03 ޖުލައި

July 03, 2019 6
އުމްރާއިން އައި ދެމީހުން ލާހޯރު އެއާޕޯޓުގައި މަރާލައިފި

ލާހޯރު (ޖުލައި 3) - އުމްރާގެ އަޅުކަން އަދާކޮށްފައި އައި ދެ މީހަކު ޕާކިސްތާނުގެ ލާހޯރުގެ ބައިނަލްއަގުވާމީ އެއާޕޯޓުގެ އެރައިވަލް ލޯންޖްގައި މިއަދު ބަޑިޖަހައި މަރާލުމުން އެއާޕޯޓުގައި ބިރުވެރިކަން އުފެދިއްޖެ އެވެ.

28 ޖޫން

June 28, 2019 1
އޮޅުވާލައިގެން ކައިވެނިކުރުވި އުޒްމާގެ ފިލްމު ސައިފަށް

އޮޅުވާލުމެއްގެ ތެރޭން ޕާކިސްތާން މީހަކާ ކައިވެނިކުރުވި އިންޑިއާގެ ޒުވާން އަންހެނެއް ކަމަށްވާ އުޒްމާ އަހުމަދުގެ ވާހަކަ ކިޔައިދޭ ފިލްމަށް ސައިފް އަލީ ހާން ސޮއިކޮށްފި އެވެ.

27 ޖޫން

June 27, 2019
ސާކް ފެސްޓިވަލް: ރާއްޖޭން "ގޮށްރާޅު" އާއި "ސޯލް"

އަންނަ މަހު ސްރީ ލަންކާގައި ފަށާ 9 ވަނަ ސާކް ފިލްމު ފެސްޓިވަލްގައި ރާއްޖޭން ދެ ފިލްމު ވާދަ ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

June 27, 2019 1
ލައިވް ޓީވީ ޝޯއެއްގައި މާރާމާރީ ހިންގައިފި

ޕާކިސްތާނުގެ ޓީވީ ޗެނެލަކުން ގެނެސް ދިން ލައިވް ޝޯއެއްގައި ބައިވެރިވި ސިޔާސީ މީހަކު ޝޯގެ ބައިވެރިއަކަށް ހަމަލާދީ މާރާމާރީ ހިންގައިފި އެވެ.

26 ޖޫން

June 26, 2019 1
އަދުނާން ސާމީ އާ އަލްބަމެއް ނެރެނީ

އިންޑިއާގެ ރަށްވެހިކަން ހޯދައިގެން މިހާރު އެ ގައުމުގައި ދިރިއުޅޭ، ޕާކިސްތާނަށް އުފަން މަޝްހޫރު ލަވަކިޔުންތެރިޔާ އަދުނާން ސާމީ އާ އަލްބަމެއް ގެނެސް ދޭން އުޅޭކަމުގެ އިޝާރާތެއް ދީފި އެވެ.

20 ޖޫން

June 20, 2019 9
ބަރުކަމުން ގެއިން ނެރުނީ ފާރު ތަޅާލައިގެން

މި ވަގުތު ޕާކިސްތާނުގެ "އެންމެ ފަލަ މީހާ" ގެ ގޮތުގައި މަޝްހޫރުވެފައިވާ މީހާ އަށް ފަރުވާ ދޭން ހޮސްޕިޓަލަށް ގެންދަން ގޭގެ ފާރުން ބައެއް ތަޅައިލަން ޖެހިއްޖެ އެވެ.

17 ޖޫން

June 17, 2019 1
މިނިސްޓަރު ނިއުސް ކޮންފަރެންސްގައި އިނީ ބުޅަލެއްހެން

ޕާކިސްތާނުގެ ސަރަހައްދީ ސަރުކާރުގެ މިނިސްޓަރަކު ހުކުރު ދުވަހު ބޭއްވި ނޫސް ކޮންފަރެންސެއް ފޭސްބުކުން ލައިވް ސްޓްރީމް ކުރި އިރު، "ކެޓް ފިލްޓާ" ލެވި މިނިސްޓަރު ބުޅަލެއް ގޮތަށް ފެނި ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ޖޯކް ޖަހައިފި އެވެ.

12 ޖޫން

June 12, 2019
ޕާކިސްތާނުގެ ލީޑަރަކު އިނގިރޭސިވިލާތުގައި ހައްޔަރުކޮށްފި

ޕާކިސްތާނުގެ އެންމެ ބޮޑު އެއް ސިޔާސީ ޕާޓީ، އެމްކިޔޫއެމްގެ ބާނީ އަލްތާފް ހުސެއިން އިނގިރޭސިވިލާތުގައި ހައްޔަރުކޮށްފި ކަމަށް، އޭނާގެ ތަރުޖަމާން އިއްޔެ ވިދާޅުވެއްޖެ އެވެ.

24 މެއި

May 24, 2019 31
ދިވެހިންނަށް ތަރާވީސްކޮށްދޭ ޕާކިސްތާނުގެ ޑޮކްޓަރު

އުމުރުން އެންމެ 11 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކޮށްފި އެވެ. މިހާރު އޭނާ އަކީ މެޑިކަލް ޑޮކްޓަރެކެވެ. ކުރިއަށް އޮތީ އޮޕަރޭޝަން ޑޮކްޓަރަކަށް ހާއްސަވެ އެ ދާއިރާ އިން ހިދުމަތްކުރުމެވެ. އެހެންވެ ޕާކިސްތާނުގެ މި ޒުވާނާ، މި ކުޑަކުޑަ ރާއްޖޭގެ މިސްކިތެއްގައި އިމާމުވެ ތަރާވީސް ނަމާދުކުރުން، އޭނާގެ ދިރިއުޅުމުގެ އުސް އައްޔަކަށް ވާންވީ...

13 މެއި

May 13, 2019 1
ސިންގަލް-ޔޫސް ޕްލާސްޓިކް އިސްލާމްއާބާދުން މަނާކުރަނީ

ޕާކިސްތާނުގެ ވެރިރަށް އިސްލާމާއާބާދުގައި، އަންނަ އޮގަސްޓް މަހުން ފެށިގެން ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލަން ނިންމައިފި އެވެ.

12 މެއި

May 12, 2019 5
ފަސް ތަރީގެ ހޮޓަލަށް ހަމަލާދިން އެންމެން މަރާލައިފި

ގުވަދާރު (މެއި 12) - ޕާކިސްތާނުގެ ދެކުނުގެ ބަލޮޗިސްތާން ޕްރޮވިންސްގެ ގުވަދާރު ސިޓީގެ ފަސް ތަރީގެ ހޮޓަލަށް ހަމަލާ ދިން ހަތިޔާރު އަޅައިގެން ތިބި ހަތަރު ޓެރަރިސްޓުން މަރާލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

08 މެއި

May 08, 2019 13
އެއާ ފޯސްއާ ނުގުޅެވުނަސް ބޯޓެއް ހަދައި އުދުހިއްޖެ

ޕާކިސްތާނުގައި ދިރިއުޅޭ 32 އަހަރުގެ މުހައްމަދު ފައްޔާޒަކީ ޕޮޕްކޯން ވިއްކުމުގެ އާދައިގެ ވިޔަފާރިއެއްކޮށްގެން ދިރިއުޅޭ މީހެކެކެވެ. އެކަމަކު އޭނާ އެންމެ ބޭނުންވީ ކިޔަވައިގެން އެ ގައުމުގެ އެއާ ފޯސްއާ ގުޅޭށެވެ. އެ ހުވަފެނުގައި ހުއްޓައި ވަރަށް ކުޑައިރު ބައްޕަ ނިޔާވުމުން ކިޔެވުން ހުއްޓާލައި، ނުކުންނަން ޖެހުނީ މަސައްކަތުގެ...

05 މެއި

May 05, 2019 3
90 މީހުންނަށް އެޗްއައިވީ ޖެއްސި ޑޮކްޓަރު ހައްްޔަރުކޮށްފި

އިސްލާމްއާބާދު (މެއި 5) - ބޭނުންކޮށްފައި ހުރި ސިރިންޖް ދެ ވަނަ ފަހަރަށް ބޭނުންކޮށްގެން 90 މީހުންނަށް އެޗްއައިވީ ޖެހިފައި ވަނީ ޑޮކްޓަރުގެ އިހުމާލުން ކަމަށް ބުނެ ޕާކިސްތާނުގެ ޑޮކްޓަރު...

May 05, 2019 1
ބޯ ކޮށަން އެއްފަހަރާ 15 ކަތުރު ބޭނުންކުރާ މީހެއް

ކުރާ މަސައްކަތަކަށް މާ ބޮޑަށް ފަތިރަވެއްޖެ ނަމަ ބައެއް މީހުންގެ ފަރާތުން އާދަޔާހިލާފު ކަންކަން ވެސް ފެންނަން ފަށަ އެވެ. މިއީ އެކަހަލަ މީހެކެވެ. ބޮލެއް ކޮށައިލަން އޭނާ އެއްފަހަރާ 15...

13 އެޕްރީލް

April 13, 2019 3
އެތައް ހާސްބަޔަކު އެކުވެގެން ކްރައިސްޗާޗް މިސްކިތުގެ ތަސްވީރެއް

ޕަންޖާބް (އެޕްރީލް 13) - ޕާކިސްތާނުގެ މެދުތެރޭގެ ސިޓީއެއް ކަމަށްވާ ޖަންގް އަށް ހުދު ހެދުމުގައި ތިބި އެތައް ހާސް ބަޔަކު ޖަމާވެ ނިއު ޒީލެންޑުގެ ކްރައިސްޗާޗުގެ އަލް ނޫރް މިސްކިތުގެ ތަސްވީރެއް ދައްކުވައިދޭ ގޮތަށް އެތުރިއްޖެ އެވެ.

11 އެޕްރީލް

April 11, 2019 1
އިންޑިއާއިން ހަމަލާ ދިން ތަން ނޫސްވެރިންނަށް ދައްކައިފި

އިސްލާމްއާބާދު (އެޕްރީލް 11) - މިދިޔަ ފެބްރުއަރީ މަހު އިންޑިއާ އިން ވައިގެ ހަމަލާ ދިން ޕާކިސްތާނުގެ ބަލަކޮޓް ބޭރުގެ ނޫސްވެރިންނަށް ދައްކާލައިފި އެވެ.

10 އެޕްރީލް

April 10, 2019 4
އަމީތާބް ޕާކިސްތާން މީހެއްގެ ރޯލު ނުކުޅެން ނިންމައިފި

ވާދަވެރި އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހިނގާ ސުލްހައިގެ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެއްގައި ޕާކިސްތާން މީހެއްގެ ރޯލް ކުޅެން އެއްބަސްވުމަށް ފަހު، އަމީތާބް ބައްޗަން އެންމެ ފަހު ވަގުތު ފިލްމު ދޫކޮށްލައިފި އެވެ.

08 އެޕްރީލް

April 08, 2019 1
ޕާކިސްތާނުގެ ބޮޑު ވަޒީރުގެ އޮފީހުގައި އަލިފާން ރޯވެއްޖެ

އިސްލާމްއާބާދު (އެޕްރީލް 8) - ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާންގެ އޮފީހުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން އެ އޮފީހުން މީހުން ހުސްކޮށްފި އެވެ.

07 އެޕްރީލް

April 07, 2019 6
އިންޑިއާ އިން ހަމަލާއެއް ދޭން އެބައުޅޭ: ޕާކިސްތާން

އިސްލާމްއާބާދު (އެޕްރީލް 7) - މި މަހު 16-20 އާ ދެމެދު އިންޑިއާ އިން ޕާކިސްތާނަށް ހަމަލާއެއް ދޭން އުޅޭކަމުގެ އިތުބާރު ހުރި ޖާސޫސީ މައުލޫމާތު ލިބިފައިވާ ކަމަށް ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ޝާހް މަހްމޫދު ގުރޭޝީ ތުހުމަތު ކުރައްވައިފި އެވެ.

06 އެޕްރީލް

April 06, 2019 8
ޕާކިސްތާން އެކަހެރިކޮށްލުން ކާމިޔާބުވެއްޖެ: ސްވަރާޖް

ނިއު ދިއްލީ (އެޕްރީލް 6) - ކަޝްމީރުގައި ދިން ހަމަލާތަކަށް ފަހު ޕާކިސްތާން އެކަހެރިކޮށްލަން އިންޑިއާ އިން ކުރަމުން ދިޔަ މަސައްކަތް ކާމިޔާބު ކުރެވިއްޖެ ކަމަށް ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖް ވިދާޅުވެއްޖެ އެވެ.

28 މާޗް

March 28, 2019 11
އިންޑިއާގެ ޖަލެއްގައި ޕާކިސްތާނުގެ މީހަކު މަރާލައިފި

ކަރާޗީ (މާޗް 28) - އިންޑިއާގެ ކަނޑުގެ ސަރަހައްދަށް އޮޅިގެން ވަނުމުން ހައްޔަރުކުރި ޕާކިސްތާނުގެ މަސްވެރިއާ އަށް ޖަލުގައި އަނިޔާކޮށް މަރާލާފައިވާ ކަމަށް ޚަބަރުތައް ބުނެފި އެވެ.

26 މާޗް

March 26, 2019 1
ފަރުވާ ހޯދަން ހަ ހަފުތާ އަށް ނަވާޒް ޝަރީފް މިނިވަންކޮށްފި

އިސްލާމްއާބާދު (މާޗް 26) - ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ ހިތްޕުޅުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދެވުމަށް ޓަކައި ހަ ހަފުތާގެ މުއްދަތަށް ޖަލުން މިނިވަންކޮށްފި އެވެ.

March 26, 2019 3
ޗައިނާ އިން ޕާކިސްތާނަށް 2.2 ބިލިއަން ޑޮލަރު ދީފި

އިސްލާމްއާބާދު (މާޗް 26) - ބަޖެޓުގެ ދަތިކަން ކުރިމަތިވެފައިވާ ޕާކިސްތާނަށް ޗައިނާ އިން 2.2 ބިލިއަން ޑޮލަރުގެ ލޯނު ދީފި އެވެ.