ހުޅުމާލޭގައި މިދިޔަ ޑިސެމްބަރުގައި ހިނގި އެކްސިޑެންޓެއް. -- ފޮޓޯ: ކިއުންތެރިއެއް
22 އެޕްރީލް 2025 - 11:02
މި އަހަރުގެ ފުރަތަމަ ތިން މަހު ހިނގި މަގުމަތީގެ އެކްސިޑެންޓްތައް ވަރަށް ބޮޑަށް އިތުރުވެފައިވާތީ ވެހިކަލް ދުއްވުމުގައި ސަމާލުވާން ފުލުހުން އެދިއްޖެ އެވެ.
ސޯޝަލް މީޑިއާގައި ފުލުހުން މިއަދު ކުރި ޕޯސްޓުގައި ބުނީ ޖެނުއަރީން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ރިކޯޑު އަދަދަކަށް އެކްސިޑެންޓުތައް ހިނގައިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން އެންމެ ގިނަ ހާދިސާތައް ހިނގީ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
ފެބްރުއަރީ 1 ގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެފައިވެ އެވެ. އެ އެކްސިޑެންޓް ހިނގީ ސިނަމާލޭ ބްރިޖް ހައިވޭގައި، ހުޅުމާލެ އިން މާލެ އަށް އަންނަ ލޭނުގައި ބަހައްޓާފައި ހުރި ކޯނެއްގައި ޖެހިގެންނެވެ.
މާލޭގައި މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު އެކަނި ވެސް 561 އެކްސިޑެންޓު ހިނގި އެވެ. ފެބްރުއަރީ މަހު 216 އެކްސިޑެންޓް ހިނގި ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. މިއީ އެހެން މަސްތަކާ އަޅާބަލާއިރު އިތުރު އަދަދެކެވެ.
މިދިޔަ އަހަރުގެ ފެބުރުއަރީގައި މުޅި ރާއްޖެ އިން ރިޕޯޓްކުރީ 267 އެކްސިޑެންޓެވެ.
From January to March 2025, the MPS recorded a significant number of traffic accidents across the Malé Area, with February showing the highest spike in incidents and one tragic road fatality reported during that month. pic.twitter.com/BvY7Xg8DML
— Maldives Police (@PoliceMv) April 22, 2025
މި އަހަރުގެ މާޗް މަހުގެ ނިޔަލަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި 49 އެކްސިޑެންޓު ހިނގި އެވެ. އެއީ ޖެނުއަރީ މަހު 19، ފެބްރުއަރީގައި 12 އަދި މިދިޔަ މަހު 18 ހާދިސާ އެވެ.
ހުޅުމާލޭގައި 454 އެކްސިޑެންޓު ހިނގައިގެން ފުލުހުންނަށް ރިޕޯޓުކުރި އެވެ.
ފުލުހުން ބުނީ އެ އަދަދުތަކުން މަގު މަގުމަތީގައި އުޅޭއިރު މިހާރަށް ވުރެ ބޮޑަށް ސަމާލުވުމާއި ޒިންމާދާރުވަން ޖެހޭކަން އެނގިގެންދާ ކަމަށެވެ.
"މަގުތަކަކީ އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމަށް އެންމެން ގުޅިގެން ޓްރެފިކް ގާނޫނަށް ބޯލަނބައި ސަމާލުވާން ޖެހޭ،" ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
22 April 2025
ސަމާލުވާން އެދޭނެ ކަމެއް ނެތެވެ. އެކްސިޑެންޓޤ އެއް ވެގެން ނޫސްވެރީން ސުވާލު ކޮށްލީމަ އަބަދުވެސް ބުނަނީ ތަހުގީގު ކުރާ ތީ އިތުރު މައުލޫމާތު ނުދެވޭނެ ކަމަށެވެ. ދެން ހަބަރެއް ނުވެ އެވެ. އެކްސިޑެންޓް ތައް ހިނގީމަ ރަނގަޅު ކުރަން ޖެހޭ ކަންކަން ނޫސްވެރީންނަށް ކިޔާ ދީ ބަލާށެވެ. އޭރުން ނޫސް ތަކުގަ ޖެހީމަ އޮންނާނީ ސަމާލު ކަމަށް އައިސް ފައެވެ. ދާދި ފަހުން ސައިކަލް ފުރޮޅުގަ ވައިމަޑޫވެގެން ބްރިޖްމަތިން ދަނި ކޮށް މީހަކަށް ގެއްލުމެއް ވެއްޖެ އެވެ.
ލައްޓިރަމީ
22 April 2025
ސަމާލުވާން ވީ ކިހިނެއްތަ. އަހަރެމެން ގަވާއިދުން ތިއްބާ އަނެއްބަޔަކު ނުގަވާއިދުވާނެ ކަމަށް ތަ؟
އަދިވެސް މީހުން ޖަމާކޮށް ތޮއްޖެއްސުން ހުއްޓާކަަށް ނުވޭތޯ؟
22 April 2025
ފުރަތަމަ ކުރަންޖެހޭ ކަންތައް ނުކޮށް ކިތަންމެ ސަމާލުކަމެއް ދިނަކަސް ތިކަމެއް ޙައްލެއް ނުވާނެ އެވެ. ކުރަންވީ ކަމަކީ މާލެ ސަރަޙައްދަށް މީހުން ޖަމާކުރުން ހުއްޓާލައި ރާއްޖޭގެ އިތުރު ސަރަޙައްދުތައް ތަރައްޤީކޮށް އެ ސަރަޙައްދު ތަކުން ފެންވަރު ރަނގަޅު ތަޢުލީމާއި، ވަޒީފާ އާއި ބޭސްފަރުވާ އާއި ގެދޮރުވެރިކަން ލިބޭނެ އިންތިޒާމް ހަމަޖައްސަންވީ އެވެ.
އަހައްމަދޫ
22 April 2025
ދެން އެކްސިޑެންޓް ތަކުގެ އަދަދުތައް ފުލުހުން ކިޔާލަކިޔާލަތިބޭ އެއްވެސް ފިޔަވަޅެއް ނާޅާ ބޫންބޫން ލާފަދާއިރުވެސް. ހިފާއްޓާބަހައްޓާފަ ޕޮއިންޓް ކަނޑާ އުސޫލެއް ހަމަޖައްސަބަލަ.
ކާކު
22 April 2025
އަންހެންވެރިންނަކީ ގޭގައި ދަރިން ބަލަން ތިބެން ޖެހޭބައެ. ކޮންމެހެން ފިރިހެނުންނައް ތުއި ދެއްކެން ސައިކަލުގަ މަގުމައްޗައް ނިކުންނާކައް ނުޖެހޭ. އަވަހައް ތާކައް ދާންވެއްޖެެއްޔާ ހިންގާލާފަ ދިޔައީމަ ނިމުނީ. އެވެރިންނައް ލައިސަންސް ދޭނިކަމެއްނެތް
ދަލޭކަ ދައިތަ
22 April 2025
ފިރިޔަކަށްވެ ދަރިންލިބި އެދަރިން ސްކޫލާ އެހެނިހެން ހަރަކާތްރަކަށް ގެންދަންވާ ދުވަސްއައިމަ "ކާކު" އަށް ވިސްނޭނެ އަންހެންވެރިން ސައިކަލު ދުއްވަން ނިކުމެ މިއުޅެނީ ކޮށިވިސްނުމުގެ ފިރިހެނުންނަށް ތުއި ދައްކާކަށްނޫންކަން. އަންހެނުންނޭ ދޮންކަލޯމެން މީހުންނަށްހަދާ ބޮޑެތިކުރަނީ.
ވެބްގަބޯ
22 April 2025
މިއުޅޭ ނޫކަށި ފުރާގެ ބައިގަނޑު ދުއްވަނީ ނަންނުގަތި ބަރަކޫޑާ ސްޓައިލަށް 60 އަހަރުން މަތީގެ މީހުނަށް ދޭން އުޅޭ ލައިސަންސް ދޭންވީ މިއުޅޭ ނޫކަށި ބައިގަނޑަށް އޭރުން ބޮޑުތަނުން މަދުވާނެއެވެ ހިތުހުރި ގޮތަކަށް ނުރައްކާތެރި ދަރަޖައަކަށް ދުއްވާނަގަނީ ފުލުހުންނަށް މިކަންކަން ވަރަށް ގާތުންބަލާ ދިނުމަށް އެދެން. ބާރަށް ދުއްވާ ނޫކަށި ބައިގަނޑުގެ ސަބަބުން ގަވައިދައް ދުއްވާ މީހުނާ ހިގާ މީހުނަށް މިބައިގަނޑުގެ ސަބަބުން ނުރައްކާވޭއެބަ ފުޅުހުންމިމީހުން މައިތިރި ކުރޭ
ބެއްޔާގެ ދަރި
22 April 2025
ވަށްބުރުތައް އެޅީމާ މާ ގޯހެއްނު މިވީ
ވެންގަބޯ
22 April 2025
ބުރުތައް އެޅީ 4 ފުރޮޅު ލީ އުޅަނދުތައް ހިތުހުރި ގޮތަކައް ދުއްވާތިއްޔޯ ބުރުތަކާއި އުޅަނދު މަޑުކުރުވާ އުސްގަނޑު ތައްލީ އެކަމުގެ ސަބަބުން ގެއްލުން ވަނީ ބަލިމީހުނާއި މާބަނޑު މީހުންނަށް އިމަޖެންސީގައި ދުއްވާ ވެހިކަލްތަކަށް އަދި ބަޅި މީހުންނަށް އިތުރު އަނިޔާއެއް ލިބެނީ ބާރުދުވެލިގައި އުޅަނދު މަޑުކުރުވާ އުސްގަނޑު މަތިން ދިޔާމާ އޭގަތިބޭ ބަލިމީހާގެ އެހީތެރިންވެސް އެބަހުރި އަނބުރާއިރުއާއި އުސްގަނޑުން އަރާއިރު ލިބިފައި މީގެއެއްވެސް ބޭނުމެއްނެތް ލިބެނީއަނިޔާ
މިއައު
22 April 2025
އެކްސިޑެންޓް މަދުކުރަން ގަވައިދުތައް ތަންފީޒު ކޮށްބަލަ. ފުލުހުންގެ ޒިންމާއިން ރެކެންވެގެން ކިޔާ އެއްޗެހި "ތިމާގެ ފަރިތަކަމަށް ވުރެ އަނެކާގެ... " ދެން ވައްކަން ކޮށްފާނެތީ މުޅި ހުރިހާ ތަނެއްގަ ބޮޑުތަޅު، ގަޔަށް ވަޅި ޖަހާފާނެތީ ބޭރަށް ނުނިކުމެއް، ބޭންކް ޑީޓެއިލްސް ލީކު ވާތީ ވިޔަފާރި ނުކޮށް، ސާފު ރައްކާތެރި ކާނާ ކަށަވަރު ނުވާތީ ބޭރުން ނުކައި. މިއީ މުއައްސަސާތައް ފެއިލްވުން އެކަން ގަބޫލު ކުރައްވާ
ލަތީފާ
22 April 2025
ސައިކަލް، ކާރު ދުއްވަމުން ފޯނުގަ ތިބުން ވަރަށް އާންމު ކަމެއް. ޕޮލިހުންވެސް ތިބެނީ ފޯނާއި ކުޅެން. ޓީޗަރުން ކުލާހުގަ ކުޑަ ވަގުތުކޮޅެއް ލިބުނަސް ތިބެނީ ފޯނުގަ. ގައުމުގެ ރައީސްވެސް އެންމެ އަރިހު ގެންގުޅެނީ ތައުލީމެއް އަހްލާގެއް ނެތް ސޯޝަލް މީޑިޔާ އެކްޓިވިސްޓުން. ގޭގަ މައިންބަފައިންވެސް ދަންވަރު 1 ނޫނީ 2 ޖަހަންދެން ސޯޝަލް މީޑިޔާ ބެލުމުގަ! މިއީވާ ގައުމެއް!
ވަނަ ދޮނަ
22 April 2025
ކޮންމެ ދުވަހެއްގެ ހެދުނު 8 ގެ ކުރިން މަގު ހުރަސް ކުރެވޭތޯ އަހަރެންބަލަން ހުޅުމާލެ ފޭސް 1 ގަވެސް 2 ގަވެސް އެގަނޑީގަ ހީވާނީ ވިގަނި އަރާގެން އުޅޭހެން ބޮލަށް ފިތާލާފަ ހުރި ތާވަޅުތަކެއްހެން ބޮލަށް ހެލްމެޓު އަމުނާލާގެން އަތުލަފި ނުޖެހި ބޫން ބޫން ކަޑާފަ ދާތަންފެނޭ މަގުހުރަސް ކުރާއިރު މިހާރު ސަހާދަތްވެސްކިޔަން މަރު ޔަގީންވާތީ