05 ޖޫން

June 05, 2019 4
ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ ފޮށިން ވައްކަންކޮށްފި

ތ. ތިމަރަފުށީގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ ފޮށި ފަޅާލައި ވައްކަންކުރި މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ފައިސާ އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

03 ޖޫން

June 03, 2019 50
އެހީ ބޭނުންވާ ނިކަމެތި އެތައް އާއިލާއެއް!

ނިކަމެތި އާއިލާއަކަށް އެހީވެގެން އޭޑީކޭ ކުންފުނިން ވަނީ އާއްމުންގެ ލޯބި ހޯދައިފަ އެވެ. ފަސް ދަރިންނާ އެކު އެކަނިމާއެކަނި އުޅެމުން ދިޔަ މަޔަކަށް އެހީވެ، އެ މީހުންނަށް ގެއެއް އަޅައިދިނުމުން އާއްމުން އެކަން ބަލައިގަތީ ޝުކުރުވެރިކަމާ އެކީގަ އެވެ. އެކަމަކު އެއާ އެކު ގިނަ ބަޔަކު ސުވާލުކުރީ މި ޒަމާނުގައި އެހާ ވެސް ނިކަމެތި ދިވެހިން...

16 މެއި

May 16, 2019
ށ. ފޭދޫގައި މީހަކަށް އަނިޔާކުރި މައްސަލަ ޕޮލިހަށް

ށ.ފޭދޫގައި، ނުކުޅެދުންތެރިކަން ހުންނަ އަންހެނަކު ހޮޅިދަނޑިއެއްގައި ބަނދެ އޭނާއަށް އަނިޔާކުރި މައްސަލަ ތަހުގީގުކޮށް ދިނުމަށް އެދި ޖެންޑާ މިނިސްޓްރީން ޕޮލިހަށް ހުށަހަޅައިފި އެވެ.

May 16, 2019 4
ބަޔަކު އަނިޔާކުރި މީހާގެ ދަރިއަކު ވެސް ދައުލަތަށް

ބޮލުގައި ގޯންޏެއް އަޅުވައި ހޮޅި ދަނޑިއެއްގައި ބަނދެ އަނިޔާކުރި ށ. ފޭދޫ އަންހެން މީހާގެ ދަރިއަކު ވެސް ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

01 މެއި

May 01, 2019 8
އޮސްޓްރޭލިއާގައި ހުރި ކުއްޖާގެ ދިފާއުގައި ޕެޓިޝަނެއް

ސިއްހީ މައްސަލަތަކެއް ހުރި ދިވެހި ފިރިހެން ކުއްޖަކު އޮސްޓްރޭލިއާ އިން ފޮނުވާލަފާނެ ކަމުގެ ބިރު އޮތުމުން، އެ ކުއްޖާގެ ދިފާއުގައި ޕެޓިޝަނެއް ތައްޔާރު ކުރަން ފަށައިފި އެވެ.

21 އެޕްރީލް

April 21, 2019 36
އޮސްޓްރޭލިއާއިން ދިވެހި ކުއްޖަކު ފޮނުވާލުމުގެ ބިރު

އުފެދުމުގައި ހުރި ސިއްހީ މައްސަލަތަކެއްގެ ސަބަބުން ދިވެހި ފިރިހެން ކުއްޖަކަށް އޮސްޓްރޭލިއާ އިން ވިސާ ނުލިބި، ޑިޕޯޓްކޮށްލަފާނެ ކަމުގެ ބިރު ބޮޑުވެއްޖެ އެވެ.

10 އެޕްރީލް

April 10, 2019 1
ލޯފަން މީހުންނަށް އަމިއްލަ އަށް ވޯޓުލެވޭ ގޮތް ހަދަނީ

ކުރިއަށް ހުރި އިންތިޚާބުތަކުގައި ލޯފަން މީހުން އަމިއްލަ އަށް ވޯޓުލެވޭ ގޮތް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

19 މާޗް

March 19, 2019 22
ބްރެއިލް ބޭނުންކޮށްގެން ގުރުއާން ކިޔަވައިދޭން ފަށައިފި

ލޮލަށް ނުފެންނަ މީހުންނަށް، ބްރެއިލް ބޭނުންކޮށްގެން ގުރުއާން ކިޔަވައިދެވޭ ޕްރޮގްރާމެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ އިފްތިތާހުކޮށް ދެއްވައިފި އެވެ.

16 މާޗް

March 16, 2019 11
ހޮޅިތަކުގެ އުނދަގުލުން ސަލާމަތްވުމުގެ އުއްމީދުގައި

އޮފީހުގެ މަސައްކަތް ނިންމާފައި ކައިރީގައި ހުންނަ ތަނަކަށް ސައި ތައްޓެއް ބޯލަން ވަނުމަކީ މާލޭގައި ވަރަށް އާއްމު އަދި ގިނަ މީހުންނަށް ވަރަށް ފަސޭހަ އިން ކޮށްލެވޭ ކަމެކެވެ. އެކަމަކު މިރުޒާ މުނީރު އަށް އެކަން ކުރެވެނީ ދެ މީހެއްގެ އެހީ ހޯދައިގެންނެވެ. ފުރޮޅުލީ ގޮނޑިއެއްގައި އިންނަ މިރުޒާ، 25، މާލޭގައި ހުންނަ ވިލިމާލޭ ފެރީ ޓާމިނަލުގައި...

10 މާޗް

March 10, 2019 5
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިލޭ ދަތުރުކުރެވޭނެ

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެމްޓީސީސީގެ ބަސްތަކާއި ފެރީތަކުގައި މިއަދުން ފެށިގެން ހިލޭ ދަތުރު ކުރެވޭނެ ގޮތް ހަމަޖައްސައިފި އެވެ.

23 ފެބުރުއަރީ

February 23, 2019 8
ތެރަޕީ ނުލިބިގެން ޝަކުވާތައް ފުނިޖެހިފައި

ތެރަޕިސްޓުން މަދުވުމާއި ޕްރައިވެޓް ތަންތަނުން ޚިދުމަތްތައް ހޯދުމުގެ އަގު ބޮޑުވުމާއި މުހިއްމު ބައެއް ޚިދުމަތްތައް ރާއްޖެ އިން އެއްގޮތަކަށް ވެސް ލިބެން ނެތުމަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ އާއިލާތަކަށް އަބަދުވެސް ކުރިމަތިވެފައި އޮންނަ ގޮންޖެހުމެކެވެ. ތެރަޕިއުޓިކް ޚިދުމަތްތައް ހިލޭ ފޯރުކޮށްދިނުމަށް މި ސަރުކާރުން...

18 ފެބުރުއަރީ

February 18, 2019 7
ވީލްޗެއާގައި ދުނިޔެ ބަލައިލުމުގެ ދަތުރުގައި ރާއްޖެއަށް

"އަހަންނަށް މިކަން ވަންޏާ މިކަން ނުވާނެ އެއްވެސް މީހަކު ނުހުންނާނެ. ބޭނުންވަނީ އެކަން ކުރާނެ ހިތްވަރު،" ފުރޮޅީ ގޮނޑިއެއްގައި އިން، ޕްވިންދަ ޗަވްލާ (ޕައްމޫ) ހިނިތުންވުމާ އެކު ބުނެލި އެވެ. އޭނާ އެ ބުނަނީ ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކުރުމުގެ ވާހަކަ އެވެ. އެހާ އުފާވެރިކަން ގެނެސްދޭ ކަމެއްގައި، އެއްވެސް ބަޔަކު ޖެހިލުންވާން ޖެހޭ...

22 ޖެނުއަރީ

January 22, 2019 141
އެންމެ ހިނދުކޮޅަކުން ދިރިއުޅުން ފުނޑުފުނޑު!

ދެކެވެމުންދިޔަ ވާހަކައިގައި އުމަރު ސަލީމް ބައިވެރިވަމުން ގެންދިޔަ އެވެ. ނުހަނު އުނދަގުލުންނެވެ. ދަމަމުން، ލަސްލަހުން އުމަރު ދޭތެރެއަކުން އެ ބުނެލާ އެތި ދޭހަވާ މީހަކަށް އެ ތަނުގައި ހުރީ އޭނާގެ އަނބިމީހާ އެކަންޏެވެ. މާ ބޮޑު ހަރަކާތެއް ނެތި ގޮނޑީގައި ލެނގިލައިގެން އިން ފިރިމީހާގެ އަތުގެ ހަރުވެފައި ހުރި އިނގިލިތައް އިރުއިރުކޮޅާ...

03 ޑިސެމްބަރ

December 03, 2018 2
ޅަފަތުގައި ނުކުޅެދުންތެރިކަން ދެނެގަނެވޭ ނިޒާމު މުހިއްމު

ޅަފަތުގައި ނުކުޅެދުންތެރިކަން ދެނެގަނެވޭނެ ހަރުދަނާ ނިޒާމެއް ގާއިމްކުރުމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މިންވަރު މަދު ކުރުމަށް އަޅަންޖެހޭ މުހިއްމު ފިޔަވަޅެއް ކަމަށް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސް މިނިސްޓަރު ޝިދާތާ ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.

25 ނޮވެމްބަރ

November 25, 2018 30
ދުވަސްވީ މީހުންނަށް އޯގާތެރި ގެއެއް ބޭނުން

ގައިބާރު ދެރަވެ އުމުރުން ދުވަސްވީ ދުވަހު އަޅާލުން ނުލިބޭ އެތައް ބަޔަކު މިރާއްޖޭގައި ވެސް އެބަ ތިއްބެވެ. އަމިއްލައަށް ނޫޅެވޭ ހާލު އެއްބަޔަކު ގޭގޭގައި އެކަނިވެފަ އެވެ. އަނެއް ބަޔަކު ގެންދާނެ ބަޔަކު ނެތިގެން ހޮސްޕިޓަލުތަކުގަ އެވެ. މަގުތަކުގައި ގިނަވެ ބައެއް ފަހަރު މަގުތަކާއި އެކި މައިޒާންތަކުގައި ނިދައިގެން އުޅޭ އެތައް ބަޔަކު ވެސް...

09 ނޮވެމްބަރ

November 09, 2018 3
ކެއާ ސޮސައިޓީގެ އަހަރީ ދުވަސް ފައިސަލްއާއެކު

ކެއާ ސޮސައިޓީގެ 20 ވަނަ އަހަރީ ދުވަސް، އިންތިހާބީ ނައިބު ރައީސް، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމާއެކު މިއަދު ފާހަގަކޮށްފި އެވެ.

16 ސެޕްޓެމްބަރ

September 16, 2018 31
ލޮޓަސް އިން ނުކުޅެދޭ މީހުންނަށް ހާއްސަ ސައިކަލު ހިލޭ!

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްގެން ހަދާފައި ހުންނަ ތިން ފުރޮޅުލީ ސައިކަލު، ލޮޓަސް ބައިކް ޝޮޕުން ހިލޭ ދޫކުރަން ނިންމައިފި އެވެ.

22 ޖުލައި

July 22, 2018 30
ނުކުޅެދޭ މީހުން ވޯޓު ލާ ގޮތް ބަދަލުކޮށްފި

ހާއްސަ އެހީ އަށް ބޭނުންވާ މީހުން ވޯޓުލުމުގައި އެހީތެރިވެދެވޭނީ ހަމައެކަނި އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން ކަމަށް ނިންމާފައި އޮތް ނިންމުން އެ ކޮމިޝަނުން މިއަދު ބަދަލުކޮށް، އެމީހަކު ބޭނުން މީހަކާ އެކުގައި އައިސް ވޯޓު ލެވޭ ގޮތަށް ހަމަޖައްސައިފި އެވެ.

July 22, 2018 24
ހާއްސަ އެހީއަށް ބޭނުންވާ މީހުންނާމެދު ނިންމީ ރަނގަޅަށް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލާން ބޭނުންވާ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެކަމުގައި އެހީތެރިވުމަށް އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން ތިބޭ ގޮތަށް ނިންމާފައިވާ...

July 22, 2018 18
ނުކުޅެދޭ މީހުން ވޯޓުލާނެ ގޮތާ މެދު މަޝްވަރާ ކުރަނީ

ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ވޯޓު ކަރުދާހުގައި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އޮފިޝަލުން ފާހަގަ ޖަހައިދޭ ގޮތަށް ކަނޑައަޅާފައި އޮތް އުސޫލާ ގުޅޭގޮތުން އަލުން...

18 ޖުލައި

July 18, 2018 6
އިދިކޮޅު އިއްތިހާދުގެ ކަންބޮޑުވުންތައް އިލެކްޝަނަށް

އަންނަ ސެޕްޓެމްބަރު 23ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ކަންތައް ހަމަޖައްސަމުންދާ ގޮތާ މެދު އިދިކޮޅު އިއްތިހާދުން ކަންބޮޑުވާ ކަންތައްތައް، އެ އިއްތިހާދުގެ ފަރާތުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފާ މިއަދު ހިއްސާކޮށްފި އެވެ.

July 18, 2018 6
އިދިކޮޅު ވެރިން ޝަކުވާތަކާ އެކު އީސީއަށް!

ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓާ ރިސޯޓުތައް މަދުކުރުމާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ވޯޓު ކަރުދާހުގައި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އޮފިޝަލުން ފާހަގަ ޖަހައިދޭ...

July 18, 2018 41
އިލެކްޝަންސް ކޮމިިޝަނާ ދެކޮޅަށް ސުއޫދު ކޯޓަށް ދަނީ

ރިޔާސީ އިންތިހާބުގައި ވޯޓު ފޮށި ބަހައްޓާ ރިސޯޓުތައް މަދުކުރުމާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ވޯޓު ކަރުދާހުގައި އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން ފާހަގަ ޖަހައިދޭ ގޮތަށް...

17 ޖުލައި

July 17, 2018 70
ނުކުޅެދޭ މީހުންގެ ކަރުދާހުގައި އޮފިޝަލުން ފާހަގަ ޖަހަނީ

ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ވޯޓު ކަރުދާހުގައި އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން ފާހަގަ ޖަހައިދޭ ގޮތަށް އެ ކޮމިޝަނުން ނިންމައިފި އެވެ.

11 ޖުލައި

July 11, 2018 44
އިނާޔަތް ބޮޑުކުރުމުގެ ވައުދަށް އަނާރާ ސުވާލުއުފައްވައިފި

ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިނަމަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެމުން އަންނަ އެލަވަންސް ބޮޑުކޮށްދިނުމަށް ރައީސް އަބްދުﷲ ޔާމީން ވެވަޑައިގެންނެވި ވައުދާ މެދު މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނަޢީމް މިއަދު ސުވާލު އުފައްދަވައިފި އެވެ.