25 ނޮވެމްބަރ

November 25, 2018 6
ވަޒީރުންނަށް ރުހުން ދިނުމަށް ކޮމިޓީއަށް ފޮނުވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓްގެ ވަޒީރުންނަށް ރުހުން ދިނުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ފޮނުވި މައްސަލަ މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ.

24 ނޮވެމްބަރ

November 24, 2018 37
އެމްޑީޕީން ވާދަކުރާނެ ދާއިރާތައް އިއުލާން ކުރަނީ

ސަރުކާރުގެ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ވާދަކުރާނެ ދާއިރާތައް އަންނަ ހުކުރު ދުވަހު އިއުލާން ކުރުމަށް ނިންމައިފި އެވެ.

November 24, 2018 70
އެމްޑީޕީން 87 ގޮނޑިއަށް ވާދަކުރަން ވިސްނަނީ

ސަރުކާރުގެ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން އަންނަ އަހަރުގެ މާޗް މަހުގެ ފަހުކޮޅު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 87 ދާއިރާއަކަށް ވާދަކުރަން މަޝްވަރާކޮށްފި އެވެ.

23 ނޮވެމްބަރ

November 23, 2018 39
30 ބިލިއަން ރުފިޔާގެ ބަޖެޓު ކޮމިޓީން ފާސްކޮށްފި

އަންނަ އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 29.6 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓަށް ބަދަލުތަކެއް ގެނެސް، ބަޖެޓު ކޮމިޓީން ދެންމެ ފާސްކޮށްފި އެވެ. ބަޖެޓު ދިރާސާ ކުރާ ކޮމިޓީން ގެނައި ބަދަލާއެކު ބަޖެޓުގެ ޖުމްލަ ވަނީ 30.2 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ.

21 ނޮވެމްބަރ

November 21, 2018 21
މަޖިލިސް އިންތިހާބަށް ގޮނޑިތައް ބަހާނެގޮތް އަދި ނުނިމޭ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް، ވެރިކަން ކުރާ ކޯލިޝަންގެ ޕާޓީތަކަށް ދާއިރާތައް ނުވަތަ ގޮނޑިތައް ބަހާނެ ގޮތަކާ މެދު އަދި ގޮތެއް ނުނިމޭ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

20 ނޮވެމްބަރ

November 20, 2018 14
ރިޔާސީ ކޮމިޝަނަށް ބާރު ދޭން ގާނޫނެއް ހުށަހަޅަނީ

ކޮރަޕްޝަންގެ މައްސަލަތަކާއި ގޮތް ނޭންގޭ މަރުތަކުގެ ހަގީގަތް ހޯދުމުގެ އިތުރުން ސިޔާސީ ކުށްވެރިން މިނިވަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމަށް "ސަންސެޓް" ގާނޫނެއް މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމައިފި އެވެ.

18 ނޮވެމްބަރ

November 18, 2018 44
ހުވާކުރާ ތަނަށް ނުދިޔައީ ބަލިވެ އުޅޭތީ: ނިހާން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ހުވާކުރެއްވި ރަސްމިއްޔާތަށް ވަޑައިނުގެންނެވީ ބަލިވެ އުޅުއްވާތީ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ރޭ ވިދާޅުވެއްޖެ އެވެ.

17 ނޮވެމްބަރ

November 17, 2018 29
ޚިޔާނާތް ބަލަން ކޮމެޓީއެއް އުފައްދައި މަސައްކަތް ފަށަނީ

ދައުލަތުގެ ތެރޭގައި ހިންގާފައިވާ ހިޔާނާތާއި މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް ސަރުކާރުގެ ފުރަތަމަ ދުވަހު، ހާއްސަ ކޮމެޓީއެއް އުފައްދައި މަސައްކަތް ފައްޓަވަން، މިއަދު...

November 17, 2018 9
މަޖިލީހަށް ރައްޔިތުންގެ ޕެޓިޝަން ހުށަހެޅޭ ގޮތް ހަދަނީ

ވަކި އަދަދެއްގެ ރައްޔިތުން ސޮއިކޮށް، ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަން ހުށަހެޅޭ ގޮތަށް ހަމަޖައްސަވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އަމާޒު ހިފައިފި އެވެ.

15 ނޮވެމްބަރ

November 15, 2018 21
ހުވާކުރާ ރަސްމިއްޔާތަށް ވީހާވެސް ކުރިންދާން އެދިއްޖެ

އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ހުވާކުރާ ރަސްމިއްޔާތަށް ދައުވަތު ދީފައިވާ ފަރާތްތަކުން ވީހާވެސް އަވަހަށް ގަލޮޅު ދަނޑަށް ވަނުމަށް ރައްޔިތުންގެ މަޖިލީހުން މިރޭ އެދިއްޖެ އެވެ.

12 ނޮވެމްބަރ

November 12, 2018 7
29 ބިލިއަން ރުފިޔާގެ ބަޖެޓު މާދަމާ ހުށަހަޅަނީ

އަންނަ އަހަރަށް ލަފާކޮށް، ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވި 29 ބިލިއަން ރުފިޔާގެ ބަޖެޓު، ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ހުށަހަޅަން ނިންމައިފި އެވެ.

10 ނޮވެމްބަރ

November 10, 2018 18
ދެމިހުންނާނީ އިބޫ އާއި ނަޝީދާ އެކު: މެމްބަރު ލަތީފް

ކުރިއަށް އޮތްތަނުގައި ދެމި ހުންނަވާނީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކުގައި ކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

07 ނޮވެމްބަރ

November 07, 2018 6
އާ ސަރުކާރު ބަޖެޓު އަންނަ ހަފުތާގައި ހުށަހަޅަނީ

އަންނަ އަހަރަށް ލަފާކޮށް، އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެ ގެ ފަރާތްޕުޅުން ފިނޭންސް މިނިސްޓްރީ އަށް ފޮނުވި 29.6 ބިލިއަން ރުފިޔާގެ ބަޖެޓް އަންނަ ހަފުތާގައި މަޖިލީހަށް ހުށަހަޅަން ނިންމައިފި އެވެ. މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ މިރޭ ވިދާޅުވީ އަންނަ ހަފުތާގައި މަޖިލީހުގެ ޖަލްސާތައް ފަށައި ބަޖެޓު ހުށަހެޅުން...

05 ނޮވެމްބަރ

November 05, 2018 42
"އިބޫ، ހުވާކުރެއްވުން އާއްމުކޮށް ހުޅުވައެއް ނުލާނެ"

އިންތިޚާބީ ރައީސް، އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ހުވާކުރައްވާ ރަސްމިއްޔާތު ބާއްވާނީ އާއްމުންނަށް ހުޅުވާލައިގެން ކަމަށް ކުރިން ބުނި ނަމަވެސް އެކަން އެގޮތަށް ހަމަޖެއްސެން ނެތް ކަމަށް އެ ރަސްމިއްޔާތަށް އެމަނިކުފާނު އެކުލަވާލައްވާފައިވާ ކޮމިޓީން މިއަދު ބުނެފި އެވެ.

04 ނޮވެމްބަރ

November 04, 2018 17
އިބޫ ހުވާކުރައްވާ ޖަލްސާ ކުލަގަދަކޮށް ބާއްވަނީ

މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރައީސްކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ކުލަ ގަދަ ގޮތެއްގައި ބާއްވަން ނިންމާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ބުނެފި އެވެ.

31 އޮކްޓޯބަރ

October 31, 2018 22
މަޖިލީހަށް ފޮނުވީ 29 ބިލިއަން ރުފިޔާގެ ބަޖެޓެއް

އަންނަ އަހަރަށް ލަފާކޮށް، ފިނޭންސް މިނިސްޓްރީންް 29 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވައިފި އެވެ.

30 އޮކްޓޯބަރ

October 30, 2018 13
އިދިކޮޅަށް 45 މެމްބަރުން، ސަރުކާރަށް 40 މެމްބަރުން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 މެމްބަރުން ވެސް މަޖިލީހުން ވަކިނުވާ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ...

October 30, 2018 31
މިހާރުގެ ސަރުކާރުން ބަޖެޓު ހުށަހެޅުން ރަނގަޅެއް ނޫން

އާ ސަރުކާރުގެ ބަޖެޓް، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުށަހެޅުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ނަޝީދު މިއަދު...

29 އޮކްޓޯބަރ

October 29, 2018 50
އިބޫގެ ރިއާސީ ދައުރު ނޮވެމްބަރު 11 އަށް ނިންމަވާނެ

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ރިޔާސީ ދައުރު، މި އަހަރުގެ ނޮވެމްބަރު 17 ގައި ފެއްޓެވިޔަސް، އޭގެ ފަހުން ވެރިކަމަށް އިންތިޚާބުވާ ބޭފުޅަކު ނޮވެމްބަރު 11 ގައި...

October 29, 2018 14
އިބޫ ހުވާ ކުރައްވާނެ ދުވަސް ސޫމޯޓޯއަކުން ނިންމިދާނެ

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހުވާ ކުރައްވާނީ ނޮވެމްބަރު 11 ވަނަ ދުވަހު ކަމަށް، ސުޕްރީމް ކޯޓުގެ އަމިއްލަ އިސްނެގުމަށް ބަލާ ސޫމޯޓޯ މައްސަލައަކުން ނިންމިދާނެ...

28 އޮކްޓޯބަރ

October 28, 2018 39
ނޮވެމްބަރު 17 ގައި ހުވާކުރަން އިއްތިފާގުން ފާސްކޮށްފި

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހުވާ ކުރައްވާނީ އަންނަ މަހުގެ 17 ވަނަ ދުވަހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިއްތިފާގުން މިރޭ ފާސްކޮށްފި އެވެ.

27 އޮކްޓޯބަރ

October 27, 2018 24
އިބޫ ހުވާ ކުރަން ޖެހޭނީ ނޮވެމްބަރު 11 ގައި: ފާއިޒް

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވެރިކަމުގެ ހުވާ ކުރައްވަން ޖެހިވަޑައިގަންނަވާނީ އަންނަ ނޮވެމްބަރު މަހުގެ 11 ގައި ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު...

October 27, 2018 32
ބޮޑު ދެ ގާނޫނު އުވާލުމާއި ނަޝީދުގެމައްސަލަ އެޖެންޑާގައި

އެންޓި ޑިފެކްޝަން ގާނޫނާއި އަބުރުގެ ގާނޫނު އުވާލުމުގެ ބިލާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމާ ގުޅޭ ގަރާރުގެ މައްސަލަ މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް...

25 އޮކްޓޯބަރ

October 25, 2018 30
އިބޫ ހުވާކުރައްވާ ދުވަސް ކަނޑައަޅަން ވޯޓަކަށް!

ދެ މަހަށް ވުރެ ގިނަ ދުވަހަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އަންނަ އާދިއްތަ ދުވަހު ބާއްވާނެ ކަމަށާއި އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވެރިކަމުގެ ހުވާ ކުރައްވާނެ ދުވަހަކާ މެދު ގޮތެއް ނިންމުމަށް އެ ދުވަހުގެ ޖަލްސާގައި ވޯޓަކަށް ދާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.