25 މާޗް

March 25, 2020 5
ޕާކިސްތާންގައި މެޑިސިން ކިޔަވާ ހަ ދަރިވަރަކު ރާއްޖެއަށް

ޕާކިސްތާނުގައި މެޑިސިން ކިޔަވާ ދިވެހި ހަ ދަރިވަރަކު ރާއްޖެ ގެންނަން ނިންމައިފި އެވެ.

23 މާޗް

March 23, 2020 10
ކޮވިޑް-19 ޕާކިސްތާނުގައި ތިބި ދިވެހިންގެ ހާލުބަލައިފި

ޕާކިސްތާނުގައި ތިބި ދިވެހިންގެ ރައްކާތެރިކަމާ ގުޅޭގޮތުން އެ ގައުމާ އެކު ދިވެހި ސަރުކާރުން މަޝްވަރާ ކޮށްފި އެވެ.

16 މާޗް

March 16, 2020
ޕާކިސްތާނުގެ މީޑިއާގެ އިސްފަރާތެއް ހައްޔަރުކުރީ ކީއްވެ؟

އިސްލާމްއާބާދު (މާޗް 16) - ޕާކިސްތާނުގެ މީޑިއާގައި ބާރުގަދަ ފަރާތެއް ވަނީ މީގެ 30 އަހަރުގެ ކުރީގެ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފަ އެވެ.

09 މާޗް

March 09, 2020 1
ދާޖަހާތީ ކޯމަހުގެ އާބާދީ 90 ޕަސެންޓް ދަށަށް

ބޮޑެތި ދާ ޖަހައިގެން މަސްވެރިކަންކުރާތީ އިންޑިއާގެ ކަނޑުގެ ކޯމަހުގެ އާބާދީގެ 90 ޕަސެންޓް ދަށްވެފައިވާ ކަމަށާއި މިކަމުގެ އަސަރު އަދިވެސް ދަނީ ބޮޑުވަމުން ކަމަށް ސައިންޓިސްޓުންތަކެއް ބުނެފި އެވެ.

01 މާޗް

March 01, 2020
ޕާކިސްތާނުގެ ސެންސާޝިޕުން އިންޓަނެޓް ކުންފުނިތައް ދުރަށް

އިސްލާމްއާބާދު (މާޗް 1) - ޕާކިސްތާނުން ތައާރަފްކުރާ ހަރުކަށި ސެންސާޝިޕް ގާނޫނުތަކާ ގުޅިގެން އިންޓަނެޓް ކުންފުނިތައް ކަމަށްވާ ގޫގްލް، ފޭސްބުކް އަދި ޓްވިޓާ އިން ވަނީ އެ ގައުމުގައި ޚިދުމަތް ހުއްޓާލަން ޖެހިދާނެ ކަމަށް ބުނެފަ އެވެ.

29 ފެބުރުއަރީ

February 29, 2020 7
ޗައިނާ އިން ޕާކިސްތާނަށް 100،000 އަސްދޫނީގެ ލަޝްކަރެއް

މި ފަހުގެ ތާރީހެއްގައި ކުރިމަތިނުވާ ވަރަށް ޕާކިސްތާނަށް ގޮށްފުޅަނގީގެ ތުރާ ކުރިމަތިވެ، އެ ގައުމުގެ ދަނޑުބިންތައް ހަލާކުރާތީ އެކަމާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން ޗައިނާ އިން 100،000 އަސްދޫނި ޕާކިސްތާނަށް ފޮނުވަން ނިންމައިފި އެވެ.

27 ފެބުރުއަރީ

February 27, 2020 3
މަލާލާ އާއި ގްރެޓާގެ ފޮޓޯތަކަށް ބޮޑު ސަމާލުކަމެއް

ނަމޫނާ ޒުވާނުންގެ ގޮތުގައި ދުނިޔެ އަށް މަޝްހޫރުވެފައިވާ މަލާލާ ޔޫސަފްޒާއީ އާއި ގްރެޓާ ތަމްބާގް އެކީގައި ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކުރުމުން ގިނަ ބައެއްގެ ސަމާލުކަން ލިބި ތައުރީފުކޮށްފި އެވެ.

26 ފެބުރުއަރީ

February 26, 2020 12
ބޭހަށް ފޮނުވި ނަވާޒް ޝަރީފް "ފިއްލައިފި": ޕާކިސްތާން

އިސްލާމްއާބާދު (ފެބްރުއަރީ 26) - ޖަލުގައި ހުންނަވަނިކޮށް ހިތްޕުޅުގެ އާލާސްކަންފުޅެއް ދިމާވެގެން، ލާހޯރުގެ ހޮސްޕިޓަލެއްގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާ އަށް ގައުމުން ބޭރަށް މިދިޔަ އަހަރު ފޮނުވި ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް "ފިއްލަވައިފި" ކަމަށް ޕާކިސްތާން ސަރުކާރުން ބުނެފި އެވެ.

24 ފެބުރުއަރީ

February 24, 2020 2
ސާކް ޑިވެލޮޕްމެންޓް ފަންޑަށް ސީއީއޯއެއް ހޯދަނީ

ސާކް ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް)ގެ ސީއީއޯގެ މަގާމަށް މީހަކު ހޯދުމަށް އިއުލާނުކޮށްފި އެވެ.

23 ފެބުރުއަރީ

February 23, 2020
ޕާކިސްތާން އަދިވެސް އެފްއޭޓީއެފްގެ "ގްރޭ ލިސްޓު"ގައި

ކަރާޗީ (ފެބްރުއަރީ 23) - މަނީ-ލޯންޑްރިން އާއި ޓެރަރިޒަމަށް ހޭދަކުރޭތޯ ފާރަވެރިވުމަށް އުފައްދާފައިވާ ފައިނޭންޝަލް އެކްޝަން ޓާސްކް ފޯސް (އެފްއޭޓީއެފް) ގެ "ގްރޭ ލިސްޓް" ގައި ޕާކިސްތާން އަދިވެސް ބާއްވަން ނިންމައިފި އެވެ.

18 ފެބުރުއަރީ

February 18, 2020 1
ކަސްޓަމަރަށް ކުރި ގޯނާއިން ހަ މަހަށް ޖަލަށް

އޮންލައިންކޮށް އޯޑަރުކުރި ބައިސްކަލެއް ޑެލިވަރީކުރަން ދިޔަ ފިރިހެނަކު އަންހެން ކަސްޓަމަރަކަށް ދޮން ދިން މައްސަލައެއްގައި ކުރި ދައުވާ ސާބިތުވެ ދުބާއީގެ ކޯޓަކުން އޭނާ ހަ މަހަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.

14 ފެބުރުއަރީ

February 14, 2020 2
ޕާކިސްތާނު މީހެއްގެ ސިއްރު ކައިވެނިން ލިބުނީ އަނިޔާއެއް

ފިރިމީހާ ސިއްރުން ތިން ވަނަ ކައިވެންޏެއްކުރަން އުޅެނިކޮށް، ހަފުލާ އޮތް ތަނަށް ޕާކިސްތާނުގެ އަންހެނަކު ވަދެ ޒުވާބުކޮށް މާރާމާރީ ހިންގައި، ފިރިމީހާ މީހާ ޒަހަމްކޮށްލައިފި އެވެ.

13 ފެބުރުއަރީ

February 13, 2020 2
ލަޝްކަރޭ ތޮއިބާގެ ބާނީ ހާފިޒް ސައިދު ޖަލަށް

ލާހޯރު (ފެބްރުއަރީ 13) - ޕާކިސްތާނުގެ ހަތިޔާރު އެޅި ޖަމާއަތް ލަޝްކަރެ ތޮއިބާގެ ބާނީ ހާފިޒް މުހައްމަދު ސައީދުގެ މައްޗަށް ފަސް އަހަރާއި ބައިގެ ޖަލު ހުކުމެއް އެ ގައުމުގެ އެންޓި-ޓެރަރިޒަމް ކޯޓުން އިއްވައިފި އެވެ.

30 ޖެނުއަރީ

January 30, 2020 19
ޕާކިސްތާން ބަލިކޮށްލަން ބޭނުންވާނީ 10 ދުވަސް: މޯދީ

ނިއު ދިއްލީ (ޖެނުއަރީ 30) - ޕާކިސްތާން ބަލިކޮށްލަން އިންޑިއާ އަށް 10 ދުވަސް ވެސް ނުނަގާނެ ކަމަށް ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

24 ޖެނުއަރީ

January 24, 2020
ޕާކިސްތާންގެ ކުށްތައް ގުޅުވީ ބޮލީވުޑްގެ ފިލްމުތަކާ

އެކި ބާވަތްކުގެ ކުށްތައް ޕާކިސްތާނުގައި އިތުރުވަނީ ބޮލީވުޑްގެ ފިލްމުތަކަކުގެ ސަބަބުން ކަމަށާއި މީގެ ކުރިން ދެކެފައި ނުވާ ވަރަށް ޕާކިސްތާނުގެ ޒުވާނުންގެ މެދުގައި ކުށްކުރުން އިތުރުވެފައިވާ ކަމަށް ވިދާޅުވެ އެ ގައުމުގެ ބޮޑުވަޒީރު އިމްރާން އިންޑިއާ އަށް ތުހުމަތުތަކެއްކޮށްފި އެވެ.

23 ޖެނުއަރީ

January 23, 2020
ޕާކިސްތާނުގެ ފިލްމެއް އެ ގައުމުން މަނާކޮށްފި

ޕާކިސްތާނުން ހަދާފައިވާ ފިލްމު "ޒިންދަގީ ތަމާޝާ" ހުކުރު ދުވަހު ރިލީޒްކުރަން ނިންމާފައި ވަނިކޮށް، އެ ފިލްމަކީ އިސްލާމް ދީނަށް ފުރައްސާރަވާ ގޮތަށް ހަދާފައިވާ އެއްޗެއް ކަމަށް ބުނެ މައްސަލަ ބޮޑުވުމުން އެ ފިލްމު ދެއްކުން މަނާކޮށްފި އެވެ.

20 ޖެނުއަރީ

January 20, 2020 4
ނިއުކްލިއާ ޕްރޮގްރާމަށް އެހީވާން އުޅުނު ފަސް މީހަކަށް ދައުވާކޮށްފި

ވޮޝިންޓަން (ޖެނުއަރީ 20) - އިންޓަނޭޝަނަލް އިމަޖެންސީ އިކޮނޮމިކް ޕަވާސް އެކްޓް އަދި އެކްސްޕޯޓް ކޮންޓްރޯލް ރިފޯމް އެކްޓާ ޚިލާފަށް ޕާކިސްތާނުގެ ނިއުކްލިއާ ޕްރޮގްރާމަށް އެހީވި، ރާވަލްޕިންޑީގެ ކުންފުންޏަކާ ގުޅުން އޮންނަ ފަސް މީހަކަށް އެމެރިކާގެ ފެޑެރަލް ކޯޓަކުން ދައުވާކޮށްފި އެވެ.

13 ޖެނުއަރީ

January 13, 2020 4
މުޝައްރަފުގެ މައްޗަށް އިއްވި މަރުގެ ހުކުމް ބާތިލްކޮށްފި

ލާހޯރު (ޖެނުއަރީ 13) - ޕާކިސްތާނުގެ ކުރީގެ އަސްކަރީ ލީޑަރު ޕަރުވޭޒް މުޝައްރަފް ގައުމަށް ގައްދާރުވެވަޑައިގަތުމުގެ ކުށުގައި އިއްވި މަރުގެ ހުކުމުގެ އިޖްރާއަތުތައް ފުރިހަމަ ނޫން ކަމަށް ބުނެ އެ ހުކުމް އެ ގައުމުގެ ކޯޓަކުން މިއަދު ބާތިލްކޮށްފި އެވެ.

10 ޖެނުއަރީ

January 10, 2020
މަލާލާގެ ފިލްމުގެ ޓްރެއިލާ ދައްކާލައިފި

ނޮބެލް ސުލްހައިގެ އިނާމު ހާސިލުކޮށްފައިވާ ޕާކިސްތާނުގެ މަލާލާ ޔޫސަފްޒާއީގެ ވާހަކަ ކިޔައިދޭ ފިލްމު "ގުލް މަކާއީ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

08 ޖެނުއަރީ

January 08, 2020 1
ޕާކިސްތާނުން ޓެރާ ގްރޫޕްތައް ބޭނުންކުރުން ހުއްޓާލަންޖެހޭ

އިސްލާމްއާބާދު (ޖެނުއަރީ 8) - ހައްދުފަހަނަޅި ހަރުކަށި ޖަމާއަތްތައް ޚާރިޖީ އަދި ދާޚިލީ ސިޔާސަތާ ގުޅޭ ކަންކަމުގައި ބޭނުން ކުރުން ޕާކިސްތާނުން ހުއްޓާލަން ޖެހޭ ކަމަށް ޕާކިސްތާނުން ބޭރުގައި ދިރިއުޅޭ އެ ގައުމުގެ ސަރުކާރާ އިދިކޮޅު މެންބަރުން ހިމެނޭ ޖަމާއަތަކުން ބުނެފި އެވެ.