05 ޑިސެމްބަރ

December 05, 2017 3
އިޒްރޭލުގެ ވެރިރަށަށް ގުދުސް ހަދައިގެންނުވާނެ: ފްރާންސް

ޕެރިސް (ޑިސެމްބަރު 5) - އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ އިން ބަލައިގަންނަން އުޅޭތީ އެކަމާ ދެކޮޅަށް އަޑު އުފުލާ ގައުމުތަކުގެ ލިސްޓް އިތުރުވާން ފަށައިފި އެވެ.

03 ޑިސެމްބަރ

December 03, 2017 5
ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ނުހެދުމަށް އިންޒާރު

ވޮޝިންޓަން (ޑިސެމްބަރު 3) - ގުދުސް އަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށް އެމެރިކާ އިން މި ހަފުތާގައި ނިންމާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

19 ނޮވެމްބަރ

November 19, 2017 1
ވޮޝިންޓަނުގައި ހުންނަ ފަލަސްތީނުގެ އޮފީސް ބަންދުކުރަނީ

ވޮޝިންޓަން (ނޮވެމްބަރު 19) - ވޮޝިންޓަނުގައި ހުންނަ ފަލަސްތީން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ) ގެ އޮފީސް ބަންދުކުރަން އެމެރިކާ އިން ނިންމައިފި އެވެ.

14 ނޮވެމްބަރ

November 14, 2017
އައްބާސް އިސްތިއުފާ ދޭން ސައުދީން މަޖްބޫރުކުރާ ވާހަކަ ދޮގުކޮށްފި

ގުދުސް (ނޮވެމްބަރު 14) - ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އިސްތިއުފާ ދެއްވަން ސައުދީ އަރަބިއާ އިން މަޖްބޫރުކުރާ ކަމަށް އިޒްރޭލުގެ ޓީވީ ޗެނަލަކުން ބުނި ވާހަކަތައް ދޮގު ކޮށްފި އެވެ.

03 ނޮވެމްބަރ

November 03, 2017
ފަލަސްތީނުގެ ކިޔަވާ ކުދިންގެ އާދޭސް އިނގިރޭސި ބޮޑު ވަޒީރަށް

ގުދުސް (ނޮވެމްބަރު 3) - ފަލަސްތީނުގެ ބިމުގައި އިޒްރޭލް އުފަންކުރަން މެދުވެރިވި ބެލްފޯ ޑިކްލަރޭޝަނަށް ފާޑުކިޔާ އެ ގަރާރަށް 100 އަހަރު ފުރުނު ދުވަހާ ދިމާކޮށް ފަލަސްތީނުގެ އެތައް ހާސް ކުދިންނެއް އިނގިރޭސި ބޮޑު ވަޒީރު ތެރޭސާ މެއި އަށް ސިޓީ ފޮނުވައިފަ އެވެ.

01 ނޮވެމްބަރ

November 01, 2017 2
މަަރަށް ހާޒިރުވެފައިވާ ދަރި ދެކިލަން 10 މިނިޓް

ގުދުސް (ނޮވެމްބަރު 1) - މަރަން ހާޒިރުވެފައިވާ ދަރިފުޅު ދެކިލަން ފަލަސްތީނުގެ ގައިދީއަކަށް އިޒްރޭލުން ދިނީ އެންމެ 10 މިނިޓް ކަމަށް އާއިލާ އިން ބުނެފި އެވެ.

30 އޮކްޓޯބަރ

October 30, 2017 1
ގަރުނެއް ފަހުން އިނގިރޭސިން ބެލްފޯ ގަރާރުގެ ދިފާއުގައި

ލަންޑަން (އޮކްޓޯބަރު 30) - ފަލަސްތީނުގެ ބިމުގައި ޔަހޫދީން ވަޒަންވެރި ކުރުވައި އިޒްރޭލް އުފައްދަން މެދުވެރިވި ބެލްފޯ ޑިކްލަރޭޝަނަށް ގަރުނެއްވީ އިރު އެ ގަރާރުގެ ދިފާއުގައި އިނގިރޭސިން މިއަދު ވެސް ދަނީ ވާހަކަ ދައްކަމުންނެވެ.

24 އޮކްޓޯބަރ

October 24, 2017 1
އެއް ހަށިގަނޑުން ގުޅިފައިވާ ގާޒާގެ ދެ ކުދިން ނުރައްކަލުގައި

ގާޒާ (އޮކްޓޯބަރު 24) - އެއް ހަށިގަނޑުން ގުޅިފައިވާ ފަލަސްތީނުގެ ގާޒާގެ ދެ ކުދިން ފަރުވާ އަށް ބޭރަށް ނުގެންދެވިއްޖެ ނަމަ އެ ކުދިންގެ ފުރާނަ އަށް ނުރައްކާވާނެ ކަމަށް ޑޮކްޓަރުން ބުނެފި އެވެ.

12 އޮކްޓޯބަރ

October 12, 2017 1
ހަމާސް އާއި ފަތަހަ އެއްބަސްވުމެއް ގާއިމްކޮށްފި

ގާޒާ (އޮކްޓޯބަރު 12) - ފަލަސްތީނުގެ ވާދަވެރި ދެ ޖަމާއަތް ކަމަށްވާ ހަމާސް އާއި ފަތަހަ އެއްގަލަކަށް އަރާ ދެ ފަރާތުގެ މެދުގައި އެއްބަސްވުމެއް ގާއިމްކޮށްފައިވާ ކަމަށް އޮފިޝަލުން ބުރާސްފަތި ދުވަހު ބުނެފި އެވެ.

08 އޮކްޓޯބަރ

October 08, 2017 2
އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލުކުރުން މަޑުޖައްސާލައިފި

ވޮޝިންޓަން (އޮކްޓޯބަރު 8) - އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވީ ނަމަވެސް އެ މަސައްކަތް މި ވަގުތަށް މަޑުޖައްސާލާފައިވާ ކަމަށް އެމަނިކުފާން ވިދާޅުވެއްޖެ އެވެ.

28 ސެޕްޓެމްބަރ

September 28, 2017
އިންޓަޕޯލުގެ މެންބަރުކަން ފަލަސްތީނަށް ދީފި

ގާޒާ (ސެޕްޓެމްބަރު 28) - އިޒްރޭލުން ދެކޮޅު ހަދަމުން ދަނިކޮށް އިންޓަޕޯލުގެ މެންބަރުކަން ފަލަސްތީނަށް ދީފި އެވެ.

17 ސެޕްޓެމްބަރ

September 17, 2017 2
ހަމާސް އާއި ފަތަހަ ސުލްހަވެ އިންތިޚާބު ބާއްވަނީ

ގާޒާ (ސެޕްޓެމްބަރު 17) - ފަލަސްތީނުގެ ފަތަހަ ޖަމާއަތާއި ހަމާސް ޖަމާއަތް އެއްގަލަކަށް އަރާ ގާޒާގައި ހަމާސް އިން ހިންގަމުން ދިޔަ ސަރުކާރު އުވާލާ އާ އިންތިޚާބެއް ބޭއްވުމަށް އެއްބަސްވެއްޖެ އެވެ.

06 ސެޕްޓެމްބަރ

September 06, 2017 2
ބައި ގަރުނު ވަންދެން އުޅުނު ގެއިން ބޭރުކޮށްލައިފި

ގުދުސް (ސެޕްޓެމްބަރު 6) - ބައި ގަރުނަށް ވުރެ ގިނަ ދުވަހު ފަލަސްތީނުގެ އާއިލާއެއް އިރުމަތީ ގުދުސްގައި ދިރިއުޅުނު ގެއިން އިޒްރޭލް ފުލުހުން ވަދެ ގަދަބާރުން ބޭރުކޮށްލައިފި އެވެ.

30 އޯގަސްޓް

August 30, 2017 2
އިޒްރޭލުން ޔަހޫދިންނަށް ގެދޮރު އެޅުން ގަވާއިދާޚިލާފު: އދ

ރާމުﷲ (އޮގަސްޓް 30) - ފަލަސްތީނުގެ ބިންތަކުގައި ޔަހޫދިންނަށް އިޒްރޭލުން ގެދޮރު އަޅައިދިނުން ގަވާއިދާ ޚިލާފު ކަމަށާއި އެއީ ސުލްހަ އަށް ކަނޑައެޅިގެން ހުރި ހުރަހެއް ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވެއްޖެ އެވެ.

29 އޯގަސްޓް

August 29, 2017 2
ދެ ދައުލަތް އުފެއްދުމުގެ ޚިޔާލު ދޫކޮށްލައިގެން ނުވާނެ

ރާމުﷲ (އޮގަސްޓް 29) - ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ އަށް ހައްލު ހޯދުމަށް ދެ ދައުލަތް އުފެއްދުމުގެ ޚިޔާލު ދޫކޮށްލައިގެން ނުވާނެ ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވެއްޖެ އެވެ.

08 އޯގަސްޓް

August 08, 2017 4
ރަސްގެފާނުގެ ޚަރަދުގައި ފަލަސްތީނުގެ 1000 މީހުން ހައްޖަށް

ރިޔާޒް (އޮގަސްޓް 8) - ފަލަސްތީނު މީހުންގެ ތެރޭން ޝަހީދުވެ ދިޔަ މީހުންގެ 1،000 އާއިލާއަކަށް ސައުދީ ރަސްގެފާން ސަލްމާންގެ ޚަރަދުގައި ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު މި އަހަރު ވެސް ދީފި އެވެ.

28 ޖުލައި

July 28, 2017 2
50 އަހަރުން ދަށުގެ ފިރިހެނުންނަށް އަގްސާ ބަންދު

ގުދުސް (ޖުލައި 28) - އަގްސާ މިސްކިތުގައި ހަރުކުރި ސެކިއުރިޓީ ކެމެރާ އާއި މެޓަލް ޑިޓެކްޓަރު އިޒްރޭލުން ނެއްޓި ނަމަވެސް މިއަދުގެ ހުކުރު ނަމާދަށް މިސްކިތަށް ވަދެވޭނީ 50 އަހަރުން މަތީގެ ފިރިހެންނަށް ކަމަށް އިޒްރޭލުން ކަނޑައަޅައިފި އެވެ.

26 ޖުލައި

July 26, 2017
އަގްސާ މައްސަލަ މިހާރު އޮތީ ބޮޑު ނުރައްކަަލެއްގެ ތެރޭގައި

ޔުނައިޓެޑް ނޭޝަންސް (ޖުލައި 26) - އަގްސާ މިސްކިތް ހިމެނޭ ސަރަހައްދުގައި އިޒްރޭލުން އުފެއްދި ހަމަނުޖެހުންތައް މިހާރު އޮތީ ބޮޑު ނުރައްކަލަކަށް ބަދަލުވުމުގެ މަގުމަތީގައި ކަމަށް އދ. އަށް ކަނޑައަޅާފައި ހުންނަ ފަލަސްތީނުގެ މަންދޫބު ރިޔާޒް މަންސޫރު ވިދާޅުވެއްޖެ އެވެ.

25 ޖުލައި

July 25, 2017 2
އަގްސާގައި ހަރުކުރި މެޓަލް ޑިޓެކްޓަރުތައް ނަގައިފި

ގުދުސް (ޖުލައި 25) - އަގްސާ މިސްކިތަށް ވަންނަ މީހުން ބަލާ ފާސްކުރުމަށް އިޒްރޭލުން ހަރުކުރި މެޓަލް ޑިޓެކްޓަރުތައް ނަގާ އެއަށް ވުރެ ލުއި ގޮތަކަށް މީހުން ބަލާ ފާސްކުރުމުގެ އިންތިޒާމް ހަމަޖައްސައިފި އެވެ.

24 ޖުލައި

July 24, 2017 6
ގުދުސް އަކީ ރަތް ރޮނގެއް، އިޒްރޭލުން ކުޅެނީ އަލިފާނާ

ގުދުސް (ޖުލައި 24) - މާތް ވެގެންވާ އަލް ގުދުސް އަކީ ރަތް ރޮނގެއް ކަމަށާއި ގުދުސްގެ މުގައްދަސް ތަންތަނުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަން ކަމަށް ބުނެ އިޒްރޭލުން އަޅަމުންދާ ފިޔަވަޅުތަކަކީ އަލިފާނާ ކުޅުން ފަދަ ކަމެއް ކަމަށް އަރަބި ލީގުން ބުނެފި އެވެ.