27 މެއި

May 27, 2019 58
މަޖިލިހުގެ ރައީސް: އެމްޑީޕީއަށް ވަރުގަދަ އިމްތިހާނެއް!

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް (ޕީޖީ)ގެ ބޮޑު ނިންމުން މިރޭ ބުރަވާނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޮޅަށް ހެއްޔެވެ؟ ނުވަތަ ވޯޓުގެ ނަތީޖާ ނުކުންނާނީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވާ ގޮތަށް ހެއްޔެވެ؟

May 27, 2019 29
އެމްޑީޕީގެ ބޮޑު ނިންމުން މިރޭ ދަރުބާރުގޭގައި

މާދަމާ ރޭ ހުވާކުރާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސަކަށް އެމްޑީޕީން ނަމެއް ކަނޑައެޅުމުގެ ވޯޓު މިރޭ ދަރުބާރުގޭގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

May 27, 2019 82
އަސްލަމް ގަބޫލުކުރައްވަނީ އެންމެ ގާބިލީ އޭނާ ކަމަށް!

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ "ސިޔާސީ އެތެރެކޮއިލު" ގެ އިސް އެއް ބޭފުޅާ އެވެ. މިދިޔަ މަހު އޮތް އާންމު އިންތިޚާބަށް...

26 މެއި

May 26, 2019 91
އަމިއްލަ ޕާޓީގެ މީހާ "ހަވަރަށް"!

ޑިމޮކްރެސީއެއްގައި ބޭނުން ހިޔާލެއް ފާޅުކުރުމުގެ މާނަ އަކީ ވާދަވެރިޔާ "ހަވަރަށް" ދިނުން ހެއްޔެވެ؟ އެ މީހާގެ ފަތިފުށް މި ޒަމާނުގައި ނަމަ ސޯޝަލް މީޑިއާގައި ހާމަކޮށް، "އޮރިޔާން" ކުރުން ހެއްޔެވެ؟ ސިޔާސީ ހަރަކާތެއްގެ ތެރެއިން ތިމާގެ ވާދަވެރިޔާއާ މެދު ޚާއްސަކޮށް މާދަމާ ވެސް އަމިއްލަ ޕާޓީގައި ހުރެ، އެ ޕާޓީގެ އަސާސްތައް ދިފާއު ކުރުމަށް...

23 މެއި

May 23, 2019 48
ރައީސްގެ ތާއީދާއި އިތުބާރު އަދިވެސް އެބައޮތް: އަސްލަމް

އަންނަ އަންގާރަ ދުވަހު ހުވާކުރާ 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސަކަށް އެންމެ އެކަށީގެންވަނީ ވިލުފުށީ ދާއިރާގެ އިންތިޚާބީ މެމްބަރު ހަސަން އަފީފް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވި ނަމަވެސް އެ މަގާމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ގެނައުމަށް ރައީސްގެ އިތުބާރާއި ތާއީދު އަދިވެސް...

22 މެއި

May 22, 2019 108
މަޖިލީސް ރައީސަކަށް އެންމެ އެކަށީގެން ވަނީ އަފީފް: ރައީސް

ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އެންމެ އެކަށީގެން ވަނީ ކުރީގެ ހޯމް މިނިސްޓަރު އަދި ވިލުފުށީ ދާއިރާ އަށް އިންތިޚާބުވެވަޑައިގެންނެވި ހަސަން އަފީފް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

20 މެއި

May 20, 2019 16
ލީޑަޝިޕުން ވަކި ބޭފުޅަކަށް ހާއްސަ ކަމެއް ނުދޭ: އަފީފް

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ސަރުކާރު ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ ލީޑަޝިޕުން ވަކި ބޭފުޅަކަށް ހާއްސަ ކަމެއް ނުދެއްވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ވިލުފުށީ ދާއިރާގެ އިންތިޚާބީ މެމްބަރު ހަސަން އަފީފް މިރޭ ރާއްޖެ ޓީވީގައި ވިދާޅުވެއްޖެ އެވެ.

09 މެއި

May 09, 2019 47
"އިތުބާރު ދެމެހެއްޓޭނީ ވަރަށް ބާރަށް ކަންކަން ކުރެވިގެން"

މި ފަހަރުގެ އާންމު އިންތިޚާބުގައި 65 ބޭފުޅުންނާ އެކު ރައްޔިތުންގެ މަޖިލިހުގެ ސުޕަ މެޖޯރިޓީއެއް ސަރުކާރަށް ދީފައިވާއިރު، ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނީ ވަރަށް ގިނަ ކަންކަން ވަރަށް ބާރަށް ސަރުކާރުން ކުރިއަށް ގެންގޮސްގެން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

01 މެއި

May 01, 2019 66
އެންމެ ކުޑަ އުޖޫރަ ކަނޑައަޅާ ބޯޑް އެކުލަވާލައިފި

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް އިކޮނޮމިކް މިނިސްޓްރީ އަށް ލަފާ ދިނުމަށް "މުސާރަ އާއި ކުޑަ އުޖޫރައާ ގުޅޭ ގޮތުން ލަފާ ދޭ ބޯޑު" ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު...

May 01, 2019 53
މިނިމަމް ވޭޖު ކަނޑައަޅަން މި އުޅެނީ ކިހިނެއް؟

އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ނުވަތަ މިނިމަމް ވޭޖު ކަނޑައަޅާނެ ގޮތް ވަޒީފާއާ ބެހޭ ގާނޫނުގައި މީގެ 10 އަހަރު ކުރިން އޮތީ ލިޔެފަ އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވޭޖު ބޯޑެއް...

29 އެޕްރީލް

April 29, 2019 23
މަޖިލިހުގެ މާހެފުމުގައި ރައީސް ބައިވެރިވެވަޑައިގެންފި

އަންނަ މަހު ފަށާ މި އަހަރުގެ ރޯދަ އަށް މަރުހަބާ ކިޔަން ރައްޔިތުންގެ މަޖިލީހުން މިއަދު ބޭއްވި މާހެފުން ޝަރަފުވެރި ކޮށްދެއްވައި އެ މާހެފުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގެންފި އެވެ.

25 އެޕްރީލް

April 25, 2019 126
އިލްހާމާއި ލަތީފްގެ ބަހުގެ ހަމަލަތައް ސަރުކާރަށް!

މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރައްޔިތުންގެ މަޖިލިހުގެ ދެ މެމްބަރުން ކަމަށްވާ ދަނގެތި ދާއިރާގެ އިލްހާމް އަހުމަދާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ސަރުކާރަށް އިއްޔެ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

23 އެޕްރީލް

April 23, 2019 17
ބިދޭސީންނަށް ބިން މިލްކުނުކުރެވޭ އިސްލާހު ތަސްދީގުކޮށްފި

ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ނުކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

22 އެޕްރީލް

April 22, 2019 43
ވޯޓު ސިއްރުކޮށްފިނަމަ ފައިސާގެ ނުފޫޒު ވަދެދާނެ: އިންތި

ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމަށް ކަނޑައަޅާނެ ބޭފުޅަކާ މެދު އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގައި ނަގާ ވޯޓު ސިއްރުކޮށްފި ނަމަ، ފައިސާގެ ނުފޫޒު ވަދެދާނެތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) މިއަދު ވިދާޅުވެއްޖެ އެވެ.

15 އެޕްރީލް

April 15, 2019 28
"މިހާރު ހުރި ކޮމިޝަންތައް ވަރުގަދަކުރުން މާ ރަނގަޅު"

އިތުރު ކޮމިޝަންތައް އުފައްދައި އެކަމުގެ ސަބަބުން ސަރުކާރުގެ މަތި ބަރުކުރުމުގެ ބަދަލުގައި މިހާރު ހުރި ކޮމިޝަންތައް ވަރުގަދަ ކުރުން މާ މުހިއްމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.

13 އެޕްރީލް

April 13, 2019 19
އެމްޑީޕީގެ ކާމިޔާބީ ފާހަގަ ކުރަން ހާއްސަ ހަފްލާއެއް

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީ އަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަ ކުރުމަށް ހާއްސަ ހަފްލާއެއް މާލޭގައި މިރޭ ބާއްވައިފި އެވެ.

09 އެޕްރީލް

April 09, 2019 126
ގާސިމް، ޔާމީނާ އެކު އެޅުއްވި ގޯސް ފިޔަވަޅު!

ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް، މާމިގިލީ ދާއިރާ އަށް ކޮންމެ ފަހަރަކު ވެސް އިންތިޚާބު ވެވަޑައިގަންނަވަނީ ބޮޑު އަޣުލަބިއްޔަތަކުންނެވެ. އާ ގާނޫނުއަސާސީގެ ދަށުން 2009 އަދި 2014 ގައި ބޭއްވި އިންތިޚާބުގައި އެ ދާއިރާ އިން 80 ޕަސެންޓަށް ވުރެން މަތިން ވޯޓު ހޯއްދެވި އެވެ. އެހެން ކެންޑިޑޭޓަކަށް ވޯޓުގެ ގޮތުން، އެމަނިކުފާނާ ގާތް...

07 އެޕްރީލް

April 07, 2019 57
ކޯލިޝަން ސަރުކާރު ދެމިއޮންނާނެ: ރައީސް

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ނަތީޖާ ނުކުތް ގޮތުން، އެމްޑީޕީން ބޮޑު ކާމިޔާބެއް ހޯދިޔަސް ސަރުކާރު ކޯލިޝަނަށް ވާނެ ގެއްލުމެއް ނެތް ކަމަށް ރައީސް އިބްރާހިމް...

April 07, 2019 108
ވޯޓުން އެމްޑީޕީ ފަޚުރުވެރިކޮށްލައިފި

މުޅި ރާއްޖެ، "ރަން ރީނދޫ ކުލައިން ޖަރީކޮށްފި" އެވެ. އެމްޑީޕީއާ އެއްކޮޅަށް ރައްޔިތުން އަރައި "ތިލަފަތް ބަރުކޮށްފި" އެވެ. ދޮރުން ދޮރަށް ހިނގައި ހާލަތު ބެލުމަށް ފަހު އެމްޑީޕީން...

05 އެޕްރީލް

April 05, 2019 104
ނަޝީދު އުޅެނީ ބޮޑުވަޒީރު ކަމަށް އަންނަން: ގާސިމް

ކުރީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވަނީ ބޮޑުވަޒީރު ކަމަށް ވަޑައިގަތުމަށް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

04 އެޕްރީލް

April 04, 2019 33
ރައްޔިތުން ތިބީ ސަރުކާރަށް މެޖޯރިޓީ ދޭން ކެތްމަދުވެފައި

އަންނަ ހޮނިހިރުދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރަށް މަޖިލީހުގެ އަޣުލަބިއްޔަތު ދޭން ރައްޔިތުން ތިބީ ކެތްމަދުވެފައި ކަމަށާއި މި ސަރުކާރަކީ ވީ ވައުދުތައް ފުއްދައި ނަތީޖާ ނެރެދޭނެ ސަރުކާރެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

03 އެޕްރީލް

April 03, 2019 34
ހޮވަންވީ ނުވިކޭނެ، ނުފޫޒަށް ނުގުޑާނެ މެމްބަރުން:ރައީސް

ހޮނިހިރު ދުވަހު ބާއްވާ އާއްމު އިންތިޚާބުގައި ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި މަޖިލީހަށް ވެންނެވުމުގެ ފުރުސަތު ރައްޔިތުން ދޭންވީ ފައިސާ އަށް ނުވިކޭނެ އަދި އެއްވެސް ނުފޫޒެއްގެ ދަށު ނުވާނެ މެމްބަރުންތަކަކަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

02 އެޕްރީލް

April 02, 2019 15
މަޖިލިހުގެ ސުޕަ މެޖޯރިޓީ ބޭނުމެއް ނޫން: އަލީ ވަހީދު

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި، ސަރުކާރު ހިންގާ ކޯލިޝަނަށް ސުޕަ މެޖޯރިޓީއެއް ބޭނުމެއް ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ރޭ ވިދާޅުވެއްޖެ އެވެ.

April 02, 2019 179
ބޮޑު ހޮސްޕިޓަލުގެ އާ ޚިޔާނާތްތަކެއް، ރައީސް ކޯފާވެއްޖެ

"މިތާ ހުރެ ވާހަކަ ދައްކާ އިރު ދުރުން ފެންނަން ހުންނާނެ އުސް އިމާރާތެއް، ވައްކަމާއި ކޮރަޕްޝަން ދާއިމަށް ފެންނާނެ ގޮތަށް ބިނާކޮށްފައި ހުރި އިމާރާތެއް."

April 02, 2019 46
އެ ތިބެނީ ހުރިހާ ބިލެއް ހިފަހައްޓައިގެން: ރައީސް

ރައްޔިތުންގެ މަޖިލިހަށް ސަރުކާރުން ފޮނުވާ ބިލްތައް ގާނޫނުއަސާސީއާ ޚިލާފު ކަމަށް ބުނެ ހިފަހައްޓާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.