05 ޖޫން

June 05, 2020 17
މަޖިލީހުގެ ހަމަނުޖެހުންތައް ބަލާނަން: މިނިސްޓަރު

ގާނޫނުއަސާސީ އިސްލާހު ކުރުމަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަ ތަހުގީގުކޮށް އިންސާފު ހޯދައި ދެއްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

03 ޖޫން

June 03, 2020 40
ޝިޔާމަށް އަނިޔާ ދިން މީހުންނާ ދެކޮޅަށް މުޒާހަރާކޮށްފި

ގާނޫނުއަސާސީ އިސްލާހުކުރަން މިދިޔަ ހޯމަދުވަހުގެ ރޭ ދަންވަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިންގި ހަމަނުޖެހުންތަކުގައި ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމަށް އެމްޑީޕީގެ މެމްބަރުންތަކެއް އަނިޔާ ކޮށްފައިވާ ކަމަށް ބުނެ ޅ. ނައިފަރުގައި މިއަދު މުޒާހަރާ ކޮށްފި އެވެ.

02 ޖޫން

June 02, 2020 59
ޝިޔާމް ތަޅުމުން ނެރުނީ ގަވާއިދާ ޚިލާފަށް: ރިޔާޒް

ގާނޫނުއަސާސީ އިސްލާހު ކުރުމަށް ރޭ މެންދަމު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ހޫނުވެ، ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހުގެ ތަޅުމުން ނެރުނީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ކަމަށް ތިމަރަފުށީ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.

30 މެއި

May 30, 2020 14
އިދިކޮޅުގެ "އާނބަސް" ނުލިބުމުން ވޯޓު ހޯމަދުވަހުގެ ރޭ

ކައުންސިލްތަކުގެ ދައުރު ދަންމާލަން ގާނޫނުއަސާސީއަށް ގެންނަ އިސްލާހަށް މިއަދު ފާސްކުރަން ކުރި މަސައްކަތަށް އިދިކޮޅު މެމްބަރުންގެ އާނބަސް ނުލިބުމުން، އަންނަ ހޯމަދުވަހުގެ ރޭ...

May 30, 2020 7
މަޖިލިސް: މައިނޯރިޓީ ލީޑަރުގެ ޖަވާބެއްގެ އިންތިޒާރުގައި

ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައާ އެއްގޮތަށް ގާނޫނުއަސާސީގެ 231 ވަނަ މާއްދާ އިސްލާހުކުރަން މުޅި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ރޭ ފާސްކުރި ރިޕޯޓް މަޖިލީހުގެ ތަޅުމުން ފާސް ކުރުން...

28 މެއި

May 28, 2020 39
ތިން ކުއްޖަކު މަރުވި މައްސަލަ މަޖިލީހަށް ހުށަހަޅައިފި

ފަރުވާ ދިނުން ލަސްވެ ދާދި ފަހުން ތިން ކުއްޖަކު މަރުވި މައްސަލަ ބަލައިދޭން އިދިކޮޅުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

22 މެއި

May 22, 2020 62
ނަޝީދުގެ ވާހަކަފުޅާ އެކު ޔާމީން ދޫކޮށްލާ: އިދިކޮޅު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާފައި ވަނީ އިންސާފުން ނޫންކަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވާހަކަފުޅުން އެނގޭ ކަމަށް ބުނެ ޔާމީން މިނިވަން ކުރަން އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިއަދު ގޮވާލައިފި އެވެ.

20 މެއި

May 20, 2020 20
"ސޭފް ޓޫރިޒަމް ގެންނަނީ އެ ދާއިރާއާ މަޝްވަރާ ނުކޮށް"

ކޮވިޑް-19 އަށް ފަހު ރާއްޖޭގެ ޓޫރިޒަމް އަލުން ފެށުމަށްޓަކައި ސަރުކާރުން ތައްޔާރުކުރި ސޭފް ޓޫރިޒަމްގެ ޑްރާފްޓް އެކުލަވާލީ އެ ދާއިރާއާ މަޝްވަރާ ނުކޮށް ކަމަށާއި އޭގެ ސަބަބުން ގެއްލުން ވާނީ ޓޫރިޒަމް ދާއިރާ އަށް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

15 މެއި

May 15, 2020 77
"ބޭރުބަޔަކަށް ރަށްވެހިކަން ދިނުމަކީ ރާއްޖެ ވިއްކާލުން"

ބޭރުގެ ބަޔަކަށް ރާއްޖޭގެ ރަށްވެހިކަން ދިނުމަކީ އެ ބަޔަކަށް ރާއްޖެ ވިއްކައިލުން ކަމަށް، ކުރީގެ ޑިފެންސް މިިނިސްޓަރު އާދަމް ޝަރީފް އުމަރު ރޭ ވިދާޅުވެއްޖެ އެވެ.

13 މެއި

May 13, 2020 31
ދެ ރިޔާސަތަކުން ގައުމެއް ނުހިންގޭނެ: ސައީދު

ދެ ރިޔާސަތަކުން ގައުމު ނުހިންގޭނެ ކަމަށް ވިދާޅުވެ، ކުރީގެ އިކޮނޮމިކް މިނިސްޓަރު، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

May 13, 2020 6
ބިލަށް ފާޑުކީ ބަލަން ވާވަރަށް ނުބަލައި: ސައީދު

ކޮވިޑް-19 އާ ގުޅިގެން، އެކި ގޮތްގޮތުން ހާލުގައި ޖެހޭ މީހުންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އޭނާ ހުށަހެޅުއްވި ބިލް ރައްޔިތުންގެ މަޖިލީހަށް ދެވަނަ ފަހަރަށް ވެސް...

May 13, 2020 28
ކުއްޔަށް ސަރުކާރުން އެލަވަންސް ދޭކަށް ފާހެއް ނުވި

ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ މާލީ ދަތިތަކުގެ ސަބުން ކުލި ދެއްކުމަށް ދަތިވެފައިވާ މީހުންނަށް ކުލި ދެއްކުމަށް ސަރުކާރުން އެލަވަންސްއެއް ހަމަޖައްސައި ދިނުމަށް، އިޖުތިމާއީ...

06 މެއި

May 06, 2020 38
އެމްޑީޕީން ވެސް ހަމަ ކުރީގެ މާޒީއަށް!

މިހާރު އަމަލުކުރާ ފެހި ގާނޫނު އަސާސީގެ ކުރު މާޒީން ފެންނަ މަންޒަރަކީ އެކި ފަރާތްތަކަށް އަމާޒުކޮށްގެން އިސްލާހު ގެނައުމާއި ގާނޫނު އަސާސީގައި ވަކި ކަމެއް ކަނޑައަޅާފައި ވަނިކޮށް އެ ބައިތައް އިސްލާހު ނުކޮށް، އާންމު ގާނޫނަކުތަކުން ބަދަލު ގެނައުމެވެ. މިއީ އެއް ބައެއްގެ ނަޒަރުގައި ކުރު މަގެއް ބޭނުންކޮށްގެން، ގާނޫނު އަސާސީ އެފުށް...

05 މެއި

May 05, 2020 102
ކުލި ނުދެއްކޭ މީހުންނަށް ލުއިދޭ ބިލް އެޖެންޑާ ނުކުރި

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކާ ހެދި، މާލެ ސަރަހައްދުގައި ކުއްޔަށް ދިރިއުޅޭ މީހުންނަށް މި ދުވަސްވަރު ކުލި ނުދެއްކުނަސް ގެއިން ނެރުން...

May 05, 2020 24
ދައުރު އިތުރުކުރާ ބިލްގެ މައްސަލަ ސުޕްރީމް ކޯޓަށް

ގާނޫނު އަސާސީ އިސްލާހު ކުރުމެއް ނެތި، މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދެމިގެންދާ ގޮތް ޚާއްސަ ގާނޫނެއް ފާސްކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނު އަސާސީއާ ޚިލާފް ބިލެއް ކަމަށް...

25 މާޗް

March 25, 2020 37
އިގްތިސާދީ ޕެކޭޖުގެ ތަފްސީލަށް ސައީދު އެދިވަޑައިގެންފި

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮރޯނާވައިރަސް ހަލުވިކަމާ އެކު ފެތުރޭތީ ފަރުދުންނާއި ވިޔަފާރިތަކަށް ކުރިމަތިވެފައިވާ އިިގުތިސާދީ ދަތިކަމަށް ލުޔެއް ހޯދައިދޭން ސަރުކާރުން ތައާރަފްކުރާ އިގްތިސާދީ ޕެކޭޖްތަކުގެ ތަފްސީލް، ރައްޔިތުންގެ މަޖިލީހަށް ހޯދައިދޭން މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު...

10 މާޗް

March 10, 2020 21
އިންތިހާބު ލަސްކުރުމަކީ ސިޔާސީ ކަމަކަށް ވެގެން ނުވާނެ

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު، ކޮވިޑް-19 ގެ ނުރައްކަލާ ގުޅިގެން ފަސްކުރުމަކީ ސިޔާސީ ކަމަކަށް ވެގެން ނުވާނެ ކަމަށް ވިލިމާލެ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު އުޝާމް މިރޭ ވިދާޅުވެއްޖެ އެވެ.

March 10, 2020 55
އިދިކޮޅުގެ ޝަރުތަކީ ޔާމީން މިނިވަންކުރުން

އެކި ގައުމުތަކުގައި މިހާރު ފެތުރޭ ކޮވިޑް-19 އަށް ރާއްޖެ އިން ވެސް ހަ ބިދޭސީއަކު ޕޮޒިޓިވް ވެފައިވާއިރު، އެކަމާ ގުޅިގެން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ލަސްކުރުމަށް ސަރުކާރާ އެކު...

March 10, 2020 40
އެމްޑީޕީން އުޅެނީ ކޮވިޑަކީ ސީރިއަސްނޫން ކަމަކަށް ހަދަން

އެމްޑީޕީން މަސައްކަތް ކުރަނީ އެކި ގައުމުތަކުގައި ފެތުރެމުންދާ އަދި މިހާތަނަށް ފަރުވާއެއް ވެސް ހޯދިފައި ނެތް ކޮވިޑް-19 އަކީ ސީރިއަސް ނޫން ކަމަކަށް ހަދަން ކަމަށް ވިދާޅުވެ،...

05 މާޗް

March 05, 2020 12
އިދިކޮޅު އަޑަށް މަޖިލީހުގައި ފުރުސަތެއް ނުދޭ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ މަދު އަދަދެއްގެ އިދިކޮޅު މެމްބަރުންނާއި މިނިވަން މެމްބަރުންނަށް އެ ބޭފުޅުންގެ ކަންބޮޑުވުންތައް އިއްވަން ރިޔާސަތުން ފުރުސަތު ނުދޭ ކަމަށް ތުހުމަތު ކުރައްވައި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

04 މާޗް

March 04, 2020 67
"ދީނާ ދެކޮޅު ޖަމިއްޔާއާ ގުޅުވީ ނަފްރަތު އުފައްދަން"

ރާއްޖެ އަށް އެމަނިކުފާނުގެ އެހީތެރިކަމާ އެކު، ދީނާ ދެކޮޅު ޖަމިއްޔާއެއް ގެނެސް ވޯކްޝޮޕްތައް ބޭއްވި ކަމަށް ވިދާޅުވެ ހަގީގަތެއް ނެތް ވާހަކަތަކެއް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޚަލީލް ދެއްކެވީ ފިތުނަ އުފައްދަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ...

03 މާޗް

March 03, 2020 115
މިނިމަމްވޭޖަށް 10،000ރ. ކަނޑައަޅަން ހުށަހަޅައިފި

އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 10،000ރ. ކަނޑައެޅުމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހުގެ އިގުތިސޯދީ ކޮމިޓީ...

March 03, 2020 91
"ދީނާ ގުޅޭ ވާހަކައެއް މަޖިލީހުގައި މިހާރަކު ނުދެއްކޭ"

ރައްޔިތުންގެ މަޖިލީހުގައި، އިސްލާމް ދީނާ ގުޅޭ އެއްވެސް ވާހަކައެއް މިހާރަކު ނުދެއްކޭ ކަމަށް މާވަށު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ރޭ...

19 ފެބުރުއަރީ

February 19, 2020 9
ހޯމަ ދުވަހަކީ މައިނޯރިޓީ ލީޑަރުގެ ދުވަސް: ނަޝީދު

ރައްޔިތުންގެ މަޖިލިސް ހުޅުވި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްވެވި ރިޔާސީ ބަޔާނަށް އަންނަ ހޯމަ ދުވަހު ޖަވާބު ދެއްވަން، މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އެދިވަޑައިގެންފައިވާ ކަމަށާއި އެއީ "މައިނޯރިޓީ ލީޑަރުގެ ދުވަސް" ކަަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު...

10 ފެބުރުއަރީ

February 10, 2020 14
މަޖިލީހުގައި މައިނޯރިޓީ ލީޑަރަކަށް ސަލީމް

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ އޭދަފުށީ ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕް (ޕީޖީ) ގެ ލީޑަރު އަހުމަދު ސަލީމް (ރެޑްވޭވް) ކަަމަށް މަޖިލީހުގެ ރިޔާސަތުން މިއަދު އިއުލާންކޮށްފި އެވެ.

05 ފެބުރުއަރީ

February 05, 2020 23
މިއީ ހަމައެކަނި ޝިދާތާގެ އިހުމާލެއް ނޫން: އިދިކޮޅު

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީވާ ކަމަށް މަޝްހޫރު އަހުމަދު ހިޝާންގެ މައްޗަށް ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއް ކުރާކަން އެނގޭއިރު ވެސް އޭނާ އަށް އޮނަރަރީ ޑިސެބިލިޓީ އެމްބެސެޑަރުކަން ދިން މައްސަލައިގައި އޮތީ ހަމައެކަނި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފްގެ އިހުމާލެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު...

03 ފެބުރުއަރީ

February 03, 2020 44
ދައުލަތް އޮޅުންބޮޅުންވެ، ކޮތަރުކޮށި ރަނަށް: އިދިކޮޅު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިއްވި ރިޔާސީ ބަޔާނުން އެނގުނީ މުޅި ދައުލަތް އޮތީ އޮޅުންބޮޅުންވެފައި އޮތް މިންވަރު ކަމަށާއި ކުރިން ކޮތަރު ކޮށިތަކެއްގެ ގޮތުގައި ސިފަކުރި ފްލެޓްތައް ވެސް މިހާރު ރަނަށް ވެއްޖެ ކަމަށް ބުނެ އިދިކޮޅުން މިއަދު ފާޑުކިޔައިފި އެވެ.

February 03, 2020 16
ރިޔާސީ ބަޔާނުގައި އުއްމީދެއް ނެތް: އިދިކޮޅު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހުގައި ދެއްވީ އުއްމީދެއް ނެތް ބަޔާނެއް ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް މިއަދު ވިދާޅުވެއްޖެ އެވެ.

February 03, 2020 51
ޖަވާބު ދެވޭނީ އިދިކޮޅު ލީޑަރު އެނގިގެން: ނަޝީދު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އިއްވެވި ރިޔާސީ ބަޔާނަށް މަޖިލީހުން ޖަވާބުދާރީ ވެވޭނީ އިދިކޮޅު މެމްބަރުންގެ ލީޑަރަކީ ކޮން ބޭފުޅެއްކަން ސާވުމުން ކަމަށް ރައްޔިތުންގެ...