28 ނޮވެމްބަރ

November 28, 2017 17
ލޯފަން ދިވެހިން، ޒަމާނީ ވަސީލަތްތަކުގެ އިންތިޒާރުގައި

އުފަންވިއިރު ވެސް ފެނުމުގެ ނަސީބުން މަހުރޫމް ވެފައިވާ މުހައްމަދު މުސްލިމަށް ހިނގާބިނގާވެ އުޅުމަކީ އެހާ އުނދަގޫ ކަމެއް ނޫނެވެ. އދ. ހަންޏާމީދުއަށް އުފަން 29 އަހަރުގެ ޒުވާނާއަށް ރަށް ހިތުދަހެވެ. އެރަށު އިންޖީނުގޭ އެޑްމިން އެސިސްޓެންޓަކަށް މުސްލިމް މަސައްކަތް ކުރާއިރު ކަރަންޓް ބިލް ބަހަން އެކަނި ގޮސް އުޅެ އެވެ. ނަމަވެސް އޭނާއަށް...

19 ނޮވެމްބަރ

November 19, 2017 4
ލޯފަން ދެ މީހެއްގެ ލޯބި އެންމެ ފަހުން ކައިވެންޏަށް

ބޭންކެއްގައި ކްލާކެއްގެ ވަޒީފާ އަދާކުރާ ޕޫރަން ސިންގް މީނާ، 23، އާއި ޕޯސްޓްގްރެޖުއޭޓް ސްޓޫޑަންޓެއް ކަމަށްވާ ޕުޝްޕަންޖަލީ، 21، މިދިޔަ ހުކުރު ދުވަހު ވަނީ ކައިވެނި ކޮށްފަ އެވެ. މި މީހުން ކައިވެނިކުރީ ދޮޅު އަހަރު ވަންދެން ލޯބިވެގެން އުޅުމަށް ފަހުގަ އެވެ. އެހެން މީހުންނާ މި ދެމަފިރިންގެ ތަފާތީ އެންމެ ކަމެކެވެ. ދެ މީހުންގެ ވެސް ލޮލަކަށް...

09 ނޮވެމްބަރ

November 09, 2017 2
ނުކުޅެދުންތެރިކަމާ އެކު ވެސް ނަމޫނާއެއް

ނަތަން ރިޑްލިކާ އުފަންވި އިރު ވެސް ފައިގެ ފަލަމަސްގަނޑު ހިމެނޭ ބައެއް ނެތެވެ. އޭނާގެ އުކުޅުވަޅާ ގުޅިފައިވަނީ ކަކުލު ހުޅެވެ. ނަމަވެސް މި ބޮޑު އައިބާއެކު އުފަންވިޔަސް މިކަމުގެ ސަބަބުން އޭނާގެ ދިރިއުޅުމަށް ނޭދެވޭ އަސަރު ފޯރިޔަ ނުދިނުމަށް ނަތަން ވަނީ އަޒުމު ކަނޑައަޅައިފަ އެވެ.

06 ނޮވެމްބަރ

November 06, 2017 3
ހިތްދަތިކަމުގައި ވެސް މި ދެމަފިރިންގެ ޝަކުވާއެއް ނެތް

ކައިވެނި ކުރަނީ މުޅި އުމުރަށް އެކީގައި އުޅުމަށެވެ. ކިތަންމެ ބޮޑު ހިތާމައެއް ލިބުނަސް އަދި ކިތަންމެ ބޮޑު ބައްޔެއް ވިޔަސް އެކަކު އަނެކަކާ ވަކިނުވާން ވައުދުވަމުންނެވެ. އެކަމަކު މި އިގުރާރުގައި ދެމިތިބެވޭ މީހުން ގިނައެއް ނޫނެވެ. އެކަމަކު މިއީ ނަމޫނާ މިސާލެކެވެ.

24 އޮކްޓޯބަރ

October 24, 2017 1
ނުކުޅެދުންތެރިކަމާ އެކު ވެސް ނަމޫނާއެއް

މުނީބާ މަޒާރީ އަކީ ޕާކިސްތާނު މީހެކެވެ. ތިރީސް އަހަރުގެ މުނީބާ އަކީ މޮޅު ކުރެހުންތެރިއެކެވެ. މޮޑެލް އެކެވެ. އަދި މޯޓިވޭޝަނަލް ސްޕީކާ އެކެވެ. ބިރަކީ ކުރިޔަށް ދިއުމަށާއި ދިރިއުޅުން ބަދަލުކޮށްލަން ލިބުނު ހިތްވަރަކަށް އޭނާ ވަނީ ހަދައިފަ އެވެ.

23 އޮކްޓޯބަރ

October 23, 2017 5
ނުކުޅެދުންތެރިކަން ހުންނަ ނަމަ އެމްޕީއެލްގެ ދަތުރު ހިލޭ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ދޭ ދަތުރުފަތުރުގެ ހިދުމަތް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިލޭ ދޭން އެ ކުންފުނިން ނިންމައިފި އެވެ.

13 އޮކްޓޯބަރ

October 13, 2017 33
އެހެން ރަށެއްގައި އެކަނިމާއެކަނި 40 އަހަރު!

އުމުރުން މިހާރު 78 އަހަރު ވެފައިވާ އަލިތަކުރާ އެންމެ ފުރަތަމަ އޭނާ ދިމާވީ މީގެ 19 ވަރަކަށް އަހަރު ކުރިންނެވެ. އެ ދުވަހު އަލިތަކުރު އޮތީ، ސ. ހުޅުދޫގެ އަތިރިމަތީ ކުނާގަނޑެއްގެ މަތީގައި އޮށޯވެގެންނެވެ. ކައިރީގައި ފެން ފުޅިއަކާއި ކޮތަޅެއްގައި ބޭސްކޮޅެއް ހުއްޓެވެ. މީހާއަށް އޮތީ ފާނަބަސަންދު ޖެހިފަ އެވެ.

20 ސެޕްޓެމްބަރ

September 20, 2017 34
އަޅާލާނެ މީހަކު ނުވުމުން، ފެށި ކާމިޔާބު ވިޔަފާރި

ފެންނަ ފެނުމަށް އެއީ ވަރަށް ބަލި މީހެކެވެ. އޭނާ މަސައްކަތް ކުރަނީ އެއް އަތުންނެވެ. ނަމަވެސް އެނގޭ ހެއްޔެވެ. އޭނާއަކީ ހަ ރަށު މީހުން އެއްފަސްވެ އުޅެމުންދާ ށ. ފުނަދޫގައި ހުރި އެންމެ ހީވާގި އެންމެ މަސައްކަތްތެރި މީހާ އެވެ. ކުރަން ނުދަންނަ މަސައްކަތެއް ނެތޭ ވެސް ބުނެވިދާނެ އެވެ. މިއީ ށ. ފުނަދޫ، މާޒީ، އަބްދުﷲ މުހައްމަދެވެ.

02 ސެޕްޓެމްބަރ

September 02, 2017 12
ވިލިޖޯލި: މިއީ ކޮން ބައެއް؟

ކޮންމެ ހުކުރު ދުވަހެއްގެ ހަވީރު، ރަތް ކުލައިގެ ޖެކެޓެއް ލައިގެން ވިލިމާލޭގެ އެކި ހިސާބުތަކުން އެ މީހުން ފެންނާނެ އެވެ. މުސްކުޅިންނާއި ބަލި މީހުންގެ ގޭގެ އަށް ޒިޔާރަތްކޮށް، އެ މީހުންގެ ހާލު ބަލާނެ އެވެ. ވިލިމާލޭގައި ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަންބޮޑުވުންތައް އަހާނެ އެވެ. މިކަމުގައި ވެސް އެންމެ ހާއްސަ ކަމަކީ ވަކި...

29 އޯގަސްޓް

August 29, 2017 1
ކުޑަކުދިންނަށް އަނިޔާކޮށްގެން މިދިޔަމަހު 126 މައްސަލަ

މިދިޔަ މަހު އެންމެ ގިނައިން ހުށަހަޅާފައި ވަނީ ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅޭ އެކި މައްސަލަތައް ކަމަށާއި އޭގެ 126 މައްސަލަ ހުށަހަޅާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

23 އޯގަސްޓް

August 23, 2017 5
އަޅާނުލުމުން ފިޔަވަޅު އެޅުން: މުހިންމު ކަމެއް

އިހުމާލުވުމަކީ ރާއްޖޭގައި ބޮޑުވެފައިވާ މައްސަލައެކެވެ. ކުޑަކުދިންނަށާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަޅާލުމަކީ ގާނޫނީ ގޮތުން އެ މީހުންގެ މައިންބަފައިންނަށް ނުވަތަ ދަރިންނަށް ނުވަތަ ބަދަލުވެރިންނަށް ގާނޫނީ ގޮތުން ލާޒިމް ކަމެކެވެ. އެހެން ގައުމުތަކުގައި އެފަދަ ކަންކަމާ ޚިލާފްވާ ނަމަ ފިޔަވަޅު އެޅޭ ގޮތަށް އޮތަސް ރާއްޖޭގައި...

23 ޖުލައި

July 23, 2017
ދެ އަތް ނެތަސް މިއީ މޮޅު ފެހުންތެރިއެއް

އިންޑިއާގެ ހަރްޔާނާއަށް އުފަން މަދަން ލާލް، 45، އަކީހިތްވަރުގަދަކަމުގެ މިސާލެކެވެ. އަދި މިއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިންޑިއާގައި އޮންނަ ތަފާތުކުރުން ވެސް މަދަން ލާލްގެ ދިރިއުޅުމުން ފެނެ އެވެ.

28 ޖޫން

June 28, 2017 34
ކޮންމެ ދުވަހަކު ގެނެސްދިން ހެދިކާ ތަށީގެ ހަގީގަތް

ގިނަ ދުވަސްތަކެއް ވަންދެން ގެސްޓް ހައުސްއެއްގައި ދިރިއުޅުމަށް ފަހު މަރިޔަމް ވަހީދާ، މާލޭގެ އެހެން އަވަށެއްގައި ހުންނަ ގެއަކަށް ބަދަލުވީ މިދިޔަ ރޯދަމަސް ފެށެން ދެ ތިން ދުވަހަށް ވެފައި ވަނިކޮށެވެ. ރޯދަމަހުގެ ފުރަތަމަ ދުވަހު، އޭނާގެ އެޕާޓްމެންޓުގައި ޓަކި ޖަހާތީ ހުޅުވުމުން ފެނުނީ ނުވެސް ދަންނަ މެދު އުމުރުގެ އަންހެނަކު ހެދިކާ...

12 ޖޫން

June 12, 2017 5
މޫނުގެ އެއްފަޅި ނެތުމުން ކުއްޖަކު ބާކީވެފައި

ރަޝިއާގެ ތިން އަހަރުގެ ކުޑަކުޑަ މި އަންހެންކުއްޖާ އުފަންވި އިރު ވެސް މޫނުގެ އެއްފަޅި ނެތެވެ. ކުއްޖާގެ އާއިލާގެ މީހުން ކުއްޖާ ދެކެ ފޫހިވެ އެވެ.

08 ޖޫން

June 08, 2017
ނުކުޅެދުންތެރިކަން ހުއްޓަސް ލޯބީގައި ފުރިހަމަ

ފުރޮޅިލީގޮނޑީގައި އުޅޭ، އިންޑިއާގެ މުމްބާއީގެ ދެ ލޯބިވެރިއެއްގެ ވާހަކައަށް ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑު ސަމާލުކަމެއް ލިބިފަ އެވެ. އެންމެ ފުރަތަމަ މި ދެ މީހުންގެ ވާހަކަ ގެނެސްދިނީ "ހިއުމަންސް އޮފް ބޮމްބޭ" ފޭސްބުކް ޕޭޖުންނެވެ. އޭގައި އެ މީހުންގެ ފޮޓޯއެއް ހިމަނާފައި ވިޔަސް ނަން ހާމަކޮށްފައެއް ނުވެ އެވެ.

26 މެއި

May 26, 2017
ނުކުޅެދޭ ދަރިފުޅަށް އެހީތެރިވި މަންމައަށް ޑިގްރީ އެއް

އެމެރިކާގެ ކެލިފޯނިއާގެ ދެކުނުގައި ހުންނަ ޔުނިވަސިޓީއެއްގައި ބިޒްނަސް އެޑްމިނިސްޓްރޭޝަނުން މާސްޓާޒް އަށް ކިޔަވަމުން ދިޔަ ނުކުޅެދުންތެރިކަން ހުންނަ ދަރިފުޅާއެކު ކޮންމެ ދުވަހަކު ކްލާސްތަކަށް ހާޒިރުވެ ނޯޓްސް ލިޔެދިން މަންމައަކަށް އެ ޔުނިވަސިޓީން އޮނަރަރީ ޑިގްރީއެއް ދީފި އެވެ.

22 މެއި

May 22, 2017 4
ނުކުޅެދޭތީ "އެއްލާލި" ދަރިފުޅު ހާވަޑްގައި

އުމުރުން 29 އަހަރުގެ ޑިންގް ޑިންގް އަކީ ސެރެބްރަލް ޕަލްސީގެ ސަބަބުން ނުކުޅެދުންތެރިކަން ވަރަށް ބޮޑަށް ހުންނަ ޒުވާނެކެވެ. ނަމަވެސް އޭނާ އަކީ މިހާރު އެމެރިކާގެ ހާވާޑް ޔުނިވަސިޓީގައި ކިޔަވާ ދަރިވަރެކެވެ.

03 މެއި

May 03, 2017 1
އަނާ އާއި ގްރެގޮރީގެ ވާހަކަ: ހަގީގީ ލޯތްބަކީ މިއީ

ފުރޮޅީގޮނޑިއެއްގައި އިންނަން ޖެހިފައިވާ، ނުކުޅެންދުންތެރިކަން ހުންނަ މީހަކަށް އޭނާއަށް ހަގީގީ ލޯބި ލިބިދާނެ ކަމަކަށް އުންމީދު ކުރުމަކީ އާންމު ކަމެއް ނޫނެވެ. އަދި އޭނާ ހުވަފެނުން ވެސް ނުދެކޭހާ ރީތި އަންހެނަކާ ކައިވެނި ކުރެވިދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭނެ އެވެ. ނަމަވެސް ގްރިގޯރީ ޕުރުޓޯވް އަށް ވަނީ މި ހުވަފެން ސީދާ ވެފަ އެވެ.

30 އެޕްރީލް

April 30, 2017 1
ކުދިންނަށް އަނިޔާކޮށްގެން މަހެއްގެ ތެރޭ 142 މައްސަލަ

މިދިޔަ މާޗު މަހުގެ ތެރޭގައި އެކަނި ވެސް ކުޑަކުދިންނަށް އަނިޔާކޮށްގެން 142 މައްސަލަ ޖެންޑާ މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

23 އެޕްރީލް

April 23, 2017 2
ނާސިރާގެ ފަރާތުން އިތުރު ވީލް ޗެއާތަކެއް ހަދިޔާކޮށްފި

ހދ. އަތޮޅުގައި ނުކުޅެދުންތެރިކަން ހުރި ހަތަރު މީހަކަށް، މަރުހޫމު ނާސިރާ އަބްދުﷲގެ ފަރާތުން އިއްޔެ ވީލް ޗެއާ ހަދިޔާކޮށްފި އެވެ.