06 މެއި

May 06, 2017
ނަވާޒް ޝަރީފްއާ ދެކޮޅަށް ފުލުހަށް މައްސަލަ ހުށަހަޅައިފި

އިސްލާމްއާބާދު (މެއި 6) - ސިފައިންނާ މެދު ނަފުރަތު އުފެދޭ ގޮތަށް ވާހަކަ ދައްކަވާފައިވާ ކަމަށް ބުނެ ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްއާ ދެކޮޅަށް ފުލުހުންނަށް މައްސަލައެއް ހުށަހަޅައިފި އެވެ.

30 އެޕްރީލް

April 30, 2017 7
ސްކޫލުތަކަށް ޕާކިސްތާނުން 15 ލެޕްޓޮޕް ހަދިޔާކޮށްފި

ރާއްޖޭގެ 15 ސްކޫލަކަށް ޕާކިސްތާނުގެ "ޖިނާހް ލެޕްޓޮޕް ސްކީމް" ގެ ދަށުން މިއަދު ލެޕްޓޮޕް ހަދިޔާ ކޮށްފި އެވެ.

20 އެޕްރީލް

April 20, 2017
ސުޕްރީމް ކޯޓުގެ ހުކުމުން ނަވާޒް ޝަރީފް ސަލާމަތްވެއްޖެ

އިސްލާމްއާބާދު (އޭޕްރީލް 20) - ޕެނަމާ ޕޭޕާސް އިން ލީކުކޮށްލި މައުލޫމާތުތަކުގައި ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް މަގާމުން ދުރުކުރެވޭވަރުގެ ކޮރަޕްޝަނެއް ނެތް ކަމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

19 އެޕްރީލް

April 19, 2017
ސްޕްރީމް ކޯޓުގެ ހުކުމުން ނަވާޒް ޝަރީފުގެ މަގާމު ގެއްލިދާނެ

އިސްލާމްއާބާދު (އެޕްރީލް 19) - ޕެނަމާ ޕޭޕާސް އިން ލީކުކޮށްލި މައުލޫމާތުތަކުގެ ތަހުގީގަށް ފަހު ޕާކިސްތާނުގެ ސްޕްރީމް ކޯޓުން ކުރާ ހުކުމެއްގެ ސަބަބުން ޕާކިސްތާނުގެ ބޮޑު ވަޒީރު މުހައްމަދު ނަވާޒް ޝަރީފުގެ މަގާމު ގެއްލުމުގެ ބިރު އެބައޮތް ކަމަށް އޮފިޝަލުން ބުނެފި އެވެ.

17 އެޕްރީލް

April 17, 2017 11
ދަރިވަރަށް ކަށުނަމާދު ކުރަން ދެކޮޅު ހެދި މައްސަލަ ބަލަނީ

އިސްލާމްއާބާދު (އެޕްރީލް 17) - އިސްލާމް ދީނަށް ފުރައްސާރަ ކުރި ކަމަށް ބުނެ ޕާކިސްތާނުގެ ޔުނިވާސިޓީއެއްގެ ދަރިވަރުންތަކެއް ހަމަލާދީ މަރާލި ދަރިިވަރުގެ މައްޗަށް ކަށު ނަމާދު ކުރަން ދެކޮޅު ހެދި އިމާމުގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

16 އެޕްރީލް

April 16, 2017 14
ދަރިވަރު މަރާލުމުން ބޮޑު ވަޒީރަށް ވެސް ޝޮކެއް

އިސްލާމްއާބާދު (އެޕްރީލް 16) - އިސްލާމް ދީނަށް ފުރައްސާރަ ކުރި ޕާކިސްތާނުގެ ޔުނިވާސިޓީއެއްގެ ދަރިވަރަކު އެ ޔުނިވާސިޓީގެ އެހެން ދަރިވަރުން ހަމަލާދީ މަރާލި ޚަބަރު ލިބިވަޑައިގަތުމުން ވަރަށް ދަރަވެ، ޝޮކެއް ލިބިވަޑައިގެންނެވި ކަމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް ވިދާޅުވެއްޖެ އެވެ.

14 އެޕްރީލް

April 14, 2017 3
ދީނަށް ފުރައްސާރަ ކުރި ކިޔަވާ ކުއްޖަކު މަރާލައިފި

އިސްލާމްއާބާދު (އެޕްރީލް 13) - އިސްލާމް ދީނަށް ފުރައްސާރަ ކުރި ޕާކިސްތާނުގެ ޔުނިވާސިޓީއެއްގެ ދަރިވަރަކު އެ ޔުނިވާސިޓީގެ އެހެން ދަރިވަރުން ހަމަލާދީ މަރާލައިފި އެވެ.

11 އެޕްރީލް

April 11, 2017
އިންޑިއާގެ "ޖާސޫސަކަށް" ޕާކިސްތާނުގައި މަރުގެ ހުކުމް

ނިއު ދިއްލީ (އެޕްރީލް 11) - އިންޑިއާގެ ކުރީގެ ނޭވީ އޮފިސަރު ކުލްބުޝާން ޖަދާވް "ޖާސޫސް" ކުރި ކަމަށް ބުނެ ޕާކިސްތާނުން އޭނާ އަށް މަރުގެ ހުކުމް އިއްވި ނަމަވެސް އޭނާ ސަލާމަތް ކުރަން ކުރެވުން ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އިންޑިއާ އިން ބުނެފި އެވެ.

30 މާޗް

March 30, 2017 5
ކާނާގެ ވިޔަފާރިން ދުނިޔެ ފެނަން ޖައްސާނެކަމުގެ އިންޒާރު

ދުނިޔޭގެ ކާނާގެ ބާޒާރުގެ ސަބަބުން އެކި ސަރަހައްދުތަކުން ފެން ހުސްވުމުގެ ބިރު ކުރިމަތިވެފައިވާ ކަމުގެ އިންޒާރު ސައިންސްވެރިން ދީފި އެވެ.

23 މާޗް

March 23, 2017
ޕާކިސްތާނުގެ އަސްކަރީ ކޯޓުތަކުގެ މުއްދަތު އިތުރުކުރަނީ

އިންސާނީ ހައްގުތަކުގައި މަސައްކަތްކުރާ ފަރާތްތަކުން ދެކޮޅު ހަދަމުން ދިޔަ ނަމަވެސް، ޕާކިސްތާނުގައި ސިއްރު އަސްކަރީ ކޯޓުތައް އަލުން ހަދާ ގޮތަށް ރައްޔިތުންގެ މަޖިލިހުން އިއްޔެ ފާސްކޮށްފި އެވެ.

18 މާޗް

March 18, 2017 4
ޕާކިސްތާނުން ފޭސްބުކްގެ އެހީތެރިކަމަށް އެދިއްޖެ

އިސްލާމްދީނަށް ފުރައްސާރަކޮށް ފޭސްބުކްގައި ޕާކިސްތާންގެ ބައެއް މީހުން ދައުރުކުރާ އެއްޗެހި ހުއްޓުވައިދޭން ފޭސްބުކްގެ އެހީއަށް ސަރުކާރުން އެދިއްޖެ ކަމަށް، ސަރުކާރުން ބުނެފި އެވެ.

12 މާޗް

March 12, 2017
އޮޅިގެން އިންޑިއާ އަށް ވަން ދެ ކުދިން އަނބުރާ ޕާކިސްތާނަށް

ނިއު ދިއްލީ (މާޗްް 12) - ކަޝްމީރުގެ ތެރޭން ބޯޑަރު ހުރަސްކޮށް އޮޅިގެން އިންޑިއާ އަށް ވަން ދެ ފިރިހެން ކުދިން އަނބުރާ ޕާކިސްތާނަށް ހަވާލުކޮށްފި އެވެ.

25 ފެބުރުއަރީ

February 25, 2017 1
ފްލައިޓުގެ ޖާގަ އަށް ވުރެ އިތުރަށް މީހުން އުފުލައިފި

އިސްލާމްއާބާދު (ފެބްރުއަރީ 25) - ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) ގެ މަތިންދާ ބޯޓެއް ސައުދީ އަރަބިއާ އަށް ކުރި ދަތުރުގައި ހަތް ޕަސިންޖަރަކު ބޯޓުގައި އިތުރަށް ތިބި މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.

21 ފެބުރުއަރީ

February 21, 2017 1
ޕާކިސްތާނުގެ ކޯޓަކަށް ހަމަލާދީ ހަތަރު މީހުން މަރާލައިފި

ޕިޝާވަރު (ފެބްރުއަރީ 21) - ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ކޯޓަކަށް މިއަދު ދިން ޖާނުންފިދާވުމުގެ ހަމަލާއެއްގައި ހަތަރު މީހުން މަރާލައިފި ކަމަށް އޮފިޝަލުން ބުނެފި އެވެ.

17 ފެބުރުއަރީ

February 17, 2017 1
ހަނގުރާމަވެރިންނާ ދެކޮޅަށް ޕާކިސްތާނުން އޮޕަރޭޝަނެއް ފަށައިފި

އިސްލާމްއާބާދު (ފެބްރުއަރީ 17) - ޕާކިސްތާނުގެ ދެކުނުގެ ސިންދު ޕްރޮވިންސްގައި ސޫފީން އަޅުކަން ކުރާ މިސްކިތަކަށް ދިން ބޮމުގެ ހަމަލާގައި 80 މީހުން މަރާލި ހާދިސާ އަށް ފަހު ހަނގުރާމަވެރިންނާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ސިފައިން ފަށައިފި އެވެ.

February 17, 2017 6
ސޫފީން އަޅުކަންކުރާ ތަނަކަށް ދިން ހަމަލާގައި 72 މަރު

އިސްލާމްއާބާދު (ފެބްރުއަރީ 17) - ޕާކިސްތާނުގެ ދެކުނުގައި ސޫފީން އަޅުކަންކުރާ މިސްކިތަކަށް އިސްލާމިކް ސްޓޭޓް (އައިއެސް) އިން ދިން ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާއެއްގައި 72 މީހުން...

February 17, 2017 3
ކުޑަކުޑަ ލޯބި ދެމަފިރިން

ޕާކިސްތާނުގެ މި ދެމަފިރިންގެ ގެ ވެސް ހުންނަނީ ދެތިން އަހަރުގެ ކުއްޖެއްގެ އިސްކޮޅެވެ. ޑްވޯފިޒަމް ހުރި މި ދެމަފިރިންގެ އުފާވެރި ދިރިއުޅުން ޕާކިސްތާނުގެ ޓީވީ ޗެނަލަކުން ދެއްކުމުން...

14 ފެބުރުއަރީ

February 14, 2017 18
ޕާކިސްތާނުގައި ލޯބިވެރިންގެ ދުވަސް ފާހަގަ ކުރުން މަނާ

އިސްލާމްއާބާދު (ފެބްރުއަރީ 14) - ވެލެންޓައިންސް ޑޭ ފާހަގަ ކުރުމުގެ ގޮތުން ޕާކިސްތާނުގެ އެއްވެސް ހިސާބެއްގައި ހަރަކާތެއް ބޭއްވުން އިސްލާމްއާބާދުގެ ހައި ކޯޓުގެ އަމުރަކުން މަނާކޮށްފި...

February 14, 2017
ލާހޯރުގެ ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 14 އަށް

އިސްލާމްއާބާދު (ފެބްރުއަރީ 14) - ޕާކިސްތާނުގެ ލާހޯރުގައި އިހުތިޖާޖް ކުރަމުން ދިޔަ ބައެއްގެ ތެރޭގައި ބޮމެއް ގޮއްވާލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 14 އަށް އަރާފައިވާ ކަމަށް...

08 ފެބުރުއަރީ

February 08, 2017
ޕާކިސްތާނުގައި "ރައީސް" ދެއްކުން މަނާކޮށްފި

ޝާހްރުކް ޚާން އާއި ޕާކިސްތާނުގެ ބަތަލާ މާހިރާ ޚާންގެ "ރައީސް" ޕާކިސްތާނުގައި ދެއްކުމުގެ ހުއްދަ ނުދޭން އެ ގައުމުގެ ސެންސަރު ބޯޑުން ނިންމައިފި އެވެ.

07 ފެބުރުއަރީ

February 07, 2017 1
ޕާކިސްތާނު ސެންސަރު ބޯޑުގައި "ރައީސް" ތާށިވެފައި

"ރައީސް" ގެ ބަތަލު ޝާހްރުކް ޚާނާއި ޕްރޮޑިއުސަރު ރިތޭޝް ސިދްވާނީ މީގެ ދުވަސްކޮޅެއް ކުރިން ވަނީ ޕާކިސްތާނުގައި މި ފިލްމު ރިލީޒް ކުރެވޭތީ އުފަލުން ތިބި ކަމަށް ބުނެފަ އެވެ. އަދި ޕާކިސްތާނަށް އުފަން ބަތަލާ މާހިރާ ޚާން ވެސް ބުނީ ޕާކިސްތާނު ގިނަ ބަޔަކު ވެސް އެ ފިލްމު ރިލީޒްކުރާނެ ދުވަހެއްގެ އިންތިޒާރުގައި ތިބި ކަމަށެވެ.

06 ފެބުރުއަރީ

February 06, 2017
އަފްޣާން ޑިޕްލޮމެޓަކު ޕާކިސްތާނުގައި އަވަހާރަކޮށްލައިފި

ކަރާޗީ (ފެބްރުއަރީ 6) - ޕާކިސްތާނުގެ ދެކުނުގެ ސިޓީ ކަރާޗީގައި ހުންނަ އަފްޣާނިސްތާން ކޮންސިއުލޭޓް ތެރޭގައި ބަޑިޖަހާ އަފްޣާން ޑިޕްލޮމެޓަކު އަވަހާރަކޮށްލައިފި އެވެ.

February 06, 2017 1
ބޯ ސްނޯގައި ޖެހި އަފްޣާނާއި ޕާކިސްތާނުން 100 މަރު

އިސްލާމްއާބާދު (ފެބްރުއަރީ 6) - އަފްޣާނިސްތާނާއި ޕާކިސްތާނަށް ބޯކޮށް ސްނޯ ފޭބުމުގެ ސަބަބުން 100 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

05 ފެބުރުއަރީ

February 05, 2017
ކުޑަ ކުއްޖާ ހަވާލު ކުރުމުން އިންޑިއާ އަށް ޝުކުރު

އިސްލާމްއާބާދު (ފެބްރުއަރީ 5) - އެގާރަ ވަރަކަށް މަސްކުރިން ޕާކިސްތާނުން ގެންދިޔަ ފަސް އަހަރުގެ ކުއްޖާ އަނބުރާ ހަވާލު ކުރުމުން އިންޑިއާ އަށް ޝުކުރު އަދާކޮށްފި އެވެ.