01 ޑިސެމްބަރ

December 01, 2020 44
އެމްޕީއެލް ތެލުގެ ބޮޑު ވައްކަން ފަޅާއެރީ ކޮވިޑާ ހެދި!

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އަށް ބޭނުންވާ ތެޔޮ ހޯދުމުގައި ހިންގާފައިވާ ކަމަށް ތުހުމަތުކުރާ އަށް މިލިއަން ރުފިޔާގެ ވައްކަން ފަޅާއެރީ، ކޮވިޑް-19އާ ގުޅިގެން ކުންފުނީގެ އޮޕަރޭޝަންތައް މަދުވެފައި އޮއްވައި، އާއްމު މަސްތަކަށް ވުރެ ތިން މަހުގެ ޚަރަދު ބޮޑުވެފައިވާ ކަން ރިޕޯޓުން ފެންނަން އޮތުމުން ކަން "މިހާރު" އަށް އެނގިއްޖެ...

02 ނޮވެމްބަރ

November 02, 2020 14
ވެންޓިލޭޓަރުމައްސަލަ މުރާޖައާކުރަން މަޖިލީހުން އަންގައިފި

ވެންޓިލޭޓަރުތަކެއް ގަންނަަން ޔޫއޭއީގެ ކުންފުންޏަކާ ހަވާލުކުރުމުގައި ހެލްތު މިނިސްޓްރީން ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގާފައިވާ ކަަމަށް ތުުހުމަތުކުރެވޭ މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ކުރެވެން ނެތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމާފައި ވާތީ އެ ނިންމުން މުރާޖައާކުރަން އެދެން އެންގުމަށް...

25 އޮކްޓޯބަރ

October 25, 2020 16
ވެންޓިލޭޓަރު މައްސަލައިގެ ނިންމުން ރިވިއުކޮށްދޭން އެދެފި

ކޮވިޑް-19ގެ ފަރުވާ އަށް ވެންޓިލޭޓަރުތައް ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި މައްސަލައިގައި ދައުވާ ނުކުރަން ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ނިންމެވި ނިންމެވުން އަލުން މުރާޖައާކޮށްދޭން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު އެދިއްޖެ އެވެ.

20 އޮކްޓޯބަރ

October 20, 2020 48
ވެންޓިލޭޓަރު މައްސަލައިގައި ދައުވާކުރާނެ ހެއްކެއް ނެތް

ވެންޓިލޭޓަރުތައް ހޯދުމުގެ މައްސަލައިގައި ދައުވާ ނުކުރަން ނިންމީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މައްސަލައިގައި ދެން ތުހުމަތުކުރި މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް...

October 20, 2020 132
ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރަން ނިންމައިފި

ކޮވިޑް-19ގެ ފަރުވާ އަށް ވެންޓިލޭޓަރު ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި އަމަލުކޮށްފައިވާ ގޮތް ތަހުގީގުކޮށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ...

15 އޮކްޓޯބަރ

October 15, 2020 24
ވެންޓިލޭޓަރު މައްސަލަ ފޮނުވީ ދަންވަރަކު ނޫން: އޭސީސީ

ކޮވިޑް-19ގެ ފަރުވާ އަށް 75 ވެންޓިލޭޓަރު ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި މައްސަލައިގެ ތަހުގީގު ނިންމައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ 10 މީހަކަށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ އަންގާރަދުވަހުގެ ރޭ ދަންވަރު ކަމަށް ކުރާ ތުހުމަތުތައް އެންޓި ކޮރަޕްޝަން ކޮމިޝަން...

14 އޮކްޓޯބަރ

October 14, 2020 7
ވެންޓިލޭޓަރުގެ މައްސަލައިގައި ދައުވާކޮށްދޭން އެދިއްޖެ

ކޮވިޑް-19ގެ ފަރުވާ އަށް 149 ވެންޓިލޭޓަރު ހޯދުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ކަމުގެ ތުހުމަތާ އެކު ދައުވާކޮށްދޭން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގައި މިއަދު އެދިއްޖެ އެވެ.

27 ސެޕްޓެމްބަރ

September 27, 2020 6
އެސްޖޭއާ އެކު ބައިވެރިވި ކުންފުންޏެއްގެ މައްސަލަތަކެއް!

ޒިކުރާ މިސްކިތް 10 ބުރިއަށް އިމާރާތް ކުރަން ކުރީގެ ސަރުކާރުން އެސްޖޭ ކޮންސްޓްރަކްޝަނާ އެކު ކުރި މުއާމަލާތުގައި ބައިވެރިވި ޑަބްލިއު އެންޑް އޭ އޯވަސީސް އާއި އެ ކުންފުނީގެ ބައެއް އިސްވެރިންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ފުލުސް އޮފީހަށް ހުށަހެޅުމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ލަފާ ދީފި...

17 ސެޕްޓެމްބަރ

September 17, 2020 18
ވެންޓިލޭޓަރު މައްސަލާގެ ތަހުގީގު ލަހެއް ނުވާނެ: އޭސީސީ

ކޮވިޑް-19ގެ ފަރުވާ އަށް ހެލްތު މިނިސްޓްރީން ވެންޓިލޭޓަރު ހޯދުމުގައި ގޯސްކޮށް އަމަލުކޮށްފައިވާ ކަމަށް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތަހުގީގު ވަރަށް އަވަހަށް ނިމޭނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

10 ސެޕްޓެމްބަރ

September 10, 2020 21
ރިޝްވަތަށް އެދުނު މައްސަލައިގައި އައްމަޓީ އޭސީސީއަށް

ސީ ލައިފްއާ ހަވާލުކުރި ހައުސިން މަޝްރޫއު ކެންސަލްކޮށް ކުރީގެ ސަރުކާރުގައި އެޗްޑީސީގެ އިސްވެރިންތަކެއް އެއް މިލިއަން ޑޮލަރުގެ ރިޝްވަތަށް އެދުނު މައްސަލައިގެ ތަހުގީގު ލަސްވާ ސަބަބު ހޯދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި މިއަދު އެދިއްޖެ އެވެ.

09 ސެޕްޓެމްބަރ

September 09, 2020 24
ވެންޓިލޭޓަރު މައްސަލަ: ތަހުގީގަށް ސުވާލު ކުރަނީ

ކޮވިޑް-19ގެ ފަރުވާ އަށް ތިން ކުންފުންޏަކާ ހަވާލުކޮށްގެން 149 ވެންޓިލޭޓަރު ހޯދުމާ ގުޅޭ އޮޑިޓުގައި ފާހަގަކޮށްފައިވާ މައްސަލަތައް ތަހުގީގުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުން ގުޅިގެން ހިންގާ ތަހުގީގަށް ސުވާލު ކުރަން ފަށައިފި އެވެ.

24 އޯގަސްޓް

August 24, 2020 84
އެގްޒެކިއުޓާސްއަށް ފައިސާ ދިނީ އެއްބަސްވުމެއް ނެތި؟

ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏަށް 75 ޕަސެންޓް ފައިސާ ދޫކުރީ އެއްބަސްވުމެއް ނެތި ކަން އިތުބާރު ހުރި ފަރާތަކުން "މިހާރު"އަށް ކަށަވަރުކޮށްދީފި އެވެ.

23 އޯގަސްޓް

August 23, 2020 30
މިނިސްޓަރު އަމީން މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަނީ

ކޮވިޑް-19ގެ ފަރުވާއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި މާލިއްޔަތު ގަވާއިދާ ޚިލާފަށް ހިންގާފައިވާ ކަމަށް ޚާއްސަ އޮޑިޓުން ފެންމަތިކޮށްފައިވާ މައްސަލަތަކާ ގުޅިގެން ހެލްތު...

August 23, 2020 25
ހެލްތުގެ މައްސަލަ ފުލުހުންނާއި އޭސީސީން ތަހުގީގު ކުރަނީ

ކޮވިޑް-19ގެ ފަރުވާ އަށް ރާއްޖެ އަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ހެލްތު މިނިސްޓްރީ މެދުވެރިކޮށް ހިންގި ކަމަށް އޮޑިޓް ރިޕޯޓުން ފެންމަތިވެފައިވާ ޚިޔާނާތް އެންޓި ކޮރަޕްޝަން...

19 އޯގަސްޓް

August 19, 2020 9
ގުޅިފައިވާ ތަހުގީގެއް ކުރަންޏާ ޕީޖީއަށް އަންގަން އެދެފި

ތަހުގީގީ އިދާރާތައް ގުޅިގެން "ޖޮއިންޓް އިންވެސްޓިގޭޝަން"އެއްގެ ގޮތުގައި ތަހުގީގެއް ކުރިއަށް ގެންދާ ނަމަ އެކަން ޕްރޮސެކިއުޓާޖެނެރަލްގެ އޮފީހުގެ ސަލާމުކަމަށް އެކަން ގެންނަން އެ...

August 19, 2020 22
ޕީޖީން އަންގައިގެން ޝިޔާމްގެ މައްސަލަ އޭސީީސީން ބަލަނީ

އެމްއެންޑީއެފްގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމްގެ ބައްޕަ އިބްރާހިމް ޝާކިރު، ވިލިމާލޭގައި ހުންނަ ސިފައިންގެ ވީއައިޕީ އިމާރާތުގައި ދިރިއުޅުއްވުމުގައި...

18 އޯގަސްޓް

August 18, 2020 22
އޭސީސީގެ މެމްބަރުންގެ މައްސަލައެއް ފުލުސް އޮފީހަށް

އެމްއެންޑީއެފްގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމްގެ ބައްޕަ އިބްރާހިމް ޝާކިރު، ވިލިމާލޭގައި ހުންނަ ސިފައިންގެ ވީއައިޕީ އިމާރާތުގައި ދިރިއުޅުއްވުމުގައި ކޮރަޕްޝަނެއް ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ނިންމީ ޝިޔާމަށް ނާޖާއިޒު މަންފާ ހޯދައިދޭން ކަމުގެ ތުހުމަތާ އެކު، ފުލުސް އޮފީހަށް...

17 އޯގަސްޓް

August 17, 2020 98
އަމީން، އަމިއްލަ އަށް މަސްއޫލިއްޔަތުތަކާ ދުރަށް

ހެލްތު މިނިސްޓްރީގެ އޮޑިޓު ރިޕޯޓުން ފާހަގަވި ކަންކަން ތަހުގީގުކޮށް ނިމެންދެން، މަގާމުގެ މަސްއޫލިއްޔަތުތަކުން މިނިސްޓަރު އަމީން އަމިއްލަ އަށް މިއަދު އެކަހެރިވެވަޑައިގެންފި އެވެ.

August 17, 2020 22
ހެލްތުގެ އޮޑިޓުގެ މައްސަލަ ފުލުހުން/އޭސީސީން ބަލަނީ

ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ހިންގާފައިވާ މުއާމަލާތުތަކުގެ ތެރެއިން ފާހަގަވި އޮޅުވައިލުމާއި މަކަރާއި ހީލަތުގެ މައްސަލަތައް ތަހުގީގު ކުރަން ރައީސް އިބްރާހިމް...

12 އޯގަސްޓް

August 12, 2020 36
ނަތީޖާ ނުނެރެވި އެސެޓް ރިކަވަރީ ކޮމިޝަން އުވާލަނީ!

ކުރީގެ ސަރުކާރުގައި ހިންގި ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަން އުވާލަން ނިންމައިފި ކަން "މިހާރު"އަށް އެނގިއްޖެ އެވެ.

22 ޖުލައި

July 22, 2020 26
30 މީހެއްގެ މައްސަލަ ބާރަށް ކުރިއަށްދޭ: ޕީޖީ

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން 30 މީހެއްގެ ތަހުގީގު ބާރަށް ކުރިއަށް އެބަދާ ކަމަށާއި އެ މައްސަލަތައް ލިބުމާ އެކު ލަސްނުކޮށް ދައުވާ އުފުއްލަވާނެ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް އިއްޔެ ވިދާޅުވެއްޖެ އެވެ.

20 ޖުލައި

July 20, 2020 22
ބޮޑު ހިޔާނާތް:އެއް އަހަރުން ވެސް މައްސަލަތައް ނުނިމޭނެ

ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތް، އެއެމްއެމްޕީއާރުސީގެ މައްސަލަތައް ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ވެސް ބަލައި ނުނިމޭނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީގައި މިއަދު ބުނެފި އެވެ.

02 ޖުލައި

July 02, 2020 5
ހިޔާނާތުގެ ހެކި ހޯދަން ހިންގާ އޮޕަރޭޝަން އަދި ނުނިމޭ

އެމްއެމްޕީއާރުސީ މެދުވެރިކޮށް 1.3 ބިލިއަން ރުފިޔާ އަށް ޚިޔާނާތް ވި މައްސަލައިގައި ކަމާގުޅޭ އިދާރާތަކުން ގުޅިގެން ތަހުގީގު ކުރާ މައްސަލައަކަށް ހެކި ހޯދަން ރޭ ފެށި ބަލައި ފާސްކުރުމުގެ އޮޕަރޭޝަން އަދި ނުނިމޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

01 ޖުލައި

July 01, 2020 19
އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭ 4 ތަނެއް ފާސްކުރަނީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން މާލެ ސަރަހައްދުގެ ހަތަރު ތަނެއް ބަލައި ފާސްކުރަން ފަށައިފި އެވެ.