03 ސެޕްޓެމްބަރ

September 03, 2018 3
އެމެރިކާއިން ކަނޑާލި ފައިސާ ޕާކިސްތާނަށް ދޭން ޖެހޭނެ

އިސްލާމްއާބާދު (ސެޕްޓެމްބަރު 3) - އެމެރިކާ އިން ކަނޑާލާފައި ވަނީ ޕާކިސްތާނަށް ދޭ އަސްކަރީ އެހީ ނޫން ކަމަށާއި އެއީ ޕާކިސްތާނަށް ދޭން ޖެހޭ ފައިސާ ކަމަށް އިސްލާމްއާބާދުން ބުނެފި އެވެ.

02 ސެޕްޓެމްބަރ

September 02, 2018
ޕާކިސްތާނުގެ ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް އަންހެނެއް

އިސްލާމްއާބާދު (ސެޕްޓެމްބަރު 2) - ޕާކިސްތާނުގެ ބަލޮޗިސްތާނުގެ ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމަށް ފުރަތަމަ ފަހަރަށް އަންހެނަކު އައްޔަން ކޮށްފި އެވެ.

September 02, 2018 5
އެމެރިކާ އިން ޕާކިސްތާނަށް ދޭ 300 މިލިއަން ޑޮލަރު ކަނޑާލަނީ

ވޮޝިންޓަން (ސެޕްޓެމްބަރު 2) - އެމެރިކާ އިން ޕާކިސްތާނަށް ދޭ 300 މިލިއަން ޑޮލަރުގެ އެހީ ކަނޑާލަން ނިންމައިފި ކަމަށް ޕެންޓަގަނުން ބުނެފި އެވެ.

30 އޯގަސްޓް

August 30, 2018 1
ނެދަލެންޑްސްއާ ގުޅުން ކަނޑާލަން އެދި ޕާކިސްތާން މީހުން މަގުތަކަށް

އިސްލާމްއާބާދު (އޮގަސްޓް 30) - އިސްލާމް ދީނަށް ފުރައްސާރަ ކުރަން ނެދަލެންޑްސް އިން ކާޓޫން ކުރެހުމުގެ މުބާރާތެއް ބާއްވާފައިވާތީ އެ ގައުމާ ސިޔާސީ ގުޅުން ކަނޑާލުމަށް އެދި ގޮވާލުމަށް ޕާކިސްތާނުގެ އެތައް ހާސް ބަޔަކު ވެރިރަށް އިސްލާމްއާބާދުގެ މަގުތަކަށް މިއަދު ނުކުމެއްޖެ އެވެ.

29 އޯގަސްޓް

August 29, 2018 4
މުޝައްރަފް ހައްޔަރު ކުރަން އިންޓަޕޯލުން ދެކޮޅު ހަދަައިފި

އިސްލާމްއާބާދު (އޮގަސްޓް 29) - ގައުމަށް ޣައްދާރުވި ކަމުގެ ކުށުގައި ކޯޓަށް ހާޒިރުކުރަން ބޭނުންވެފައިވާ ޕާކިސްތާނުގެ ކުރީގެ އަސްކަރީ ވެރިޔާ ޕަރްވޭޒް މުޝައްރަފް ހައްޔަރު ކުރަން އިންޓަޕޯލުން ދެކޮޅު ހަދާފައިވާ ކަމަށް އިސްލާމްއާބާދުން ބުނެފި އެވެ.

26 އޯގަސްޓް

August 26, 2018 1
ޕާކިސްތާނުގެ ވެރިން ފަސްޓް ކްލާހުގައި ދަތުރުކުރުން މަނާކޮށްފި

އިސްލާމްއާބާދު (އޮގަސްޓް 26) - ޕާކިސްތާނުގެ ރައީސް އާއި ބޮޑު ވަޒީރު ވެސް ހިމެނޭ ގޮތަށް ސަރުކާރުގެ އިސްވެރިން ފަސްޓް ކްލާހުގައި ދަތުރު ކުރުން މަނާކޮށްފި އެވެ.

22 އޯގަސްޓް

August 22, 2018
ޕާކިސްތާނުގެ ސަރުކާރު މީޑިއާ ސެންސަރު ކުރުން އުވާލައިފި

އިސްލާމްއާބާދު (އޮގަސްޓް 22) - ޕާކިސްތާނުގެ ސަރުކާރު މީޑިއާތަކުގައި ސިޔާސީ ގޮތުން ޚަބަރުތައް ސެންސަރު ކުރުން އުވާލާފައިވާކަން އިންފޮމޭޝަން މިނިސްޓަރު ފަވާދު ހުސައިން ޗައުދަރީ އިއުލާން ކުރައްވައިފި އެވެ.

19 އޯގަސްޓް

August 19, 2018 6
އިމްރާނަށް ހުވައިގެ އިބާރާތް ވިދާޅުވެވުނީ ނުބައިކޮށް

އިސްލާމްއާބާދު (އޮގަސްޓް 19) - ޕާކިސްތާނުގެ ބޮޑު ވަޒީރުކަމުގެ ހުވާ އިމްރާން ޚާން އިއްޔެ ކުރެއްވި އިރު ހާސްވެފައި ހުންނެވިވަރުން ހުވާގެ ބައެއް އިބާރާތްތައް ނުބައިކޮށް ވިދާޅުވެވިއްޖެ އެވެ.

18 އޯގަސްޓް

August 18, 2018 8
ގައުމު ލޫޓުވާލި މީހުންނާ މެދު ހަރުކަށިވާނަން: އިމްރާން

އިސްލާމްއާބާދު (އޮގަސްޓް 18) - ގައުމު ލޫޓުވާލި މީހުންނާ މެދު ހަރުކަށި ވާނެ ކަމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު ކަމުގެ ހުވާ މިއަދު ހެނދުނު ކުރެއްވި އިމްރާން ޚާން ވިދާޅުވެއްޖެ އެވެ.

17 އޯގަސްޓް

August 17, 2018 1
ޕާކިސްތާނުގައި ޓްވިޓާ ބަންދުކޮށްފާނެ ކަމުގެ އިންޒާރު

މުޖުތަމައާ ނުގުޅޭ ކޮންޓެންޓްތަކާއި ކޮމެންޓްތައް ޓްވިޓާގައި އާންމުކުރާ ނަމަ ޓްވިޓާ ބަންދުކޮށްފާނެ ކަމުގެ އިންޒާރު ޕާކިސްތާނުގައި ދީފި އެވެ.

13 އޯގަސްޓް

August 13, 2018 4
ޗައިނާ އަށް ނުދަރާނެ ކަމަށް ޕާކިސްތާނުން ބުނެފި

އިސްލާމްއާބާދު (އޮގަސްޓް 13) - ޗައިނާގެ އެހީގައި ޕާކިސްތާނުގައި ބޮޑެތި އިންވެސްޓްމަންޓްތައްކޮށް، އެންމެ ފަހުން އެ ގައުމަށް ދަރާނެ ކަމަށް ބުނާ މީޑިއާ ރިޕޯޓްތައް ޕާކިސްތާން ސަރުކާރުން ދިފާއުކޮށްފި އެވެ.

11 އޯގަސްޓް

August 11, 2018
އިމްރާން ޚާން ހުވާ ކުރުން މިމަހު 18 އަށް ފަސްކޮށްފި

އިސްލާމްއާބާދު (އޮގަސްޓް 11) - ޕާކިސްތާނުގެ ބޮޑު ވަޒީރުކަމުގެ ހުވާ އިމްރާން ޚާން ކުރެއްވުން މި މަހު 18 އަށް ފަސްކޮށްފައިވާ ކަމަށް ޕާޓީން ބުނެފި އެވެ.

04 އޯގަސްޓް

August 04, 2018 2
އެންޓި-ކޮރަޕްޝަން ކޮމިޝަނަށް އިމްރާން ޚާން ހާޒިރުކުރަނީ

އިސްލާމްއާބާދު (އޮގަސްޓް 4) - ޕާކިސްތާނުގެ ބޮޑު ވަޒީރު ކަމަށް ވަޑައިގަންނަވާ އިމްރާން ޚާން އެ ގައުމުގެ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުވާން އަންގައިފި އެވެ.

August 04, 2018 3
ޕާކިސްތާނުގައި އަންހެން ކުދިންގެ 12 ސްކޫލް އަންދާލައިފި

އިސްލާމްއާބާދު (އޮގަސްޓް 4) - ޕާކިސްތާނުގެ އެންމެ އުތުރުގައި އޮންނަ ގިލްގިޓް-ބޯލްޓިސްތާނާ 130 ކިލޯ މީޓަރު ދުރުގައި އޮންނަ ޗިލާސްގައި އަންހެން ކުދިންގެ 12 ސްކޫލެއް އެއް ރޭ މަތިން...

02 އޯގަސްޓް

August 02, 2018
އިމްރާން ޚާން ހުވާ ކުރުމުގެ ރަސްމިއްޔާތަށް އާމިރު ޚާން

އިސްލާމްއާބާދު (އޮގަސްޓް 2) - ޕާކިސްތާނުގެ ބޮޑު ވަޒީރުކަމުގެ ހުވާ އިމްރާން ޚާން ކުރުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ކުރީގެ ކްރިކެޓް ތަރިން ކަމަށްވާ ސުނިލް ގަވަސްކަރާއި ކަޕިލް ދޭވް، އަދި ނަވްޖޮޓް ސިންގް ސިދޫގެ އިތުރުން ބޮލީވުޑުގެ ތަރި އާމިރު ޚާން އަށް ދައުވަތު ދީފި އެވެ.

01 އޯގަސްޓް

August 01, 2018 2
ނަވާޒް ޝަރީފުގެ ހާލު ރަނގަޅުވުމާ އެކު ޖަލަށް

އިސްލާމްއާބާދު (އޮގަސްޓް 1) - ހިތްޕުޅުގެ އާލާސްކަންފުޅަކާ ގުޅިގެން އިސްލާމްއާބާދުގެ ޕާކިސްތާން އިންސްޓްޓިއުޓް އޮފް މެޑިކަލް ސައެންސް (ޕިމްސް) ގެ ކާޑިއެކް ސެންޓަރުގައި ފަރުވާ ދޭން...

August 01, 2018 6
އިމްރާން ޚާން ހުވާކުރުމުގެ ރަސްމިއްޔާތަށް ސާކުގެ ވެރިން

އިސްލާމްއާބާދު (އޮގަސްޓް 1) - ޕާކިސްތާންގެ ބޮޑު ވަޒީރުކަމުގެ ހުވާ އިމްރާން ޚާން ކުރައްވާ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ހިމެނޭ ގޮތަށް ސާކް ގައުމުތަކުގެ...

31 ޖުލައި

July 31, 2018 1
ހޮސްޕިޓަލްގައި ނަވާޒް ޝަރީފުގެ ވޯޑު ވެސް ކުޑަ ޖަލަކަށް

އިސްލާމްއާބާދު (ޖުލައި 31) - ރާވަލްޕިންޑީގެ އަޑިއަލާ ޖަލުގައި ހުންނަވަނިކޮށް ހިތްޕުޅުގެ އާލާސްކަންފުޅެއް ކުރިމަތިވުމާ ގުޅިގެން ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައެންސް...

July 31, 2018
އިމްރާން ޚާންގެ ޕާޓީން އަޣުލަބިއްޔަތު ހޯދައިފި

އިސްލާމްއާބާދު (ޖުލައި 31) - ސަރުކާރެއް އުފެއްދޭ ވަރަށް ޕާލަމެންޓުގެ އަޣުލަބިއްޔަތު ހޯދާފައިވާ ކަމަށް އިމްރާން ޚާންގެ ޕާޓީ ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި) އިން ބުނެފި އެވެ.

30 ޖުލައި

July 30, 2018 1
ހިތްޕުޅުގެ އާލާސްކަންފުޅެއްގައި ނަަވާޒް ޖަލުން ހޮސްޕިޓަލަށް

އިސްލާމްއާބާދު (ޖުލައި 30) - ދިހަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރަމުންގެންދާ ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފަށް ކުރިމަތިވި ހިތްޕުޅުގެ އާލާސްކަންފުޅަކާ ގުޅިގެން ރާވަލްޕިންޑީގެ އަޑިއަލާ ޖަލުން އިސްލާމްއާބާދުގެ ޕާކިސްތާން އިންސްޓްޓިއުޓް އޮފް މެޑިކަލް ސައެންސް (ޕިމްސް) އަށް ބަދަލުކޮށް ފަރުވާ ދޭން ފަށައިފި އެވެ.

29 ޖުލައި

July 29, 2018 1
ސަރުކާރެއް އުފައްދަން ކޯލިޝަންގެ މަޝްވަރާތައް އިމްރާން ފައްޓަވައިފި

އިސްލާމްއާބާދު (ޖުލައި 29) - ކޯލިޝަން ސަރުކާރެއް އުފެއްދުމާ ގުޅޭ ގޮތުން މިނިވަން ކެންޑިޑޭޓުންނާއި ކުދި ޕާޓީތަކާ އެކު މަޝްވަރާ ކުރަމުންދާ ކަމަށް އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި) އިން ބުނެފި އެވެ.

28 ޖުލައި

July 28, 2018 9
ބޮޑު ވަޒީރުގެ ގޭގައި ނޫޅޭނަން، އުޅޭނީ ކުޑަ ގެއެއްގައި

އިސްލާމްއާބާދު (ޖުލައި 28) - ޕާކިސްތާނުގެ ބޮޑު ވަޒީރުކަން ލިބިވަޑައިގަތް ނަމަވެސް ބޮޑު ވަޒީރަށް ޚާއްސަކޮށްފައިވާ ރަސްމީ ގޭގައި ދިރި ނޫޅުއްވާނެ ކަމަށާއި އުޅުއްވާނީ ކުޑަކުޑަ...

July 28, 2018 2
އިންތިޚާބުވަނީ ވަގަށް ނަގާފައި، ޕާޓީތަކުން މުޒާހަރާއަށް

އިސްލާމްއާބާދު (ޖުލައި 28) - ޕާކިސްތާނުގައި ބޭއްވި އާއްމު އިންތިޚާބު ވަނީ "ވަގަށް ނަގާފައި" ކަމަށާއި އަދި އެ އިންތިޚާބުގެ ނަތީޖާގެ ސަބަބުން ގައުމުގެ ސިޔާސީ ހަޔާތުގައި ހުތުރު...

25 ޖުލައި

July 25, 2018
ވޯޓުލަމުން ދަނިކޮށް ބޮމެއް ގޮއްވާލައި 28 މީހުން މަރު

ބަލޮޗިސްތާން (ޖުލައި 25) - ޕާކިސްތާނުގެ އާއްމު އިންތިޚާބުގައި މިއަދު ވޯޓުލަމުން ދަނިކޮށް ހުޅަނގު ދެކުނުގެ ގުއެޓާގައި ދިން ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާއެއްގައި 28 މީހުން މަރުވެ 35 މީހުން ޒަޚަމްވެއްޖެ އެވެ.