02 އޮކްޓޯބަރ

October 02, 2019 9
ދެ ފުލުހުން ވަކިކުރީ ފައިސާ ނެގި މައްސަލައެއްގައި

ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުމާ ގުޅޭ ގޮތުން މަރު ކޮމިޝަނުގެ ތަހުގީގަށް ފަހު ނެރުނު ރިޕޯޓުގައި ބޮޑެތި ތުހުމަތުތަކެއް ކުރި ދެ ފުލުހުން ވަޒީފާ އިން ވަކިކުރީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަތުން ފައިސާތަކެއް ލިބުނު މައްސަލައެއްގައި ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

19 ސެޕްޓެމްބަރ

September 19, 2019 1
ރިލްވާން މައްސަލައިގައި ދައުވާކުރަން ޕީޖީ އަށް ފޮނުވަނީ

ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި މައްސަލައިގައި ދައުވާ ކުރަން އަންނަ ހަފުތާގައި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު...

September 19, 2019 14
"ރިލްވާންގެ މައްސަލަައިގެ ފުލުހުންގެ އިހުމާލެއް ނެތް"

މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ވަގަށް ނެގުމާ ގުޅިގެން ފުލުހުން ކުރި މަސައްކަތަށް ބަލާއިރު، ފުލުހުންގެ އިހުމާލެއް އޮތް ކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ލިބިފައި...

15 ސެޕްޓެމްބަރ

September 15, 2019 21
ރިލްވާންގެ މައްސަލާގައި ހިމެނޭ ދެ ފުލުހަކު ވަކިކުރަނީ

ވަގަށް ނަގައި މަރާލި ކަމަށް މިހާރު ބެލެވޭ ނޫސްވެރިޔާ އަހްމަދު ރިލްވާން ރާއްޖެ އިން ބޭރަށް ފުރިކަން ދައްކަން ޕާސްޕޯޓެއް ހައްދަން ބައިވެރިވި ކަމަށް ތުހުމަތުކުރާ އިންޓެލިޖެންސް ދެ ފުލުހުން ވަޒީފާ އިން ވަކިކުރަން ފުލުުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން މިއަދު ނިންމައިފި އެވެ.

11 ސެޕްޓެމްބަރ

September 11, 2019 10
17 ތަނެއް ފާސްކޮށް ފުލުހުންގެ އޮޕަރޭޝަން ނިންމާލައިފި

ރިޔާސީ ކޮމިޝަންގެ ތަހުގީގަށް 17 ތަނަކާއި 11 މީހެއް ބަލާ ފާސްކުރުމަށް ފަހު، ފުލުހުން ފެށި ހާއްސަ އޮޕަރޭޝަން މިރޭ ނިންމާލައިފި އެވެ.

10 ސެޕްޓެމްބަރ

September 10, 2019 51
މަރު ކޮމިޝަންގެ ތަހުގީގަށް ތަންތަނާއި މީހުން ފާސްކުރަނީ

ގެއްލުވާލާފައިވާ މީހުންނާއި ގޮތްނޭނގޭ މަރުތަކުގެ މައްސަލަތައް ބެލުމަށް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންގެ ބޭނުމަށް ގޭގެ އާއި މީހުން ބަލާ ފާސް ކުރުމުގެ ހާއްސަ އޮޕަރޭޝަނެއް...

September 10, 2019 90
ސަލާމަތީބާރުތަކަށް އިތުބާރު ނުކޮށް ނަޝީދުގެ ދިފާއުގައި!

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފުލުހުން ފާރަލަމުން ނުދާ ކަމަށް އެމްއެންޑީއެފާއި ފުލުހުން ބުނެފައިވީ ނަމަވެސް، ސަލާމަތީ ބާރުތަކަށް އިތުބާރު...

09 ސެޕްޓެމްބަރ

September 09, 2019 58
ފުލުހުން އަޅުގަނޑަށް ފާރަލާ: ނަޝީދު

ފުލުހުން އެމަނިކުފާނަށް ފާރަލަމުންދާ ކަން އެމްއެންޑީއެފުން މީގެ ތިން ރޭ ކުރިން އަންގާފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

08 ސެޕްޓެމްބަރ

September 08, 2019 20
ދެފުލުހުންނަށް ފިޔަވަޅުއެޅީ ރިލްވާންގެ މައްސަލައަކު ނޫން

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވައިލި މައްސަލަ ތަހުގީގުކުރުމަށް ފަހު ރިޔާސީ ކޮމިޝަނުން އެކުލަވައިލި ޑްރާފްޓް ރިޕޯޓްގައި ތުހުމަތުކޮށްފައިވާ ދެ ފުލުހުން 2017 ވަނަ އަހަރު ވެސް ސަސްޕެންޑްކޮށްފައިވާ ކަމަށާއި ނަމަވެސް އެއީ އެހެން މައްސަލައެއްގައި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

06 ސެޕްޓެމްބަރ

September 06, 2019 55
"އިންޓެލް ދެ ފުލުހުން ހައްޔަރުކުރެވޭނެ ސަބަބެއް ނެތް"

ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނަގާފައި ވަނިކޮށް، އޭނާ ރާއްޖެ އިން ބޭރަށް ފުރައިގެން ގޮސްފައިވާ ކަމަށް ދައްކަން ޕާސްޕޯޓެއް ހައްދަން އުޅުނު ކަމަށް ބުނާ އިންޓެލިޖެންސްގެ ދެ ފުލުހުން ހައްޔަރު ކުރަންޖެހޭ ފަދަ ގާނޫނީ ސަބަބުތަކެއް އޮތް ކަމަކަށް ނުދެކޭ ކަމަށް، ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބަލަން އުފައްދާފައިވާ ކޮމިޝަނުން...

05 ސެޕްޓެމްބަރ

September 05, 2019 5
އޭޖީގެ ލަފަޔަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށައިފި

ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނަގާފައި ވަނިކޮށް، އޭނާ ރާއްޖޭން ބޭރަށް ފުރައިގެން ގޮސްފައި ކަމަށް ދައްކަން ޕާސްޕޯޓެއް ހައްދަން އުޅުނު ކަމަށް ބުނާ އިންޓެލިޖެންސްގެ ދެ ފުލުހުން ހައްޔަރުކޮށް އަދި އެހެން ބައެއް ފިޔަވަޅުތައް އަޅަން ބަންޑާރަ ނައިބު ދެއްވި ލަފަޔާ އެއްގޮތަށް، އެ ޕްރޮސެސް ފަށާފައިވާ ކަމަށް ކަމިޝަނާ އޮފް ޕޮލިސް...

September 05, 2019 15
އިންޓެލް ދެ ފުލުހުން ހައްޔަރުކުރަން އަންގައިފި

ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނަގާފައި ވަނިކޮށް، އޭނާ ރާއްޖޭން ބޭރަށް ފުރައިގެން ގޮސްފައި ކަމަށް ދައްކަން ޕާސްޕޯޓެއް ހައްދަން އުޅުނު ކަމަށް ބުނާ އިންޓެލިޖެންސްގެ ދެ ފުލުހުން...

September 05, 2019 45
ފުލުހުން ގަސްދުގައި އަޅާނުލީތަ؟

ދީނީ ހަރުކަށި ވިސްނުމާއި ފިކުރު ފުޅާވެ ރާއްޖެއިން މީހުން ހަނގުރާމައަށް ފޮނުވާކަމުގެ ތުހުމަތުތައް ކުރާތާ އަހަރުތަކެއް ވެއްޖެ އެވެ. އެކަމަށް ވަކި ޖަމާއަތްތައް ހަދައިގެން މަސައްކަތް...

04 ސެޕްޓެމްބަރ

September 04, 2019 40
"އަނދިރި ދައުލަތް" ހުއްޓުވަން ހިސާންގެ ހުށަހެޅުންތައް

ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހުން ހިންގަނީ "އަނދިރި ދައުލަތެއް" ކަމަށް ސިފަ ކުރައްވައި، އެ މީހުން ހުއްޓުވަން ތިން ކަމެއް ކުރަން ރައްޔިތުންގެ މަޖިލިހުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ތަމްސީލް ކުރައްވާ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން މިއަދު ހުށަހަޅުއްވައިފި އެވެ.

03 ސެޕްޓެމްބަރ

September 03, 2019 72
"ރިލްވާންގެ ބޯ ބުރިކޮށްލައި ވަނީ ކަނޑުފައްތާފައި"

ގެއްލިގެން ހޯދަމުން ދިޔަ ނޫސްވެރިޔާ ރިލްވާން އަހުމަދު ވަގަށް ނެގުމަށް ފަހު އޭނާގެ ބޯ ބުރިކޮށްލައި ކަނޑުފައްތާފައިވާ ކަމަށް، ރިލްވާންގެ މައްސަލައިގައި އެކުލަވާލި ތަހުގީގު...

September 03, 2019 33
ކޮމިޝަންގެ ތަހުގީގާއެކު 14 މީހަކު ފުރުން މަނާކޮށްފި

މީގެ ފަސް އަހަރު ކުރިން ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާނާ ގުޅޭގޮތުން، ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގަށް ފަހު 14 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަން "މިހާރު" އަށް...

02 ސެޕްޓެމްބަރ

September 02, 2019 33
ރިލްވާން މައްސަލާގައިހިމެނޭ ފުލުހުންނަށް ފިޔަވަޅު އަޅަނީ

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވައިލި މައްސަލައިގައި ހިމެނޭ ދެ ފުލުހެއްގެ މައްސަލަ، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން އިތުރަށް ތަހުގީގުކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އެ އިދާރާ އިން މިއަދު ބުނެފި އެވެ.

September 02, 2019 14
އިތުބާރު ހޯދަން ގިނަ ކަންކަން ކުރަންޖެހޭ: ސީޕީ

ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލަން އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން އިއްޔެ ހާމަކުރި މައުލޫމާތުތަކާ އެކު، އާންމުންގެ އިތުބާރު ހޯދަން ގިނަ ކަންކަން...

September 02, 2019 53
އިއްޔެއާ ހަމައަށް ވެސް އުންމީދަކީ ރިލްވާނާ ބައްދަލުވުން

ދަރިފުޅު އަހްމަދު ރިލްވާން ވަގަށް ނެގިތާ ފަސް އަހަރު ވީ އިރު ވެސް އެ އާއިލާއިން އަބަދުވެސް އުއްމީދު ކުރަމުން އައީ ކޮންމެވެސް ދުވަހަކުން އޭނާއާ ބައްދަލުވާނެ ކަމަށެވެ. އެކަމުގެ...

08 އޯގަސްޓް

August 08, 2019 46
ވީގޮތެއް، ޖަވާބެއް، އިންސާފެއް ނެތް ފަސް އަހަރު!

އިންސާފު ނުލިބި ކެތްތެރިކަން ކޮޅުން ލައިފި އެވެ! ރުއިން ފިޔަވައި އެ ހިތްދަތިކަން ކިޔައިދޭނެ ގޮތެއް އެ މަންމައަކަށް ނޭނގެ އެވެ. ދަރިފުޅު އަހްމަދު ރިލްވާން ވަގަށް ނެގިތާ މިއަދަށް ފަސް އަހަރު ވި އިރު ވެސް މަންމަ، އައިމިނަތު އީސާގެ ހިތަށް ހަމަޖެހުމެއް ނުލިބެ އެވެ. ލޮލުން ކަރުނައެއް ނުހިކެ އެވެ.

08 ޖުލައި

July 08, 2019 12
ރިލްވާންގެ ތަހުގީގުގެ އިހުމާލު ބަލާ ކޮމިޓީ ސިއްރު!

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އިހުމާލުވީ މައްސަލަ ބަލާ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ މިއަދު ސިއްރުކޮށްފި އެވެ.

24 ޖޫން

June 24, 2019 5
ރިލްވާންގެ މައްސަލާގައި ފުލުހުންގެ އިހުމާލު ބަލަނީ

ވަގަށް ނަގާފައިވާ މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވައިލި މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އިހުމާލު ވެފައިވާ ކަމަށް ބުނެ އެ ކަމުގެ ހަގީގަތް ރައްޔިތުންގެ މަޖިލީހުން ބަލަން މިއަދު ފާސްކޮށްފި އެވެ.

12 ޖެނުއަރީ

January 12, 2019 11
ރިލްވާނަށް ވީގޮތް ހޯދޭނެ ކަމުގެ އިތުބާރު އެބައޮތް

ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނަށް ވީގޮތެއް ހޯދޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް، މަރާލާފައިވާ މީހުންނާއި ވަގަށް ނަގާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ރޭ ވިދާޅުވެއްޖެ އެވެ.

06 ނޮވެމްބަރ

November 06, 2018 23
މަރުތަކަށް އިންސާފު ނުލިބެނީ ނުފޫޒު ވަންނާތީ:މިނިސްޓަރު

މަރުތަކަށް އިންސާނު ނުލިބެނީ އަދި އިންސާފު ލިބުން ލަސްވަނީ ކޮރަޕްޝަނާއި ނުފޫޒު ވަންނާތީ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.

November 06, 2018 49
މަރުތަކުގެ ހަގީގަތް ހޯދޭނެކަން ޔަގީން: ސީޕީ ހަމްދޫން

ޑރ. އަފްރާޝީމް އަލީ ޔާމީން ރަޝީދުގެ މަރުގެ މައްސަލަ އާއި ނޫސްވެރިޔާ އަހުމަދު ރިލްވާން ވަގަށް ނެގި މައްސަލަ ރިވިއުކުރަން ފުލުހުން ނިންމާފައި ވާއިރު އެފަދަ ސީރިއަސް މައްސަލަތަކުގެ...

05 ނޮވެމްބަރ

November 05, 2018 14
އަފްރާޝީމް، ރިލްވާން، ޔާމީންގެ މައްސަލަ ރިވިއުކުރަނީ

ޑރ. އަފްރާޝީމް އަލީ އާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލަ އަދި ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގެ ތަހުގީގު ރިވިއު ކުރަން ފުލުހުން ނިންމައިފި އެވެ.

28 އޮކްޓޯބަރ

October 28, 2018 40
ބޮޑެތި މަރުގެ އެންމެ ފުނަށް ފީނަން ޖެހޭ!

ދީނީ އިލްމުވެރިޔާ އަދި އޭރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޑރ. އަފްރާޝީމް އަލީ ގަތުލުކޮށްލިތާ ހަ އަހަރެވެ. މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނުތާ ހަތަރު އަހަރުވީ އެވެ. އޭނާގެ އެކުވެރިޔާ ޔާމީން ރަޝީދު ގަތުލުކޮށްލިތާ އަހަރަކަށްވުރެ ގިނަ ދުވަހެވެ. އޭގެ ފަހުން ވެސް، ވީގޮތެއް ނޭނގި ކުއްލި އެތައް މަރެއް ފެނިއްޖެ...