27 ޖޫން

June 27, 2017 78
އިދިކޮޅު މީހުން މި ދައްކަނީ ކޮން އުފަލެއްގެ ވާހަކަ؟

ރޯދަމަހާ އެކު ސިޔާސީ މަސްރަހު މި އޮތީ ހިމޭންވެފަ އެވެ. މި ހިމޭންކަމުގެ ތެރޭގައި، އިދިކޮޅު ފަރާތްތަކުން ދައްކަނީ ސިޔާސީ މަސްރަހުން އުއްމީދުކުރާ ބަދަލެއްގެ ވާހަކަ އެވެ. އެމީހުން ބުނާ ގޮތުގައި ކުރިއަށް އޮތީ އުފާވެރި ޚަބަރުތަކެކެވެ. ރައްޔިތުން ދެކެން ބޭނުންވާ މަންޒަރުތަކާއި ހިތްހަމަޖެހޭ ފަދަ ވާހަކަތަކެއް ވަރަށް އަވަހަށް އަޑު އިވޭނެ...

12 ޖޫން

June 12, 2017 32
ޕެޓްރޯލާއި ޑީސަލުން ޑިއުޓީ ނުނަގަން ގޮވާލައިފި

ޕެޓްރޯލާއި ޑީސަލުން މިހާރު ނަގަމުން އަންނަ ޑިއުޓީ އެކުގައި ކަނޑައިލުމަށް އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގައި މިއަދު ގޮވާލައިފި އެވެ.

10 އެޕްރީލް

April 10, 2017 15
ސަރުކާރު ބަލިކަށިވެ ގޮތް ހުސްވެއްޖެ:އިދިކޮޅު ފަރާތްތައް

ގާނޫނީ އިމުން ބޭރުން އަޅަމުންދާ ފިޔަވަޅުތަކުން ސަރުކާރު ވަރަށް ބޮޑަށް ބަލިކަށިވެ ގޮތް ހުސްވެފައިވާ މަންޒަރު ސާފުކޮށް ފެންނަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ރޭ ބުނެފި އެވެ.

09 އެޕްރީލް

April 09, 2017 60
"އިސްލާހު ގާނޫނުއަސާސީއާ ހިލާފު، އެޖެންޑާ ނުކުރެވޭނެ"

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ވަކިކުރަން މަޖިލީހަށް ހުށަހަޅަން 42 މެމްބަރެއްގެ ސޮއި ހޯދާކަށް ނުޖެހޭނެ ކަމަށާއި ގަވާއިދަށް ގެންނަން އުޅެނީ ކަނޑައެޅިގެން ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށް އިދިކޮޅު ފަރާތްތަކުން މިރޭ ބުނެފި އެވެ.

27 މާޗް

March 27, 2017 19
ސިސްޓަމް ހަލާކުވެއްޖެ ކަމަށް ބުނެ މައްސަލަ އުފެދިއްޖެ!

ރައްޔިތުންގެ މަޖިލީހުގައި މިއަދު ނަގަން އޮތް ބޮޑު ވޯޓާ ދިމާކޮށް ވޯޓިން ސިސްޓަމްގައި މައްސަލަތަކެއް ކުރިމަތިވެއްޖެ ކަމަށް ބުނެ، ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ދެމެދު ޒުވާބު އުފެދިއްޖެ އެވެ.

26 މާޗް

March 26, 2017 19
މަސީހު ވަކިކުރަން ނަގާ ވޯޓު އޮބްޒާވް ކުރަން ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ މައްޗަށް މާދަމާ ނަގާ އިތުބާރު ނެތް ކަމުގެ ވޯޓުގެ ކަންކަން އޮބްޒާވް ކުރުމަށް މަދަނީ ޖަމިއްޔާތަކަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ގޮވާލައްވައިފި އެވެ.

22 މާޗް

March 22, 2017 42
މިކަން މިއޮތީ ނިމިފައި، ޝައްކެތް ނެތް: އިބޫ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މަގާމުން ދުރުކުރުމުގެ ކަންކަން މިހާރު އޮތީ ނިމިފައި ކަމަށާއި އެކަމުގައި އެއްވެސް ޝައްކެއް ނެތް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

19 މާޗް

March 19, 2017 95
އިބޫ އާއި ފާރިސް ލަދުގަންނުވާލާނަން: ރިޔާޒް

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަދަލުކުރައްވަން ބޭނުންފުޅުވަނީ ސީދާ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކަމަށާއި މަޖިލިހުގެ ރައީސަކަށް އެމްޑީޕީގެ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަދި ނައިބު ރައީސަކަށް މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ގެންނަވަން މައުމޫން ބޭނުންފުޅުވާ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ...

17 މާޗް

March 17, 2017 9
މަޖިލިހުގެ ކޮމެޓީތައް ހުއްޓުވާފައި އޮތީ ގަސްދުގައި

ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކުގެ މަސައްކަތްތައް ވެރިކަން ކުރާ ޕީޕީއެމުން ހުއްޓުވާފައި އޮތީ ގަސްދުގައި ކަމަށް އިދިކޮޅު އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އިއްޔެ ވިދާޅުވެއްޖެ އެވެ.

08 މާޗް

March 08, 2017 97
މަޖިލީހުގެ ރައީސް ކަމުން މަސީހު ވަކިކުރަން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް، 26 މެމްބަރެއްގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހަށް ދެންމެ ހުށަހަޅައިފި އެވެ.

01 މާޗް

March 01, 2017 23
ފ. އަތޮޅުގެ މުއާމަލާތް ހިނގަނީ އަނދިރީގެ ތެރޭގައި

ފ. އަތޮޅު ވިއްކުން ނުވަތަ ކުއްޔަށް ދިނުމާ ގުޅޭ ގޮތުން ސަރުކާރުން އެއްވެސް މައުލޫމާތެއް ހާމަ ނުކުރާ ކަމަށާއި އެކަން ހިނގަމުން ދަނީ "އަނދިރީގެ ތެރޭގައި" ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރޭ ވިދާޅުވެއްޖެ އެވެ.

27 ފެބުރުއަރީ

February 27, 2017 19
"ގާނޫނުއަސާސީ ދަނީ މުގުރަމުން، އޭގެ ބޭނުމެއް ނެތް"

ގާނޫނުއަސާސީގެ ބޭނުން ހިފޭ ތަން ނުފެންނަ ކަމަށާއި އޭގެ ބަދަލުގައި ފެންނަނީ ގާނޫނުއަސާސީ މުގުރާ ތަން ކަމަށް ހިންނަވަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

08 ފެބުރުއަރީ

February 08, 2017 13
ރިޔާސީ ބަޔާނުގައި ވަނީ ދޮގާއި އޮޅުވައިލުން: އިބޫ

މިދިޔަ ހޯމަދުވަހު ރައީސް އަބްދުﷲ ޔާމީން އިއްވެވި ރިޔާސީ ބަޔާނަކީ، ރައްޔިތުންނަށް އެއްވެސް އުންމީދެއް ނުދެއްވައި، ދޮގުތަކާއި އޮޅުވައިލުމުގެ މައްޗަށް ބިނާކުރައްވާފައިވާ ރިޔާސީ...

February 08, 2017 31
ރިއާސީ ބަޔާން: ޖަވާބު ނުލިބޭ އެތައް ސުވާލެއް!

"މި ސަރުކާރުގެ ފުރަތަމަ ތިން އަހަރު ނިމިގެން ދިޔައިރު، މާތްﷲގެ ވާގިފުޅާ އެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެތަކެއް މަޝްރޫޢު ކާމިޔާބުކަމާ އެކު ނިމިގެން ހިނގައްޖެ. ރައްޔިތުންނަށް...

15 ނޮވެމްބަރ

November 15, 2016 20
ކޮންމެ ރައްޔިތަކު ގަޑިއަކު 13 ރުފިޔާގެ ދަރަންޏެއް

ސަރުކާރުން 26 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސް ކުރަން އުޅެނީ ރައްޔިތުންގެ އަތުން ނެގުނު އެއްޗެއް ނެގުމުގެ ބޭނުމުގައި ކަމަށާއި މި ބަޖެޓާ އެކު ކޮންމެ ރައްޔިތަކު ގަޑިއަކު 13ރ. ގެ ދަރަންޏެއް ބޮލުއަޅަން ޖެހޭ ކަމަށް ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

31 އޮކްޓޯބަރ

October 31, 2016 8
އީވާ، އިބޫ، ފައިސަލް އަލުން ޕާޓީތަކަށް ވައްދައިފި

ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲގެ އިތުރުން ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީ މެމްބަރު ފައިސަލް ނަސީމް އަލުން ޕާޓީތަކުގެ ދަފްތަރުގައި ހިމަނައި އެކަން ރައްޔިތުންގެ މަޖިލީހަށް އިއްޔެ އަންގައިފި އެވެ.

26 އޮކްޓޯބަރ

October 26, 2016 11
އިބޫ އާއި އީވާ ޕާޓީން ވަކިކުރީ ފޯމް ފޮނުވާފައި އޮއްވާ

ފިންގާ ޕްރިންޓް ނެތިގެން ސިޔާސީ ޕާޓީތަކުގެ ދަފުތަރުން ވަކިކުރި މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ހިންނަވަރު ދާއިރާގެ...

October 26, 2016 53
ސޮއި ނެތިގެން އިބޫ، އީވާ، ފައިސަލް ޕާޓީން ވަކިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲގެ އިތުރުން ކާށިދޫ...

17 އޯގަސްޓް

August 17, 2016 52
"އިސްލާހަށް އަމަލުކުރާކަށް ނުޖެހޭނެ، މުޒާހަރާކުރާނަން"

ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެއްވެ އުޅުމުގެ ހައްގު ނިގުޅައިގަތުމަށް މިއަދު ފާސްކުރި އިސްލާހަށް އަމަލުކުރަން ނުޖެހޭނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

01 އޯގަސްޓް

August 01, 2016 4
މިއުޅެނީ ގާނޫނުއަސާސީ ދަންޖައްސާ މަރާލަން: އިބޫ

އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލް ފާސްކުރަން އުޅެނީ ގާނޫނުއަސާސީ ދަންޖައްސާ މަރާލަން ކަމަށާއި އެކަމުގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ހިންނަވަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.