07 ޖުލައި

July 07, 2017 29
އޭޖީ އާއި ސިފައިންގެ ޗީފަކީ ސިޔާސީ ވިޕެއް ނޫން:ޖަަމީލް

ސަރުކާރަށް ނުވެގެން އުޅޭ ކަންކަން ކޮށްދީ، ކަންކަން ހަމައަކަށް އެޅުވުމަށް ހުންނަ ސަރުކާރުގެ ޗީފް ވިޕަކަށް، ދައުލަތުގެ ބަންޑާރަ ނައިބާއި ޗީފް އޮފް ޑިފެންސް ފޯސް ވެގެން ނުވާނެ ކަމަށް...

July 07, 2017 115
ސިޔާސީ މައިދާނަށް އައީވެސް، ދާނީވެސް ޔާމީނާއެކު:އަދުރޭ

ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތީ ވެސް ރައީސް އަބްދުﷲ ޔާމީނާއެކުގައި ކަމަށާއި އަދި އެ މައިދާނުން ދުރަށް ވަޑައިގަންނަވާނީ ވެސް އެ މަނިކުފާނާ އެކުގައި ކަމަށް ރައްޔިތުންގެ...

26 ޖޫން

June 26, 2017 29
އެމްޑީޕީގެ އަހަރީދުވަހަށް މައުމޫން ތަހުނިޔާ ވިދާޅުވެއްޖެ

އެމްޑީޕީގެ 12 ވަނަ އަހަރީ ދުވަހުގެ މިނާސަބަތުގައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު އެ ޕާޓީ އަށް މިއަދު ތަހުނިޔާ ފޮނުއްވައިފި އެވެ.

June 26, 2017 71
އަމާޒަކީ މިވެރިކަން ނިމުމަކަށް ގެނައުން: ނަޝީދު

އެމްޑީޕީގެ އަމާޒަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުން ކަމަށާއި އެ މަނިކުފާނު ވެރިކަމުން ދުރު ކުރުމަށް ޕާޓީގެ ހުރިހާ އެންމެން ވެސް ގިނަ ވަގުތު ދިނުމަށް، ކުރީގެ...

22 ޖޫން

June 22, 2017 30
މައުމޫނުގެ ޖަލްސާއިން ވެސް ސިޔާސީ ބޭފުޅުންގެ ގުޅުން

ރޯދަމަހުގެ ރޭތައް އިހުޔާކުރުމުގެ ޕްރޮގްރާމަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުން ފެށިގެން އެމަނިކުފާނު މިހާރު ވެސް ކުރިއަށް ގެންދަވާ ވަރަށް ބޮޑު އާދައެކެވެ. އެކަމަކު ރޭ އޮތް އިހުޔާކުރުމުގެ ޖަލްސާގައި އެހެން މަންޒަރެއް ވަނީ ފެނިފަ އެވެ؛ އިދިކޮޅު ފަރާތްތަކުން އެމަނިކުފާނުގެ ފަހަތްޕުޅުގައި ތިއްބެވި ކަމެވެ.

02 ޖޫން

June 02, 2017 22
ޖަރުމަނު ސަފީރު ޖަމީލާ އާއި ނަޝީދު ބައްދަލުކުރައްވައިފި

ޖަރުމަނުގައި ހުންނަވާ ދިވެހި ސަފީރު ޖަމީލާ އަލީ އާއި ކުރީ ރައީސް މުހައްމަދު ނަޝީދު މިއަދު ބައްދަލު ކުރައްވައިފި އެވެ.

24 މެއި

May 24, 2017 4
އެއް ކެންޑިޑޭޓަކު ނެރެން އިންޑިއާގެ އިދިކޮޅު މީހުން އެއްގަލަކަށް

ނިއު ދިއްލީ (މެއި 24) - އިންޑިއާގެ ރައީސް ކަމަށް އިދިކޮޅު ޕާޓީތައް ގުޅިގެން އެއް ކެންޑިޑޭޓަކު ނެރެން އިދިކޮޅު ޕާޓީތައް ހުކުރު ދުވަހު ބައްދަލު ކުރަން ނިންމައިފި އެވެ.

17 މެއި

May 17, 2017 18
ތަރައްގީއޭ އެ ކިޔަނީ ކޮރަޕްޝަނަށް: ހަސަން ލަތީފް

ސަރުކާރުން ތަރައްގީއޭ ކިޔަނީ ކޮރަޕްޝަނާއި ޚިޔާނާތަށް ކަމަށާއި އެކަންކަން ރައްޔިތުން ބޭނުން ނުވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މިރޭ ވިދާޅުވެއްޖެ އެވެ.

14 މެއި

May 14, 2017 114
އެ އުޅެނީ ދައުލަތް ހުއްޓުވާލަން، ސަމާލުވޭ: ނިހާން

އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުން ދަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެ އިން ދިވެހި ދައުލަތް ހުއްޓުވާލަން ކަމަށާއި މިއީ ރައްޔިތުން ސަމާލުވެ، އަދި ކުށްވެރި ކުރަން ޖެހޭ ކަމެއް ކަމަށް ޕީޕީއެމް ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން މި ރޭ ވިދާޅުވެއްޖެ އެވެ.

11 މެއި

May 11, 2017 13
ކުނޫޒުގައި ބާއްވާ ޖަލްސާތައް އެމްޑީޕީ ހަރުގެއަށް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި ޝަރުތުތަކާ އެކު، އިދިކޮޅު ޕާޓީތަކުން މ. ކުނޫޒުގައި ބާއްވަމުން އައި ސިލްސިލާ ޖަލްސާތައް އެމްޑީޕީ ހަރުގޭގައި ކުރިއަށް ގެންދަން ނިންމައިފި އެވެ.

10 މެއި

May 10, 2017 7
ގާސިމްގެ ބަންދާ މެދު މިއަދު ގޮތެއް ނިންމާނެ

ފުލުހުންގެ ބެލުމުގެ ދަށުން މިހާރު ބަންދުކޮށްފައި ހުރި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރު ކުރަން ހަމަޖައްސައިފި އެވެ.

08 މެއި

May 08, 2017 56
ތާއީދު ހޯދަން ވިޔަސް ގާސިމް ކުރީ ކުށެއް: ދައުލަތް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަށް ތާއީދު ހޯދަން މަސައްކަތް ކުރުމުގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކުރީ ކުށެއް ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.

07 މެއި

May 07, 2017 38
އިންތިޚާބު ބާތިލް ކޮށްފާނެ، ކަންބޮޑެއް ނުވޭ: ފައްޔާޒް

ލޯކަލް ކައުންސިލް އިންތިޚާބުން އިދިކޮޅު ކޯލިޝަނަށް ކާމިޔާބުވި ދާއިރާތަކުގެ އިންތިޚާބު ބާތިލް ވެސް ކޮށްފާނެ ކަމަށާއި އެކަމަކު ސަރުކާރަށް ތާއީދު ނެތްކަން ހާމަވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.

25 އެޕްރީލް

April 25, 2017 11
ޑިޕްލޮމެޓުންނާ ބައްދަލު ކުރަން ކޯލިޝަން ލަންކާ އަށް

ރާއްޖޭގެ ހާލަތާ ބެހޭގޮތުން މައުލޫމާތު ދިނުމަށް އިދިކޮޅު ކޯލިޝަނުން ސްރީލަންކާގައި ތިބި ބޭރުގެ ފަރާތްތަކާ ބައްދަލުކުރަން ފަށައިފި އެވެ.

22 އެޕްރީލް

April 22, 2017 36
"42 ނުރައްކަލަކަށް ވެއްޖެ، އިތުރަށް ހައްޔަރުކުރާނެ"

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ވަކިކުރެވެން އޮތީ 42 މެމްބަރުންގެ ސޮއި ހޯދައިގެން ކަމަށް ވުމުން، އެ އަދަދާ ގާތްވާ ވަރަކަށް ހައްޔަރުކުރާ މެމްބަރުން ގިނަވާނެ ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން މިރޭ، ކުނޫޒުގެ ޖަލްސާގައި، ވިދާޅުވެއްޖެ އެވެ.

21 އެޕްރީލް

April 21, 2017 13
މީހަކު އިންތިހާބުކުރަން އުޅުމަކީ ވެސް ކުށެއް: މައުމޫން

ގާނޫނު އަސާސީގައިވާ އުސޫލުން މީހަކު މަގާމުން ވަކިކުރަން އުޅުމަކީ ކުށެއް ނަމަ، މީހަކު އިންތިހާބު ކުރުމަށް މަސައްކަތް ކުރުން ވެސް ވާނީ ކުށަކަށް ކަމަށް ކުރީގެ ރައީސް މައުމޫން...

April 21, 2017 28
ރައީސް ފިޔަވަޅު އަޅަނީ ބިރުފުޅުން: އިދިކޮޅު ޕާޓީތައް

އިދިކޮޅު ސިޔާސީ ލީޑަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ މެދު ގާނޫނާ ހިލާފަށް ރައީސް އަބްދުﷲ ޔާމީން މިހާރު ފިޔަވަޅު އަޅުއްވަމުން އެ ގެންދަނީ ބިރުފުޅުން ކަމަށް އިދިކޮޅު...

20 އެޕްރީލް

April 20, 2017 5
މުގާބެއާ ދެކޮޅަށް އިދިކޮޅު އިއްތިހާދެއް އުފައްދައިފި

ހަރާރޭ (އެޕްރީލް 20) - ޒިމްބާބުވޭގެ ރައީސް ރޮބާޓް މުގާބެއާ ދެކޮޅަށް އެ ގައުމުގައި އިދިކޮޅު އިއްތިހާދެއް އުފައްދައިފި އެވެ.

19 އެޕްރީލް

April 19, 2017 26
ގާސިމް އަނެއްކާވެސް ފުލުހަށް ހާޒިރުވާން އަންގައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަނެއްކާވެސް ފުލުސް އޮފީހަށް ހާޒިރުވާން މިއަދު އަންގައިފި އެވެ.

18 އެޕްރީލް

April 18, 2017 25
ތޮއްޔިބާއި ލޫކަސްގެ ވާހަކަ މާ ގަބޫލުކުރެވޭ: އިންތި

ސަރުކާރުން ދައްކާ ވާހަކަތަކަށް ވުރެ ސޯޝަލް މީޑިއާގައި ފާޅުކުރާ ހިޔާލުތައް މީހުން މިހާރު މާ ބޮޑަށް ގަބޫލު ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ރޭ ވިދާޅުވެއްޖެ އެވެ.

17 އެޕްރީލް

April 17, 2017 51
އިދިކޮޅު ފަރާތްތަކުން އިންޑިއާ ހައި ކޮމިޝަނަރު އަރިހަށް

އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ކަންބޮޑުވުންތައް އިންޑިއާ ސަރުކާރާ ހިއްސާކުރުމުގެ ގޮތުން ސިޔާސީ ބައެއް އިސް ވެރިން އިންޑިއަން ހައި ކޮމިޝަނަރު އަކިލޭޝް މިޝްރާއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

16 އެޕްރީލް

April 16, 2017 19
ބަޔަކަށް ނުފޫޒު ފޯރުވާކަށް ނޫޅެން: ގާސިމް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ކިތަންމެ ދައުވާއެއް އުފުލިޔަސް ގާނޫނާ ޚިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު...

April 16, 2017 54
ރައީސް ޔާމީންގެ ނަން ވޯޓު ކަރުދާހަކު ނޯންނާނެ: އަމީން

އަންނަ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާހުގައި ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅު އޮންނާނެ ކަމަކަށް ނުބެލެވޭ ކަމަށް ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީން މިރޭ ވިދާޅުވެއްޖެ...

12 އެޕްރީލް

April 12, 2017 13
ރިޔާޒްގެ ޝަރީއަތް ވެސް މާދަމާ ފަށަނީ

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒަށް ކުރާ ދައުވާގެ ޝަރީއަތް ވެސް މާދަމާ ފެށުމަށް ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

April 12, 2017 9
ގާސިމަށް ކުރާ ދައުވާތަކުގެ ޝަރީއަތް މާދަމާ ފަށަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ޝަރީއަތް މާދަމާ ފެށުމަށް ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.