލީހަށް ވަން މައްސަލަ ބަލަން އެދެފި

މިދިޔަ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނުފެށެނީސް ސިފައިން ތަޅުމަށް ވަން މައްސަލަ ބަލަން އިދިކޮޅު ފަރާތްތަކުން މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

02 އޯގަސްޓް

August 02, 2017 64
ރައީސް މެމްބަރުންނަށް:ޖަޒުބާތީނުވެ ހިތްވަރު ދެ ގުނަކުރޭ

މިވަގުތަކީ ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް މެމްބަރުން ކޫސަނި ކަންކަމުގައި ހިޔާލުތަފާތުވެ ޖަޒުބާތީވާންވީ ވަގުތެއް ނޫން ކަމަށާއި ހިތްވަރު ދެ ގުނަކުރަންވީ ވަގުތު ކަމަށް ރައީސް...

August 02, 2017 2
ގާސިމްގެ ޝަރީއަތުގެ އިތުރު އަޑުއެހުމެއް މާދަމާ ބާއްވަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބާއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

01 އޯގަސްޓް

August 01, 2017 9
ފުލުހެއްގެ މައްސަލަ ބަލައިދިނުމަށް ހުށަހަޅައިިފި

އިދިކޮޅު ފަރާތްތަކުން މިހާރު ބާއްވަމުން އަންނަ ހަރަކާތްތަކާއި އެއްވުންތައް ރޫޅާލުމުގެ ތެރޭގައި އަނިޔާކުރާ ކަމަށް ބުނާ ފުލުހެއްގެ މައްސަލަ ބަލައިދިނުމަށް އެދި، ފުލުހުންގެ...

August 01, 2017 16
ގާނޫނާ ޚިލާފު ކަންކަން އަވަހަށް ހުއްޓޭނެ: ޝާހިދު

ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން ގާނޫނާ ޚިލާފު ކަންކަން ކުރުވުން ވަރަށް އަވަހަށް ނިމުމަކަށް އަންނާނެ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު...

31 ޖުލައި

July 31, 2017 27
"އިސް މަގާމުތަކަށް އަންހެނުން ގާބިލް، ހުރަހެއް ނެތް"

އަންހެނުން އިސް މަގާމުތައް އަދާކުރުން ދީނީ ގޮތުން އަދި ގާނޫނީ ގޮތުން ވެސް މަނާ ނުކުރާ ކަމަށާއި ދިވެހި އަންހެނުން ވަނީ ގާބިލްކަން ސާބިތުކޮށްދީފައި ކަމަށް ހެލްތް މިނިސްޓްރީގެ ސްޓޭޓް...

July 31, 2017 2
ފާރިސް ހާޒިރު ނުކުރުމުން ފިޔަވަޅު އަޅަން އެދެފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުކޮށް ނުދިން މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލަށާއި ކަރެކްޝަނަލް ސާވިސްއާ...

30 ޖުލައި

July 30, 2017 20
ސަލާމަތީ ބާރުތަކުން ގާނޫނާ ހިލާފުވި މައްސަލަ މަޖިލީހަށް

ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އިދިކޮޅު މެމްބަރުން، މިދިޔަ ހޯމަ ދުވަހު މަޖިލީހަށް ވަޑައިގަތުމަށް ފުލުހުންނާއި ސިފައިން ހުރަސް އެޅުމަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް...

July 30, 2017 33
ހަ ދުވަސް ފަހުން މެމްބަރުންނަށް މަޖިލީހަށް ވަދެވިއްޖެ

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް މެމްބަރުން ވަނަ ނުދީ ސިފައިން މަޖިލިސް ބަންދުކޮށްގެން އުޅޭތާ ހަ ދުވަސް ފަހުން މެމްބަރުންނަށް އެ ތަނަށް ވެންނެވޭ ގޮތްވެއްޖެ އެވެ.

29 ޖުލައި

July 29, 2017 33
ސުޕްރީމް ކޯޓަށް އާޒިމާ ގެނައުމަކީ ޖަރީމާއެއް: މަހުލޫފް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް، ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ހަމަޖެއްސުމަކީ ރައީސް އަބްދުﷲ ޔާމީން ހިންގަވާ އިތުރު ޖަރީމާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް މިރޭ ވިދާޅުވެއްޖެ އެވެ.

28 ޖުލައި

July 28, 2017 14
ސައުދުގެ ބަންދަށް ވެސް 15 ދުވަސް ޖަހައިފި

ފުލުުހުން ހައްޔަރު ކޮށްފައިވާ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން މިރޭ 15 ދުވަސް ޖަހައިފި އެވެ.

July 28, 2017 15
ފުލުހުން ކުނޫޒު ދޫކޮށްލައިފި

ޖުމްހޫރީ ޕާޓީގެ އޮފީސް އަދި އިދިކޮޅު ސިޔާސީ ހަރަކާތްތައް ހިންގާ މައި ހަރުގެ ދެ ދުވަސް ވަންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ބޭއްވުމަށް ފަހު މިއަދު ދޫކޮށްލައިފި އެވެ.

27 ޖުލައި

July 27, 2017 51
ޣައިރުގާނޫނީ ކަންމުން ރައްޔިތުން ދުރުވާން ގޮވާލައިފި

ޣައިރު ގާނޫނީ ހަރަކާތްތަކުން އާންމުން ދުރުވެ، އެ ކަންކަމުގައި ބައިވެރި ނުވުމަށް ހޯމް މިނިސްޓްރީން މިރޭ ގޮވާލައިފި އެވެ.

July 27, 2017 23
އިންސާފުވެރިކަމާ އެކު މައްސަލަ ތަހުގީގުކޮށްދީ: އިބޫ

ފުލުހުން ކުރަމުން އަންނަ ތަހުގީގުތައް ވަކި ފަރާތަކަށް ނުޖެހި، އިންސާފުވެރިކަމާ އެކު ކޮށްދިނުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު...

26 ޖުލައި

July 26, 2017 56
މުޒާހަރާގެ ލައިވް ހުއްޓުވައި ނޫސްވެރިން ހައްޔަރުކޮށްފި

އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގައި މިރޭ ކުރިއަށް ގެންދާ އެއްވުން ކަވަރުކުރަން އުޅުނު ރާއްޖެ ޓީވީ އާއި ސަންގު ޓީވީގެ ނޫސްވެރިންތަކެއް ފުލުހުން...

July 26, 2017 11
އަނިލްގެ އިތުބާރު ނެތްކަމަށް އަލުން ހުށަހަޅަނީ

އެޓާނީ ޖެނެރަލް މުހައްމަދު އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

25 ޖުލައި

July 25, 2017 58
ނުބައިކޮށް އަމުރު ނެރެވުމާ ގުޅިގެން ސައުދު ދޫކޮށްލައިފި

ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުު އަމުރު ނުބައިކޮށް ނެރެވިފައިވާތީ، އޭނާ ދެންމެ ދޫކޮށްލައިފި އެވެ.

July 25, 2017 97
ތުހުމަތުކުރާ އެއްވެސް އެއްޗެއް ކުނޫޒުން ނުފެނުނު

ޖުމްހޫރީ ޕާޓީގެ މައި އޮފީސް އަދި ޖަލްސާ ބާއްވާ ހަރުގެ، މ. ކުނޫޒަށް، ކޯޓު އަމުރެއްގެ ދަށުން، މިރޭ ފާސްކުރި ނަމަވެސް އެ އަމުރުގައި ތުހުމަތުކުރާ އެއްވެސް އެއްޗެއް ނުފެންނަ ކަމަށް...

24 ޖުލައި

July 24, 2017 24
ރާއްޖެ އައުމުގައި ސަމާލުވާން ޔޫކޭ އިން އެދެފި

ރާއްޖެ އަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އިނގިރޭސި ވިލާތުން އެ ގައުމުގެ ރައްޔިތުންނަށް މިއަދު ޓްރެވަލް އެޑްވައިޒަރީއެއް ނެރެފި އެވެ.

July 24, 2017 23
ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވީ މަޖިލީހުގެ އެދުމަށް

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މަޖިލީހަށް ވަނުމަށް ސިފައިން ހުރަސް އަޅައި، މަޖިލީހަށް ވަތް މެމްބަރުން އެ ތަނުން ގަދަކަމުން ނެރުނީ މަޖިލީހުގެ އިދާރާގެ އެދުމުގެ މަތިން...

23 ޖުލައި

July 23, 2017 14
އިދިކޮޅު މީހުން ބަންދުކުރުމަކީ ގާނޫނު ނެގެހެއްޓުމެއްނޫން

ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅާ އިދިކޮޅު އެންމެން ޖަލު ގޮޅި އަށް ލުމަކީ ރާއްޖޭގައި ގާނޫނީ ހުކޫމަތު ނެގެހެއްޓުން ނޫން ކަމަށާއި އެއީ ނާއިންސާފުން އަދަބު ދިނުން ކަމަށް އަދާލަތު...

July 23, 2017 20
ޝަހުސް އޮޅުވާލީ ޕީޕީއެމް ހައިޖެކްކުރި މީހުން: މައުމޫން

ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނަށް ޝަހުސް އޮޅުވާލުމުގެ ދައުވާ އުފުލާފައިވާއިރު، ހަގީގަތުގައި ޝަހުސް އޮޅުވާލީ ޕީޕަލްސް އެލަޔަންސް (ޕީއޭ) އިން އައިސް...

22 ޖުލައި

July 22, 2017 25
މުޒާހަރާ ބާއްވާކަށް ހުއްދައެއް ނުދެން: ފުލުހުން

އަންނަ ހޯމަ ދުވަހު އިދިކޮޅު ފަރާތްތަކުން ސިޔާސީ އެއްވެސް އެއްވުމެއް ބާއްވަން ހުއްދަ ދީފައި ނުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.

July 22, 2017 34
ބޮޑު އެއްވުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލައިފި

ރާއްޖޭގެ އެކި ރަށްރަށުގައި ތިބި ރައްޔިތުން މާލެ އަރައި، އަންނަ ހޯމަ ދުވަހު ސަރުކާރާ ދެކޮޅަށް އަޑު އުފުލުމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން މިރޭ ގޮވާލައިފި އެވެ.

21 ޖުލައި

July 21, 2017 81
ހުސްވި ގޮނޑިތަކަށް ޕީޕީއެމުން ކެމްޕޭން ފަށައިފި

ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަކިކޮށް ބައި އިލެކްޝަނެއް ބާއްވަން ޖެހިފައިވަނިކޮށް، ކެމްޕޭންކުރަން ޕީޕީއެމްގެ ޓީމްތަކެއް އެކި އަތޮޅުތަކަށް ފުރައިފި އެވެ.

20 ޖުލައި

July 20, 2017 3
ވަކީލަކު ހޯދަން އިބްރާހިމް ދީދީ އަށް ފުރުސަތު ދީފި

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލައިގައި ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ދީދީގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ވަކީލަކު ހަމަޖައްސަން ކްރިމިިނަލް ކޯޓުން އޭނާ އަށް މިއަދު ފުރުސަތު ދީފި އެވެ.

19 ޖުލައި

July 19, 2017 7
ފާރިސް ބަންދުކުރި މައްސަލަ އިސްތިއުނާފް ކުރަނީ

ރައްޔިތުންގެ މަޖިލިހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުވާ އުފުލުމެއް ނެތި، އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރު ކޮށްފައިވާތީ ކަންބޮޑުވާ ކަމަށާއި އެ މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް އޭނާގެ ވަކީލުން މިރޭ ބުނެފި އެވެ.

17 ޖުލައި

July 17, 2017 3
ހެކި ހުށަހަޅަން އަދީބަށް ފުރުސަތު ދޭން ޖެހޭ: އެމްޑީޕީ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވީ ސަރުކާރުގެ ރޭވުމާއި ނުފޫޒުން ކަން ސާބިތުކޮށްދެއްވަން ހެކި ހުށަހެޅުއްވުމުގެ ފުރުސަތު ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް ދެއްވުމަށް އިދިކޮޅު އެމްޑީޕީން މިރޭ ގޮވާލައްވައިފި އެވެ.

July 17, 2017 31
"މަސީހް ސަލާމަތް ކުރުމުގެ ހުރިހާ މަގެއް ބަންދުވެއްޖެ"

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ކުރި ހުކުމަކީ މާޒީގައި ވެފައިވާ ކަމެއްގެ މައްޗަށް ތަންފީޒުކުރުން ހުއްދަ ހުކުމެއް ނޫން ކަމަށް އަމުރު ނެރުމާ...

July 17, 2017 12
ފާރިސް ދައުވާ އަށް އިންކާރު ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ ފާރިސަށް ކުރާ ދައުވާ އަށް ކޯޓުގައި އޭނާ މިއަދު...

16 ޖުލައި

July 16, 2017 4
ގާސިމްގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ މިއަދު ބާއްވަން ހަމަޖެއްސި އަޑުއެހުން ކްރިމިނަލް ކޯޓުން ކެންސަލްކޮށްފި އެވެ.

July 16, 2017 4
ގާސިމްގެ ޝަރީއަތެއް މިއަދު ބާއްވަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ކުރާ ތިން ދައުވާގެ ތެރެއިން އެއް ދައުވާއެއްގެ ޝަރީއަތެއް މިއަދު ބާއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

July 16, 2017 26
"ޕީޕީއެމުން ވަކިވި މެމްބަރުން ގޮނޑި ނުގެއްލޭނެ"

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން، ޕީޕީއެމުން މިހާރު ވަކިވާން އެދިފައި ތިބި އަދި...