19 އޯގަސްޓް

August 19, 2018 6
އިމްރާނަށް ހުވައިގެ އިބާރާތް ވިދާޅުވެވުނީ ނުބައިކޮށް

އިސްލާމްއާބާދު (އޮގަސްޓް 19) - ޕާކިސްތާނުގެ ބޮޑު ވަޒީރުކަމުގެ ހުވާ އިމްރާން ޚާން އިއްޔެ ކުރެއްވި އިރު ހާސްވެފައި ހުންނެވިވަރުން ހުވާގެ ބައެއް އިބާރާތްތައް ނުބައިކޮށް ވިދާޅުވެވިއްޖެ އެވެ.

18 އޯގަސްޓް

August 18, 2018 8
ގައުމު ލޫޓުވާލި މީހުންނާ މެދު ހަރުކަށިވާނަން: އިމްރާން

އިސްލާމްއާބާދު (އޮގަސްޓް 18) - ގައުމު ލޫޓުވާލި މީހުންނާ މެދު ހަރުކަށި ވާނެ ކަމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު ކަމުގެ ހުވާ މިއަދު ހެނދުނު ކުރެއްވި އިމްރާން ޚާން ވިދާޅުވެއްޖެ އެވެ.

17 އޯގަސްޓް

August 17, 2018 1
ޕާކިސްތާނުގައި ޓްވިޓާ ބަންދުކޮށްފާނެ ކަމުގެ އިންޒާރު

މުޖުތަމައާ ނުގުޅޭ ކޮންޓެންޓްތަކާއި ކޮމެންޓްތައް ޓްވިޓާގައި އާންމުކުރާ ނަމަ ޓްވިޓާ ބަންދުކޮށްފާނެ ކަމުގެ އިންޒާރު ޕާކިސްތާނުގައި ދީފި އެވެ.

13 އޯގަސްޓް

August 13, 2018 4
ޗައިނާ އަށް ނުދަރާނެ ކަމަށް ޕާކިސްތާނުން ބުނެފި

އިސްލާމްއާބާދު (އޮގަސްޓް 13) - ޗައިނާގެ އެހީގައި ޕާކިސްތާނުގައި ބޮޑެތި އިންވެސްޓްމަންޓްތައްކޮށް، އެންމެ ފަހުން އެ ގައުމަށް ދަރާނެ ކަމަށް ބުނާ މީޑިއާ ރިޕޯޓްތައް ޕާކިސްތާން ސަރުކާރުން ދިފާއުކޮށްފި އެވެ.

11 އޯގަސްޓް

August 11, 2018
އިމްރާން ޚާން ހުވާ ކުރުން މިމަހު 18 އަށް ފަސްކޮށްފި

އިސްލާމްއާބާދު (އޮގަސްޓް 11) - ޕާކިސްތާނުގެ ބޮޑު ވަޒީރުކަމުގެ ހުވާ އިމްރާން ޚާން ކުރެއްވުން މި މަހު 18 އަށް ފަސްކޮށްފައިވާ ކަމަށް ޕާޓީން ބުނެފި އެވެ.

04 އޯގަސްޓް

August 04, 2018 2
އެންޓި-ކޮރަޕްޝަން ކޮމިޝަނަށް އިމްރާން ޚާން ހާޒިރުކުރަނީ

އިސްލާމްއާބާދު (އޮގަސްޓް 4) - ޕާކިސްތާނުގެ ބޮޑު ވަޒީރު ކަމަށް ވަޑައިގަންނަވާ އިމްރާން ޚާން އެ ގައުމުގެ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުވާން އަންގައިފި އެވެ.

August 04, 2018 3
ޕާކިސްތާނުގައި އަންހެން ކުދިންގެ 12 ސްކޫލް އަންދާލައިފި

އިސްލާމްއާބާދު (އޮގަސްޓް 4) - ޕާކިސްތާނުގެ އެންމެ އުތުރުގައި އޮންނަ ގިލްގިޓް-ބޯލްޓިސްތާނާ 130 ކިލޯ މީޓަރު ދުރުގައި އޮންނަ ޗިލާސްގައި އަންހެން ކުދިންގެ 12 ސްކޫލެއް އެއް ރޭ މަތިން...

02 އޯގަސްޓް

August 02, 2018
އިމްރާން ޚާން ހުވާ ކުރުމުގެ ރަސްމިއްޔާތަށް އާމިރު ޚާން

އިސްލާމްއާބާދު (އޮގަސްޓް 2) - ޕާކިސްތާނުގެ ބޮޑު ވަޒީރުކަމުގެ ހުވާ އިމްރާން ޚާން ކުރުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ކުރީގެ ކްރިކެޓް ތަރިން ކަމަށްވާ ސުނިލް ގަވަސްކަރާއި ކަޕިލް ދޭވް، އަދި ނަވްޖޮޓް ސިންގް ސިދޫގެ އިތުރުން ބޮލީވުޑުގެ ތަރި އާމިރު ޚާން އަށް ދައުވަތު ދީފި އެވެ.

01 އޯގަސްޓް

August 01, 2018 2
ނަވާޒް ޝަރީފުގެ ހާލު ރަނގަޅުވުމާ އެކު ޖަލަށް

އިސްލާމްއާބާދު (އޮގަސްޓް 1) - ހިތްޕުޅުގެ އާލާސްކަންފުޅަކާ ގުޅިގެން އިސްލާމްއާބާދުގެ ޕާކިސްތާން އިންސްޓްޓިއުޓް އޮފް މެޑިކަލް ސައެންސް (ޕިމްސް) ގެ ކާޑިއެކް ސެންޓަރުގައި ފަރުވާ ދޭން...

August 01, 2018 6
އިމްރާން ޚާން ހުވާކުރުމުގެ ރަސްމިއްޔާތަށް ސާކުގެ ވެރިން

އިސްލާމްއާބާދު (އޮގަސްޓް 1) - ޕާކިސްތާންގެ ބޮޑު ވަޒީރުކަމުގެ ހުވާ އިމްރާން ޚާން ކުރައްވާ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ހިމެނޭ ގޮތަށް ސާކް ގައުމުތަކުގެ...

31 ޖުލައި

July 31, 2018 1
ހޮސްޕިޓަލްގައި ނަވާޒް ޝަރީފުގެ ވޯޑު ވެސް ކުޑަ ޖަލަކަށް

އިސްލާމްއާބާދު (ޖުލައި 31) - ރާވަލްޕިންޑީގެ އަޑިއަލާ ޖަލުގައި ހުންނަވަނިކޮށް ހިތްޕުޅުގެ އާލާސްކަންފުޅެއް ކުރިމަތިވުމާ ގުޅިގެން ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައެންސް...

July 31, 2018
އިމްރާން ޚާންގެ ޕާޓީން އަޣުލަބިއްޔަތު ހޯދައިފި

އިސްލާމްއާބާދު (ޖުލައި 31) - ސަރުކާރެއް އުފެއްދޭ ވަރަށް ޕާލަމެންޓުގެ އަޣުލަބިއްޔަތު ހޯދާފައިވާ ކަމަށް އިމްރާން ޚާންގެ ޕާޓީ ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި) އިން ބުނެފި އެވެ.

30 ޖުލައި

July 30, 2018 1
ހިތްޕުޅުގެ އާލާސްކަންފުޅެއްގައި ނަަވާޒް ޖަލުން ހޮސްޕިޓަލަށް

އިސްލާމްއާބާދު (ޖުލައި 30) - ދިހަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރަމުންގެންދާ ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފަށް ކުރިމަތިވި ހިތްޕުޅުގެ އާލާސްކަންފުޅަކާ ގުޅިގެން ރާވަލްޕިންޑީގެ އަޑިއަލާ ޖަލުން އިސްލާމްއާބާދުގެ ޕާކިސްތާން އިންސްޓްޓިއުޓް އޮފް މެޑިކަލް ސައެންސް (ޕިމްސް) އަށް ބަދަލުކޮށް ފަރުވާ ދޭން ފަށައިފި އެވެ.

29 ޖުލައި

July 29, 2018 1
ސަރުކާރެއް އުފައްދަން ކޯލިޝަންގެ މަޝްވަރާތައް އިމްރާން ފައްޓަވައިފި

އިސްލާމްއާބާދު (ޖުލައި 29) - ކޯލިޝަން ސަރުކާރެއް އުފެއްދުމާ ގުޅޭ ގޮތުން މިނިވަން ކެންޑިޑޭޓުންނާއި ކުދި ޕާޓީތަކާ އެކު މަޝްވަރާ ކުރަމުންދާ ކަމަށް އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި) އިން ބުނެފި އެވެ.

28 ޖުލައި

July 28, 2018 9
ބޮޑު ވަޒީރުގެ ގޭގައި ނޫޅޭނަން، އުޅޭނީ ކުޑަ ގެއެއްގައި

އިސްލާމްއާބާދު (ޖުލައި 28) - ޕާކިސްތާނުގެ ބޮޑު ވަޒީރުކަން ލިބިވަޑައިގަތް ނަމަވެސް ބޮޑު ވަޒީރަށް ޚާއްސަކޮށްފައިވާ ރަސްމީ ގޭގައި ދިރި ނޫޅުއްވާނެ ކަމަށާއި އުޅުއްވާނީ ކުޑަކުޑަ...

July 28, 2018 2
އިންތިޚާބުވަނީ ވަގަށް ނަގާފައި، ޕާޓީތަކުން މުޒާހަރާއަށް

އިސްލާމްއާބާދު (ޖުލައި 28) - ޕާކިސްތާނުގައި ބޭއްވި އާއްމު އިންތިޚާބު ވަނީ "ވަގަށް ނަގާފައި" ކަމަށާއި އަދި އެ އިންތިޚާބުގެ ނަތީޖާގެ ސަބަބުން ގައުމުގެ ސިޔާސީ ހަޔާތުގައި ހުތުރު...

25 ޖުލައި

July 25, 2018
ވޯޓުލަމުން ދަނިކޮށް ބޮމެއް ގޮއްވާލައި 28 މީހުން މަރު

ބަލޮޗިސްތާން (ޖުލައި 25) - ޕާކިސްތާނުގެ އާއްމު އިންތިޚާބުގައި މިއަދު ވޯޓުލަމުން ދަނިކޮށް ހުޅަނގު ދެކުނުގެ ގުއެޓާގައި ދިން ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާއެއްގައި 28 މީހުން މަރުވެ 35 މީހުން ޒަޚަމްވެއްޖެ އެވެ.

24 ޖުލައި

July 24, 2018 6
ޕާކިސްތާނުން ލޭންޑިންގް ކްރާފްޓެއް ހަދިޔާ ކުރަނީ

އިންޑިއާ ކަނޑުގެ ސަލާމަތީ ކަންތައް އިތުރަށް ފުޅާކޮށް، ވަރުގަދަ ކުރުމުގެ ގޮތުން ޕާކިސްތާނުން ރާއްޖެ އަށް ލޭންޑިންގް ކްރާފްޓް މެކަނައިޒްޑް (އެލްސީއެމް) އެއް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް ޕާކިސްތާނުގެ ޗީފް އޮފް ދަ ނޭވަލް ސްޓާފް އެޑްމިރަލް ޒަފަރު މަހްމޫދު އައްބާސީ ވިދާޅުވެއްޖެ އެވެ.

July 24, 2018 2
އަންހެން ކެންޑިޑޭޓް ސައިކަލްގައި ދޮރުން ދޮރަށް ކެމްޕޭނުގައި

އިސްލާމްއާބާދު (ޖުލައި 24) - ޕާކިސްތާނުގައި މާދަމާ ބާއްވާ އާއްމު އިންތިޚާބަށް ޕަންޖާބް ޕްރޮވިންސްގެ މުލްތާން ސިޓީގެ ހަނި މަގުތަކުގައި ނޫޝިން އަފްޝަން ކެމްޕޭނަށް ނުކުމެ އުޅޭ ގޮތް...

July 24, 2018 4
އިމްރާން ޚާން: 20 އަހަރަށް ފަހު ކާމިޔާބީގެ އުއްމީދުގައި

އިސްލާމްއާބާދު (ޖުލައި 24) - ޕާކިސްތާނުގައި މާދަމާ ބާއްވާ އާއްމު އިންތިޚާބު ކާމިޔާބުކޮށް، ކޮރަޕްޝަނުން ސަލާމަތްވެފައިވާ މުޅިން އާ ޕާކިސްތާނެއް ރައްޔިތުންނަށް ފެނިގެންދާނެ ކަމަށް...

23 ޖުލައި

July 23, 2018
ޖާނުންފިދާވުމުގެ ހަމަލާއެއްގައި ކެންޑިޑޭޓަކު މަރާލައިފި

އިސްލާމްއާބާދު (ޖުލައި 23) - ޕާކިސްތާނުގެ އާއްމު އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓަކު، ޖާނުން ފިދާވުމުގެ ހަމަލާއެއްގައި މަރާލައިފި އެވެ.

July 23, 2018 2
"ނަވާޒް ޝަރީފުގެ ކިޑްނީ ފެއިލްވުމުގެ ބިރު ބޮޑު"

އިސްލާމްއާބާދު (ޖުލައި 23) - ރާވަލްޕިންޑީގެ އަޑިއަލާ ޖަލުގައި މިހާރު ހުންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ ކިޑްނީ ފެއިލްވުމުގެ ބިރު ބޮޑު ކަމަށާއި އެ މަނިކުފާން...

22 ޖުލައި

July 22, 2018 8
ވޯޓުލާން ތިން ދުވަހަށް ވެފައިވަނިކޮށް ކެންޑިޑޭޓް ޖަލަށް

އިސްލާމްއާބާދު (ޖުލައި 22) - ޕާކިސްތާނުގައި އާއްމު އިންތިޚާބު ބާއްވަން ތިން ދުވަހަށްވެފައި ވަނިކޮށް ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ ޕާކިސްތާން މުސްލިމް ލީގް ނަވާޒް (ޕީއެމްއެލް-އެން) ގެ ކެންޑިޑޭޓަކު އުމުރަށް ޖަލަށްލާން އިއްޔެ ހުކުމްކޮށްފި އެވެ.

17 ޖުލައި

July 17, 2018 1
ނަވާޒް ޝަރީފުގެ ޕާޓީގެ ލީޑަރުންނާ ދެކޮޅަށް ޓެރަރިޒަމްގެ ދައުވާ

އިސްލާމްއާބާދު (ޖުލައި 17) - ޖަލުގައި މިހާރު ހުންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ ޕާޓީގެ އިސް ލީޑަރުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި އެވެ.

16 ޖުލައި

July 16, 2018 6
ކޮރަޕްޓް ސިޔާސީ މީހުންގެ ފަހަތަކަށް ނާރާނަން: އިމްރާން ޚާން

ލާހޯރު (ޖުލައި 16) - ކޮރަޕްޓް ސިޔާސީ ލީޑަރުން ހިމެނޭ ޕާޓީތަކާ އެކު ކޯލިޝަން ނަހަދާނެ ކަމަށް ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި) ގެ ލީޑަރު އަދި ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އިމްރާން ޚާން ވިދާޅުވެއްޖެ އެވެ.

15 ޖުލައި

July 15, 2018 8
ޖަލުގައި ނަވާޒް ޝަރީފަށް ވަނީ ހިތްދަތި ހާލު ޖައްސާފައި: ވަކީލުން

އިސްލާމްއާބާދު (ޖުލައި 15) - ލަންޑަނުން ޕާކިސްތާނަށް ވަޑައިގަތުމާ އެކު ލާހޯރު އެއާޕޯޓުން ހައްޔަރުކޮށްގެން މިދިޔަ ހުކުރު ދުވަހު ޖަލަށް ގެންދިޔަ ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފަށް ޖަލުގައި ވަނީ ވަރަށް ހިތްދަތި ހާލު ޖައްސާފައި ކަމަށް ގާނޫނީ ޓީމުން ބުނެފި އެވެ.