02 ނޮވެމްބަރ

November 02, 2016 9
މޯލްޓާގެ ބޮޑުވަޒީރާ ނަޝީދު މަޝްވަރާ ކުރައްވައިފި

ކޮމަންވެލްތުން ރާއްޖެ ވަކިވުމާއި ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު މޯލްޓާގެ ބޮޑުވަޒީރު، ޖޯސެފް މަސްކަޓްއާ އިއްޔެ މަޝްވަރާކުރައްވައިފި އެވެ.

01 ނޮވެމްބަރ

November 01, 2016 46
"ހިޔާނާތް އެކުލެވޭ އެއްބަސްވުންތައް ބާތިލް ކުރާނަން"

ބިޑް ކުރުމަކާ ނުލައި ރާއްޖޭގެ ރަށްތަކާއި ފަޅުތައް އެހެން ބަޔަކަށް މިލްކުކޮށް ވިއްކުމުގައި އަމަލުކޮށްފައިވާ ގޮތް އެމްޑީޕީގެ ސަރުކާރެއްގައި ތަހުގީގުކޮށް، ހިޔާނާތް އެކުލެވިގެން ހަރު މުދަލެއް ވިއްކާލާފައިވާނަމަ، އެ މުއާމަލާތެއް ބާތިލުކޮށް އެ މުދަލެއް އަތުލާނެ ކަމަށް އެމްޑީޕީން މިރޭ ބުނެފި އެވެ.

November 01, 2016 71
ބަދަލަކަށް މިފަހަރު މައުމޫން، ކާމިޔާބު ވާނެތަ؟

ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމާ ދެކޮޅަށް، ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ނިކުންނެވުމާ އެކު ސިޔާސީ މަސްރަހު މިއޮތީ މުޅިން ބަދަލުވެފަ އެވެ. ރިޔާސީ އިންތިހާބުގެ...

November 01, 2016 26
ކޮލަމް ފަސް މިނެޓް: ރައްޔިތުން އަދިވެސް ބަލަނީ ފޮޓޯ

ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި ކެމްޕޭންގެ ތެރޭގައި، ޕީޕީއެމާއި އެމްޑީއޭ ގުޅިގެން، އޮގަސްޓް 20، 2013ގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު...

30 އޮކްޓޯބަރ

October 30, 2016 17
ވަކިކުރީ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރާނެތީ: އަލްހާން

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ އެ ޕާޓީން ވަކި ކުރަން ނިންމީ 2018ގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އޭނާ ވާދަކުރާނެތީ ކަމަށް އަލްހާން މިއަދު ވިިދާޅުވެއްޖެ އެވެ.

29 އޮކްޓޯބަރ

October 29, 2016 16
އަލްހާން އެމްޑީޕީން ވަކިކުރަން ނިންމައިފި

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ އެ ޕާޓީއަށް ގެއްލުންވާ ގޮތަށާއި އެ ޕާޓީގެ މަސްލަހަތު ގެއްލޭ ގޮތަށް އަމަލުކުރާ ކަމަށް ބުނާ މައްސަލާގައި އޭނާ ޕާޓީން ވަކިކުރަން...

October 29, 2016 10
މަހްލޫފްގެ ހުކުމް ތަންފީޒު ކުރުން ފަސްކުރަން އެދެފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފަށް އިއްވާފައިވާ ދެވަނަ ޖަލު ހުކުމް ތަންފީޒުކުރުން ފަސް ކުރުމުގެ އަމުރަކަށް އޭނާގެ ފަރާތުން ހައި ކޯޓުގައި...

28 އޮކްޓޯބަރ

October 28, 2016 23
މައުމޫނާއެކު މަސައްކަތް ކުރަން ތައްޔާރު: އެމްޑީޕީ

ގައުމު ހަމަމަގަށް އަޅުވައި ޑިމޮކްރަސީގެ އުސޫލުތައް އަލުން އިއާދަ ކުރުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއެކު މަސައްކަތް ކުރަން ތައްޔާރަށް ތިބި ކަމަށް އެމްޑީޕީން ބުނެފި އެވެ.

13 އޮކްޓޯބަރ

October 13, 2016 8
"ކޮމަންވެލްތުން ވަކިވުމަކީ ފަހަތަށް އެޅޭ ފިޔަވަޅެއް"

ކޮމަންވެލްތުން ރާއްޖެ ވަކިވާން ސަރުކާރުން ނިންމި ނިންމުމަކީ ހާރިޖީ ގުޅުމުގެ ދާއިރާއިން ރާއްޖެއިން މިހާތަނަށް ފަހަތަށް އެޅި އެންމެ ބޮޑު ފިޔަވަޅު ކަމަށް އިދިކޮޅު ކޯލިޝަންގެ ލީޑަރުު އަދި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު މިރޭ ވިދާޅުވެއްޖެ އެވެ.

11 އޮކްޓޯބަރ

October 11, 2016 22
ރައީސް "ހިމޭނުން" ހުންނަވާތީ ފާޑުކިޔައިފި

ކާޑު ސަބްސިޑީ ހަމައެކަނި ފަގީރުންނަށް ދޭ ގޮތަށް ކުއްލިއަކަށް ހަމަޖައްސައި ކާޑުގެ އަގު 100 ޕަސެންޓް ބޮޑުކުރަން ސަރުކާރުން ނިންމުމާ އެކު ރައްޔިތުންގެ ތެރޭގައި އުފެދުނު ކަންބޮޑުވުންތައް ކުޑަކުރުމަށް ރައީސް އަބްދުﷲ ޔާމީން ސީދާ ބަސްފުޅެއް ވިދާޅުނުވެ، "ހިމޭނުން" ހުންނަވާތީ އިދިކޮޅު ބައެއް ފަރާތްތަކުން ފާޑުކިޔައިފި އެވެ.

09 އޮކްޓޯބަރ

October 09, 2016 6
މަޝްވަރާތަކާ މެދު އުއްމީދު އާވެއްޖެ: އިނގިރޭސި ސަފީރު

ސަރުކާރާއި ސިޔާސީ ޕާޓީތަކާ މެދު ބާއްވަން މަސައަކަތް ކުރާ މަޝްވަރާތަކާ އުއްމީދު އާވެފައިވާ ކަމަށް އިނގިރޭސިވިލާތުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް މިރޭ...

October 09, 2016 19
ރައީސް ޔާމީން ދަނީ އެކަނިވެރިވަމުން: ޑރ. ޖަމީލް

ވެރިކަމަށް ވަޑައިގެން ރައްޔިތުންނަށް ނިކަމެތިކަން ލިބޭ ގޮތަށް މި ސަރުކާރުން ކަންކަން ކުރުމުގެ ނަތީޖާއެއްގެ ގޮތުން ރައީސް އަބްދުﷲ ޔާމީން އެކަނިވެރިވާ މަންޒަރު ފެންނަމުންދާ ކަމަށް...

07 އޮކްޓޯބަރ

October 07, 2016 22
"ރައްޔިތުން ބަނޑަށް ޖައްސައި ގައުމު ބަނގުރޫޓްކޮށްފި"

އަސާސީ ހިދުމަތްތަކާއި ކާބޯތަކެތީގެ އަގު އިންތިހާ އަށް ބޮޑުކޮށް ރައްޔިތުން ބަނޑަށް ޖައްސައި ގައުމު ދަރަނިވެރިކޮށްފައިވާ ކަމަށް އިދިކޮޅު އިއްތިހާދުން މި ރޭ ކުރިއަށް ގެންދާ މުޒާހަރާގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.

05 އޮކްޓޯބަރ

October 05, 2016 9
"ޕާޓީ ހިންގަންވީ ގޮތް ސަރުކާރުން ކިިޔައިދޭކަށް ނުޖެހޭ"

ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ހިންގުމާ ބެހި، ކަންކަން ކުރަންވީ ގޮތް ސަރުކާރުން ކިޔައިދޭން ނުޖެހޭ ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.

October 05, 2016 23
މަންދޫބުން ބަދަލުކުރަން ޕީޕީއެމުން އެއްބަހެއް ނުވި!

ސަރުކާރާއި ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ބައިވެރިވާނެ މަންދޫބުން ކައުންސިލުން ކަނޑައެޅެން ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީނަށް، ކުރީގެ ރައީސް އަދި...

October 05, 2016 2
އދ. އިން މަޝްވަރާ ކުރިއަށް ގެންގޮސްދޭން އެދިއްޖެ

ސަރުކާރާއި ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި އދ. އިން މެދުވެރިއެއްގެ ރޯލު އަދާކޮށްދިނުމަށް އަދާލަތު ޕާޓީން ހުށަހަޅައިފި އެވެ.

03 އޮކްޓޯބަރ

October 03, 2016 6
އަލްހާން އެމްޑީޕީން ވަކިކުރުމަށް ހުށަހަޅައިފި

އެމްޑީޕީގެ މަސްލަހަތަށާއި ޕާޓީއަށް ގެއްލުން ލިބޭ ގޮތަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ބުނެ، އެ ޕާޓީން އަލްހާން ފަހުމީ ވަކިކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުގެ 50 މެމްބަރުން ސޮއިކޮށް ހުށަހަޅައިފި އެވެ.

01 އޮކްޓޯބަރ

October 01, 2016 28
ސަބްސިޑީގެ ކުރިން ހުއްޓަންވީ ބޭކާރު ޚަރަދު: އެމްޑީޕީ

ކާޑުގެ ބާވަތްތަކުގެ ސަބްސިޑީ ކަނޑާލަން ސަރުކާރަށް ޖެހުނީ ބޭކާރު ޚަރަދުތައް ގިނަވެގެން ކަމަށާއި ސަބްސިޑީ ކަނޑާލުމުގެ ބަދަލުގައި ހުއްޓާލަންވީ ސަރުކާރުގެ ބޭކާރުގެ ޚަރަދުތައް ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

28 ސެޕްޓެމްބަރ

September 28, 2016 21
ކޮމަންވެލްތުން ވަކިވާ އިންޒާރަކީ ދަށު ދަރަޖައިގެ ކަމެއް

ކޮމަންވެލްތު މިނިސްޓްރީއަލް އެކްޝަން ގްރޫޕް (ސީމެގް) އިން ރާއްޖެ އަށް ހުށަހެޅި ކަންކަން އިސްލާހުނުކޮށް އެ ޖަމާއަތުން ވަކިވާން އިންޒާރު ދިނުމަކީ ސަރުކާރުގެ އިސް ބޭފުޅުން ކުރައްވާ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަަމަށް އަދާލަތު ޕާޓީގެ ރައީސް އަލީ ޒާހިރު އިއްޔެ ވިދާޅުވެއްޖެ އެވެ.

27 ސެޕްޓެމްބަރ

September 27, 2016 18
ލީޑަރުން މިނިވަންކުރުމަކީ އެމްޑީޕީ/އަދާލަތުގެ އަމާޒެއް

ސަރުކާރާ އެކު ފަށާ މަޝްވަރާތަކުގައި، ޓެރަރިޒަމްގެ ހުކުމް އިއްވާފައިވާ ސިޔާސީ ލީޑަރުން މިނިވަންކުރަން އަމާޒު ހިފާނެ ކަމަށް އިދިކޮޅު އެމްޑީޕީ އާއި އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.

September 27, 2016 21
ސީމެގްގެ ހުށަހެޅުމާ އެއްގޮތަށް އެމްޑީޕީ މަޝްވަރާ ކުރަނީ

ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގުރޫޕް (ސީމެގް) ގެ ހުށަހެޅުމާ އެއްގޮތަށް މައްސަލަތަކަށް ހައްލު ހޯދަން، ސަރުކާރުން ކަނޑައަޅާ ތާރީހެއްގައި މަޝްވަރާ އަށް ދާނެ ކަމަށް އިދިކޮޅު...

25 ސެޕްޓެމްބަރ

September 25, 2016 57
ކޮމަންވެލްތުން ވަކިވުމަކީ ވިސްނުމެއް ނޫން: ޝައިނީ

ކޮމަންވެލްތުން ރާއްޖެ ވަކިވުމަކީ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށާއި ހުރިހާ ފަރާތްތަކުގެ މަޝްވަރާ އަށް މި ހަފުތާގައި އަނެއްކާވެސް ގޮވާލާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ....

September 25, 2016 2
މަހްލޫފްގެ އިސްތިއުނާފް ޝަރީއަތް އަވަސްކޮށްދޭން އެދެފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފަށް އިއްވާފައިވާ ހަ މަހުގެ ޖަލު ހުކުމް އިސްތިއުނާފް ކުރަން އޭނާގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގެ...

24 ސެޕްޓެމްބަރ

September 24, 2016 31
އިސްލާހުވާން ރާއްޖެއަށް އޮތީ ހަނި ފުުރުސަތެއް: ޖަމީލް

ރާއްޖޭގެ ކަންކަން އިސްލާހު ކުރަން ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕް(ސީމެގް) އިން ރާއްޖެއަށް ދީފައިވަނީ ހަނި ފުރުސަތެއް ކަމަށާއި އިސްލާހު ނުވެއްޖެ ނަމަ ރާއްޖެ ބާކީވެގެންދާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

22 ސެޕްޓެމްބަރ

September 22, 2016
އެމްޑީޕީ ގައުމީ މަޖިލީހުގެ ތިން މެމްބަރުން ދޫކޮށްލައިފި

އިދިކޮޅު ކޯލިޝަނުން މިމަހު މާލޭގައި ބޭއްވި މުޒާހަރާގައި ހައްޔަރުކުރި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ތިން މެމްބަރުން މިއަދު ބަންދުން ދޫކޮށްލައިފި އެވެ.

14 ސެޕްޓެމްބަރ

September 14, 2016 114
މައުމޫނަށް މާފުކޮށްފިން، ގުޅެން ވާހަކަދައްކަން: ނަޝީދު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް މާފުކުރައްވާ ކަމަށާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވައްޓާލަން ކުރާ މަސައްކަތުގައި މައުމޫނާ ގުޅެން މަޝްވަރާކުރަމުން އަންނަ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާ ވެސް ވިދާޅުވެއްޖެ އެވެ.