01 ސެޕްޓެމްބަރ

September 01, 2019 33
ރާއްޖޭގެ މަޖިލިހުގައި ޕާކިސްތާނާއި އިންޑިއާގެ ޒުވާބެއް!

ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގައި މިހާރު ކުރިއަށް ދާ ސާކް ސްޕީކާސް ސަމިޓްގައި އިންޑިއާ އާއި ޕާކިސްތާނުގެ ވަފުދުގެ ދެމެދު، ކަޝްމީރުގެ މައްސަލާގައި، ބޮޑު ޒުވާބެއް ހިނގައިފި އެވެ.

25 އޯގަސްޓް

August 25, 2019 3
އިންޑިއާ-ޕާކިސްތާން ވައިގެ ހަމަލާ އަށް ފިލްމެއް ހަދަނީ

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތަކުން ކަޝްމީރުގެ އިންޑިއާ ފަޅީގެ ޕުލްވާމާ އަށް ދިން ހަމަލާ އާއި އެކަމާ ގުޅިގެން އެ ގައުމުން ޕާކިސްތާނާ ދެކޮޅަށް ކުރިއަށް ގެންދިޔަ އަސްކަރީ ވައިގެ އޮޕަރޭޝަނަށް ބިނާކޮށް ވިވެކް އޮބެރޯއީ ފިލްމެއް ހަދަން ނިންމައިފި އެވެ.

07 އޯގަސްޓް

August 07, 2019 19
"ކަޝްމީރުގައި ޖެހިގެން އުޅެނީ ދާޚިލީ މައްސަލައެއް"

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު މިލްކުވެރިކަމުގެ މައްސަލަ އުފެދިފައިވާ ކަޝްމީރުގެ ބާރުތައް ކަނޑައެޅުމާ ބެހޭ ގޮތުން ގާނޫނުއަސާސީގައި އޮންނަ މާއްދާ އިސްލާހުކުރުމަކީ އެތަނުގެ ދާޚިލީ މައްސަލައެއް ކަމަށް ރާއްޖޭން ބުނެފި އެވެ.

04 އޯގަސްޓް

August 04, 2019 2
ކަޝްމީރުން ޓޫރިސްޓުން ނުކުތުމަށް އިންޑިއާއިން އަންގައިފި

ޖައްމޫ (އޮގަސްޓް 4) - ސަލާމަތީ ގޮތުން ނުރައްކާ އޮތް ކަމަށް ބުނެ ކަޝްމީރުގައި ތިބި ޓޫރިސްޓުންނާއި އަޅުކަމަށް ގޮސް ތިބި ހިންދޫން ނުކުތުމަށް އިންޑިއާ އިން އިންޒާރު ދީފި އެވެ.

23 ޖުލައި

July 23, 2019 2
ކަޝްމީރާ ގުޅޭގޮތުން ޓްރަމްޕް ދެއްކެވި ވާހަކަ ދޮގުކޮށްފި

ނިއު ދިއްލީ (ޖުލައި 23) - ކަޝްމީރުގެ މައްސަލަ ހައްލު ކުރުމުގައި މެދުވެރިއެއްގެ ރޯލު އަދާކުރުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އެދިވަޑައިގެންނެވި ކަމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން އަރިހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ވާހަކަ ނިއު ދިއްލީން ދޮގުކޮށްފި އެވެ.

24 މާޗް

March 24, 2019
ޓީރިއަން ލެނިސްޓާއާ ވައްތަރު މީހެއް ޕާކިސްތާނުގައި

މަޝްހޫރު މީސްމީހުންނާ ވައްތަރުވެގެން، ނޭނގި ތިއްބައި ބައެއް މީހުން ބޮޑެތި ސެލެބްރިޓީންނަށްވުމަކީ ސޯޝަލް މީޑިއާގެ މި ޒަމާނުގައި އާ ކަމެއް ވެސް ނޫނެވެ.

06 މާޗް

March 06, 2019 8
300 މޯބައިލް ފޯނު ބޭނުންކުރީ ގަސްތައްތަ؟: ރަޖުނާތު

ނިއު ދިއްލީ (މާޗް 6) - ކަޝްމީރުގައި މިދިޔަ މަހު 14 ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ޕާކިސްތާނުގެ ޖައިޝީ މުހައްމަދުގެ މައި ކޭމްޕާއި އެ މީހުން ހިންގާ މަދަރުސާތަކަށް ދިން ހަމަލާގައި ލިބުނު ގެއްލުމާ މެދު ސުވާލު އުފައްދަމުން ދަނިކޮށް އިންޑިއާގެ ހޯމް މިނިސްޓަރު ރަޖުނާތު ސިންގް އިތުރު ސުވާލެއް އުފައްދަވައިފި...

March 06, 2019 3
ޖައިޝީ މުހައްމަދުގެ އިމާރާތްތައް ހަލާކެއް ނުވޭ

އިސްލާމްއާބާދު (މާޗް 6) - އިންޑިއާ އިން ވައިގެ ހަމަލާ ދިން ކަމަށް ބުނި ނަމަވެސް، ޕާކިސްތާނުގެ އިރުއުތުރުގައި ޖައިޝީ މުހައްމަދު ޖަމާއަތުން ހިންގާ ދީނީ ތައުލީމްދޭ މަދަރުސާތައް...

March 06, 2019 3
ޕުލްވާމާ ހާދިސާ އަށް ފިލްމެއް ހަދަނީ

ޕާކިސްތާނަށް ނިސްބަތްވާ މިދިޔަ މަހު ޓެެރަރިސްޓް ޖަމާއަތަކުން ކަޝްމީރުގެ ޕުލްވާމާގައި ތިބޭ އިންޑިއާގެ އަސްކަރީ އޮފިސަރުންތަކަކަށް ހަމަލާދީ ސިފައިންގެ 40 އަށް ވުރެ ގިނަ އޮފިސަަރުން...

03 މާޗް

March 03, 2019 9
އިންޑިއާ ޕައިލެޓްގެ މަތިމަސް ފެޝަން ޓްރެންޑަކަށް

ޕާކިސްތާނާ ދެކޮޅަށް އިންޑިއާ އިން މިދިޔަ ހަފުތާގައި ދިން ވައިގެ ހަމަލާތަކުގައި ޕާކިސްތާނުގެ އަތްދަށުގައިވި އިންޑިއާގެ އެއާ ފޯސްގެ ވިންގް ކޮމާންޑަރު އަބިނަންދަން ވާތަމަން މިހާރު...

March 03, 2019 14
ޖިސްމާނީ ގެއްލުމެއް ނުދޭ، ނަފްސާނީ އަނިޔާ ދިން: ޕައިލެޓް

ނިއު ދިއްލީ (މާޗް 3) - ޕާކިސްތާނުގެ ބެލުމުގެ ދަށުގައި ހުރި 60 ގަޑިއިރު ތެރޭ ޖިސްމާނީ ގޮތުން އެއްވެސް އަނިޔާއެއް ކޮށްފައި ނުވާ ކަމަށާއި ނަމަވެސް ނަފްސާނީ ގޮތުން ބަލިކަށިކޮށްލަން...

02 މާޗް

March 02, 2019 2
ޕައިލެޓް ދޫކޮށްލުމާއެކު ކަޝްމީރުގައި ހަމަލާތައް ފަށައިފި

ސްރީނަގަރް (މާޗް 2) - ޕާކިސްތާނުން ހިފެހެއްޓި އިންޑިއާގެ ޕައިލެޓް އަބީނާންދަން ވާމަތަން މިނިވަންކޮށް ހުކުރު ދުވަހުގެ ރޭ ދޫކޮށްލުމާ އެކު ކަޝްމީރުގައި ދެ ގައުމުގެ ސިފައިން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކުރަން ފަށައިފި އެވެ.

28 ފެބުރުއަރީ

February 28, 2019 10
ޕާކިސްތާނުން ހިފެހެއްޓި ޕައިލެޓް މާދަމާ ދޫކޮށްލަނީ

އިސްލާމްއާބާދު (ފެބްރުއަރީ 28) - ޕާކިސްތާނުން ހިފަހައްޓާފައިވާ އިންޑިއާގެ ޕައިލެޓް މާދަމާ މިނިވަން ކުރާނެ ކަމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެ އެވެ.

27 ފެބުރުއަރީ

February 27, 2019 7
އިންޑިއާގެ އުތުރުގެ އަށް އެއާޕޯޓެއް ބަންދުކޮށްފި

ޖައްމޫ (ފެބްރުއަރީ 27) - އިންޑިއާ އާއި ޕާކިސްތާނުގެ މަސްރަހު ހޫނުވެ، އެއްގައުމު އަނެއް ގައުމަށް ދޭ ވައިގެ ހަމަލާތަކާ ގުޅިގެން އިންޑިއާގެ އުތުރުގެ ތިން ސްޓޭޓެއްގެ އަށް އެއާޕޯޓެއް ބަންދުކޮށްފި އެވެ.

26 ފެބުރުއަރީ

February 26, 2019 10
އިންޑިއާގެ ބޯޓުތަކުން ޕާކިސްތާނަށް ވައިގެ ހަމަލާ ދީފި

އިސްލާމްއާބާދު (ފެބްރުއަރީ 26) - އިންޑިއާގެ ހަނގުރާ މަތީ ބޯޓުތަކުން ޕާކިސްތާނުގެ ސަރަހައްދަކަށް ވައިގެ ހަމަލާ މިއަދު ދީފި އެވެ.

25 ފެބުރުއަރީ

February 25, 2019 25
"ނިއުކްލިއާ އެންމެ ހަމަލާއެއް ދިނަސް ޕާކިސްތާނުގެ ދުވަސްދާނެ"

އަބޫ ދާބީ (ފެބްރުއަރީ 25) - ޕާކިސްތާނުން ނިއުކްލިއާ އެންމެ ހަމަލާއެއް ދީފި ނަމަ، ރައްދުގައި އިންޑިއާ އިން ނިއުކްލިއާ 20 ބޮން އަޅާނެ ކަމަށާއި އޭރުން އޮންނާނީ ޕާކިސްތާނުގެ ދުވަސް ގޮސްފައި ކަމަށް ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފް ވިދާޅުވެއްޖެ އެވެ.

23 ފެބުރުއަރީ

February 23, 2019 6
"އިންޑިއާ އިން ހަމަލާ ދީފި ނަމަ ރައްދު ވަރުގަދަވާނެ"

އިސްލާމްއާބާދު (ފެބްރުއަރީ 23) - އިންޑިއާ އިން ހަމަލާއެއް ދީފި ނަމަ ރައްދު ދިނުމަށް ވަރަށް ފުރިހަމަ އަށް ތައްޔާރުވެފައިވާ ކަމަށާ އަދި އެ ދޭ ރައްދު ހަމަލާ ވަރަށް ވަރުގަދަވާނެ ކަމަށް ޕާކިސްތާން ސިފައިން ބުނެފި އެވެ.

20 ފެބުރުއަރީ

February 20, 2019
އިމްރާން ޚާންގެ ހުށަހެޅުމަށް އިންޑިއާ އިން ދެކޮޅު

ނިއު ދިއްލީ (ފެބްރުއަރީ 20) - ކަޝްމީރުގައި ދިން ހަމަލާގެ ތަހުގީގުގައި ޕާކިސްތާނުން އެހީތެރިކަން ފޯރުކޮށްދިނުމަށް ބޮޑު ވަޒީރު އިމްރާން ޚާން ހުށަހެޅުއްވި ހުށަހެޅުމަށް އިންޑިއާ އިން ދެކޮޅު ހަދައިފި އެވެ.

19 ފެބުރުއަރީ

February 19, 2019 10
ކަޝްމީރުގެ މަޝްރަހު ހަމައަކަށް އަޅުވައިދޭނަން: ސައުދީ

އިސްލާމްއާބާދު (ފެބްރުއަރީ 19) - ކަޝްމީރުގައި ދިން ހަމަލާ އަށް ފަހު ހޫނުވެފައިވާ އިންޑިއާ އާއި ޕާކިސްތާނުގެ މަޝްރަހު ފިނިކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ސައުދީ އަރަބިއާ އިން ބުނެފި އެވެ.

16 ފެބުރުއަރީ

February 16, 2019 6
ޕާކިސްތާން މުޅިން އެކަހެރިކޮށްލާނަން: އިންޑިއާ

ނިއު ދިއްލީ (ފެބްރުއަރީ 16) - ކަޝްމީރުގައި އިންޑިއާގެ ސެންޓްރަލް ރިޒާވް ޕޮލިސް ފޯސް (ސީއާރްޕީއެފް) އަށް އަމާޒުކޮށް ދިން ހަމަލާ އަށް ފަހު ބައިނަލްއަގުވާމީ މުޖްތަމައުން ޕާކިސްތާން މުޅިން އެކަހެރިކޮށްލާނެ ކަމަށް އިންޑިއާ އިން ބުނެފި އެވެ.

27 ޖޫން

June 27, 2017 5
ޓްރަމްޕާއި މޯދީ ގުޅިގެން ޕާކިސްތާނަށް އިންޒާރު ދީފި

ޓެރަރިސްޓް ހަމަލާތައް ދޭން ޕާކިސްތާނުގެ ސަރަހައްދު ބޭނުންނުކުރެވޭނެ ކަމުގެ ޔަގީންކަން އެ ގައުމުން ހޯދައިދޭން ޖެހޭނެ ކަމަށް ބުނެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އެކުގައި ރޭ ނެރުއްވި ބަޔާނެއްގައި ގޮވާލައްވައި، އިންޒާރު ދެއްވައިފި އެވެ.

12 މާޗް

March 12, 2017
އޮޅިގެން އިންޑިއާ އަށް ވަން ދެ ކުދިން އަނބުރާ ޕާކިސްތާނަށް

ނިއު ދިއްލީ (މާޗްް 12) - ކަޝްމީރުގެ ތެރޭން ބޯޑަރު ހުރަސްކޮށް އޮޅިގެން އިންޑިއާ އަށް ވަން ދެ ފިރިހެން ކުދިން އަނބުރާ ޕާކިސްތާނަށް ހަވާލުކޮށްފި އެވެ.

02 ނޮވެމްބަރ

November 02, 2016
ކަޝްމީރުގެ ހަމަލާތަކުގައި 24 މަރު

ސްރީނަގަރު (ނޮވެމްބަރު 1) - ކަޝްމީރުގެ ސަރަހައްދީ ރޮނގު ހުރަސްކޮށް އިންޑިއާ އާއި ޕާކިސްތާނުން ބަދަލުކުރި ހަމަލާތަކުގައި ހުކުރު ދުވަހުގެ ފަހުން މިހާތަނަށް 24 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.