04 ޑިސެމްބަރ

December 04, 2019 23
އިންކަމް ޓެކްސް ނަގަން ގާސިމްގެ ވޯޓެއް ނުލިބުނު!

ސަރުކާރުން ހުށަހެޅި އާމްދަނީން ޓެކްސް ނެގުމުގެ ބިލް ފާސް ކުރަން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި އިތުރު ދެ މެމްބަރަކު މިއަދު...

December 04, 2019 41
އަންނަ މަހު އިންކަމް ޓެކްސް ނަގަން ފަށަން ފާސްކޮށްފި

އަންނަ މަހުން ފެށިގެން އާމްދަނީން ޓެކްސް ނަގަން ނިންމައި، އިންކަމް ޓެކްސްގެ ނެގުމުގެ ބިލް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

03 ޑިސެމްބަރ

December 03, 2019 71
ކައުންސިލަރުން ވަކިކުރުމުގެ ބާރު މަޖިލިހަށް ދެނީ!

ކައުންސިލްތަކުގެ މޭޔަރުންނާއި ރައީސުންނާއި މެންބަރުންނާ ބެހޭ ގޮތުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާ މައްސަލައަކަށް ބިނާކޮށް މަގާމުން...

December 03, 2019 24
މަޖިލިހުގައި ހަޅޭކާއި ނިޒާމީ މައްސަލަ އާއި އަރާރުން!

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ދިއްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ވަހީދު ބަހުސް ކުރައްވަން ފެއްޓެވުމާ އެކު، ރައްޔިތުންގެ މަޖިލިހުގެ ތަޅުމުން ފުރަތަމަ އިވުނީ ކަށިގަނޑު...

02 ޑިސެމްބަރ

December 02, 2019 60
ނަޝީދާ ސުވާލު ކުރުމުގެ ފުރުސަތު އާންމުންނަށް ދެނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް އެމަނިކުފާނު ޖަވާބު ދެއްވާ ޕްރޮގްރާމެއް ބާއްވަން ނިންމައި، ސުވާލު...

December 02, 2019 23
ޝަމީމްގެ މައްސަލައެއް އޭސީސީ އަށް

ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުވާފައިވާ ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމާ ގުޅޭ މައްސަލައެއް އެންޓި...

29 ނޮވެމްބަރ

November 29, 2019 41
ބްރޯޑްކޮމް އަށް ޝިފްލާއާ އެކު އެމްޑީޕީގެ އެކްޓިވިސްޓެއް

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފެނިވަޑައިގެންނެވި ލިސްޓުގެ ތަރުތީބަށް، ރައްޔިތުންގެ މަޖިލީހުން އެ މީހުންގެ ނަން ދިރާސާކުރި ކޮމިޓީން ބަދަލު ގެނެސް އެ ލިސްޓުގެ ދެވަނަ އަށް އެމްޑީޕީގެ އެކްޓިވިސްޓަކު ހިމަނައިފި އެވެ.

28 ނޮވެމްބަރ

November 28, 2019 5
ފަނޑިޔާރު ޣަނީ ވަކިކުރަން ނިންމީ ރަނގަޅަށް: ކޮމިޓީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަބްދުލްޣަނީ މުހައްމަދު ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ ރަނގަޅަށް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން...

November 28, 2019 38
ބިޝާމް، ޕީޖީގެ މަގާމުން އިސްތިއުފާ ދެއްވައިފި

ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމުން އައިޝަތު ބިޝާމް އިސްތިއުފާ ދެއްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު އަންގަވައިފި އެވެ.

27 ނޮވެމްބަރ

November 27, 2019 37
ދީބާޖާގެ މައްސަލަ މުރާޖައާ ކުރަން މަޖިލީހުން އެދެނީ

ކޯޓުން ބޭރުން ދީބާޖާ އިންވެސްޓްމަންޓަށް 174 މިލިއަން ރުފިޔާ ދިނުމަށް ސެޓްލްމަންޓް ކޮމިޓީގެ ލަފައާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވި ނިންމެވުން މިވަގުތަށް...

November 27, 2019 20
ކުޑަކުދިންގެ "ކައިވެނި"ގެ މައުލޫމާތު މަޖިލިހުން ހޯދަނީ

ކޯޓުގެ ހުއްދަ ނެތި، ކުޑަކުދިންނާ ކޮށްފައިވާ "ކައިވެނި" ގެ މައުލޫމާތު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން އާންމުންގެ އެހީތެރިކަމަށް އެދި މިއަދު އިއުލާންކޮށްފި އެވެ.

26 ނޮވެމްބަރ

November 26, 2019 12
ސެޓްލްމެންޓް ކޮމިޓީގެ ނިންމުންތަކުގައި ހާމަކަމެއް ނެތް!

ކޯޓުން ބޭރުގައި ދީބާޖާ އަށް 174 މިލިއަން ރުފިޔާ ދޭން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލަފާ އެރުވީ ސެޓްލްމެންޓް ކޮމިޓީންނެވެ. އެއްބަސްވުމާ އެއްގޮތަށް ޚިދުމަތް ނުދޭ ދީބާޖާ އަށް 348...

November 26, 2019 1
މަޖިލިހުގެ ފަހު ދައުރު ނިމޭނީ އަންނަ މަހުގެ 5 ގައި

ރައްޔިތުންގެ މަޖިލީހުގައި ގިނަ މަސައްކަތްތަކެއް ކުރަން ހުރުމުން، މި އަހަރުގެ ތިން ވަނަ ދައުރު ނުވަތަ ފަހު ދައުރުގެ ޖަލްސާތައް އަންނަ މަހުގެ ފަހަކާ ހަމައަށް ކުރިއަށް ގެންދިއުމަށް...

25 ނޮވެމްބަރ

November 25, 2019 23
ހަރުކަށި ފިކުރުގެ މީހުންގެ އަތް ބަންނަންޖެހޭ: ހުސެއިން

ހަރުކަށި ފިކުރުގެ މީހުން ތިބީ "ލެޔަށް ފެން ބޮވައިގެންފައި" ކަމަށާއި ގާނޫނުއަސާސީގެ ދަށުން އުފައްދާފައި ހުރި މިނިވަން މުއައްސަސާތަކުން އެ ފިކުރުގެ މީހުންގެ އަތް ބަންނަންޖެހޭނެ...

November 25, 2019 5
ކުޑަކުއްޖާގެ ރައްކާތެރިކަމަށް އެޅި ފިޔަވަޅުތައް ހޯދަނީ

ކުޑަ އަންހެން ކުއްޖަކު ރޭޕްކޮށް، ބަނޑުބޮޑުކުރި އިރު އެ ކުއްޖާގެ ރައްކާތެރި ކަމަށް ދައުލަތުގެ މުއައްސަސާތަކުން އެޅި ފިޔަވަޅުތަކުގެ މައުލޫމާތު ހޯދަން ކަމާބެހޭ މުއައްސަސާތަކުގައި...

24 ނޮވެމްބަރ

November 24, 2019 8
މެޖިސްޓްރޭޓުންނަށް ފޯނު އެލަވަންސް ދޭން ހުށަހަޅަނީ

މެޖިސްޓްރޭޓުންނަށް ވެސް ފޯނު އެލަވަންސް ދޭން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.

22 ނޮވެމްބަރ

November 22, 2019 26
ހުސައިން މުހައްމަދު ލަތީފް އަނެއްކާ ވެސް ޕީޕީއެމަށް

ރައްޔިތުންގެ މަޖިލީހުގައި އަމިއްލަ މެމްބަރެއްގެ ގޮތުގައި ހުންނެވި، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް މިރޭ އަލުން އިދިކޮޅު ޕީޕީއެމާ ގުޅިވަޑައިގެންފި އެވެ.

November 22, 2019 21
ރިޕޯޓް އެކުލަވައިލީ ގަވައިދާ އެއްގޮތަށް: ހަސަން

ޑރ. އަފްރާޝީމް އަލީގެ މަރާ ބެހޭ ގޮތުން ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓް ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނެގި ސަބް ކޮމިޓީން...

November 22, 2019 35
ރިޕޯޓުގައި ޝާންގެ ނަން އެންމެ ފަހުން ހިމަނައިފި

ޑރ. އަފްރާޝީމް އަލީގެ މަރާ ބެހޭ ގޮތުން ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓް ދިރާސާކޮށް، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ނެގި ސަބް ކޮމިޓީން ފުރަތަމަ...

21 ނޮވެމްބަރ

November 21, 2019 13
ބޯޓުގެ މައްސަލައިގައި އެމްޑީ އިބޫ "ހޫނުފެނަށް"

ތިލަފުށި ފަޅުގައި އެޅި ދަގަނޑު ބޯޓު ނަގަން ހަވާލުކުރުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް ވިދާޅުވެ، ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) އަށް ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީގައި ހޫނު ރައްދެއް ދީ، އޭނާ އެ މަގާމުން ވަކިކުރުމަށް އިއްޔެ ގޮވާލައިފި އެވެ.

20 ނޮވެމްބަރ

November 20, 2019 3
ބަޖެޓަށް 366 މިލިއަން އިތުރުކޮށްފި

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 366 މިލިއަން ރުފިޔާ އިތުރުކޮށް، 37.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅުމަށް މަޖިލީހުގެ ބަޖެޓު ކޮމިޓީން ނިންމައިފި އެވެ.

November 20, 2019 37
ސަލަފް ޖަމިއްޔާ އުވާނުލާން އިދިކޮޅުން ގޮވާލައިފި

ޖަމިއްޔަތުލް ސަލަފަށް ޓެރަރިޒަމްގެ ތުހުމަތުކޮށް، އެ ޖަމިއްޔާ އުވާލަން ކުރަމުން އަންނަ މަސައްކަތާ މެދު އިދިކޮޅު ކޯލިޝަން ޕީޕީއެމް އާއި ޕީއެންސީ އިން މިރޭ ކަންބޮޑުވުން ފާޅުކޮށްފި...

19 ނޮވެމްބަރ

November 19, 2019 74
ބަރުލަމާނީގެ ވާހަކަ އެބަދައްކާ، އެއީ ގޯހެއް: ގާސިމް

ރާއްޖޭގައި ވެރިކަން ކުރުން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގެ ވާހަކަ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އެބަ ދައްކާ ކަމަށާއި އެއީ ގޯހެއް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި...

November 19, 2019 8
ބިޝާމްގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި

ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް، މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމި ނިންމުން މަޖިލީހުގެ މާދަމާގެ ޖަލްސާގައި...

18 ނޮވެމްބަރ

November 18, 2019 24
ތިލަފުށީގައި ގުދަންތައް އަޅަން ހަވާލުކުރީ އަގުބޮޑުކޮށް

ނުރައްކާތެރި ކެމިކަލްތައް ރައްކާކުރާ ގުދަންތައް ތިލަަފުށްޓަށް ބަދަލުކުރުމަށް ތިލަފުށީގައި ގުދަންތަކެއް އަޅަން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއަައިޒެޑްއެލް)...

November 18, 2019 14
އަފްރާޝީމްގެ މަރާ ގުޅޭ ގިނަ ކަންކަން މަޖިލީހުން ބަލަނީ

ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި ފުލުހުންގެ އެއްވެސް އިހުމާލެއް އޮޮތްތޯ އާއި އެ ޖަރީމާއާ...

17 ނޮވެމްބަރ

November 17, 2019 35
ހަރުކަށި ފިކުރު ނުހުއްޓުވިއްޖެ ނަމަ ގައުމު ހަރާބުވެދާނެ

ދީނީ ހަރުކަށި ފިކުރުގެ ހަރަކާތްތައް ނުހުއްޓުވިއްޖެ ނަމަ، ރާއްޖެ ހަރާބުވެދާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

15 ނޮވެމްބަރ

November 15, 2019 1
ކުޑަކުދިންނާ ގުޅޭ ބިލަށް ޔުނިސެފުން މަރުހަބާ ކިޔައިފި

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭ ދެ ބިލް ރައްޔިތުންގެ މަޖިލިހުން އިއްޔެ ފާސްކުރުމުން، އދ. ގެ ކުޑަކުދިންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާ، ޔުނިސެފުން މަރުހަބާ ކިޔައިފި އެވެ.

14 ނޮވެމްބަރ

November 14, 2019 14
މިއީ ރާއްޖެ ކަފުން ކުރަން ތައްޔާރުކުރި ބަޖެޓެއް:ޝިޔާމް

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި 37.5 ބިލިއަން ރުފިޔާގެ ބަޖެޓުން ފެންނަނީ ރާއްޖެ "ކަފުން" ކުރާ ތަން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި...

November 14, 2019 26
ވެކްސިން ދިނުން މަޖުބޫރުކޮށް މަޖިލިހުން ފާސްކޮށްފި

ކުޑަކުދިން ބަލިތަކުން ސަލާމަތް ކުރުމުގެ ބޭނުމުގައި ވެކްސިން ދިނުން މަޖުބޫރުކޮށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ އާ ބިލް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި...

13 ނޮވެމްބަރ

November 13, 2019 14
އުއްތަމަފަނޑިޔާރާއި އާދަމް މުހައްމަދުގެ މައްސަލަ މާދަމާ

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ފަނޑިޔާރު ކަމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާ އަށް...

November 13, 2019 7
ޓެކްސް ދައްކަނީ ބަދަލަށް ފައިސާ ދޭކަށް ނޫން:އާޒިމް

ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ބިނާވެފައި އޮތީ ރައްޔިތުންގެ އަތުން ނަގާ ޓެކުހަށް ކަމަށާއި ޓެކްސް ރައްޔިތުން ދައްކަނީ އެކިއެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ފައިސާ ދޭން...

12 ނޮވެމްބަރ

November 12, 2019 1
ކައުންސިލްތައް 5 އަހަރަށް ބަދަލުކުރަން ފާސްކޮށްފި

ލޯކަަލް ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީން އިއްޔެ ފާސްކޮށްފި އެވެ.

November 12, 2019 11
ޖީބަށް އިތުރުނުވާ ނަމަ ބަޖެޓު ބޮޑުކުރާނެކަމެއް ނެތް

ރައްޔިތުންގެ ޖީބަށް އިތުރު ނުވާ ނަމަ، ދައުލަތުގެ ބަޖެޓު ބޮޑު ކުރުމުގެ ބޭނުމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)...

11 ނޮވެމްބަރ

November 11, 2019 26
ހިންގުން ރަނގަޅު ނުކުރާ ވެރިން ބަދަލުކުރާނަން: އަމީރު

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޭނުންވާ އެންމެ ފުރިހަމަ ބަދަލުތައް ގެންނަތަން ނުފެންނަ ކަމަށާއި ޕާފޯމެންސް ކޮންޓްރެކްޓްތައް ހަދައި، އެކަންކަން ހާސިލު ނުކުރެވޭ ނަމަ މެނޭޖްމެންޓް ބަދަލުކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.