12 ޖޫން

June 12, 2018 7
މަޖިލީހުގެ ޖަލްސާތައް މި މަހުގެ 25 ގައި ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ދައުރުގެ ޖަލްސާތައް މި މަހު 25ގައި ފަށަން ނިންމާފައިވާ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.

07 ޖޫން

June 07, 2018 14
މަޖިލީހުގެ ޗުއްޓީ ދިގުކޮށް ޖަލްސާތައް ރޯދައިގެ ފަހުން

ރައްޔިތުންގެ މަޖިލިހުގެ މި އަހަރުގެ ފުރަތަމަ ދައުރަށް ފަހު ލިބުނު އެއް މަސް ދުވަހުގެ ޗުއްޓީ އިތުރު ދެ ހަފުތާއަށް ދިގުކޮށް، ރޯދައިގެ ފަހުން ޖަލްސާތައް ފަށަން ނިންމައިފި އެވެ.

13 މެއި

May 13, 2018 3
ވަކީލަކު އައްޔަން ކުރަން އަލީ ހުސެއިނަށް ފަހު ފުރުސަތު

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިނަށް ދައުލަތުން ކުރާ، ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާއާ ގުޅިގެން ވަކީލަކު އައްޔަން ކުރުމަށް ދެ ދުވަސް ދޭން ނިންމައި، އެއީ އޭނާ އަށް ދޭނެ އެންމެ ފަހު ފުރުސަތު ކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް އާރިފް މިއަދު ވިދާޅުވެއްޖެ އެވެ.

29 އެޕްރީލް

April 29, 2018 23
މަޖިލީހުގެ މެމްބަރުން އެއް މަސް ދުވަހުގެ ޗުއްޓީއަކަށް

ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތަކަށް ފަހު، މެމްބަރުން އެއް މަސް ދުވަހުގެ ޗުއްޓީ އަކަށް މިއަދު ވަޑައިގެންފި އެވެ.

01 އެޕްރީލް

April 01, 2018 14
ރައީސްގެ އަމާޒަކީ އިދިކޮޅު ފުނޑާލުން: ޕާޓީތައް

ރައްޔިތުންގެ މަޖިލިހުގެ އިދިކޮޅު މެމްބަރުންނާ ދެކޮޅަށް ދައުވާކޮށްގެން ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވަނީ އިދިކޮޅު ފަރާތްތައް ފުނޑާލުން ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެފި އެވެ.

26 މާޗް

March 26, 2018 13
މަޖިލީހުގެ ތަޅުން ހުހަށް، މަސައްކަތްތައް ހުއްޓިފައި!

ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް މިދިޔަ މަހު ފެށުނު ފަހުން، މަޖިލީހުގެ ތަޅުން ފެންނަނީ މަސައްކަތް ހުއްޓިފައި އޮތް "ފަޅު" ތަނެއްގެ ގޮތުގަ އެވެ. ގިނަ ބިލުތަކެއް މަޖިލީހުގެ ކޮމިޓީތަކަށް ހުށަހަޅާފައި ހުއްޓަސް، ކޮމިޓީތަކުގެ ބައްދަލުވުންތައް ނުބާއްވާތީ ބިލުތައް ދިރާސާ ކުރުމުގެ މަސައްކަތެއް ވެސް ނުހިނގަ އެވެ.

01 މާޗް

March 01, 2018 12
މެމްބަރު އަލީ ހުސެއިން ސުޕްރީމް ކޯޓަށް ހާޒިރުކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ސުޕްރީމް ކޯޓަށް ހާޒިރުވާން މިއަދު އަމުރުކޮށްފި އެވެ.

22 ފެބުރުއަރީ

February 22, 2018 21
ރިޔާސީ ބަޔާން: މިހާރުގެ ހާލަތާ ބެހޭ ވާހަކައެއް ނެތް!

ރާއްޖޭގައި ސިޔާސީ ބޮޑު ހަމަނުޖެހުމެއް އުފެދި ރައްޔިތުންގެ މަސްލަހަތު ހިމެނޭ އެތައް ކަމެއް ހިނގަމުން ދަނިކޮށް ރައީސް އަބްދުﷲ ޔާމީން ރޭ އިއްވެވި ރިޔާސީ ބަޔާނުގައި، ގައުމުގެ ހާލަތާ މެދު އެއްވެސް އެއްޗެއް ވިދާޅުނުވުމުން ފާޑުކިއުން އަމާޒު ވެއްޖެ އެވެ.

21 ފެބުރުއަރީ

February 21, 2018 11
ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓް ކުރަން ނިންމައިފި

ރައީސް އަބްދުﷲ ޔާމީން ރިޔާސީ ބަޔާން އިއްވެވުމަށް މިރޭ ދަރުބާރުގޭގައި ބާއްވާ، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޮއިކޮޓް ކުރުމަށް އިދިކޮޅު...

February 21, 2018 16
ޖަލްސާގައި ބައިވެރިވުމާމެދު މެމްބަރުން މަޝްވަރާ ކުރަނީ

ރައީސް އަބްދުﷲ ޔާމީން ރިޔާސީ ބަޔާން އިއްވެވުމަށް މިރޭ ދަރުބާރުގޭގައި ބާއްވާ، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ބައިވެރިވުމާ މެދު ވަކި...

19 ފެބުރުއަރީ

February 19, 2018 21
މިއަދުގެ ޖަލްސާއަކީ ގާނޫނާ ހިލާފު ޖަލްސާއެއް: އިދިކޮޅު

ދައުރުން ބޭރުގައި މިއަދު ޖަލްސާއެއް ނުބޭއްވޭނެ ކަމަށާއި އެގޮތަށް މަޖިލީހުގެ ދައުރު ފެށިފައިވާ ކަމަށް މަޖިލީހުގެ ގާނޫނީ ލަފާ ވެސް ދީފައިވާ ކަމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހަންމަދު ސޯލިހު ދެންމެ ވިދާޅުވެއްޖެ އެވެ.

18 ފެބުރުއަރީ

February 18, 2018 17
އަމުރު ނުނެރުނު ނަމަ މާދަމާގެ ވޯޓު ވީހީ އެއްވަރު

ޕާޓީ ބަދަލު ކުރުމަކީ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ ގޮނޑި ގެއްލޭނެ ކަމެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރަށް އަމަލުކުރުން މަޑުޖައްސާލަން އެ ކޯޓުން މިރޭ އަމުރު ކުރުމާއެކު، މަޖިލީހުގެ މެޖޯރިޓީ ވެރިކަން ކުރާ ޕީޕީއެމް/އެމްޑީއޭ ކޯލިޝަނަށް ލިބިއްޖެ އެވެ.

03 ފެބުރުއަރީ

February 03, 2018 12
ސަރުކާރަށް މަޖިލީހުގެ ކޮންޓްރޯލް ގެއްލިއްޖެ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 ބޭފުޅުން އެ މަގާމުން ވަކިނުވާ ކަމަށް، ހުކުރު ވިލޭރޭ ސުޕްރީމް ކޯޓުން ކަނޑައަޅައި، އެ ކަން ރައްޔިތުންގެ މަޖިލީހުން ބަލައިގަތުމާ ގުޅިގެން، ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ގެއްލިއްޖެ އެވެ.

21 ޖެނުއަރީ

January 21, 2018 5
އިދިކޮޅު ލީޑަރުންގެ ކަންބޮޑުވުންތައް އީސީ އަށް

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާ މައްސަލާގައި އިދިކޮޅު ސިޔާސީ ލީޑަރުންގެ ކަންބޮޑުވުންތައް ހިމެނޭ ސިޓީއެއް އެ ކޮމިޝަނަށް މިއަދު ހުށަހަޅައިފި އެވެ.

29 ނޮވެމްބަރ

November 29, 2017 9
ރައްޔިތުންގެ މަޖިލިސް ދެ މަސް ދުވަހުގެ ޗުއްޓީއަކަށް

ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރު ނިމިގެން އޮންނަ ދެ މަސް ދުވަހުގެ ޗުއްޓީ ދުވަސްތައް މިއަދު ފެށިއްޖެ އެވެ.

23 ނޮވެމްބަރ

November 23, 2017 30
ބިރުދެއްކިއަސް ތިނަދޫ ފަހަތަށް ނުޖެހޭނެ: ރިޔާޒް

ސަރުކާރުން ކިތަންމެ ބިރެއް ދެއްކިއަސް ގދ. ތިނަދޫގެ ރައްޔިތުން ތިބީ ފަހަތަށް ޖެހެން ތައްޔާރަށް ނޫން ކަން އެ ރަށުގެ ރައްޔިތުން މިރޭ ސާބިތުކޮށްދީފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

20 ނޮވެމްބަރ

November 20, 2017 7
އިދިކޮޅު ޕާޓީތައް ބަޖެޓް ކޮމިޓީ ބޮއިކޮޓްކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރާއި އޮޑިޓަ ޖެނެރަލް ދެއްވި ލަފަޔާ މެދު ބަހުސްކުރަން ވަގުތު ދިން ގޮތާ މެދު ހިތްހަމަނުޖެހިގެން އިދިކޮޅު ޕާޓީތަކުން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީ މިއަދު ބޮއިކޮޓްކޮށްފި އެވެ.

25 އޮކްޓޯބަރ

October 25, 2017 21
އިދިކޮޅު މެމްބަރުން ބަޖެޓް ބަހުސް ބޮއިކޮޓްކޮށްފި

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހެޅި 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓަށް ބަހުސް ކުރުމަށް މަޖިލީހުގެ އިދާރާގައި މިހާރު ހިނގަމުންދާ ޖަލްސާ އިދިކޮޅު މެމްބަރުން ބޮއިކޮޓްކޮށްފި އެވެ.

05 ސެޕްޓެމްބަރ

September 05, 2017 7
އީސީގެ މެމްބަރުންނަށް ފިޔަވަޅު އަޅަންޖެހޭ: ނަޝީދު

ރައްޔިތުން މަޖިލީހުގެ އެއްވެސް ދާއިރާއެއްގެ ބައިއިލެކްޝަނެއް ކުރިއަށް ގެންދާނަމަ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުންނަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

27 އޯގަސްޓް

August 27, 2017 18
ކަރެކްޝަންގެ ޑޮކްޓަރު ވެސް ބުނަނީ ގާސިމް ބޭރަށްފޮނުވަން

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ހާލަތު ބެއްލެވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ކަނޑައެޅި ޑޮކްޓަރަކު ވެސް ލަފާ ދެއްވާފައި ވަނީ ގާސިމް ވީހާ އަވަހަކަށް ރާއްޖެ އިން ބޭރަށް ފޮނުވަން ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

26 އޯގަސްޓް

August 26, 2017 6
މާމިގިލީ ދާއިރާގެ ބައި އިލެކްޝަން ފަސްކުރަން ގޮވާލައިފި

މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމަށް ކޮށްފައިވާ ޖަލު ހުކުމުގެ އިސްތިއުނާފް މަރުހަލާ ނުނިމެނީސް މާމިގިލި ދާއިރާގެ ބައި އިލެކްޝަން ނުބޭއްވުމަށް އޭނާގެ ވަކީލުން ގޮވާލައިފި އެވެ.